ޚަބަރު / ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ދަރަނި ދެއްކޭނެ، އެއާޕޯޓު ތަރައްގީ ކުރުން މަޖުބޫރު: ޓޫރިޒަމްގެ ބާނީން

ކޮންފަރެންސެއްގައި ޔުނިވާސަލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (ވ) އާއި ޗަމްޕާ ހުސެން އަފީފް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރަން ސަރުކާރުން ނެގި އެއް ބިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދެއްކޭނެ ކަމަށާއި އެއާޕޯޓު ތަރައްގީ ކުރަން މަޖުބޫރު ކަމަށް ރާއްޖެ އަށް ޓޫރިޒަމް ތައާރަފު ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭ މުހައްމަދު އުމަރު މަނިކު (އެމްޔޫ) އާއި ޗަމްޕާ ހުސައިން އަފީފް މިރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ހިންގާ އެއް ބިލިއަން ޑޮލަރުގެ މަޝްރޫ އަކީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު އެއް މަޝްރޫ އެވެ. ސަރުކާރުން ބުނެފައި ވަނީ، ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުންނަ އާ ރަންވޭ އެޅުމުން، ބޮޑެތި މަތިންދާބޯޓުތައް އެ ތަނަށް ޖެއްސޭނެ ކަމަށެވެ. ރަންވޭގެ އިތުރުން ޕަސެންޖާ ޓާމިނަލެއް ހަދާއިރު، ސަރުކާރުން ލަފާ ކުރާ ގޮތުގައި މި މަޝްރޫއު ނިމުމުން، 7.5 މިލިއަން ޓޫރިސްޓުންނަށް ހިދުމަތް ފޯރުކޮށްދެވޭނެ އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމުން ގެނެސްދިން "މައި ފިއުޗާ- މައި ނޭޝަން" ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން، ވެލާނާ އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ޗެއާމަން އަދި ޔުނިވާސަލް އެންޓަޕްރައިޒަސްގެ ވެސް ޗެއާމަން އެމްޔޫ މަނިކު ވިދާޅުވީ، އެއާޕޯޓު މަޝްރޫއު ހިންގަނީ ކުރިއަށް އޮތް 40 އަހަރަށް އަމާޒުކޮށް ކަމަށެވެ. އަދި އެއާޕޯޓު މަޝްރޫ އަށް ކުރާ ހޭދަ އަކީ ފައިސާ އިސްރާފު ކުރުން ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު.

މަނިކު ވިދާޅުވި ގޮތުގައި، 2004 ގައި ރާއްޖެ އަށް ކުރިމަތިވި ސުނާމީ ކާރިސާ އަށް ފަހު، މައި އެއާޕޯޓު އޮތީ ހަލާކުވެފަ އެވެ. އޭގެ ފަހުން، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިންޑިއާގެ ޖީއެމްއާރު ކުންފުނިން، އެއާޕޯޓާ ހަވާލުވިއިރު، އެ ތަނުގައި ދެވަނަ ރަންވޭއެއް އަޅަން އެ ކުންފުނިން އޭރު ނިންމާފައި ނެތް ކަމަށް ވިދާޅުވި އެވެ.

"އެ މީހުން [ޖީއެމްއާރު] އުޅުނީ، އަޅުގަނޑުމެން ރަންވޭ އަޅަން އޮތް ތަނުގައި ޓާމިނަލެއް [އަޅަން]. އެހެން އެކަން ކުރި ނަމަ، މި ތަނުގައި [ދެވަނަ] ރަންވޭއެއް އެޅޭކަށް ނޯންނާނެ. ސަރުކާރުން ރަންވޭ އެޅުމަކީ އަޅުގަނޑުމެންގެ ސަލާމަތޭ. އެހެން ނޫން ނަމަ، އެއާޕޯޓު އެގޮތަކަށް ނެތީސް،" މަނިކު ވިދާޅުވި އެވެ.

އެއާޕޯޓު ތަރައްގީ ކުރުމަށް ސަރުކާރާއި ޖީއެމްއާރު ކުންފުންޏާ ދެމެދު ހެދި އެއްބަސްވުން އުވާލައި، ސަރުކާރުން ވަނީ ބަދަލުގެ ގޮތުގައި 200 މިލިއަނަށް ވުރެ ގިނަ ޑޮލަރު ދީފަ އެވެ. އޭގެ ފަހުން، އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ.

އެމްޔޫ މަނިކު ވިދާޅުވީ، އެއާޕޯޓަށް ބޮޑެތި ބަދަލުތަކެއް އަންނަމުން ދާއިރު، އެއީ ކާގޯ ބޮޑު ހަބަކަށް ވުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ. ލޯން ނަގައިގެން އެއާޕޯޓު ތަރައްގީ ކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ތައުރީފް ކުރައްވައި އޭނާ ވިދާޅުވީ މިއީ ތާކުންތާކު ނުޖެހޭ މަޝްރޫއެއް ނޫން ކަމަށެވެ.

"މި ކުދިކުދި އެތިކޮޅުން ހެދޭ އެއްޗެއް ނޫން. ހަދަ ނަމަ، ހަދަން ޖެހޭނީ ރަނގަޅަށް،" ވެލާނާ އެއާޕޯޓު ތަރައްގީ ކުރުމަށް ރައީސް ޔާމީން ކުރައްވާ މަސައްކަތްޕުޅަށް ތައުރީފް ކުރައްވަމުން އެމްޔޫ މަނިކު ވިދާޅުވި އެވެ.

މިރޭގެ ޕެނަލް ޑިސްކަޝަން ގައި ވާހަކަ ދައްކަވަމުން ޗަމްޕާ ހުސެން އަފީފް ވިދާޅުވީ، އުމްރާނީ ތަރައްގީ ރާއްޖެ އަށް ނުގެންނަ ނަމަ، ދާނީ ފަހަތަށް ކަމަށެވެ. އަދި ކަމެއް ނުކޮށް، "ހުއްޓި އޮތަސް" ރާއްޖެ ދާނީ ފަހަތަށް ކަމަށް ވިދާޅުވެ، މި ގައުމަށް ތަރައްގީ ގެނައުން މުހިންމު ކަމުގައި އޭނާ ވިދާޅުވި އެވެ.

"ލާރި ޚަރަދު ކޮށްގެން ކުރިއަށް ދާނީ. ޚަރަދު ކުރީމަ، ރާއްޖެ އަށް ތަރައްގީ ލިބޭނީ. ތިބެވިދާނެ ވަޅެއްގައި ތިބޭހެން. އިރު އައިސްފައި އިރު ފައިބައިގެން ދާނީ. ހަނދު އައިސްފައި ހަނދު ފައިބައިގެން ދާނީ. އެކަމަކު ދުނިޔެ ތެރެއަށް ނުކުމެގެން ކޮށްލަން ބޭނުންވާ ނަމަ މި ހުރިހާ ކަމެއް ކުރަންވީ،" ރިސޯޓުތަކުގެ އިތުރުން، ދާދި ފަހުން ހުޅުމާލޭ ގައި ހުޅުވި ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލް ޓްރީ ޓޮޕް ހިންގާ ކުންފުނީގެ އެއް ހިއްސާދާރު އަފީފް ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ރަންވޭ އެޅުމުގެ މަސައްކަތް ކުރަނީ. - ފޮޓޯ: އެމްއޭސީއެލް

އޭނާ ވިދާޅުވި ގޮތުގައި ހަތް މިލިއަން ޓޫރިސްޓުނަށް ހިދުމަތް ދެވޭ ވަރުގެ އެއާޕޯޓެއް ތަރައްގީ ކުރުމަކީ އިގްތިސާދަށް ވެސް ވަރަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމެކެވެ. އަދި ޓޫރިސްޓުން ރާއްޖެ އަންނަ ނަމަ، އެ މީހުންނަށް ހިދުމަތް ދޭނެ މުވައްޒަފުން ތަމްރީން ކުރަން ޖެހޭކަން ފާހަގަކުރެއްވި އެވެ.

މަޓީގެ ސެކްރެޓަރީ ޖެނެރަލް އަދި ކްރައުން އާއި އެމްއޭސީއެލްގެ ބޯޑު މެމްބަރު އަހުމަދު ނަޒީރު ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް، އިގްތިސާދާ ގުޅިފައި އޮތްއިރު، އެ ސިނާއަތް ކުރިއެރުވުމަކީ ކޮންމެ ސަރުކާރަކުން ވެސް ކުރުން ލާޒިމެއް ކަމެއް ކަމަށެވެ. ނަޒީރު ވިދާޅުވީ އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް އެއާޕޯޓަށް ކުރާއިރު، އެ ފައިސާ މަދުވެގެން 15 އަހަރުގެ ތެރޭގައި ދެއްކޭނެ ކަމަށް ސަރުކާރުން ލަފާ ކުރާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ބޭރުގެ އެކިއެކި ފަރާތްތަކުން، އެއާޕޯޓު މަޝްރޫ އަށް ބޮޑު ދެ ލޯނެއް ދިނީ ވަރަށް ކުޑަ އިންޓަރެސްޓް ރޭޓެއްގައި 25 އަހަރު ތެރޭގައި ދައްކާ ގޮތަށެވެ. އެހެންވެ، ސަރުކާރުން ނެގި ލޯން އަނބުރާ ދެއްކޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ނަޒީރު ވިދާޅުވި އެވެ.

ޖީއެމްއާރު ކުންފުންޏަށް ފާޑު ކިޔައި، ނަޒީރު ވިދާޅުވީ، އެ ކުންފުނިން އެއާޕޯޓު ހިންގިއިރު، އެ ތަނަށް ލިބުނީ ގެއްލުން ކަމަށެވެ. އެކަމަކު، އެމްއޭސީއެލުން އެއާޕޯޓު ހިންގާތާ ފަސް އަހަރު ވެފައިވާއިރު، ސާފު ފައިދާ 450 މިލިއަން ރުފިޔާ އަށް އަރާފައި ވުމަކީ ލިބޭ ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ހޮޓެލްސް އެންޑް ރިސޯޓު ކޮންސްޓްރަކްޝަންގެ ޗެއާމަން މުހައްމަދު އަލީ ޖަނާހް ވިދާޅުވީ، އެއާޕޯޓާއި މާލެ ސަރަހައްދުތަކުގެ ފަޅުތައް ތަރައްގީކޮށް މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖު އެޅޭނީ ކުޅަދާނަ ކަމާއި ވިސްނުންތެރިކަމާ އެކު މަސައްކަތް ކުރުމުން ކަމަށެވެ. އަދި ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގެ އިންވެސްޓުމަންޓުތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

ރާއްޖޭގެ އިގްތިސާދުގެ މައި ތަނބަކީ ޓޫރިޒަމް. އަޅުގަނޑުމެންގެ މައި ގޭޓަކީ އެއާޕޯޓު. އެއާޕޯޓު ރަނގަޅު ނުކުރާ ނަމަ، މުޅި ޓޫރިޒަމް ދާއިރާ އަށް އަސަރު ކުރާނެ،" ޖަނާހް ވިދާޅުވިު އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރަން މާ ލަސްވެސް ވެއްޖެ އެވެ. އެއާޕޯޓުގެ މުހިންމުކަން ފާހަގަ ކުރައްވައި ޖަނާހް ވިދާޅުވީ އެއާޕޯޓު މަޝްރޫއަކީ މި ވަގުތަށް، ރާއްޖޭގެ މުސްތަގުބަލަށް އެންމެ މުހިންމު މަޝްރޫއު ކަމަށެވެ. އަދި އެއީ އެއްވެސް ސުވާލެއް ކުރެވެން ނެތް، ވަރަށް އަވަހަށް ފައިދާ ލިބޭނެ އިންވެސްޓްމަންޓެއް ކަމަށް ޖަނާހް ވިދާޅުވި އެވެ.

ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސް އިސްމާއިލް އާސިފް ވިދާޅުވީ ހަތް މިލިއަން ޓޫރިސްޓުން ގެންނަން އޮތް ދައްޗަކީ އެއާޕޯޓު ތަރައްގީ ނުވެ އޮތުން ކަމަށެވެ. ރާއްޖެ އަށް ވަދެވެން އެންމެ "ދޮރެއް" އޮތް އިރު، ރާއްޖެ އަށް އަންނަ މީހުން އިތުރު ކުރަން ބޭނުންވާ ނަމަ، އެއާޕޯޓު ތަރައްގީ ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ޕްރައިވެޓް ޖެޓް ޕާކް ކުރާނެ ތަނެއް ނެތިގެން އެބަ ފޮނުވާލާ. އެކަމަކު އެއާޕޯޓު ތަރައްގީ ކުރަމުންދާއިރު، ވެސް ވަގުތީ ގޮތުން ޖެޓްތައް ޕާކް ކުރެވޭނެ ގޮތް ހަދާފައި އެބަހުރި،" އެއާޕޯޓު ތަރައްގީ ކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވައި އާސިފް ވިދާޅުވި އެވެ.

156 ކޮމެންޓް, 296 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަޅުވެސް

09 August 2018

ތިއިން ކޮންމެ މީހެއްގެ އަތުން އިންކަމް ޓެކުން ނަގަން ދައުލަތަށް ގޮވާލަން ދައުލަތް އޮތީއެމީހުންނަށް ދަރާފަ އެމީހުން ދެއްކި ވާހަކަ ތަކުން ވަރަށް ސާފުކޮއް އެގިގެންދޭ! ތިއިން އެއްވެސް މީހަކު އެމީހުންގެ މުއްޒަފުންނަށް ހައްގުވާމިންވަރު ނުދޭކަން ކަށަވަރު! މިމީހުން ވާހަކަ ދެއްކި އިރު އެތާގަ ތިބި ކުދިންނަކީ ވަރައްޤާބިލް ކުދިން ތަކެއް އެކަމަކު އެކުދިން ބޭނުން ސުވާލެއްކުރުމުގެ ފުރުސަތެއްނެތް ކިހާދެރަ....

The name is already taken The name is available. Register?

ރީތި މޫސަ

09 August 2018

ތައުރީފުކުރާނެދޯ އެމްޑީޕީ ސަރުކާރުގެ ކަންނެތްކަމުން ބޭނުންވީއެއްވެސް މަސައްކަތެއް އަމިއްލަޔަށްނުކޮށް ޤައުމުގާހުރި ހަރުމުދާތަށް ބޭރުމީހުންށް ވިއްކައިގެން އެބަޔަކަށް އަޅުދާސްވެގެންތިބެން ނަމަވެސް މިސަރުކާރުންބޭނުންވީ ދިވެހިންގެ މުދާ ދިވެހިންގެ އަތުގަބަހައްޓައިގެން އޭގެއިން ރައްޔިތުންގެ ފުއްދުންތެރިކަން އިތުރުކުރަން

The name is already taken The name is available. Register?

ރޭނީމަ

07 August 2018

ކޮންމެފަހަރަކު މިދެމީހުން އަރުވައިގެން ކީކޭކިޔަންތޯ ތިޔައުޅެނީ؟ ޔާމީނު ކޮރަޕްޝަން ނުހިންގާ ވާހަކަތޯ؟ އެއާޕޯޓް 1 ބިލިއަން ހަރަދުކުރަނީ ހަމަ އެއީ އޭގެ އަގުކަން އެނގިގެންތޯ؟

The name is already taken The name is available. Register?

ދޫރަސް

07 August 2018

ރާއްޖޭގެ ޓޫރިޒަމަށް މިހާ ޒަމާންވީއިރު އަމިއްލަ އެއާލައިނެއްނެއް، ދުނިޔޭގެ ފެންވަރުގެ ޓޫރިސްޓް އެޓްރެކްޝަނެއް މީހުން ދިރިއުޅޭ ރަށެއްގައި ހެދިފައިނެއް، ދުނިޔޭގެ ފެންވަރުގެ އިންޓަނޭޝަނަލް ޓްރަވަލް އެޖެންޓެއް އުފެދިފައިނެއް، މެނޭޖުމަންޓެއްނެއް، ދުނިޔޭގެ ގައުމުތަކުގައި ރިސޯޓްތަކާއި ހޮޓާތަށް ހިންގާ ދިވެހިންގެ ބަޔަކު އުފެއްދިފައިނެއް، ޖެހިގެން އޮތް ރިސޯޓްގައި ޓޫރިޒަމާއި ބެހޭ ކަމެއް ހިންގިފައިނެއް، ސުވެނިއާ އުފެއްދިފައިނެއް، ޓޫރިޒަމަށް ބޭނުންވާ ތަރުކާރީ މޭވާ އަދި އެހެނިހެން ވަސީލަތް އުފެއްދިފައިނެއް، ދުނިޔޭގެ ފެންވަރުގެ ކޮންސްޓްރެކްޝަން އިންޑަސްޓްރީއެއް އުފެއްދިފައިނެއް، ދުނިޔޭގެ ފެންވަރުގެ ބެންކެއްނެއް، ރާއްޖެ އިސްތިހާރުކުރަމުން އަންނަ ވައްޓަފާޅިއަކަށް ބަދަލެއް ނައާދޭ، ކޮރަޕްޝަން އިތުރުވެއްޖެ، މީހުން މަރާމީހުން އިތުރުވެއްޖެ، ފޭރޭމީހުން އިތުރުވެއްޖެ، ހުރިހައި ޒުވާނުންތިބީ ބޯހިޔާވަހިކަމަށް ސަލާމްޖަހާހާލުގައި އަދި ވަޒީފާނުލިބި، ކޮން ކުރިއެރުމެއް ލިބުނީ؟

The name is already taken The name is available. Register?

ހެހެ

08 August 2018

ކަލޭ ނުކިޔާ ހުރިހާ ކަމެއް ކުރެވިފަ ހުރީ

The name is already taken The name is available. Register?

ހުސައިން ހަނީފް

07 August 2018

ތިޔަ 2 ވިޔަފާރިވެރިންނަށް ދިވެހިން ކުރާ ނަފްރަތު މިތާގައި ކޮމެންޓްކުރި މީހުންގެ ފަރާތުން ފެންނާނެކަމަށް އުއްމީދުކުރަން، ރާއްޖޭގެ ޒުވާނުން ޓޫރިޒަމް ވިޔަފާރިއާއި ދުރަށް ޖެއްސީ ތިޔަ 2 ވިޔަފާރިވެރިން، 30 އަހަރުގެ ވެރިކަން ނިމުނުއިރު މަޓީގެ 30 އަހަރުގެ މެނޭޖުމަންޓް ބަދަލެއްނުވޭ، މަޓީގެ ސިޔާސަތުގެ ސަބަބުން މިއަދު ބިދޭސީން މިޤައުމުގެ އިޤްތިސާދަށް އަތްގަދަކޮށް ދައުލަތުގެ ކުންފުނިތަކުން އަމިއްލަ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން ބަނގުރޫޓްކޮށްލީ، މިހާރުވެސް ބިދޭސީން ހިންގާ ރިސޯޓްތަކުން ދިވެހިންނަށް ދެމުން އަންނަ އިނާޔަތް މާރަނގަޅު ތިޔަ 2 ވިޔަފާރިވެރިން ދޭ އިނާޔަތަށްތުރެން، ބަލަ އައްޑު އަތޮޅުގެ ރައްޔިތުން އައިސް ތިޔަ 2 މަހުޖަނުން މުއްސަނދިކޮށްދިނީ، އެމީހުން ހުސްވަގުތު ރޫމްތަކުގައި ފަންލައިގެން، ރަށްސާފްކޮށްދީގެން 150 ރުފިޔާ މުސާރަލިބިގެން ތިޔަ ދެމަހުޖަނުން މުއްސަނދިކޮށްދިނީ، އެކަމަކު އެމުއައްޒަފުންނާއި އެއާއިލާތަށް މިހާރު ކޮބައިތޯ؟

The name is already taken The name is available. Register?

ހުސެންް

07 August 2018

ތިރަންވޭ އާއީ އާ ޓާމިނަލްގެ ކުރެހުމެއް އެކަކުވެސް ދެކުނިން ތަ..... ޕާކުތައް ހަދާހެން ނެހެދިއްޔާ ރަގަޅު

The name is already taken The name is available. Register?

އަންބޮނޑި

08 August 2018

ހަމަ ހަދާފަ ހުއްޓާލާނީ...ތިބޭއަތްޖަހަން.

The name is already taken The name is available. Register?

އިހުސާން

07 August 2018

ގައުމެއްގެ ކޮންމް ފަރުދަކީ ރައީސެއްނޫން. އަދި މަހުޖަނެއްވެސްނޫން. އެކަމަކު ތިމާގެ ޕްރޮފިޝަން ބައްޓަންކޮށްގެން ކުރިއަށްދެވިދާނެ ބައިވަރު މަގުތަށް ހުންނާނެ.

The name is already taken The name is available. Register?

ފަސީހު

07 August 2018

އެމްޑީޕީ ސަރުކާރުގައި ޑޮލަރ ދަތިވީ ބަޔަކާހުރެއޭ ބުނަނީ , އުނގެނުމުގެބައިގައި ޗިޕްޖެހިފައިހުރީމަ. އަސްލަކީ ދަވްލަތަށް ބޭރުފައިސާވަންނަންހުރި ދޮރުތަކަށް ބޭރުމީހުން ހަމަޖެއްސީ. ދެން ލިބުނުއެއްޗެއްވިއްޔާ މާރުކޮށްގެން ރުފިޔާ އަށް ހަދައިގެން ކުދިބޮޑު އެންމެންގެ މުސާރައާއި , ގައުމުންބޭރުގައި ކްލަބްތަކަށް ހޭދަކުރުމާއި, ބޭރުގައުމުތަކުގެ އެކައުންޓްތަކަށް ނާޖާއިޒް ގޮތުގައި ނަގައި ހުސްކުރީ.

The name is already taken The name is available. Register?

ބީކޭކޭ

07 August 2018

ހަމައެކަނި ސާފުކޮއްލަން ބޭނުންވަނީ އެވިދާޅުވާ ދަރަނި ދައްކަނީ ރައްޔިތުން ފެލައިލައިގެންތޯ؟ ނޫނީ މި ދެބާނީންތޯ؟

The name is already taken The name is available. Register?

މާރިޔާ

07 August 2018

ސާބަހޭ ރާއްޖޭގެ ރަން ދަރީންނައް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454