ޖަލަށް ލާފައިވާ ބައެއް ސިިޔާސީ ބޭފުޅުންގެ އަނބިންނާ މިއަދު ކެޝަޕް ބައްދަލުކުރެއްވުމަށް ފަހު ފޮޓޯއަކަށް ހުއްޓިވަަޑައިގެން
05 ޖޫން 2018 - 19:48
ތަފާތު އެކި މައްސަލަތަކުގައި، ޖަލަށް ލާފައިވާ އިދިކޮޅު ސިޔާސީ ބޭފުޅުންގެ އަނބިންނާ، އެމެރިކާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ ސަފީރު އަތުލް ކެޝަޕް މިއަދު ބައްދަލު ކުރައްވައިފި އެވެ.
ޖުމްހޫރީ ޕާޓީ އޮފީހުގައި ބޭއްވި އެ ބައްދަލުވުމަށް ފަހު، ކުރެއްވި ޓްވީޓެއްގައި ކެޝަޕް ވިދާޅުވީ ޖަލަށް ލާފައިވާ ސިޔާސީ ލީޑަރުންގެ އަނބިންގެ ހިތްވަރާއި ކެކުޅުމާ މެދު އޭނާ އަށް ވަރަށް ބޮޑަށް އަސަރު ކޮށްފި ކަމަށެވެ. އަދި އެބޭފުޅުންގެ ހިތްވަރަށް އޭނާ ސާބަސް ދެއްވި އެވެ.
Tremendously moved by the suffering, courage, and devotion of the wives and children of the dozen-plus political leaders unfairly imprisoned for exercising their Constitutional rights as citizens of #Maldives. During Ramadan, enforced separation of families is even more painful. pic.twitter.com/yG6dSiGkYp
— Atul Keshap🇺🇸 (@USAmbKeshap) June 5, 2018
އެ ބައްދަލުވުމުގައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމާއި ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އިތުރުން ސިޔާސީ އެހެން އިދިކޮޅު ބައެއް ބޭފުޅުންގެ އަނބިން ވެސް ބައިވެރިވެވަޑައިގަތެވެ.
ކެޝަޕް ވިދާޅުވި ގޮތުގައި، ޚާއްސަކޮށް ރޯދަ މަހެއްގައި އެފަދަ މަޖުބޫރީ ހާލަތެއްގައި، ޖަލަށް ލާފައިވާ ސިޔާސީ އިދިކޮޅު ބޭފުޅުންތަކެއްގެ އަނބިން ވަކިން އުޅުއްވަން ޖެހިވަޑައިގަތުމަކީ އާއިލާ އަށް ލިބޭ ވަރަށް ބޮޑު ހިތްދަތި ކަމެކެވެ.
އެމެރިކާގެ ސަފީރު މިއަދު މެންދުރު ވަނީ އިދިކޮޅު ސިޔާސީ ބޭފުޅުންނާ ވެސް ބައްދަލުކުރައްވައިފަ އެވެ. އެމްޑީޕީގެ އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި އެ ޕާޓީ އާއި ޖޭޕީގެ އިތުރުން އަދާލަތު ޕާޓީގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެންބަރުންގެ ތެރެއިން ބައެއް ބޭފުޅުންނާ ވެސް ވެސް ކެޝަޕް ބައްދަލުކުރެއްވި އެވެ.
ކެޝަޕްގެ މި ދަތުރުގައި، ރާއްޖެ ވަޑައިގެން ސިޔާސީ އިދިކޮޅު ބޭފުޅުންނާ ބައްދަލު ކުރައްވަމުން ގެންދަވާއިރު، އެ ގައުމުން ރާއްޖެ އަށް އާ ސަފީރެއް ކަނޑައަޅަން ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނިންމަވައިފަ އެވެ.
ނޭޕާލުގައި މިވަގުތު ހުންނަވާ އެމެރިކާ ސަފީރު އަލައިނާ ޓެޕްލިޓްޒް، ރާއްޖެ އާއި ސްރީ ލަންކާ އަށް ކަނޑައަޅުއްވަން ޓްރަމްޕް ނިންމަވައި މިހާރު ވަނީ އޭނާގެ ނަން އެމެރިކާގެ ސެނެޓަށް މިހާރު ވަނީ ފޮނުވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮލްސް
06 June 2018
އެންމެ ރީތީ ކޮން ކަބަލެއް؟
ދޮން އަލިފުޅު / ކުރީގެ،ކަތީބު
06 June 2018
އެމެރިކާގެ ސަފީރު ސުރީލަންކާ އަދި ދިވެހިރާއްޖެއައް ކަނޑައަޅާފައިވާ އަބުދުއްލާ ކަޝީފު އުމަރު އަކީ މިފަހަކަށް އައިސް އިސްލާމްން ނާއި މެދު ހާދަހާ އޯގާތެރި އަދި ހެޔޮބޭފުޅެކެވެ. މިކަމުން ދޭހަވެގެން މިދަނީ އެމެރިކާގެ ގިނަބޭފުޅުން ނަކީ އިސްލާމްދީނުގެ މަތިވެރި ތަރަހަތެރޭގައި އުޅެން ބޭނުންބަޔެއްކަން...
ސަންޕާފުޅު/ކަތީބުގެއަންހެނުން
06 June 2018
ކުރީގެ ކަތީބު ދޮން އަލިފުޅު ތިޔައީ ހާދަހާ ތަންދޮރު އޮޅުން ފިލައިފައިވާ ބޭފުޅެއްތާ...ތިކަހަލަ ކަތީބުން މިތަނުގައި އުޅޭނަމަ ގައުމު ގައުމެއްގެ ގޮތުގައި އޮވެ ޔޫ އެން ގެ ވީޓޯ ގައުމަކައް ބަދަލުކުރެވުނީސް..މަގޭ ފުރިހަމަ ތާއިދު ދޮންއަލިފުޅަށް ކުނބުރުދޫ މޭޔަރކަމައް.. ތިޔަފަދަ ގާބިލުމީހެން ހަމަނެތީ ކުނބުރުދޫގައިވެސް އަދި އިހަވަންޓަންފުޅުގައިވެސް
ޝިފާގު
06 June 2018
މީނަ ހިތުގަ ޖެހެނީ މީހުން ޖަލަށްލީމަ. ކުށަކާ ނުލާ މީހުން މަރާ ސުންނާފަތި ކުރުން އެންމެ ރަގަޅު. އަދި މީނާގެ ވެރިމީހާ އަކީ ސިޔާސީގޮތުން އޭނާއާ އެއްބަސްނުވާ އެންމެން ނައްތާލުމަށް ކުރެވުނުހާކަމެއް ކުރެވިދާނެކަމަށް ގަބޫލުކުރާ މީހެއް.
ހޮޓްކިންގ
06 June 2018
ތިމާމެން އެބުނާ ކެޗަޕަކާއެކު ފޮޓޯނަގާއިރު ނުވިސްނުނުދޯ މުސްލިމުން މެރުމުގައި އިޒްރާއީލާއެކު އެމެރިކާ ބައިވެރިވެފައިވާކަންވެސް. ލަދުކުޑަ ބައެއްކަން ހާމަވެއްޖެ.
ދޮންކަމަނަ
06 June 2018
ބިރު ދައްކަނީތަ
ނައިސް
06 June 2018
ކީކުރަންތަ މިމީހުންގެ ފައިބުޑައްދަނީ
ބެދަޕް
06 June 2018
ގޮސް ބައްދަލުކޮށްބަލަ ފަލަސްތީންގަ ކަލޯމެން ހުވަފަތްކޮށްފަތިބި އަންހެނުންނާ. އޭރުން މާތާހިރުވާނެ!
މަގޭ ހިޔާލު
06 June 2018
ޢެމެރިކާ ތާއިދު ކުރާބައެއްނަމަ ޢެމީހުންނާ ދިމާ އިދިކޮޅު ބަޔަށް ތާއިދު ކުރިއްޔާ ހުންނާނި ރަނގަޅަށް. ޢެމެރިކާއަކީ މިހާރު ދުނިޔޭގައޮތް އެންމެ ވަރުގަދަ ޓެރޮރިސްޓް ޖަމިއްޔާ
ހަމަ ބުއްދި
06 June 2018
ތީ ހުސް ޑްރާމާ ކުއީންސް..! އަހަރުމެން ދަންނަމޭ ވަރަށް ރަނގަޅަށް ތި މީސްމީހުންގެ އަޑި!!
ސަރުކާނު
06 June 2018
ތީ ސަފީރެއްތޯ ނުވަތަ ސިޔަސީ ޕާޓިެއް ހިންގާ މީހއްތޯ؟