ޚަބަރު / ރިޔާސީ ބަޔާން

ރިޔާސީ ބަޔާން: ގައުމުގެ މިހާރުގެ ހާލަތުގެ އެއްވެސް ވާހަކައެއް ނެތް!

ރިޔާސީ ބަޔާން އިއްވެވުމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ އެކު ރައީސް ޔާމީން ދަރުބާރުގެ އަށް ރޭ ވަދެވަޑައިގަންނަވަނީ. --ފޮޓޯ/މިހާރު

ރާއްޖޭގައި ސިޔާސީ ބޮޑު ހަމަނުޖެހުމެއް އުފެދި ރައްޔިތުންގެ މަސްލަހަތު ހިމެނޭ އެތައް ކަމެއް ހިނގަމުން ދަނިކޮށް ރައީސް އަބްދުﷲ ޔާމީން ރޭ އިއްވެވި ރިޔާސީ ބަޔާނުގައި، ގައުމުގެ ހާލަތާ މެދު އެއްވެސް އެއްޗެއް ވިދާޅުނުވުމުން ފާޑުކިއުން އަމާޒު ވެއްޖެ އެވެ.

ގާނޫނުއަސާސީގައިވާ ގޮތުން، މަޖިލީހުގެ ދައުރު ފަށާ ޖަލްސާގައި ރައީސް އިއްވަވާ ރިޔާސީ ބަޔާނުގައި ގައުމު އެ ވަގުތަކު އޮތް ހާލަތު ބަޔާންކޮށްދީ، ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރަން އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ކަންކަން ހިމަނުއްވަން ޖެހިވަޑައިގަންނަވާނެ އެވެ.

އެކަމަކު ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާގައި ރައީސް އިއްވެވި ބަޔާނުގައި ގައުމުގައި މިވަގުތު އުފެދިފައިވާ ނުތަނަވަސްކަމާ މެދު އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތައް ރައްޔިތުންނަށް ހަނދާން ކޮށްދެއްވައި އިތުރަށް ކުރިއަށް ގެންދަން ރާވާފައި ހުރި މަޝްރޫއުތައް ވިދާޅުވެދެއްވުމަށް ފަހު ބަޔާން ނިންމާލެއްވީ އެވެ.

ރައީސް ޔާމީން، ރޭ ރިޔާސީ ބަޔާން އިއްވަވަނީ. ---ފޮޓޯ: ރައީސް އޮފީސް

ރިޔާސީ ބަޔާނަށް ފާޑުކިޔާ މީހުން ބުނި ގޮތުގައި، ފަސް އަހަރުގެ ދައުރުގެ އެންމެ ފަހު ރިޔާސީ ބަޔާން އިއްވެވި އިރު ރައްޔިތުން އެނގެން ބޭނުންވާ ގިނަ ކަންތައްތަކެއް ވިދާޅުނުވެ ދޫކޮށްލެއްވީ އެވެ. ގާނޫނުއަސާސީއާ ޚިލާފަށް ގައުމުގައި ހިނގާ ކަންކަން ހުއްޓުވައި ގައުމު މިހާރު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކޮށްދެއްވުމާ މެދު ވެސް އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.

ރައީސްގެ ރިޔާސީ ބަޔާނަށް ފާޑުވިދާޅުވެ ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަބްދުﷲ ރިޔާޒް ކުރެއްވި ޓުވީޓެއް

މީގެކުރިން، ރައީސް ޔާމީންގެ ރިޔާސީ ބަޔާން ލިއުއްވުމުގައި އުޅުއްވި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ރިޔާސީ ބަޔާނުން ގައުމު އޮތް ނުރައްކާތެރި ހާލަތު ސާފު ނުވާ ކަމަށެވެ. ގާނޫނުއަސާސީ މުގުރާލައި ބާރުތައް މުށުތެރަށް ލައި ރައްޔިތުންގެ މަޖިލީހާއި ރާއްޖޭގެ އެންމެ މަތީ ކޯޓުން ފެށިގެން ޝަރުއީ ނިޒާމް "ފުނޑާލާފައިވާ" މައްސަލައާ މެދު ރައީސް ޔާމީން އެއްޗެއް ވިދާޅުނުވުމަކީ ކަންބޮޑުވުމެއް ކަމަށް އަމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވެފައިވާ ގޮތުގައި މި މަހުގެ 5 ގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަން ޖެހުނީ، ސުޕްރީމް ކޯޓުން މި މަހު 1 ގައި، ނެރުނު އަމުރުން ދައުލަތުގެ ހިންގުން އޮޅުންބޮޅުންވެ، މުއައްސަސާތަކުގެ ހިންގުމުގެ ނިޒާމަށް ބުރޫއަރައި ގައުމާއި ރައްޔިތުންނާ ގުޅުން ހުރި އެތައް މަސްލަހަތުތަކެއް ގެއްލިދާނެތީ އެވެ. އަދި އެ މުއްދަތު އިތުރު 30 ދުވަހަށް ދިގު ދަންމަން ޖެހުނީ ހާލަތު ބަދަލުނުވާތީ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތާ އެކު ދައުލަތުގެ އެއް ބާރުގެ ވެރިޔާ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނިވަޑައިގަންނަވާ ގޮތަށް 9 ބޭފުޅަކު ހައްޔަރުކޮށްގެން ހިންގަމުންދާ ކަންކަމާ މެދު ވެސް ރިޔާސީ ބަޔާނުގައި ރައީސް އެއްޗެއް ވިދާޅުވެފައި ނުވާތީ އަމީން ފާޑުވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް އެ ގެންދަވަނީ ހައްޔަރުކުރަމުން، މިހާލަތާ އެކު ގައުމު މިއޮތީ ބޮޑުު ހަމަނުޖެހުމެއްގެ ތެރޭގައި، ހަލަބޮލިކަމެއްގެ ތެރޭގައި. އެކަމަކު މި ހާލަތުގެ އެއްވެސް ވާހަކައެއް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ހިމަނާފައެއް ނުވޭ،" އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގައުމުގެ އޭރަކު އޮންނަ ހާލަތާ މެދު ވަރަށް ފުންކޮށް ވިސްނައި، މައްސަލަތަކާއި ހައްލުތައް އަދި ރައްޔިތުންނަށް އޮތް ފައިދާ ރިޔާސީ ބަޔާނުގައި ފުރިހަމަ އަށް ތަރުތީބުކުރެވެން ޖެހެ އެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ރިޔާސީ ބަޔާން އިއްވާއިރު، އަމީން ވިދާޅުވި ގޮތުގައި، ގައުމުގެ ހާލަތު ސާފުކޮށް ބަޔާންކޮށްދީ ހައްލުތަކެއް ހުށަހަޅަ އެވެ.

"ވަރަށް ބޮޑަށް ހައިރާންވޭ، އަދުލު އިންސާފު ގާއިމްކުރުމުގެ ނިޒާމް ފުނޑިފައި އޮތްއިރު ވެސް ރައީސް ބަސްފުޅެއް ވިދާޅުނުވުމުން. މިއިން ދޭހަކޮށްދެނީ، ވެރިކަމުގެ މިހާ ހިސާބަށް އައިރު އެމަނިކުފާނު ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރައްވާފައި އޮތީ އެމަނިކުފާނު ގާނޫނުއަސާސީގެ ތެރޭގައި ހުންނަވާފައި އެހެން ބޭފުޅުންނާއި ދާއިރާތައް ބޭނުންކުރައްވައިގެން ކަންކަން ކުރަން،" އަމީން ވިދާޅުވި އެވެ.

"އެކަމަކު ރައީސް ޔާމީން ވެސް މިހާރު ސީދާ ގާނޫނުއަސާސީން ބޭރަށް ވަޑައިގެންފައިވާތީ ރިޔާސީ ބަޔާނުގައި އެމަނިކުފާނަށް ދެއްކޭނެ ވާހަކަތަކެއް ހަގީގަތުގައި ނެތީ ކަމަށް ބެލެވެނީ."

މިއާއެކު އަމީން ގަބޫލުކުރައްވަނީ، ގާނޫނުއަސާސީގެ 87 ވަނަ މާއްދާ އިން ރައީސުލްޖުމްހޫރިއްޔާއާ މަތިކޮށްފައިވާ ގޮތަށް ރިޔާސީ ބަޔާން އިއްވެވުމުގެ ޒިންމާ ވެސް ރައީސް ޔާމީނަށް އަދާނުކުރެއްވުނު ކަމަށެވެ.

ރިޔާސީ ބަޔާނަށް ފާޑުވިދާޅުވެ މާލޭގެ ކުރީގެ މޭޔަރު މުހައްމަދު ޝިހާބު ކުރެއްވި ޓުވީޓެއް.

ރިޔާސީ ބަޔާނާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭގޮތުން އެއްވެސް އެއްޗެއް ވިދާޅުނުވުމުންނެވެ.

ރައީސް އިއްވެވި ރިޔާސީ ބަޔާނާ ގުޅޭގޮތުން ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއް.

ރިޔާސީ ބަޔާނަށް އަމާޒުކޮށްފައިވާ ފާޑުކިއުންތަކުގައި އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ، ގައުމުގެ ހާލަތު ރަނގަޅު ކުރުމުގެ ޚިޔާލުފުޅެއް ރައީސް އަބްދުﷲ ޔާމީން ނުގެންގުޅުއްވާ ކަމަށެވެ. އެހެން ނޫން ނަމަ، ގައުމުގެ ހާލަތާ މެދު ރައްޔިތުންނަށް ކޮންވެސް ވާހަކަފުޅެއް ދައްކަވާނެ އެވެ.

21 ކޮމެންޓް, 32 ރިއެކްޝަންސް

icon happy icon happy 31%
icon sad icon sad 0%
icon angry icon angry 69%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައިއެފް

22 February 2018

އަމާބުނީތީ ފަރަށްދާ އުސޫލުން އިއްވެވިބަޔާނެއް. ކިއުއޭގައި ބުނާ ޕޮއިންޓުތައް ނުހިމަނާ. ކިއުއޭގެ ހުރިހާ މާއްދާއާ ވަނީ މިރައީސް ޚިލާފުވެފައި.

The name is already taken The name is available. Register?

އައިޖޭ

22 February 2018

ރަހީން ކޮށްފައި ތިބި ސްޕްރީމް ކޯޓް 3 ފަނޑިޔާރުން ހުކުމް ކުރާނެ، މި ރިޔާސީ ބަޔާން، ވަރަސް ފުރިހަމަ ކަމަށް.... ަގީގަތަކީ މިއަދު މިއޮތީ ފުރިހަމަ ޑިކްޓޭޓަރޝިޕް އެއް \

The name is already taken The name is available. Register?

777777

22 February 2018

މަޖްލީހުގަ އިއްވާ ބަޔާނުގައި ހިމަނަންޖެހޭނީ، 2017 ވަނަ އަހަރު ކުރެވުނު ކަންކަމާއި، ހާލަތާއި، 2018 ވަނަ އަހަރުގެ ޕްލޭން. ބަލަ ތަންދޮރު އެނގޭ މީހުނަށް އެވަރުވެސް އެނގޭނީ.

The name is already taken The name is available. Register?

ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ

22 February 2018

މިހާރުގެ ހާލަތާއި ބެހޭގޮތުން އަހަރަމުންނަށާއި ނޫސްވެރިންނަށް ޔާމިން އަބުދުލް ޤައްޔޫމްގެ ފަރާތުން އިތުރަށް އިގެން ބޭނުންވާ އެއްޗެއް އެބައޮތްތޯ ؟! . . ޔާމިން އަބުދުލް ޤައްޔޫމްގެ ފަރާތުން ކަމަށް ބުނެ “އުފެދުމުގައިވެސް ބާތިލް” ޤަރާރު އިއްވި އާޒިމާ ޝަކޫރު އާއި ޔާމިންގެ ކެބިނެޓް މިނިސްޓަރ ބަންޑާރަ ނައިބް މުހައްމަދު އަނިލް ނޫން އެންމެނަށް މި ދައުލަތުގެ ހާލު އެބައިގޭ. . ސްޕްރީމްކޯޓް އިސްފަނޑިޔާރު މަނިކުފާނު ހުރަގެއަށްލާފައި ވާކަމާއި ޤާނޫނުހަދާމަޖިލީހުގައި ބޮޑުތަޅު އަޅުވާފައިވާކަން އަދި މިސަރުކާރުގެ އަމަލުތަކާއިމެދު “ޕީޖީ ހުންނެވީ ނުރިހިފައި” ކަމާއި މިހުރިހާކަންކަން ބަލަންތިބި ބޭރުގެ ދައުލަތް ތަކާއި އދ އިން “ޔާމިން އަބުދުލް ޤައްޔޫމް ގެ ސަރުކާރު ޤާނޫނީ އިމުގެ ތެރެއަށް ރުޖޫއަވުމަށް” ނަސޭހަތް ތެރިވުމަށްފަހު “އެންމެފަހުން އިންޒާރު ދެއްވާފައިވާކަން” ނޫސްވެރިންނެކޭ އެއްފަދައިން ގިނަދުވެހިންނަށް އިގޭ. . އެހެންކަމުން މިހާރުގެހާލަތާއިބެހޭގޮތުން ޔާމިންގެ ފަރާތުން އަހަރުމެންއަޑުއަހާން ބޭނުންވާހަކައެއްނެތް.

The name is already taken The name is available. Register?

ސަމާސާ

22 February 2018

ޔާމީނަކީ ދުރު ކީއްކުރަންތޯ މޭލެއްހާ ދުރުމިނަށްވެސް ވިސްނުންފުޅު ގެންދަވަން އެނގިވަޑައިގަންނަވާ ބޭފުޅެއްނޫން. އޭގެ ހެއްކަކީ ޔާމީނު ވެރިކަމަށް ވަޑައިގެންނެވި އިރު އިދިކޮޅަށް ހުންނެވީ އެކަނި "މޮޔަ" ބޭފުޅެއް ކަމުގައިވާ ނަޝީދު ގިނިކަންނާ. އަދި ވެރިކަމަށް ވަޑައިގަތީ ނަޝީދު ހެއްދެވި ހުރިހާ ގޯސްތަކުގެ ވާހަކަ އިއުލާން ކުރައްވަމުން އެ ހުރިހާކަމެއް ރަނގަޅު ކުރައްވާނޭކަމަށް ވައުދުވެ ވަޑައިގަންނަވަމުން. ޝައްކެއްނެތް. އެފުރުސަތު އެންމެ ރަނގަޅަށް ލިބިވަޑައިގެންނެވި ހަމައެކަނި ލީޑަރަކީ ޔާމީނު. އަޅުގަނޑަށް އެނގޭކަމަކީ ޚުދު އަޅުގަނޑަށް އެފަދަ ފުރުސަތެއް ލިބުނު ނަމަވެސް ނަޝީދު "ސޮނި" ވެއްޓޭހާ މޮޅަށް ، ފުރިހަމައަށް ، އަދުލުއިންސާފުން ، ހިކުމަތްތެރިކަމާއެކު ރައްޔިތުން ބަލައިގަންނަފަދަ ހެޔޮ އަދި މޮޅު ވެރިކަމެއް ކުރީސްކަން. އޭގެ ބަދަލުގައި ޔާމީނު އެޅުއްވި ކޮންމެ ފިޔަވަޅެއް ވެގެން ގޮސްފައިވަނީ ގިނަ ބައެއްގެ "ނަފްރަތު" ޔާމީނަށް އޮހިގެން ދިޔަ ފިޔަވަޅަކަށް.

The name is already taken The name is available. Register?

ސަމާސާ

22 February 2018

އިދިކޮޅު މީހުންގެ ނަޒަރުގައި ގައުމުގެ "ހާލަތު" ކިތަންމެ ގޯސް ކަމުގައިވިޔަސް ރައީސް ޔާމީނާއި އެމަނިކުފާނުގެ ބައިވެރީން ދެކެވަޑައިގަންނަވަނީ ހުރިހާކަމެއް މުޅީން ރަނގަޅު ކަމަށް. އިދިކޮޅުން އެ ދައްކާ ވާހަކައަކީ ގައުމު ފިތުނަވެރިކޮށް ހަމަނުޖެހުން އުފައްދަން ދައްކާ ވާހަކަތަކެއް. އެހެންވީމަ ރިޔާސީ ބަޔާނުގައި އެބުނާ "ހާލަތު" ގެ ވާހަކަ އަންނާކަށް ނުޖެހޭނެކަމަށް ބަލަމާ! އެނގޭކަމަކީ ދިވެހިރާއްޖޭގެ ދިގު ތާރީޚުގައިވެސް ހެޔޮވެރިކަމެއް ކުރުމަށް ޔާމީނަށް ލިބިވަޑައިގެންނެވި ވަރުގެ ރަނގަޅު ފުރުސަތެއް އެހެން އެއްވެސް ދިވެއްސަކަށް ލިބިފައި ނެތްނެތްކަން. ޔާމީނަށް ތާއީދު ކުރައްވާ ބައިވެރިން އެވިދާޅުވާ ވަރުގެ ގާބިލު ، އިލްމީ ބޭފުޅެއްކަމުގައި ޔާމީނު ވާނަމަ މިހާލަތަށް ގައުމު ދާންޖެހުނު ސަބަބަކީ ކޮބައިތޯ؟ އެވިދާޅުވާހާ "މޮޅު" ބޭފުޅެއްނަމަ އެމަނިކުފާނު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި އިރު އެމަނިކުފާނަށް ވެރިކަން ކުރުމަށް ފަހިވެފައިއޮތް "ރީތި" މަގު ބީވެގެން ދިޔައީ ކީއްވެގެންތޯ އަމިއްލައަށް ވިސްނާލުން ބުއްދިވެރި.

The name is already taken The name is available. Register?

777777

22 February 2018

މޮޔައިންނޭ، މިއީ ކުއްލި ހާލަތެއް. މިއަންނަ އަހަރު ޔާމީން ދެއްވާ ބަޔާނުގަ އޮންނާނެ، މިހާލަތާ ގުޅޭ ވާހަކަތައް. މިކަމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް ދިމާވި ގޮންޖެހުންތަކާ، ގައުމު ދުނިޔޭގެ ނީލަމަށް ލުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ވާހަކަ.

The name is already taken The name is available. Register?

އެމްސް

22 February 2018

އަމިއްލަ ގޮތް އިންތިހާއަށް އޮތް ބަޔާނެއް

The name is already taken The name is available. Register?

ވވވވޗޗ

22 February 2018

މަޖިލީހަށް ސާހިދު ވަޑައި ނުގަތަސް ރިޔާސީ ބަޔާން އަޑު އެއްސެވިކަން އެގިއްޖެ

The name is already taken The name is available. Register?

ހައްޖަ

22 February 2018

އަސްލުވެސް މަވެސް ހަމަ ހައިރާންވި. ކުރިން އަޑުއިވިފާވާ ގޮތުން ރިޔާސީ ބަޔާނުގާ އެއިރެއްގެ ހާލަތު ރައްޔިތުންނަށް ސާފުކޮށް ބަޔާންކޮށްދޭން ޖެހޭނެ. އެކަމަކު މިހާރުގެ ރާއްޖޭގެ ހާލަތާ ބެހޭގޮތުން އަލިއަޅުވާ ނުލީމަ، މަވެސް ހަމަ ހައިރާން.

The name is already taken The name is available. Register?

ފާތުން

22 February 2018

ބަޔާނުގައި ހިމަނަންޖެހެނީ، ވޭތުވެދިޔަ އަހަރުގެ ހާލަތާ، ކުރިއަށް އޮތް އަހަރަށް ޕްލޭން ކޮށްފައި ހުންނަ ކަންތައްތައް. ތިވަރުގެ ގަޅިކަމެއް ތިހުންނަނީ، ހަމައެކަނި ރ.ޓީވީ ބަލާފަ އިލްމް އުނގެނޭތީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454