ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: --ފޮޓޯ: އެމްޑީޕީ
29 މާޗް 2018 - 11:15
އިދިކޮޅު ސިޔާސީ ލީޑަރުންތަކެއް ދޫކޮށްލަން ސުޕްރީމް ކޯޓުން މިދިޔަ މަހުގެ އެކެއްގައި ނެރުނު އަމުރާ ގުޅިގެން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގެ މައްސަލަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަން ފަށައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި، ބްރޯޑްކޮމްގެ މެމްބަރަކު ހުށަހަޅުއްވައިގެން ބަލަމުން އަންނަނީ، ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ކުރަން ސަރުކާރުން ދެކޮޅު ހެދި މައްސަލައިގައި، އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒާއި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަ ޖެނެރަލް އަހްމަދު ޝިޔާމް ހައްޔަރުކުރަން ނަޝީދު ވިދާޅުވި އިންޓަވިއުއެއް ރާއްޖެ ޓީވީން ބްރޯޑްކާސްޓު ކުރި މައްސަލަ އެވެ.
"ސުޕްރީމް ކޯޓަށް ސަރުކާރުން ގޮންޖެހުން" ނަމުގައި މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމްގައި ނަޝީދު ވާހަކަފުޅު ދެއްކެވީ، އެ ސްޓޭޝަނުން ބުނި ގޮތުގައި، ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ނުކުރައްވައި، އަމަލު ކުރައްވާނީ ބަންޑާރަ ނައިބު މުހައްމަދު އަނިލް ދެއްވާ ލަފަޔަށް ކަމަށް ނަވާޒާއި ޝިޔާމް ވިދާޅުވި މައްސަލައާ ގުޅޭ ގޮތުންނެވެ.
ރާއްޖެ ޓީވީގެ ސީއީއޯ ހުސެއިން ފިޔާޒް މިއަދު ވިދާޅުވީ އެ ސްޓޭޝަނާ ގުޅޭ މައްސަލަތައް މެމްބަރުން އަމިއްލަ އަށް ހުށަހަޅުއްވައިގެން ބަލަމުން އަންނަނީ، ރާއްޖެ ޓީވީއާ މެދު އިތުރު ފިޔަވަޅެއް އަޅަން ކަމަށެވެ. އެ ކޮމިޝަނުގައި ތިއްބެވި މެމްބަރުންގެ ހަމަހަމަކަމާއި އިންސާފުވެރިކަމާ ދޭތެރޭ ސުވާލު އުފެދެނީ އެފަދަ އަމަލުތަކުން ކަމަށް ފިޔާޒް ވިދާޅުވި އެވެ.
"ކޮމިޝަންގައި ތިއްބެވި މެމްބަރުންގެ ލޮލަކަށް ހަމަޔާއި އިންސާފެއް ނުފެނޭ. ރާއްޖެ ޓީވީގެ މައްސަލަތައް މެމްބަރުން އަމިއްލަ އަށް ހުށަހަޅުއްވައިގެން ވެސް ބަލަމުން މި އަންނަނީ،" ފިޔާޒް ވިދާޅުވި އެވެ.
ރާއްޖެ ޓީވީއާ ގުޅޭ މައްސަލަތައް މީގެ ކުރިން ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ބަލައި، އެ މައްސަލަތަކުގައި ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކޮށްފައިވެ އެވެ. އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ ގާނޫނުގެ ދަށުން، މިހާތަނަށް އެންމެ ބޮޑު ޖޫރިމަނާއެއް ދައްކަން ޖެހުނީ ވެސް އެ ސްޓޭޝަނަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުޙުއްމާ
05 November 2018
ކޮމިޝަނުން ނަގާ ހޫރާލުމުގެ ކުރިން ކޮންމެވެސް ކަމެއް ކޮއްލެވޭތޯ ބަލަނީދޯ؟ ތި ސަކަރާތް ނުޖަހާ ވަޒީފާގަޑެއް ލިބޭތޯ މަސައްކަތް ކުރިއްޔާ މާ ރަގަޅެއްނުން.
ނެރު
29 March 2018
ރާއްޖެ ޓީވީ އަނެންކާވެސް ޖޫރި މަނާ ކުރަންތާ އެއުޅެނީ އިތުރު ކަމެއް ނުވާނެ
ބެލީމަ ވާނީކީއްބާ؟
29 March 2018
ބެލީމަ ވާނީކީއްބާ؟
އިހުމާލް
29 March 2018
2018 ވަނަ އަހަރުގެ ބަޖެޓު ފައިސާ ހޯދުމުގެ މަސައްކަތް ތިޔަފެށުނީ،،
އަބްދުއްލާ
29 March 2018
ގާނޫނުއަސާސީގެ 142 އާހިލާފުވާނަމަ އަމލުކުރެވޭނީ 64 ވަނަ މާއްދާ އަށް.
އަލީ_
29 March 2018
ދުވަހަކުވެސް އާންމު ފަރުދެއްގެ އަބުރު ހިމާޔަތްކުރަން ނޫނީ މީހަކަށް އިންޒާރެއް ދީގެން ތިޔަ ކަމިޝަނުން ކުރި އެއްވެސް ކަމެއް ނެތް. އަބަދުވެސް ސަރުކާރުގެ ސިޔާސީ ވެރިންގެ ހިމާޔަތުގައި އޮންނަ ތަނެއް.
އަބްދުއްލާ
29 March 2018
މިމީހުންނަކަށް ނޭގޭތަ ސްޕްރީމްކޯޓުން އަމުރުނެރުނަސް ގާނޫނުއަސާސީ އާ ގާނޫނުތަކާ އެއަމުރު ތައާރަޒް ވާނަމަ އެ އަމުރަށް އަމލު ނުކުރުމުގެ ބާރު ގާނޫނުއަސާސީގެ 64 ވަނަ މާއްދާއިންނާ ގާނޫނުއަސާސީގެ133 ގެ ޅ އިން އޭޖީ އަށް ލިބޭކަން .އަދި ތަންފީޒު ނުކުރުމަށް ލަފާ އެރުވޭނެކަން. ސިފައިންނާ ފުލުހުންގެ ބަންދުގާ މީހަކު ނެތް އިރު ސްޕްރީމްކޯޓުން ފުލުހުންނާ ސިފައިންނަށް ނެރެވުނު އަމުރު ތަންފީޒުކުރާނެ ޖާގަ ނެތް ކަން .އަދި ސަރުއީކޯޓް ގެ ހުކުމަކުން މީހަކު ދޫކުރެވޭނީ ކޯޓް ހުކުމް ބާތިލް ކުރުމުންނާ ، ގާނޫނުގައިވާގޮތަށް ރައީސް ދެއްވާ މައާފަކުން ކަމެއް. މިވަރު ހަމަ މިމީހުނަށް ނޭގެނީތަ ؟ ގާނޫނުއަސާސީގެ 14 އާ ހިލާފު ވާގޮތަށް އެއްވެސް ކަމެއްނިންމައިފިނަމަ ކޮންމެ މީހަކުވެސް އަމަލުކުރަންވާނީ 64 ވަނަ މާއްދާ އަށް . މީހުނަށް އުދަގޫވަނީ ގާނޫނުއަސާސީ ނޭގޭތީ
ވޯލް
29 March 2018
ތީގައި ޖައްސާނެ މައްސަލައެއް ނެތް. 1 ފެބްރުއަރީގައި ނެރުނު އަމުރަކީ ސްޕްރީމް ކޯޓުގެ ަމުރެއް، އެއީ ރާއްޖޭގެ ޤާނޫނު އަސާސީ ބުނާ ފަދައިން ދަންފިޒު ކުރަންޖެހޭ ހުކުމެއް، ދެން އޭގައި މައްސަލައެއް އޮތް ނަމަ އެކަން އައްލު ކުރަނީ އަމުރު ތަންފީޒު ކުރުމަށް ފަހު. ތިޔަ ވަކި ފިކުރެއްގެ ހޭބޯނާރާ އުޅުނު މީހުން ގެންގޮސް މިނިވަންނޭ ކިޔާ ކޮމިޝަންތަކަށް ލީމަ ވާގޮތް، ހިޔާލު ފާޅުކުރުމަށް ހުރަސް އެޅުން ނޫނީ ހަނި ކުރި އެއީ ރާއްޖޭގެ ރައްޔިތުން މިހާރު ޤަބޫލުކުރާނެ ކަމެއް ނޫން. އެހެން ބުނެގެން ޝިޔާމް އާއި އަނިލްގެ އަބުރު ގެއްލުން ކަމަށްވަންޏާ އަބުރު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ނަޝީދާ ދެކޮޅަށް ކޯޓަށް ވަޑައިގަންނަވަންވީނޫންތޯ. ތިޔަ ކޮމިޝަންގެ މެމްބަރުންގެ ދެލޮލަށް ނިދި ނައިސްގެން ކޮންމެހެން އުޅޭކަށް ނުޖެހޭތާދޯ
ޒިމްޒިމް
29 March 2018
ސަންގު ޓީވީ ވެސް 1 ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮއްފި.. ދައުލަތަށް އާމްދަނީ ހޯދާނެ މޮޅުގޮތެއް މިއޮތީދަސްވެފަ...
މައްމަނު އަޑު
29 March 2018
ބްރޯޑްކޮމްގެ މެމްބަރު އަމިއްލަ އަށް އިސްނަގާއިގެން އިންތިޚާބަށް ލާރި ހޯދުމުގެ އުކުޅެއް!