ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ ލޯންޗުގައި މާލެ ގެންނަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު
27 މާޗް 2018 - 13:21
ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލުގައި ހުންނަވާތާ މިއަދަށް 50 ދުވަސް ވީ އެވެ.
އެއްބަފާ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީނާ އެކު، ސަރުކާރުގައި ތިއްބެވި ބައެއް ބޭފުޅުން ގަބޫލުކުރައްވަނީ މި ގޮތަށެވެ: މައުމޫން، ގޮޅީގައި އޮންނަވަން ޖެހިވަޑައިގަތީ، ގާނޫނާ ޚިލާފަށް ސަރުކާރުގެ ވައްޓާލަން އުޅުއްވުމުންނެވެ.
އެކަމަކު އެހެން މީހުންގެ ނަޒަރުގައި، ހުޅުވިފައިވާ ޑިމޮކްރަސީއެއްގައި ދިމާވާނެ ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއިން މައުމޫނާ މެދު އެގޮތަށް ކަންތައްކުރުމަކީ ދަށު ދަރަޖައިގެ އަމަލެކެވެ.
ހުކުމުގައި ތިއްބެވި ސިޔާސީ ބައެއް ބޭފުޅުން މިނިވަންކުރަން ސުޕްރީމް ކޯޓުން މިދިޔަ މަހުގެ އެކެއްގައި ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މައުމޫން ހައްޔަރުކުރީ ސަރުކާރާ ދެކޮޅަށް "ބަޣާވާތް" ކުރެއްވި ކަމުގެ ތުހުމަތުގަ އެވެ.
ކުރީގެ ރައީސް މައުމޫން ފުލުހުންގެ ބެލުމުގެ ދަށުގައި.
އެކަމަކު އިދިކޮޅު ފަރާތްތަކުން އެ ކަމުގައި ދެކޭ ގޮތް ތަފާތެވެ.
އެ މީހުން ދެކޭ ގޮތުގައި، މައުމޫނަށް ކުރަނީ އަސާސެއް ނެތް ތުހުމަތުތަކެކެވެ. އުމުރުފުޅުން 80 އަށް ވުރެ މަތިވެފައިވާ އަދި ދައުލަތުގެ އެންމެ މަތީ ޝަރަފާއި ލަގަބު އަރުވާފައިވާ މައުމޫން ޖަލު ގޮޅީގައި ބާއްވަން ޖެހޭ ވަރުގެ ކުށެއް އެމަނިކުފާނު ނުކުރައްވާ ކަމަށް ވެސް އެ މީހުން ދެކެ އެވެ.
ރައީސް ޔާމީން ވެރިކަމަށް ގެންނެވުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި މައުމޫންގެ ކުށަކީ، އިދިކޮޅުން ބުނާ ގޮތުގައި، ސަރުކާރާ މެދު ނުރުހުންވެވަޑައިގަތުމެވެ. މި ސަރުކާރަށް ތުހުމަތުކުރާ ކޮރަޕްޝަނާއި އަނިޔާވެރިކަމާ ދެކޮޅަށް ބަސް ވިދާޅުވަމުން ގެންދެވުމެވެ. އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން އިސްލާހީ މަސައްކަތްޕުޅު ފެއްޓެވުމެވެ. ރައްޔިތުންނަށް ފާގަތި ދުވަސްތަކަކަށް ވިސްނައި، ގައުމުގެ މިސްރާބު ބަދަލުކޮށްލައްވަން މަސައްކަތްޕުޅު ކުރެއްވުމެވެ.
އިދިކޮޅުގެ ބައެއް ބޭފުޅުން ވިދާޅުވީ ޑިމޮކްރަސީ އާއި އިސްލާހަށް ކުރެއްވި މަސައްކަތުގެ ބަދަލެއްގެ ގޮތުން މައުމޫން ޖަލަށް ލުމަކީ މި ސަރުކާރުގެ "ނާތަހުޒީބު އަމަލެކެ"ވެ.
Raajjeyge Raees kan ethah zamaaneh vandhen kuravvaafavaa Raees @maumoonagayoom miadhu eheydha kuravvany kusheh saabith nuve 50dhuvas jalugai. Mee varah naa thahzeeb amaleh! Mikan MaU Dh + Alhugadu ge amilla namugai emme harukashi ibaarathun kuhveri kuran #FreeRaeesMaumoonNow pic.twitter.com/ogmW0OPJYw
— Mariya Didi 🎈 (@MariyaDidi) March 27, 2018
މައުމޫން ޖަލު ބަންދުގައި ގެންގުޅޭތީ ކަންބޮޑުވުންފާޅުކުރައްވައި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ ކުރެއްވި ޓުވީޓެއް.
ގާނޫނީ ބައެއް ވަކީލުންގެ ކަންބޮޑުވުމަކީ، ހުކުމެއް ނެތި ޖަލު ބަންދުގައި މައުމޫން ގެންގުޅުމެވެ. ސަރުކާރު ވައްޓާލަން ރޭވުމާއި ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައި ހައްޔަރުކޮށް، އެކަމުގެ ކިތާބީ ހެކި ހުރި ކަމަށް ބުނުމަށް ފަހު، އެމަނިކުފާނުގެ މައްޗަށް ފުރަތަމަ އުފުލީ ހެކި ނައްތައިލުމުގެ ދައުވާ އެވެ. އެކަމަކު އެންމެ ފަހުން، އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.
Hukumeh nethi 50 dhuvas jalugai: Raees Uz @maumoonagayoom jalah laafai vaa hama ekani sababakee YAG ge sarukaaraa ruhivadainugathun. #Free raees Maumoon NOW!#MaldivesInCrisis pic.twitter.com/Yof99lUpx4
— Imthiyaz Fahmy (@Imthiyazfahmy) March 27, 2018
President @maumoonagayoom Spending #50thDay of unlawful detention only because HE fought for democracy, rule of law and a corruption Free Maldives. #FreePresidentMaumoon #FreeNadheemNow #FreeAllPoliticalPrisoners #YameenMustFall pic.twitter.com/YaQ6ukeYeq
— aminath nadira🎈 (@a_nadraa) March 26, 2018
ހައްޔަރުކޮށް، މައުމޫނާ ދޭތެރޭގައި އަމަލުކުރާ ގޮތާ މެދު ވެސް ބައެއް މީހުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. ބަންދުގެ މުއްދަތު އިތުރުކުރަން ކްރިމިނަލް ކޯޓަށް ހާޒިރުކޮށް އަށް ގަޑިއިރު ބޭންދެވުމަށް ފަހު، އެމަނިކުފާނު އަނބުރާ ފޮނުވާލުމަކީ ގިނަ ބައެއްގެ ފާޑުކިއުން ވަރަށް ބޮޑަށް އަމާޒުވި މައްސަލައެކެވެ.
މައުމޫންގެ ތާރީހަށް ބަލާއިރު ޖަލަކީ އާ ތަނެއް ނޫނެވެ. އެމަނިކުފާނު ވަނީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ވެސް 50 ދުވަހު ކުޑަގޮޅީގައި ހޭދަކުރައްވައިފަ އެވެ. އެހެންކަމުން، މައުމޫނަށް ތާއީދުކުރާ ބައެއް މީހުން ބުނަނީ، ޖަލަށް ލައިގެން މައުމޫންގެ ހިތްވަރުފުޅު ބަލިކަށިނުވާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެދުރުބެ
28 March 2018
ނާތަހުޒީބެއް ނޫން. މައުމޫން ވިޔަސް އަދި ރައީސް މައުމޫން ވިޔަސް ޖަލަށް ދާންޖެހުނީމާ ދާން ޖެހޭނެ. މިއީ 2000ވަނަ އަހަރު ދިން ޖަވާބު. 'ބަންދު ކުރަން ޖެހިއްޖިއްޔާ ކުރާނެ ކަން.'
falaku ain
27 March 2018
ގިނަބަޔަކު ކުރިން ބުނަމުން އައީ އިބްރާހީމް ނާޞިރަކީ މީހުން ޖަލަށް ލައި އަނިޔާވެރި ޢަމަލުތައް ހިންގަވާފައިވާ ބޭފުޅެކޭ. އެގޮތުން މައުމޫނުވެސް ޖަލަށްލާ އަރުވާ ލާފައިވެޔޭ. މިހާރު ފެންނަ މަންޒަރުތަކަށް ބަލާއިރު ހަގީގަތުގައި ނާޞިރު މައުމޫނަށް އަނިޔާވެރިވެފައެއްނުވޭ. މައުމޫނުގެ ޒުވާނުން ދުވަސްވަރު ޖަލުގައި 1 އަހަރު ދުވަހު އޮތުމާ 87 އަހަރުގައި 1 ދުވަހު އޮތުންވެސް ހިތަށް އަސަރުކޮށް ބަލިކަން އިޙްސާސްވާލެއް ބޮޑުވާނެ.
ވިސްނާލާ
27 March 2018
ކޮންކޯޓަކުންބާ މައުމޫން ކުށެއްކުރިކަން މިހާތަނައްސާބިތުވީ މިހާތަނައްހިޔެއްނުވެ އެެއްވެސްކޯޓަކުން މައުމޫންކުށެއްކުރެއްވިކަންސާބިތުވެފައޮތްހެނެއް ކޯޓުންސާބިތުނުވާހާހިނދަކު އެއީ ކުއްވެރިއެއްކަމުގަ ބެލޭނެމިންގަޑެއް ޤާނޫނުއަސާސީގަނޯވޭ ބާރުއޮތީތީވެ ބޭނުންގޮތެއްހެދިދާނެކަންއަންގަންވެގެން ޖަލުގައިގެންގުޅެނީ
އުމަރު
27 March 2018
މައްސަލައަކީ ޤާނޫނު ހުރިހައި މީހުންގެ މައްޗަށް ނުހިނގާތީ، ނިކަން ފުލުހުންނަށާއި، ސިފައިންނަށާއި، ފަނޑިޔާރުންގެ މައްޗަށްވެސް ޤާނޫނު ހިންގަބަލަ، އެއިރުން އެއްވެސް މީހަކަށް ނުކެރޭނެ ޤާނޫނާއި ހިލާފްވާން، މިއަދު މައުމޫނު 50 ދުވަސް ވަންދެން ޖަލުގައި އެހުންނެވީ މައުމޫނުގެ އެންމެ ފަހު 5 އަހަރުގައި ތައްޔާރުކުރި ޤާނޫނު އަސާސީ އެއްގެ ސަބަބުން އަދި އޭގެ ފަހުން ރައީސް ނަޝީދު ރައީސްކަމާއި ހަވާލުވެ ގާނޫނު އަސާސީގެ ދަށުން ހަދަންޖެހޭ ޤާނޫނުތަށް ނުހެދުމުގެ ސަބަބުން، އަދި ދިރާސާނުކޮށް އެކި އެކި މީހުންނަށް ބާރުތަށް ބަހާލުމުން ނިކުންނަ ނަތީޖާ، އޭގެ ހިތި ހުރިހައި މީހުން ފިލުވަނީ، ހަމަ ގައިމުވެސް ރައީސް ޔާމީނުގެ މުޅި ސަރުކާރު ޖަލައްދާންޖެހޭނެ އެދުވަސް އަދި ފެންނާނެ
ސަނާ
27 March 2018
ކުށެއްނެތް ރައްޔިތުން ހައްޔަރުކޮށްގެން ބިރެއްނެތި, އާޚިރުގައި ސަލާމަތްނުވެވޭވަރަށް ރައްޔިތުންގެ ހައްގުތައް ބޮލުގައި އެޅި ﷲ ގެ ދަރުބާރުގައި ޖަވާބުދާރީވާންޖެހޭނެ, އެދުވަހަކުން, އެހީތެރިވެދޭނެ އެއްވެސް މުއައްސަސާއެއް ނުހުންނާނެ,
ކަޅުހޮއްކޮ
27 March 2018
ސާބިތުހެކިނެތިސް ޖަލުގައި މައުމޫން ހައްޔަރުކޮށްފައި ބެހެއްޓުމަކީ ދިވެހި ރައްޔިތުން ލަދުވެތިވާންޖެހޭ ކަމެއް.
ކަމަކުނުދޭ
27 March 2018
ރައީސް މައޫނު ޖަލަށް ލާކަށް ނުޖެހެއެވެ. މައުމޫނު އަކީ ޓެރެރިސްޓެއް ކަމަށް ބުނުމުން މައުމޫނުގެ ސިޔާސަތަށް ތާއީދު ނުކުރާ ޕީޕީއެމްގެ ސަޕޯޓަރސް އިން ވެސް ރައީސް ޔާމީނު ދެކެ ހިތްހަމަ ނުޖެހިއްޖެއެވެ. ރައީސް މައުމޫނުގެ މައްޗަށް ޓެރެރުޒަމްގެ ދައުވާ ކުރީ އެއްވެސް ގޮތެއް ނެތިގެން ކަމަކަށް ޤަބޫލެއް ނުކުރެ ވެއެވެ.މިއަށް ވުރެ ތާހިރު ގޮތްގޮތް އެގެންވާނެއެވެ.
މުނާ
27 March 2018
އަޅުގަޑު ކުޑައިރު ހީކުރަނީ ޖަލަށް މީހުން ލަނީ ހުކުމް ތަންފީޒް ކުރަން ކަމަށް. އެކަމަކު މިހާރު މިވާ ގޮތަކީ މީހަކު ތުހުމަތެއްގައި ގެންދިޔަޔަސް މިލިބެނީ ކުޑަގޮޅި، ވަރަށް ދެރަ ކަމެއް، އަމުދުން ހެއްކެއް ފެންނަން ނެތް ކަންތައްތަކުގަ، މާތް ﷲ ގެ އިރާދަފުޅާއި ހެޔޮ މިންވަރު ފުޅުން ކުށެއް ނެތި ޖަލަށް ލެވިފަިވާ އެންމެން ވަރަށް އަވަހަށް ސަލާމަތް ކޮށްދެއްވާށި، އާމިން
ސާހިބާ
27 March 2018
މައުމޫނު އެއޮތީ އޮންނަންވި ތަނުގަ ނޭގޭމީހުންނަށް ނުނީ އެނގުނަސް އެގެން ބޭނުން ނުވާމީހުން ހަނުތިބުން ރަނގަޅުވާނެ މިއީ ވަރަށް ވާހަކަ
އީމަން
27 March 2018
މައުމޫން، ޖަލުގައި 50 ދުވަސް، ބޭއިންސާފު އަމަލެއް، މައުމޫން، ގާނޫނާ ޚިލާފަށް ސަރުކާރުގެ ވައްޓާލަން ނޫޅެއެވެ. މައުމޫން ސަރުކާރާ ދެކޮޅަށް "ބަޣާވާތް" ނުކުރައްވައެވެ. މައުމޫނަށް ކުރަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެކެވެ.