ކެމްޕޭނަށް ޕީޕީއެމުން މާލޭގައި ދަމާފައިވާ ދިދަތަކެއް: ކޮލަމާފުށީގައި ހުންނަ އެ ޕާޓީގެ ޖަގަހަ އަށް ގެއްލުން ދިން މައްސަލަ ޕީޕީއެމުން ވަނީ ކުށްވެރިކޮށްފައި.
29 އޯގަސްޓް 2018 - 23:58
ގއ. ކޮލަމާފުށީގެ ޕީޕީއެމް ޖަގަހަށް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލަ އެ ޕާޓީން ފުލުސް އޮފީހަށް މިއަދު ހުށަހަޅައިފި އެވެ.
މިކަން ކުށްވެރިކޮށް، ޕީޕީއެމުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ވިދާޅުވީ ކޮލަމާފުށީގައި ހުންނަ، ޕީޕީއެމްގެ ޖަގަހައިގައި ހުރި މޮނިއުމެންޓެއް ހަލާކުކޮށް، ދިދަފަތިތައް ބުރިކޮށް، ގާތްގަނޑަކަށް 40 ހޮޅި ދަނޑި ނައްޓާލާފައިވާ ކަމަށެވެ. ޕީޕިއެމަށް ތާއީދުކުރާ 10 މީހަކަށް އެ ހަމަނުޖެހުމުގައި ގެއްލުންވެ އެކި ވަރުގެ ފަރުވާ ދޭން ޖެހުނު ކަމަށް ނިހާން ވިދާޅުވި އެވެ.
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ގއ. އަތޮޅުގެ ރަށްތަކަށް މާދަމާ ދަތުރު ފައްޓަވަން ނިންމާފައިވާއިރު، ކޮލަމާފުށީގެ ޖަގަހަ އަށް ގެއްލުން ދިނީ އެމްޑީޕީ އަށް ނިސްބަތްވާ ދެބެއިން ކަމަށް ނިހާން ތުހުމަތު ކުރެއްވި އެވެ.
MDP Riyaasee Candidate @ibusolih maadhamaa GA.Kolamaafuttah Vadaigannavaathee MDP ge Kolamaafushee membarun PPM Jagaha Sunnaafathi Kohllun eiee Qabool kureveyne kameh noon. @PoliceMv @ElectionsMv Mi Massala Bahllavaa Fiyavalhu alhuvvaa! @MariyaDidi mee tho Reethi Campaign akee? pic.twitter.com/uF573f7vi8
— Ahmed Nihan (@ahmed_nihan) August 29, 2018
ޖަގަހަ އަށް ގެއްލުން ދިނުން ކުށްވެރިކޮށް ނިހާން ކުރެއްވި ޓުވީޓެއް.
ޕީޕީއެމަށް ގެއްލުން ދިން ކަމަށް ތުހުމަތުކުރާ ދެ މީހުންގެ ނަން، ނިހާން ވިދާޅުވި ނަމަވެސް އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ ގާނޫނުގެ ދަށުން ނަން ވަނީ އުނިކޮށްފަ އެވެ. އެ ދެ މީހުންގެ ތެރެއިން އެކަކީ، އެމްޑީޕީގެ ސަރުކާރުގައި ތެލުގެ ނަހަމަ މުއާމަލާތްތަކެއް ހިންގައި މިހާރު ވެސް އެސްޓީއޯ އަށް 1.2 މިލިއަން ރުފިޔާ ދައްކަން ޖެހޭ މީހެއް ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.
"މި ދެބެއިން މި ހިންގި ޖަރީމާ އަކީ މާދަމާ އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގަންނަވާއިރު، ދުރޫސުލް އަޚުލާގުގެ ތެރެއިން އެޅި އެއް ފިޔަވަޅު،" ނިހާން ވިދާޅުވި އެވެ.
ގއ. ކޮލަމާފުށީ ޖަގަހަ އަށް ގެއްލުން ދިނުމުގެ އިތުރުން، ގއ. ކޮނޑޭ އާއި އދ. މާމިގިއްޔާއި ލ. ފޮނަދޫގައި ހުރި ޖަގަހަތަކަކަށް ގެއްލުން ދިނުމުގެ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކެމްޕޭނާ ދިމާކޮށް، އެފަދަ އަމަލުތައް ހިންގުމަކީ، ނިހާން ވިދާޅުވި ގޮތުގައި، ޓެރަރިޒަމެވެ. އެމްޑީޕީ އަކީ އެކަމަށް ވަރަށް ފަރިތަ ބައެއް ކަމަށާއި އެކި ކެމްޕޭންތަކުގައި އެފަދަ ކަންކަން އެ ޕާޓީން ކުރިއަށް ގެންގޮސްފައިވާ ކަމަށް ވިދާޅުވެ، ނިހާން ފާޑުވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ރިޔާސީ އިންތިޚާބަށް ތައްޔާރުވާން ކެމްޕޭން ކުރަން ޖެހެނީ ސުލްހަވެރިކަމާ އެކު ވާދަވެރި ރޫހެއްގައި ގާނޫނާ އެއްގޮތަށް ކަމަށެވެ. އެފަދަ ކެމްޕޭނަށް އެ ޕާޓީން މަރުހަބާ ކިޔާނެ ކަމަށާއި ނަމަވެސް ޓެރަރިޒަމަށް މަގުފަހިވާ ކަންކަން ބަލައެއް ނުގަންނާނެ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫންތަ؟
14 September 2018
ކެތް ނުވާ ވަރަށް ހިތަސް އަސަރު ކުރީމަ ގޯސްވެސް ހެދޭނެނު. ޕޮލިހަށް ކީއްުކުރަން ދިޔައީ. ހަމްދަރުދީވެބަލަ އެކުދިންނަށް.
ދޮންފީ
30 August 2018
ނިހާނު ރޮޒޭނާގެ މޫނަށް ކުޅުޖެހި މައްސަލަ ނުބެލީ ދުރޫސުލް އަޚްލާގުގެ ތެރޭ ހިމެނޭ ކަމެއްކަމށްވާތީދޯ ނިހާން. ވަކަރުގޭ ކުދިންނަށްވީމަ ވާނީ ތިހެން. މަގުމަތީގަ އުޅުނުމީހެއްވީމަ ވާނީވެސް އެހެން ރައްޔިތުން މިކަން ބަދަލުކުރާނީ އިންޝާﷲ
އަހުމަދުބޭ
30 August 2018
ނިހާންގެ ވާހަކަޔާއި ޚަބަރު އަންނަގޮތް ވަރަށްތަފާތު،
އަދީބު
30 August 2018
ބޮޑަށް ވައްތަރީ އިބޫ ކޮލަމާފުއްޓަށް އެރުމުގެ ކުރިން ހިންގި ކަމަކަށް. ވައްކަންކުރުމާއި އަނިޔާކުރުމާއި މީހުންބޮލުގައި ދޮގުއިލަޒާމް އެޅުވުމަކީ ޕީޕީ ގުރޫޕުގެ ހޮބީއެއް. ޝުކުރިއްޔާ ނިހާން
ބާބާ
30 August 2018
ފުލުހުން އަރާ އިދިކޮޅު އިއްތިޙާދުގެ ދިދަތަކާއި ގިޑިގެތައް ނަގާ ހަލާކުކުރާއިރު ތިޔަ ޤާނޫނެއް ނޯވޭ ގައިމު....
ހަނާ
30 August 2018
އިދިކޮޅު މީހުންގެ ކަރުބުރިކުރަންގޮވާ ގަޔަށް ކަޅުތެޔޮޖަހާ ހެދިއިރު އެބުނާ ފުލުހުންތިބީ ކޮންތާކުބާ ގާނޫނު ހަމަޔަށް ހިންގަން ހޮރަށްވަދެ ފިލާދޯ އެހެންތާވާނީ ޖަލަށްލާނެކަންވެސް އެނެމް ރަނގަޅަށް އެނގޭނީ ހަމައެކުދިންނަށް
ރަދީފް
30 August 2018
މިފަދަ ކަންކަން އެއްވެސް ބަޔަކުކޮއްގެން ނުވާނެ.މިއީ ވަަރަށް ދެރަކަމެއް.މީގަ ފާހަގަކޮއްލަން ޖެހޭ ކަމަކީ މިކަން ތަހްގީގްކުރަން ނިކުމެ ހުރީ ސީދާ ހޯމް މިނިސްޓަރު.ނަމަވެސް އެމްޑީޕީން މައްސަލައެއް ޕޮލިހަށް ގެންގިސްފިނަމަ ރިޖެކްޓް ނުވަތަ ވަށިގަނޑަށް.ކިހާ ސަޅި.އިންސާފްވެރިކަމުގެ މިފަދަ ނަމޫނާއެއް މުޅި ޖަބަލްގާފުން ވެސް ނުފެންނާނެ.ވ.ވެދުން
ހުނި
30 August 2018
ގާނޫނު އެންމެންގެ މައްޗަށް ހިންގާއިރު އިދިކޮޅުމީހުންގެ މައްސަަލަ އެކަނި ބެލޭނީ އެހެން މައްސަލަތައް ބެލުން ހަރާންވާނެ ނުނީ ނުބަލަން ނިންމައި އެންމެން ކުރިމަތީ އިއުލާނުވެސް ކުރާނެ މިސާލަކަށް ލާރިގޯނި ހިފައިގެން ދުވިމީހާގެ މައްސަލަ މީ ރައީސްޔާމީނު ގާނޫނު ހިންގާގޮތަކީ އެވެސް "އެންމެންނަށް ހަމަހަމަކޮށް" އިނގިއްޖެ.
ަބުރޯގެ ލޯގަނޑު
30 August 2018
ކޮން ސަރުކާރެއްގާ ކަލޭ ތިކިޔާ ހަމަ ހަމަކަން ލިބުނީ؟
ތެމާ
30 August 2018
މިފަހަރު ގާނޫނު އެންމެންގެ މައްޗަށް ހަމަހަމަކޮށް މޫނަށް ކަނދުރާއަށް ނުބަލައި ހިންގާލާނެކަމަށް ފެނޭ އެމްޑީޕީގެ ކަމެއްވިއްޔާ އެންމެން ޖަލަށްލާންވާނެ އެކަމަކު ޕީޕީއެމުން ހުޅުމާލޭގައި އިބޫގަޔަށް ކަޅުތެލަށްދަންދެންޖެހި އެމައްސަލައެއް ނުބަލާނެ އަދި ނަޝީދުގެ ކަރުބުރިކުރަންވެސް ގޮވި މީހަކު ހައްޔަރެއްނުކުރޭ އެއީ ގާނޫނު އެންމެންގެ މައްޗަށް ހިންގާގޮތަކީ މިފަހަރު މޫނަށް ކަނދުރާއަށް ނުބަލާ ގާނޫނު ހިންގާލާތި މިއޮތީވާ ގައުމެއް މިޅުކަމަކީ މިހުރިހާ ބޭއިންސާފުވެސް ގަބޫލުކުރާބަޔަކު އުޅޭނެ
ކޮންބޭކާރު ދިދަތަކެއް
30 August 2018
ހަމަ އެކަނި ދިވެހި ދިދައިން ފުދޭ. އެހެން އެއްވެސް ދިދައެއް ނުޖަހާ ބަޔެއްގޮތައް ގައިމުވެސް ވެވިދާނެ ބައެއް ތީ.