ގުޅިފައިވާ ޕާޓީތަކުން ކުނޫޒްގައި ބޭއްވި ޖަލްސާގައި އިންތި ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު
04 މެއި 2018 - 13:49
ރައްޔިތުންނަށް އަދަބު ދެނީ ޓެރަރިޒަމްގެ ގާނޫނު "ރޯ ނުބައިކޮށް" މާނަކޮށްގެން ކަމަށް އެމްޑީޕީގެ ސްޕޯކްސްޕާސަން، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ރޭ ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ މަސައްކަތްތެރިންގެ ބައިނަލްއަގްވާމީ ދުވަސް ނުވަތަ މޭ ޑޭގެ މުނާސަބަތުގައި އިދިކޮޅު ފަރާތްތަކުން ކުނޫޒުގައި ބޭއްވި ޖަލްސާގައި އިންތި ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނާއި އެހެން ގާނޫނުތައް މާނަ ކުރަނީ "ސާރިދޯޅަކު، ބޮޑުކަމުދަނީ މޫދަށޭ" ބުނާ މިސާލުގެ ދަށުން ކަމަށެވެ.
އެގޮތުން ހައްޔަރު ކުރާ ކޮންމެ މީހެއްގެ މައްޗަށްހެން، ޓެރަރިޒަމްގެ ދައުވާ އުފުލަމުން އަންނަ ކަމަށް ވެސް އިންތި ވިދާޅުވި އެވެ. އަދި 2015 ގެ މެއި 1 ވަނަ ދުވަހު ކުރި ބޮޑު މުޒާހަރާއާ ގުޅިގެން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި ޖަލަށްލިއިރު، ހުސް ފެން ފުޅިއެއް އެއްލި ކަމަށް ބުނެ، އަންހެނެއްގެ މައްޗަށް ވެސް ހަމަ އެ ދައުވާކޮށް ޖަލަށްލި ކަމަށް އޭނާ ވިދާޅުވި އެވެ.
"މޮޔަވެފައިވާ ގެރިއެއް ތެޅޭހެން ޓެރަރިޒަމްގެ ގާނޫނު ރާއްޖޭގައި ތެޅެމުންދާ ތަން އަޅުގަނޑުމެންނަށް ފެނިގެން ދަނީ. ސާރިދޯޅަކު ބޮޑުކަމު ދަނީ މޫދަށޭ ބުނާ މިސާލުން، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ (އަބްދުﷲ މަސީހު) އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން އުޅުނީމަ ޓެރަރިޒަމްގެ ދައުވާ،" އިންތި ވިދާޅުވި އެވެ.
"ސުޕްރީމް ކޯޓުން އަމުރެއް ނެރުނީމަ ޓެރަރިޒަމްގެ ދައުވާ،"
އިންތި އެގޮތަށް ވިދާޅުވިއިރު، އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލަން މިދިޔަ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރަށް ފަހު ހިނގައިދިޔަ ކަންކަމާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފާއި ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފަ އެވެ.
އެ ހުރިހާ ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ވަނީ ފަށައިފަ އެވެ.
ޓެރެރިޒަމްގެ ގާނޫނު ފާސްކުރުމަށް ފަހު، އެ ގާނޫނުގެ ދަށުން މިހާތަނަށް އަމަލުކޮށްފައި އޮތީ ހަގީގަތުގައި ޓެރެެރިޒަމްގެ އަމަލުތައް ހިންގާ މީހުންގެ ބަދަލުގައި ސިޔާސީ މީހުންގެ މައްޗަށް ކަމަށް އިންތި ވިދާޅުވި އެވެ.
އިންތި ވިދާޅުވީ ފުލުހުން ތަހުގީގު ހިންގަނީ ތުހުމަތު ކުރެވޭ ގޮތަކަށް ނޫން ކަމަށެވެ. އަދި ދައުވާކޮށް ޝަރީއަތް ހިންގަމުން ދަނީ ތަހުގީގު ކުރި މައްސަލައެއްގައި ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުކުމް
05 May 2018
ކޮންބޭފުޅަކައްތޯ! ގާނޫން އެގެނީ އެމީހަކުބޭނުންގޮތަކައް މާނަކުރެވޭ އެއްޗެއްއެއީ ސަކަަރައިނުގަނެ ގޭގަތިބުން މުހިންމު!
ސައިފް
05 May 2018
ތިވާހަކަވަރައްގަޅި
ޖިންސް މަނިކް
05 May 2018
ކަލޭމެންކުދިން ތިޔަމޮޅުގާނޫނު ހަދަނީ ހިތުންމިކަންތައްކުރަނީ ނިކަމެތިމީހާ ބާނަން ބޭނެނީ މިމެން
ޖެކް ސްޕެރޯ
04 May 2018
ތި ބިލުގެ މަގްސަދަކީ ސިޔާސީ މީހުން ކަތިލުން ފުރަތަމަ ކަމަކަށް
ރަށްދު
04 May 2018
ކަލޭމެންނަށް ހުރިހާއެއްޗެއްވެސް ރަގަޅަށްއެގެނީ ގާނޫނު ހަދަނަވެސް އެގެނީ ގާނޫނުމާނަ ކުރަންވެސް އެގެނީ އެހެން ބަޔަކަށް ނޭންގޭނެ އެއްކަމެއްވެސް ބޭނުމީ ވެރިކަން
ކަނަމަނަ
04 May 2018
ޤާނޫނު މާނަކުރަން ޙަވާލުކުރީތަ
މަސައްކަތް ހުއްޓާލާ
04 May 2018
ޓެރެރިޒަމް ގެ ޤާނޫނު "އެކޮޅު ކޮޅުން"މާނަ ކުރާ ފަނޑިޔާރު، ޓެރެރިޒަމްގެ ޤާނޫނުގެ ޝިކާރައަކަށް" ވާކަން ފަނޑިޔާރުން މިހާރުން މިހާރަށް ވިސްނަން ޖެހިއްޖެއެވެ.ސަރުކާރު ދިފާއު ކޮށް ދޭން ހައެއްކަ ފަނޑިޔާރުން ޖާނު ޤުރުބާ ވުމުން، 200 ފަނޑިޔާރުންގެ ޢަބުރާ އިއްޒަތާ ކާރާމާތް އަދި މި މުޤައްދަސް މުވައްސަސާގެ ކަރާމަތް ގެއްލިގެން އެބަދެއެވެ. ނުވި ތާކަށް ސަލާމަތެއް ރައްކާރެރި ކަމެއް ވެސް ނެތެވެ.
ހައިސަމް ހާސިމް
04 May 2018
މިވެސް ވެރިކަން ކުރާހިތުން އުޅޭމީހެއް މަޑުކޮއްލާ ލިސްޓުގެފަހަތުގަ ކޮންމެވެސްދުވަހަކުން ލައްވާލާނެ އަދި ސަރުތުފުރިހަމަ ކޮއްލާ
ދެރަކަމެއް
04 May 2018
ހެޔޮ ނިޔަތުގައި ހާދާ ރަގަޅު ޤާނޫނުތަށް އެކޮޅު ކޮޅުން ފަނޑިޔާރުން މާނަ ކުރާތީ މުޅި ޤައުމު ވަނީ ޑްޕުލިކޭޓް ވެފައެވެ.ދަނަނަވަން ތޯއެވެ؟ ފަނޑިޔާރުން ނަށް ރަގަޅު ވާނީ އަދުލު ޤާއިމު ކުރިއްޔާއެވެ.އަދުލު އިންސާފުގެ ނަމުގައި "ސަކަރާތް" ޖެހުމަކީ "ގަޅި" ކަމެކެވެ.