އެމްޑީޕީ އެކްޓިވިސްޓް ނިޔާޒް: ޕީއެސްއެމާއި ޗެނަލް 13އަށް އޭނާ ޓެރަރިޒަމްގެ އިންޒާރު ދީފައިވާ ކަމަށް ޕީއެސްއެމުން ބުނޭ
04 މާޗް 2018 - 15:56
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް ޓެރަރިޒަމްގެ އިންޒާރެއް މީހަކު ދީފައިވާ ކަމަށް ބުނެ، އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅައިފި އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ބުނީ އެމްޑީޕީގެ މިލަންދޫ ދާއިރާގެ ރައީސް އަދި އެކްޓިވިސްޓު އަހުމަދު ނިޔާޒު ވަނީ އެ ސްޓޭޝަނާއި ޗެނަލް 13ގެ ސެޓަލައިޓް ހިދުމަތްތައް ކަނޑާލާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ. އެހެންވެ އެ މައްސަލަ ތަހުގީގުކުރަން ފުލުހަށް ހުށަހަޅާފައިވާއިރު، ކަމާ ބެހޭ އެހެން އިދާރާތަކާއި ސަރުކާރު ކުންފުނިތަކުން ވެސް އެ މައްސަލަ ބަލަން ޕީއެސްއެމުން ގޮވާލާފައިވެ އެވެ.
Kuriyah oih 48 gadi iruthereygai TVM adhi Chenel13 satellite hidhumah medhu kadaalane @tvmaldives @Mihaarunews
— Ahmed Niyaz (@AhmdNiyax) February 13, 2018
ނިޔާޒް "ޓެރަރިޒަމް"ގެ އިންޒާރު ދީފައިވަނީ، ޕީއެސްއެމުން ބުނިގޮތުގައި، މިިދިޔަ މަހު ކުރީކޮޅު ކޮށްފައިވާ ޓްވީޓެއްގަ އެވެ.
ޕީއެސްއެމުން އެހެން ބުނި ނަމަވެސް ނިޔާޒުގެ ޓްވީޓްގައި، ސެޓެލައިޓް ހިދުމަތްތައް މެދުކަނޑާލާނީ އޭނާ ކަމަކަށް ބުނެފައެއް ނުވެ އެވެ. ނިޔާޒުގެ ޓްވީޓްގައި ބުނެފައިވަނީ "ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ޓީވީއެމް އަދި ޗެނަލް 13ގެ ސެޓެލައިޓް ހިދުމަތްތައް މެދުކަނޑާލާނެ" ކަމަށެވެ.
ނޫސްވެރިކަމަށް ހުރަސް އެޅޭ ގޮތަށް އެ ސްޓޭޝަނަށާއި ޗެނަލް 13 އަށް، އިދިކޮޅު ފަރާތްތަކުން ޖެއްސުން ކުރަމުން އަންނަ ކަމަށް ޕީއެސްއެމުން އަންނަނީ ބުނަމުންނެވެ.
ދައުލަތުގެ މީޑިއާ ނަމަވެސް ޕީއެސްއެމުން އިދިކޮޅު އެއްވެސް ހަރަކާތެއް ކަވަރެއް ނުކުރެ އެވެ. އޭގެ ބަދަލުގައި ޕީޕީއެމުން ބާއްވާ ހަރަކާތްތައް ވަގުތުން ވެސް ގެނެސްދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަބްނަމް
05 March 2018
މުޅިރާއްޖޭގައި ޓެރެރިޒަމް ދޯ. ބޯހަލާކް
ކޮކްޓެއިލްރައީސް
04 March 2018
އަބަދުވެސް ރައްޔިތކާ މެދު ފިޔަވަޅު ނޭޅިގެން މިވެރިން މިއުޅެނީ، ބީތާވެފަ ހުރި މީހަކަށް ނޫނިއްޔާ އިނގޭނެ، ނިޔާޒު އެކަން ކުރާނެ ވާހަކައެއް ބުނެފަ ނެތްކަން، ނިޔާޒުގެ ޓްވިޓުން ދޭހަވަނީ، ސެޓެލައިޓް އޮޕަރޭޓު ކުރާފަރާތުން ނޫނީ ޗެނަލް ހިންގާފަރާތުން އެކަން ކުރާނެކަމަށް ބުނިހެން، އެހެންވީމަ ތިކަމުގަ ހާސްވެގެން ގރ ކޮށި އަރައިގެން ތެޅޭކަށް ނުޖެހޭނޫންބާ!
falaku ain
04 March 2018
މެދުކަނޑާލާނެއޭ ބުނުމަކީވެސް ޓެރަރިޒަމުގެ އަމަލެއްކަމުގައިވާނެ ދުވަސްވަރުމީ. އިންޓަރނޭޝަނަލް ޗެނެލްތައް ކަނޑާލާނީ އެޗެނެލްތައް ދޫކުރިފަރާތުން. އެކަން ކުރާނެކަމުގެ މަޢުލޫމާތު ލިބިފައިވާ ކޮންމެ މީހަކަށް ބުނެވިދާނެ އެގޮތަށް. ބޮޑަށް ވައްތަރީ ކަނޑާލުމާ. ސަބަބަކީ ސަރުކާރުގެ ބާރު ހިނގާ ތަންތަނުން އެހެން ތަންތަނަށް ކުރާޖެއްސުމުގެ ބަދަލު ހިފަން އެމީހުންވެސް މަސައްކަތްކުރާނޭ ކަމަށް ލަފާކުރެވޭތީ.
ޒައި
04 March 2018
ތީގަ ނެތް އިންޒާރެއް.. ސެޓެލައިޓް ހިދުމަތް މެދުކަނޑާލާނަމެކޭ އޭނާ ނުބުނޭ. ހިދުމަތް މެދުކަނޑާލާނެ އޭ..އެބަހީ ކޮންމެވެސް ބަޔަކު އެކަން ކުރާނެކަމުގެ ވާހަކަ އެއޮތީ ބުނެފަ.. ފުކެއް ބޮޑުވަރުތީ ރައްޔިތުންގެ ފައިސާއިން ހިންގާ ބަޔަސް މީޑިއާއެއް
މަގޭ ގައުމު
04 March 2018
ދައުލަތުގެ މީޑިޔާއަކީ ޗެނަލް 13 އެވެ. ސުކުރިއްޔާ،،،،، ހައްތާވެސް ސިޔާސީ މުޅި ގައުމު ސިޔާސީ ކޮންމެ ކަމެއްވެސް ސިޔާސީ އެއްބަޔަކު އަނެއްބަޔަކަށް ޖެއްސުންކުރުމާ ދެންވެސް ކުރެވެން ހުރި އުނދަގޫތަށްކުރަނީ ހުރިހާ ގެއްލުމަކާ އުނދަގުލެއް ރައްޔިތުންނަށް ސުކުރިއްޔާ ގައުމު....
ޖުހާ
04 March 2018
ޓީވީއެމް ކިޔާ ޗެނަލް އެއް އަދިވެސް ހިންގާތަ.؟ ޏުފެންނަތާ ވަރަށް ޒަމާން ވެއްޖެ. ޕީޕީއެމް ގެ ޖަގަހަ އަކަށް ވުމުން ބެލުން ހުއްޓާލީ.
ރުޅި
04 March 2018
ހަލީލު ލަދުކޮބާ? ތިޔައީ ދައުލަތުގެ މީޑުއާއެއްނޫން. ތިޔައީ ދައުލަތުގެ ލާރިން އަމިއްކަ ވަޒީފާ ހިމާޔަތްކުރާތަނެއް. ތިޔައީ ގާނޫނާ ހިލާފަށް ހިންގާ ތަނެއް. ފުރަތަމަ ފުލުހުންބަލަންވީ އެމައްސަލަ.
99
04 March 2018
ކައިގެންނޭ ފުރާނި
ކަރުންމަތީގެ ޑޮކްޓަރު
04 March 2018
ރާއްޖޭގައި ޗެނަލަކަށްވާ ގޮތަށް ޗެނަލެއް ހިންގަނީ ޕީއެސްއެމްއިންނެވެ. އެއީ ޓީވީއެމް ވިޔަސް ދިވެހިރާއްޖޭގެ އަޑު ކަމުގައި ވިޔަސް.މެއެވެ. ދެން އެހިންގަނީ ޗެނަލް ހެއްޔެވެ. ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ދައުލަތުގެ މީޑިއާއަކީ ވަކި އެއްޗެކެވެ. ދައުލަތް ޕްރޮމޯޓް ކުރުމާއި ސަރުކާރުތަކުގެ ޕޮލިސީ ދަމަހަށްޓާ ނަގަހައްޓާ ބަޔަކީ ދައުލަތުގެ މީޑިއާ އެވެ. މިކަން އޮޅުވާ ނުލާށެވެ.
ބޮލުންމަތީ ދަކުތަރު
04 March 2018
ދައުލަތުގެ މީޑިޔާއަކީ ސަރުކާރު ޕޮލިސީ ދަމަހައްޓަން އޮންނަ ތަނެއް ނޫން ދުނިޔޭގެ އެއްވެސް ޑިމޮކުރަސީއެއްގައި. އިނގިރޭސި ވިލާތުގެ ބީބީސީ އަދި އޮސްޓުރޭލިއާގެ އޭބީސީ އަކީ އެގައުމުތަކުގެ ސަރުކާރުތަކުގެ ޕޮލިސީތަކަށް އެންމެ ފާޑުކިޔާ މީޑިޔާތައް!
ވަހީދު
04 March 2018
ޑޮކްޓަރު ކަލޭތިހުރީ ޑޮކްޓަރަށް ދައްކަން ޖެހިފަ
ފަސްހަސް
04 March 2018
އަނެއްކާ ކުއްލިނުރައްކަލުގެ ހާލަތުދިގުދައްމާލާނެގޮތެއްހޯދަނީދޯ.. ހެހޭ