ޖުމްހޫރީ މައިދާނުން އިބޫ ހައްޔަރުކުރަނީ: އޭނާގެ މައްޗަށް ދައުވާ ނުކުރަން ވަނީ ނިންމާފައި.- ފޮޓޯ: ސޯޝަލް މީޑިއާ
31 މެއި 2018 - 16:05
ސަރުކާރާ ދެކޮޅަށް އިދިކޮޅު ޕާޓީތަކުން ކުރި މުޒާހަރާއެއްގައި ޖުމްހޫރީ މައިދާނަށް ވެންނެވި މައްސަލައިގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ މައްޗަށް ދައުވާ ނުކުރަން ނިންމައި މައްސަލަ ފައިލްކޮށްފި އެވެ.
މާޗް، 16، 2018 ގައި އިބޫ ހައްޔަރުކޮށް ފުލުހުންގެ ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގުކުރީ، ސިޔާސީ އިިދިކޮޅު ލީޑަރުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު މިނިވަންކުރަން ސުޕްރީމް ކޯޓުން ފެބުރުއަރީ 1 ގައި ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނިކޮށް، ކުރި މުޒާހަރާއެއްގައި ޖުމްހޫރީ މައިދާނަށް ވެންނެވުމާ ގުޅިގެންނެވެ. އެ މައްސަލައިގައި ދެ ފަހަރެއްގެ މަތިން ބަންދުގެ މުއްދަތު އިތުރުކޮށް 12 ދުވަސް ވަންދެން އިބޫ ޖަލަށް ލި އެވެ.
ޖުމްހޫރީ މައިދާން، ގްރީ ޒޯންގެ ގޮތުގައި ކަނޑައަޅާފައިވާއިރު އެއީ އެއްވެ އުޅުން މަނާ ސަރަހައްދެކެވެ.
މި މައްސަލައިގެ ތަހުގީގަށް ފަހު އިބޫގެ މައްޗަށް ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި އެވެ. އެކަމަކު ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ވަނީ ދައުވާ ނުކުރަން ނިންމައިފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ އިބޫގެ މައްސަލަ ފައިލްކުރީ، ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ދައުވާ ނުކުރަން ނިންމުމުން ކަމަށެވެ.
ރައީސް އަަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތުގެ އިސް އެއް ލީޑަރަކީ އިބޫ އެވެ. އެކަމަކު އިދިކޮޅު މުޒާހަރާ އިން ހައްޔަރުކޮށް، ޖަލަށް ލީ ފަހުން ސިޔާސީ ހަރަކާތްތަކުން އިބޫ ފެންނަލެއް މަދެވެ.
އިބޫގެ މައްޗަށް ދައުވާކުރާ އިތުރު މައްސަލައެއް މިހާރު ވެސް ކްރިމިނަލް ކޯޓުގައި އެބައޮތެވެ. އެއީ މިދިޔަ އަހަރުގެ ޖުލައި މަހު ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު މެމްބަރުން ގަދަކަމުން ވަން މައްސަލާގައި އޭނާގެ އިތުރުން މަޖިލީހުގެ 11 މެމްބަރަކަށް ދައުވާ ކުރާ މައްސަލަ އެވެ. އެ މައްސަލަ ކްރިމިނަލް ކޯޓުގައި މިހާރު އަންނަނީ ހިނގަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުދު
01 June 2018
ކޮފީ އެޅުނު ލިޔުންތަކަށް ވީވަރު ތިޔަ ފައިލަށްވެސް ވާނީ. ބޭނުންވީ، ހުޅުވާލީ
ދަތްނެތްކުއްޖާ
01 June 2018
ކުދިންނޭ ކުދިންނޭ. ރައީސް ނަޝީދު 10 ކުޅި އިތުރަށް ކުލޭނެ. ހާސްނުވޭ. ޕިންކް ކުދިން ބޭނުންވާހާ ގޮތެއް ﷲގެ ރަހުމަތަކުން ނެއް އެވެރިން އަކަށް ނުވާނެ.
ދިޔާނާ ހަބީބު
01 June 2018
އެވިސްނަނީ ފަހުން އިބޫ އެމްޑީޕީން ކުރިމަތިލާފާނެކަމަށް، ދެން ބަލައި ފަހުން އެފަދަ ފުރުސަތެއް ލިބިއްޖެއްޔާ ފައިލް އަލުން ހުޅުވާފައި އިބޫގެ މައްޗަށް ދައުވާކުރާނެކަން ކަށަވަރު، މިސަރުކާރަކަށް މިސަރުކާރުގެ ޕީޖީއަކަށް ދައުލަތަށް އަހަރެން އިތުބާރެއް ނުކުރަން
ޝާއްނާ
01 June 2018
އިބޫއަކަށް އެއްވެސް ވެރިކަމެއްގައި ދައުވާކުރެވޭކަށް ނޯންނާނެތާ ، ފާތިމަތު ސޯލިހް އަކީ ޔާމިންގެ ސެކްރެޓަރީ ، އަދި އެއީ ރައީސްމައުމޫންގެ އޭރުގެ ސެކްރެޓަރީ ، މީޒާތެއްގެ ޕަޒުލްއެއް ، ވަރަށް އައިކިއު ހައި މީޙުންނަށް މިސޯލްވް ކުރެވޭނީ
ބެސްޓް
01 June 2018
މިވީހާތަނައް ލިޔެވުނު އެއްމެ ބެސްޓް ކޮމެންޓް
އެކަމަކު
01 June 2018
މިކަމުގެ ބޭނުމަކީ އެމްޑީޕީ އިން ނުވަތަ އިދިކޮޅު ކޯލިޟަނުން ނެރޭ ކެނޑިޑޭޓަކު އެއްމެ ފަހުވަގުތުގަ ގުއިރޯނެއްގަ ޖެއްސުން، އެކަމަކު އިދިކޮޅުން ސާފު މައްސަލައެއްނެން ނުވަތަ ޖިނާއީ ރެކޯޑްއެއްވެސް އަދި ސާބިތު ދަރަނިއެއް ނުވަތަ އެނޫންވެސް މައްސަލަ އެއްނެށް މީހަކު ނެރެފާނަކަމަށް އެކަމާ ބިރުން މީހުން ބޮލަށް ޖަހަން އުޅޭ ޗިޕެއް، އެޔަށްވުރެން ދިވެހިންމާ ހޭލުންތެރިވާނެ މިހާރު ދެއްތޯ؟
ޢަލީ77777
01 June 2018
ރަންކޮޅާ ތިއީ ރޭވުމެއް. ޓިކެޓްދިނީ ފައިލް ހުޅުވީ. ދައުވާ ކުރާނެ . ޙުކުމެއް އަންނާނެ. ކެންޑިޑެންސީ ބާތިލްވީ. ޢާކެންޑިޑޭޓެއް ހުށައެއްނޭޅޭނެ. ޢިލެކްޝަނުން ކެންޑިޑޭޓުން ހުށަހެޅުމަށްދީފައިވާ ވަގުތުހަމަވެފައިވާތީއޭ އިލެކްޝަނުން ބުނާނެ. ނަތީޖާއަކީ ކޮބާ؟ ވޯޓްކަރުދާހުގައި އޮންނާނީ ޔާމީނާއި އުމަރުގެ ނަން އެކަނި.
މޯހަން
02 June 2018
ރައީސް ނަޝީދު ހުއްޓައި އެހެންމީހަކަށް އެމް ޑީ ޕީގެ ރިއާސީ ޓިކެޓް ލިބިދާނެތަ؟ ރިއަލިޓީއަށް ވިސްނަވާބައްލަވާ!
ޜާކަނި ސައްތާރު
31 May 2018
ކީއްވެ ދައުވާ ނުކުރީ. ޙާދަ ގަޓެއްނެތޭ.
އަލީ!
31 May 2018
މިހަމަ ރޭވުމެއް. ޕީޖީ އާ ޕީޕީޢެމް އާ ހުންނަނީ ގުޅިފަ. ދެން އެބުނަނީ އިބޫ ނެރޭށޭ އެމްޑިޕީ ގެ ޓިކެޓްގަ ޔާމީނާ ވާދަ ކުރަން،
ހެހެ
31 May 2018
އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކީ ކާކުކަން މިހާރު ސާފުވެފަ އެއޮތީ. ރިޔާސީ ކެނޑިޑޭޓަކަށް ނުވާނެ މީހަކު ބަންދުގައި ބެހެއްޓުމުގެ ބޭނުމެއްނެތްތާ..
ޢައްބާސް އާދިލް ރިޒާ
31 May 2018
ޢިބޫ އައް ރިޔާސި ޓިކެޓު ލިބިއްޖެނަމަ 2018 އެމްޑީޕީއައްް ކާމިޔާބު ކުރެވޭނެ. ޢެއީ އެމްޑީޕީގެ ވޯޓްގެ އިތުރައް ޕީޕީއެމްގެ ގިނަ ވޯޓްވެސް އިބޫއައް ހޯދޭނެތީ. ޜައީސް ނަޝީދައްވާދަ ނުކުރެވޭ ގޮތެއްވެއްޖެނަމަ ދެން ބެސްޓް އޮޕްޝަންއަކީ އިބޫ. ގާނުނީ ގޮތުން އިބޫ ބެދޭނެމަގެއް އޮތުމަކީ ވަރައް ދެރަ ކަމެއް.