ސީރިއާގައި ދޭ ހަމަލާތައް ހުއްޓާލުމާ ގުޅޭގޮތުން އދ.ގެ ސަލާމަތީ މަޖިލީހުގައި ވޯޓު ނަގަނީ: ސެކިއުރިޓީ ކައުންސިލަށް ރާއްޖެ އިން ވާދަކުރާއިރު، ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ސަރުކާރުން ބުނޭ. --ފޮޓޯ:އޭއެފްޕީ
06 ޖޫން 2018 - 13:54
ރާއްޖެ ވާދަކުރާ، އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި އަށް މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވާ ވޯޓު ނެގުން އަންނަ ހުކުރު ދުވަހު އޮންނާނެ އެވެ.
އދ.ގެ އެންމެ ބާރު ގަދަ ގުނަވަން ކަމަށްވާ ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ކުރިމަތިލައި ރާއްޖެ އިން ވަނީ ވަރަށް ވަރުގަދަ ކެމްޕޭނެއް ކޮށްފަ އެވެ. އަދި އެކި ގައުމުތަކުގެ ތާއީދު ރާއްޖެ އަށް ހޯދަން، ބައެއް ގައުމުތަކާ އެކު ވަނީ ސިޔާސީ ގުޅުން ވެސް ގާއިމްކޮށްފަ އެވެ.
ނިއު ޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގައި ބާއްވާ އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ނަގާ މި ވޯޓުގައި، ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް އޭޝިއާ ސަރަހައްދުން ރާއްޖޭގެ އިތުރުން ވާދަކުރަނީ އިންޑޮނީޝިއާ އެވެ.
ސިޔާސީ ކަންކަމުގައި ސަރުކާރު ތަމްސީލްކުރައްވާ އިސް މަންދޫބު، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެފައިވާ ގޮތުގައި މިހާތަނަށް ކޮށްފައިވާ މަސައްކަތަށް ބަލާ އިރު، ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ރާއްޖެ އަށް ލިބުމުގެ ފުރުސަތު ބޮޑެވެ. ވަރަށް ގިނަ ގައުމުތަކުގެ ތާއީދު ރާއްޖެ އަށް އެބައޮތް ކަމަށާއި ކުޑަ ގައުމެއްގެ ގޮތުގައި އޮވެ، އދ.ގެ ސަލާމަތީ މަޖިލީހުގައި ރާއްޖެ ތަމްސީލްވުމަކީ ކޮންމެ ދިވެއްސަކަށް ވެސް ލިބޭނެ ބޮޑު ފަޚުރެއް ކަމަށް ވިދާޅުވި އެވެ.
ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެ ވާދަކުރަނީ އަންނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް އޮންނަ ދައުރަށެވެ. މިއީ އެ ސަލާމަތީ މަޖިލީހުގެ މެމްބަރު ކަމަށް ރާއްޖެ ވާދަކުރާ ފުރަތަމަ ފަހަރެވެ.
އދ. ސަލާމަތީ މަޖިލީހުގެ މެމްބަރު ކަމަށް ހޮވޭނީ އދ. ގެ އާންމު މަޖިލީހުގައި ނަގާ ވޯޓުގައި މެމްބަރު ގައުމުތަކުގެ ތެރެއިން ތިން ބައިކުޅަ ދެބައި ގައުމުގެ ވޯޓު ލިބިގެންނެވެ.
ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުންގެ ގޮތުގައި ފަސް ގައުމެއް އޮންނައިރު ބާކީ ތިބޭ 10 މެމްބަރުންނަކީ ދެ އަހަރުން ދެ އަހަރުން ދައުރުވާ ވަގުތީ މެމްބަރުންނެވެ. ވަގުތީ މެމްބަރު ކަމަށް އިންތިހާބު ކުރަނީ އެކި ސަރަހައްދުތަކުންނެވެ.
ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުންގެ ގޮތުގައި ތިބެނީ ދުނިޔޭގެ ބޮޑެތި ބާރުތައް ކަމަށްވާ އެމެރިކާ އާއި ރަޝިއާ އާއި ޗައިނާ އާއި އިނގިރޭސި ވިލާތް އަދި ފަރަންސޭސި ވިލާތެވެ.
ސަލާމަތީ މަޖިލީހުގެ އިންތިހާބު ހުކުރު ދުވަހު އޮންނަ އިރު، އެ އިންތިހާބުގައި ރާއްޖެއާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އެންޓި ކެމްޕޭން ކުރި ކަމުގެ ތުހުމަތު ސަރުކާރުން ކުރި އެވެ. އެ ތުހުމަތުތައް ދޮގުކޮށް، އިދިކޮޅުން ބުނެފައި ވަނީ، އެ ކެމްޕޭނަށް ބާރުގަދަ ގައުމަކުން ރާއްޖެ އަށް ފައިސާ ދިން ކަމަށެވެ. އެއީ ރާއްޖެ އިން ހިންގި ނުރައްކާތެރި އަމަލެއް ކަމަށާއި އޭގެ ސަބަބުން އދ.ގައި ރާއްޖެ އިން ވޯޓުދޭން ޖެހޭނީ އެ ގައުމުން ބޭނުންވާ ގޮތަކަށް ކަމަށް އިދިކޮޅުން ބުނެ އެވެ. އެކަމަކު މި ތުހުމަތު ވެސް ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޅުބެ
07 June 2018
ޔޫއެންގައި ފަހަކަށްއައިސް ރާއްޖޭގެ ވެރިއެއް މިދިޔަ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ތަގުރީރު ކޮށްލާފައި ނެތުމަކީ ލަދުވެތިކަމެއް.
ސަރީފު
07 June 2018
މި ގައުމަށް ރަގަޅު ކަމެއްވާކަށް އެން.ޑީޕީއެއް ނޭދޭނެ. އެމީހުންގެ ހަމައެކަނި ބޭނުމަކީ ކެރަފާ ނަސީދު ވެރިކަމަށް ގެނަސް މި ގައުމު އަނެއްކާވެސް ފުނޑާލުން.
ގެރިގުއި
07 June 2018
އިންޑިޔާ ތިކަމަކަށް ސަޕޯޓެއްނުކުރާނެ، ލަންކާމީހުންވެސް ނުކުރާނެ، އެމީހުން ވަރަށް ޖެލަސްވާނެ!
ސަހަރީ ތިޔަކަން
07 June 2018
މިހާ ލާއިންސާނިއްޔަތާ ނާއިންސާފު ޚިޔާނާތް އެހާ ބޮޑު ސަރުކާރަކަށް ތިޔަ ގޮނޑި ދިނުމަކީ ދުނިޔޭގެ ގައުމުތަކުން ދިވެހި ރައްޔިތުންގެ ކަރަށް ފައިން އެރުންފަދަ ކަމެއް!
ރީތި މޫސަ
07 June 2018
މިގޮނޑި ރާއްޖެއަށްލިބުމުގެ ފުރުސަތު ވަރަށްބޮޑު
ކަކުނިބޯ
06 June 2018
ޢިންޑޮނޭޝިޔާއަށް ތިގޮޑިލިބުމުން ފަލަސްތީނަށް ލިބޭދެރަޔަކީކޮބާ؟ އިންޑޮނޭޝިޔާއަކީ މުސްލިމުންގެ އެންމެ އާބާދީ ބޮޑު ޤައުމު ތަންދޮރުއޮޅުވާޅަ ފަލަސްތީނޭކިޔާން ލަދު ކޮބާ ރޮހެނިޔާފައިސާ ކޮބާ؟ ސައުދީ އޮތީ ފަލަސްތީނުގެ ހިމާޔަތުގައިކަމަށް ވަންޔާ ރާއްޖެވެސް އޮންނާނެ ސައުދީ ވަލީއަހުދު ބުނީ ފަލަސްތީނު އޮންނަންޖެހެއޭތަ
ނުނން
06 June 2018
ތިނަގާ ވޯޓްވެސް ދާނީ ޗޮކުން ބަލަންތިބޭތި...
މަރޭމިތުރާ
06 June 2018
ސަލާމަތީގޮނޑި މިހިނދައް ލިބުން މުސްތަހީލުކަމެއް!.......... ސަލާމަތެއް ކިރިއާވެސް ސަރުކާރައް އޮތް ކަމެއް!
މަރޭމިތުރާ
06 June 2018
ދުނިޔޭތެރޭ އަގެއް މިތަނުގެ އަޅެފަހެ ކޮބައިތޯ؟................ ދުނިޔެ ބަލަންތިބީ ކަންތައް ކުރާގޮތެއްނޫންތޯ؟
މަރޭމިތުރާ
06 June 2018
ބިމާ]އި ހަމަޔަށް ގައުމުގެ އިއްޒަތް އަދު މޮޑެވުނިމާ...................ތިމާ]މެންތިބެ ބައެއްގެ ބޮލުގަ އަޅުވަނީ ފިނޑިވީމާ.