ހުޅުމާލޭގައި އީދު ފާހަގަ ކުރުމަށް ރޭ ބޭއްވި ޕެރޭޑް. -
21 އޯގަސްޓް 2018 - 06:07
މި އަޟްހާ އީދުގެ ބަންދުގައި ހުޅުމާލޭގައި ފޯރިގަދަ ހަރަކާތްތަކެއް ހިންގުމަށް ނިންމައިފި އެވެ. ހަރަކާތްތައް ރާވާފައިވާ ގޮތަށް ބަލާއިރު، މިއީ މިއަދު ފާހަގަކުރާ މި އަހަރުގެ ބޮޑު އީދުގައި އެންމެ ބޮޑު ފޯރިއެއް ނަގާ އެއް އަވަށެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ކުލަ ގަދަކޮށް އީދު ފާހަގަ ކުރަނީ ދިވެހިންގެ ތެރޭގައި އޮންނަ އިޖުތިމާއީ އެއްބައިވަންތަކަމާއި އަހުވަންތަކަން އާލާކޮށް، ގުޅުން ވަރުގަދަކޮށް، އީދުގެ ސަގާފަތާއި ކުޅިވަރުތައް ދިރުވައި އާއިލާ އާއި ރަހްމަތްތެރިންނާއެކުގައި އުފާވެރި މާހައުލެއް ހޯދައިނުމަށް ކަމަށެވެ. އީދުގެ ހަރަކާތްތަކުގައި އަމިއްލަ ޖަމިއްޔާތަކާއި ސަރުކާރުގެ ކުންފުނިތަކުން ބައިވެރިވެ އެވެ.
އީދުގެ ހަރަކާތްތައް ހުޅުމާލޭގައި ރޭ ފެށީ އީދު ޕެރޭޑުންނެވެ. އެގޮތުން ޕެރޭޑްގެ ބައިވެރިން އެޗްޑީސީގެ ސީއޯއޯ އަހުމަދު ބުންޔާމީންގެ އަރިހަށް ގޮސް، ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ހުއްދައަކަށް އެދުމުން، އެ ހުއްދަ ވަނީ ދީފަ އެވެ. އީދު ޕެރޭޑްގައި ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެފަ އެވެ.
- ސެންޓްރަލް ޕާކް ސަރަހައްދުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން.
- އަލަށް ހުޅުވި މިސްކިތުގައި އިސްވެ ނަމާދު ކުރައްވާނީ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު.
- އީދު ނަމާދަށް ފަހު، ސެންޓްރަލް ޕާކްގައި އީދު ސައި އޮންނާނެ.
- އުލްހިޔާ ކަތިލުން، އޯޓިޒަމް ސެންޓަރު ކައިރީގައި އޮންނަ ހުސް ބިމުގައި.
- ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގްރެފިޓީ ކުރެހުމުގެ މުބާރާތެއް ބާއްވާނެ.
- އީދު ނަމާދަށް ފަހު ކަދުރު ބެހުން ކުރިއަށް ގެންދާނެ.
އީދާ ގުޅިގެން މިއަދު ހުޅުމާލޭގެ ދެ ސަރަހައްދެއްގައި ކުޑަ ކުދިންގެ ހަވީރެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން، ސެންޓްރަލް ޕާކްގައި އެޗްޑީސީން އިންތިޒާމު ކުރާ ހަވީރުގައި ވޯޓާ ސްލައިޑް ކުރުމާއި އީދު ޕެރޭޑާއި ގިނަ ހަދިޔާތައް ލިބޭ ކުޅިވަރުތައް ކުޅެވެން ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަންނަ ބުރާސްފަތި ދުވަހު، "އީދު ސްމައިލްސް" ނަމުގައި ސެންޓްރަލް ޕާކްގައި ހަރަކާތެއް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އީދު ފާހަގަ ކުރުމުގެ ގޮތުން ފެންކުޅީގެ ހަރަކާތްތަކެއް ރުއްގަނޑު ސަރަހައްދު ދޭއްގައި ކުރިއަށް ގެންދާނެ އެވެ. ފެން ކުޅި މުބާރާތާއެކު، އިތުރު ހަރަކާތްތަކެއް ވެސް ބޭއްވުމަށް އެމްއޭސީއެލުން ވަނީ ނިންމައިފަ އެވެ.
ބޮޑު ބެރާއި މިއުޒިކާއި ސަގާފީ ހަރަކާތްތަކުގެ އިތުރުން، ހަވާ އެރުވުން މިރޭ ސެންޓްރަލް ޕާކްގައި އޮންނާނެ އެވެ. މިއީ އަމިއްލަ ފަރާތަކުން އިސް ނަގައިގެން ހިންގާ ޝޯ އެކެވެ.
އެޗްޑީސީން ވަނީ މި ހުރިހާ ހަރަކާތެއްގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަނަރަ
22 August 2018
ކަލޯ އެޗްޑީސީއިން ޚަރަދުކޮފަ ޕިންކު ޕާރޓީގެ ނަމުގައި ޕިންކު ޕާޓީމީހުންގެ ޖަގަހައިން.
ޢަބޫ ބަބޫ
21 August 2018
މާލެވެސް ކުންފުންޏަކާ ހިންގަން ހަވާލުކުރަން ވީ.
ޙިނި
21 August 2018
ޢެޗްޑީސީން ރައީސް ޔާމިން ދެވަނަދައުރަކައް ހޮވުމައް ކުރައްވާ ކެންޕޭން ހަރަކާތް ތަކައް މަރްޙަބާ ކިޔަން
ސައްތާރު
21 August 2018
ކަލެޔައް ތިއޮތީ ސިޓީއެއް ލިބިފަ ބާރައް ބައްދައިގެއް އޮވޭ! ދުނީއޭގަ ކޮންގައުމެއްގަތޯ ދައުލަތުގެ ފައިސާ ތިގޮތައް އެއްތަނަކައް ތަޅާބުރުވަނީ؟ 32 ޑިގުރީގެ ހޫނުމިއްހުރި ގައުމަކައް ފިމޫސުން ގެންގެންނަން މާލޭގަ ތިޖަހާ ސަކާރާތައް މަހެއްގެ މައްޗައް ކަރަންޓު ހަރަދުވޭ ރާޖޭގަ އެއްއަތޮޅުގަ ހަމަސްދުވަހު ބޭނުންކުރާ ކަރަންޓު
ޙުޅުލޭބމީހާ
21 August 2018
އެޗްޑީސީ އަކީ މިހާރު ވަކިމީހަކަށް ކެންޕޭން ކޮށްދޭ ތަނަކާ ވައްތަރީ ، ހީވަނީ ތިވެސް އޭގެކަމެންހެން
ކުރުކުރު
21 August 2018
ރާއްޖޭގެ ހަބަރުތައް ބަލާއިރު އެޗްޑީސީ ކިޔާ ވަކި ދައުލަތެއް ރާއްޖޭގަ އޮންނަކަހަލަ ގޮތަކަށް ދޭހަވަނީ. ދެން މިހާރު ދުނިޔޭގަ މިއުފައްދާ ހަވާއަކީ ހަމައެކަނި މާލޭގަ އަރާގޮތަށް ހަދާފަ ހުންނަ އެއްޗަކާ ވައްތަރީ. ރައްޔިތުންގެ ފައިސާއިންވިއަސް އޭތި އެރުވެން އޮންނަނީ ހަމައެކަނި މާލޭގެ އަވަށްތަކުގަ.
ސުޖާ
21 August 2018
ރައްޖެރެރޭ ރައްޔިތުން ފޯރީގަ އީދު ފާހަގަ ކުރަނީ ރައްޔިތުން ފައިސާތަޅާ ބުރުވައިގެނއްނޫން ތިގޮތައް އެއްކިއެކިކަންތައް ކުރަން ލާރިގަނޑެއްދީފަ ބަޔަކާ ހަވާލުކޮއްގެން ނަގާއީދު ފޯރިބަލައް ހުޅުމާލެގަ މަޑު ނުކުރަން ރާއްޖެތެޔައް މިދަނީ
ސައިނީ
21 August 2018
ދުނިޔޭގެ ސިޓީ ތަކުގަ އޫޅޭލީމަ ތިކަން އިގޭނީ އެހެން ނޫނީ އޮވޭ ރަށުގަ މަހަށް ދާން
ޢާދަނު
21 August 2018
ތިހެންހަރަކާތްތަށްހިންގަހިންގާ މުޅިއެޗްޑީސީވަނީދަރާވިކިވަމުވައްޒަފުންނަށްބޯނަސްވެސް ދިނީ ލޯނެތްނަގައިގެންއެޗްޑީސީއައްވަނީ މާލީއެތަށްދަތިތަކެތްކުރިމަތިވެފަ
ސައިނީ
21 August 2018
އިއްތިހާދުގެ ލާރިގަޑުން ނުކެރުނޭ ކުޑަކުދިންނަށް ކަމެއް ކޮށްދޭކަން ނުވެސް ކެރޭނެ
މާމެލިދައިތަ
21 August 2018
ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އަޟްޙާ ޢީދުގެ ތަހުނިޔާ އަރިސްކުރަން. ޢީދުމުބާރިކު