ލ. އަތޮޅުގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ރެލީއަށް ސިފައިން ހުރަސް އަޅަނީ --ފޮޓޯ/ސޯޝަލް މީޑިއާ
09 މާޗް 2018 - 20:48
އިދިކޮޅު ޕާޓީތަކުން ލ. އަތޮޅުގައި މިއަދު ކުރިއަށް ގެންދިޔަ ސައިކަލު ބުރަށް ސިފައިން ނިކުމެ ހުރަސް އަޅައިފި އެވެ.
މިދިޔަ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރަން ގޮވާލައި، އިދިކޮޅު ފަރާތްތަކުން މިއަދު ހަވީރު ފެށި ސައިކަލު ބުރުގެ ކުރިއަށް ދަނިކޮށް ލިންކް ރޯޑުގެ ވަކި ހިސާބަކުން ސިފައިން ވަނީ އިތުރަށް ކުރިއަށް ނުދެވޭ ގޮތަށް ހުރަސް އަޅައިފަ އެވެ. އާންމު ގޮތެއްގައި އެކަމަކީ ފުލުހުން ކުރާ ކަމެއް ކަމަށްވިޔަސް، ރެލީއަށް ހުރަސް އެޅިއިރު އެތަނުގައި ފުލުހުން ހަރަކާތްތެރިވެފައެއް ނުވެ އެވެ.
މިދިޔަ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ބައެއް މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެ ފަރާތްތައް ދޫކޮށްލުމަށާއި ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރަން ގޮވާލައި، އިދިކޮޅު ފަރާތްތަކުން ދަނީ މާލެ އާއި ރާއްޖޭގެ އެކި ރަށްރަށުގައި މުޒާހަރާ ކުރަމުންނެވެ.
ފުލުހުން މިހާރު އަންގާފައިވާ ގޮތުން ރޭގަނޑު 10:30 ގެ ފަހުން މާލޭގައި މުޒާހަރާއެއް ނުކުރެވޭނެ އެވެ. އެކަމަކު އިދިކޮޅު ފަރާތްތަކުން ދަނީ ސިލްސިލާ މުޒާހަރާތައް އަދިވެސް ކުރިއަށް ގެންދަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އީމަން
10 March 2018
ފުލުހުން މިހާރު އަންގާފައިވާ ގޮތުން ރޭގަނޑު 10:30 ފަހުން މާލޭގާ މުޒާހަރާ ނުކުރެވޭނެ، ފުލުހުން. 10:30 ގެއައް ވަނަކަސް، ބޭނުން އިރަކު ބޭނުން ގަޑިއަކު ނިކުމެ އިހުޖިދާދް ކުރާނަން، ކުރެވޭނެ އެއްކަމެވެސްނޯނާނެ. މީ ފުލުހުންގެ އެކަނި ގަމެއްނޫން.
އަލީ_
10 March 2018
މުޒާހަރާ ކުރުމަކީ ގާނޫނު އަސާސީއިން ލިބިދޭ ހައްގެއް. ސިފައިންނަކަށް ނުހުއްޓުވޭނެ.
ދެބަންދިހާރު
10 March 2018
ދެބަންދިހާރު ތަކަށް ނޭގޭތަ ތި ސަރަހައްދުގައި މިލިޓަރީ އެއަރ ބޭހަކާ ސިފައިންގެ މަރުކަޒެއް ހުންނަ ކަމެއް. ފުލުހުން އަޔަސް ނަޔަސް ސިފައިން ތިމީހުން ހުއްޓުވާނެ. އަވަށުގަ މުޒާހަރާ ކުރާއިރު ސިފައިނެއް ނުދޭނު. ވަރަށް ވާހަކަ
ޙުސެން ލާމު
09 March 2018
އެއާޕޯޓާއި މިލިޓަރީ ބޭސްތަކުގައި މުޒާހިރާ ކުރަންޏާ ހުއްޓުވާނެ. ޤާނޫނުގެ 24 ވަނަ މާއްދާގެ (ށ) ގެ (7) ބަލާލާ.
އަލްޓިނުވަލްމޮހޮރު
10 March 2018
ރާއްޖޭގަނެތް ތިޔާޒާތުގެ ބޭހެއް ނޫނގުޅާއޮތް އެއްވެސް ތަނެއް.
ފުޅިތޮށި ކާ
10 March 2018
ބަލަ ލިންކް ރޯޑް އެއީ އެއީ އެއާޕޯޓްގެ ބޭރުން އޮއްނަ މަގެއް
ނާޝް
09 March 2018
ފުލުހުންނަށް ނުވީތަ މަދަނީ ކަންކަމަށް ސިފައިން ބޯކޮށްޕަން ތިޔަ ފެށީ؟ ކޮންމެ ކަމެއްގަވެސް ހައްދެއް އޮންނަން ވާނެ. ސިފައިންނަށް މިހާރު ގައުމުގަ ނުވާކަމެއް ނެތިއްޔާ ވަރަށް ގޯސްވީ ތިޔަ.
ސަބްނަމް
09 March 2018
ވަކިބަޔަކަށް ތިޔަހުރިހާ މުޒާހަރާ ތަކާ އެއްވުންތައް ބޭއްވެވޭ
ލަދުހަޔާތް
09 March 2018
ސިފައިންނޭ ގައުމުދޭފަހުރޭ އުއްމަތުގައިވީ މި އިތުބާރޭ. މިހާރު އެކައްޗެއްވެސް ނެއް. އޮފީސްތަކުގައިތިބޭ ސެކިއުރިޓީންނަށްވެސް މިހާރު މާ އިހުތިރާމުކުރެވޭ ސިފައިންނައްވުރެން.
ވާނުވާ
10 March 2018
ތިހެން ސިފައިންނަށް ބޭއިހުތިރާމް ކުރަން ދަސްކޮށްދިނީ ކޮންބައެއްބާ.....ޖަވާބު ވަރަށްވެސް ސާފް.....ބިރުފަހަނަ އަޅާ ދާން ދަސްކޮށްދިނީ ކާކުބާ....ޤައުމުގެ އިޖްތިރާމީ ފޭރާން ވީދާލީމަ ވާނީމިހެން....މިކަން ކުރީކޮންބައެއްބާ އަދި ހިތްވަރު ދެނީކޮން ބައެއްބާ....ޤައުމަށް ވަފާތެރިވާން ދަސްކުރަމާ، އަންނަން އޮތްޖީލް ތަކަށް ހެޔޮގޮތުގަ ޤައުމުފޯރު ކޮށްދިނުމަށް އަތުކުރި އޮޅާލާ
އަދީބު
09 March 2018
ރައީސް ޔާމީން އަދި ވެރިކަމުގައި ތިއްބެވި ފަރާތްތައް ބަލިކަށިވެފައިވާ މިންވަރު ކިތަންމެހާ ވެސް ރަނގަޅަކަށް ދައްކުވައިދީފި. ނާ އެހެންޏަ! ސިފައިންނަކީ ދެން ނުވީމަ ނޫނީ މަގުތަކަށް ނިކުންނަން ޖެހޭ ބައެއް ނޫން.
ފަޔާޒް
09 March 2018
2011 ގައި ސިފައިން ޤާޒީއެއް ބަންދުކޮށްގެން އެ މައްސަލަ ބަލައި ތަހްޤީޤްކޮށް ޝަރީއަތް ކުރެވުނު ފަދައިން، މިއަދު ސިފައިން ތިޔަ ކުރި ކަންތައްތައް ބަލައި އެކަމަށް އަމުރު ކުރި ފަރާތްތަކަށް ފިޔަވަޅު އަޅަންޖެހޭ. ގައުމުގެ ދާހިލީ ކަމެއްގެ ތެރެއަށް ބާރުބޭނުންކޮށްގެން ވަނުމުގެ ޤާނޫނީ އެއްވެސް ހަމައެއް ނޯންނާނެ. ތިކަން ކުރި މީހުން ތި ތިބީ ޤާނޫނީ ކުށެއް ކޮށްގެން.
ކޮކްޓެއިލްރައީސް
09 March 2018
ފުލުހުން އަންގަނީ ރޭގަނޑު 10:30ގެ ފަހުން މާލޭގަ މުޒާހަރާއެއް ނުކުރެވޭނެ ކަމަށް، އެކަމަކު ހަވީރު 4:30 ގަ މުޒާހަރާއެއް ބޭއްވިއަސް އެތާކަށް އަރައިގަނެ ރައްޔިތުންނަށް އަނިޔާކުރޭ، ޤާނޫނީ އިމުގެ ތެރޭގަ ތިބެން މިޖެހެނީ ހަމަ އެކަނި ރައްޔިތުންބާ، ފުލުހަކަސް ޕޮލިހަކަސް ތިބެން ޖެހޭނީ ޤާނޫނީ އިމުގެތެރޭގަ ނޫންބާ! ބައެއް ފުލުހުން އާއްމު ރައްޔިތުންނަށް ކުރާ އަނިޔާ ކޮންމެވެސް ދުވަހަކުން އެމީހުނާ ބައްދަލު ކުރާނެކަމަށް އުއްމީދުކުރަން.
ވަކަމޭން
09 March 2018
މަށަށްޝައްކު އަރާހަމަކުރެވޭނެހެން. އަދިއެއް ފެންނާކަށް ނެތް މިހާހިސާބަށްވެފަކަވެސް ނެތް