ރޭގެ މުޒާހަރާ ހުއްޓުވުމަށް ސިފައިން ހަރަކާތްތެރިވަނީ-- މިހާރު ފޮޓޯ: ހުސައިން ވަހީދު
17 މާޗް 2018 - 16:40
ދިވެހި ސިފައިންނާއި ފުލުހުން އިދިކޮޅު ފަރާތްތަކާ ނުގުޅޭނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ސިފައިންނާއި ފުލުހުން އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ކުރާނެ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ ސަރުކާރަކީ ގާނޫނުގެ ތެރެއިން ހިންގާ ސަރުކާރަކަށްވާތީ އެބޭފުޅުން އިދިކޮޅު ފަރާތްތަކާ ނުގުޅޭނެ ކަމަށެވެ.
"ދިވެހި ސިފައިންނާއި ފުލުހުންނަކީ ދުވަހަކުވެސް މިގައުމަށް ޣައްދާރުވާ މީހުންނާ ގުޅިގެން މަސައްކަތް ކުރާނެ ބައެއް ނޫން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީނަކީ އިސްލާމް ދީން ހިމާޔަތް ކުރުމަށާއި އިސްލާމީ ގައުމުތަކާ ގުޅިގެން މަސައްކަތް ކުރައްވާ ބޭފުޅަކަށްވާތީ ވެސް ސިފައިންނާއި ފުލުހުން އިދިކޮޅު ފަރާތްތަކާ ނުގުޅޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން ރޭ ކުރި މުޒާހަރާ އަށް އަލިއަޅުވާލައި އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރޭ ރާވާފައިވަނީ މާލޭގައި ހުޅުޖަހައި ހަމަނުޖެހުން ހިންގުމަށް ކަމަށާއި އެކަން ނާކާމިޔާބުކޮށްލީ ފުލުހުންނާއި ސިފައިން ކަމަށެވެ.
ރޭގެ މުޒާހަރާގައި ބައިވެރިވި މީހުންގެ އަދަދު 500 އަށް ވެސް ނާރާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ރޭ މުޒާހަރާ އިން 141 މީހަކު ހައްޔަރު ކޮށްފައިވާ އިރު އެއީ 2015 ވަނަ އަހަރުގެ މޭ މަހުގެ އެއް ވަނަ ދުވަހު ބޭއްވި "މޭޑޭ މުޒާހަރާ" އަށް ފަހު އެންމެ ގިނަ މީހުން ހައްޔަރު ކުރި މުޒާހަރާ އެވެ. ރޭގެ މުޒާހަރާ ރޫޅާލާފައިވަނީ ކަރުނަ ގޭސް ވެސް ބޭނުން ކޮށްގެންނެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރޭގެ މުޒާހަރާގައި ބައިވެރިވި މީހުންގެ ތެރޭގައި ފައިސާ ދީގެން "ކޮންޓްރެކްޓް" އުސޫލުން މަސައްކަތްކުރި މީހުން ވެސް ހިމެނޭ ކަމަށެވެ. އިދިކޮޅު ކޯލިޝަނުން ގޮވާލި ނަމަވެސް މިއަދު މުޒާހަރާތަކަށް ނުކުންނަ މީހުން މަދު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓިނުބެ
18 March 2018
އަދުރޭމެން ބުނާ އެއްޗެހި އެއި މިހާރު ގާނޫނު ކޮއެފުޅާ
ފާތުން
18 March 2018
މާތްﷲގެ އިރާދަފުޅުން ގުޅޭނެ. އަދި އޭގެފަހުން އަދުރޭ ހައްޔަރުވެސް ކުރާނެ.
އީމަން
18 March 2018
އަބްދުއްރަހީމް ތިޔަހުރީ ގައުމަށް ޣައްދާރުވާނުވެތަ؟
ހަލާލު
18 March 2018
ނޫން ނޫން އަދުރޭ މެން އިދިކޮޅުގަ ތިއްބާ އެވެރިން ގުޅިގެން ވެރިކަން ވައްޓާލީވެސް
އީމަން
18 March 2018
އަބްދުއްރަހީމް އިދިކޮޅަކާ ގުޅޭނެ.
ޙިތް
18 March 2018
ޢަދުރޭބޭ މޮޔަފުޅުވީދޯ
ދަތްނެތްކުއްޖާ
18 March 2018
އަދުރޭބެއެވެ. ސަލާމަތީ ބާރު ވިއަސް ފުޅުސް ވިޔަސް ވަކި ބަޔަކު އަންގާ ގޮތައް ތަބާ ވާކަށް ނުޖެހޭނެއެވެ. އެވެރިންނަށްވެސް މާތްކަލާނގެ ދެއްވާފައިވާ ބުއްދި އާއި ސިނކުޑި އަދި މާތްﷲ ގަންދީ ކޮއްގެން ތިބި ހުވައާއި އެއްގޮތައް އަމަލު ކުރައްވާނެއެވެ. މާތްﷲ ގަންދީ ކުރާ ހުވާ އަކީ ކުލޭކުލޭ އެއްޗެއްނޫނެވެ. އެ ހުވާއާއި ޙިލާފް ވެއްޖެ ނަމަ އާޙިރަތް ދުވަހު އެވެރިންނާއި ސުވާލު ވެސް ކުރެވޭ ހުއްޓެވެ. އަދި އެ ހުވާ އާއި ޙިލާފް ވެއްޖެނަމަ ގަދަފަދަ ވެގެންވާ ﷲ ގެ އަޒާބު އެބައެއްގެ މައްޗަށް ލިބޭނެކަމަށް ދީނީ އިލްމް ވެރިން ވިދާޅު ވެއެވެ.
ނިއުމާ
18 March 2018
އެމްޑީޕީ ކުދިން އަނބުރާ ގޭސްގަނޑެއްކަން މަމެންނަށް އެންމެ ކުރިންވެސް އިނގޭ. ބަޔަކު ގުނބޯ ހައްދައިގެން މުޒާހަރާކުރަން ނެރެވޭތޯ އުޅެނީ
މައްމަނު އާދަނާ
17 March 2018
މެމްބަރު އަދުރޭ ދައްކާ ޚިޔާލީ ވާހަކަ އަށް އަންނަނީ ހިނި
ޖިންނިބޭ
17 March 2018
އެއީ ތެދެއް އަދުރޭ ބުނާ ގޮތެއް ހަދާނީ ... ފުލުހުން ބުނީ އަދުރޭއާ ހެދި ލަދޯ ގަންނަނީ