ޕީޕީއެމްގެ ޖަގަހައަށް ހަމަލާދީގެން ކޮލަމާފުށިން ހައްޔަރު ކުރި މީހުން--- ފޮޓޯ: އެމްޑީޕީ
31 އޯގަސްޓް 2018 - 14:28
ގއ. ކޮލަމާފުށީގެ ޕީޕީއެމް ޖަގަހަ އަށް ބޮޑެތި ގެއްލުންތަކެއް ދިން ކަމަށް ބުނެ އެ ރަށުން އިއްޔެ ހައްޔަރު ކުރި 18 މީހުންގެ މައްޗަށް ޓެރަރިޒަމްގެ ތުހުމަތުކޮށް ތަހުގީގު ކުރަމުންދާ އިރު، އެ މީހުން ބަންދުގައި ބައިތިއްބާ މުއްދަތު 15 ދުވަހަށް، ގއ. ވިލިނގިލީ ކޯޓުން ރޭ އިތުރުކޮށްދީފި އެވެ.
އެމްޑީޕީ އަށް ނިސްބަތްވާ އެ މީހުންގެ ފަރާތުން ވަކާލާތު ކުރުމަށް ވިލިނގިލީގައި މިހާރު ހުންނެވި، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ވަކިވަކި މީހުންނާ ބައްދަލު ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.
އެ އެންމެ މައްޗަށް ޓެރަރިޒަމްގެ ތުހުމަތުކުރާ އިރު ޝަމީމް ވިދާޅުވީ އެއީ ގަބޫލު ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ. ޝަމީމް ވިދާޅުވީ ކޮންމެ މާރާމާރީއެއް ނުވަތަ ކޮންމެ ހަމަނުޖެހުމަކީ ޓެރަރިޒަމްގެ އަމަލެއް ނޫން ކަމަށެވެ.
PPM jagaha ah gellun dheegen Kolamaafushin 18 meehaku hayyaru koffi
The most trusted news source in the Maldives
Mihaaru
ކޮލަމާފުށިން 18 މީހުން ހައްޔަރުކުރުން--
"ޓެރަރިޒަމްގެ އަމަލެއް ނަމަ ރަށު ތެރޭ ބިރުވެރިކަން އުފެދި ސިފައިން ގޮސް އެކަން ހުއްޓުވާނީ ދެއްތޯ؟ އެކަމަކު އަޅުގަނޑުމެނަށް މި ފެނިގެން ދިޔައީ ހައްޔަރު ކުރި މީހުން ވެސް ފުލުހުންގެ ސައިކަލު ފަހަތަށް އަރުވައިގެން ގެންދެވި ތަން. އެހެންވީމަ ހަމަނުޖެހުމެއް އަދި ހިނގާފައި ވިޔަސް އެއީ ޓެރަރިޒަމްގެ ގޮތުގައެއް ނުބެލެވޭނެ،" ޝަމީމް ވިދާޅުވި އެވެ.
އެ މައްސަލައިގައި ޝަމީމްގެ އިތުރުން ގާނޫނީ ވަކީލު މަހްފޫޒް ސައީދު ވެސް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. ޝަމީމް ވިދާޅުވީ ހިލޭ ސާބަހަށް އެ މަސައްކަތް ކުރައްވަނީ ގާނޫނުތަކާ ހިލާފަށް ވަކި ގޮތަކަށް ކަންކަން ކުރުމަށް ކުރާ މަސައްކަތް ހުއްޓުވަން ކަމަށެވެ.
ޕީޕީއެމްގެ ޖަގަހައަށް ހަމަލާދީގެން ކޮލަމާފުށިން ހައްޔަރު ކުރި މީހުން--- ފޮޓޯ: އެމްޑީޕީ
ކޮލަމާފުށީގައި ޕީޕީއެމާއި އެމްޑީޕީގެ ސަޕޯޓަރުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ހަމައެކަނި އެމްޑީޕީ މީހުން ހައްޔަރުކޮށް އަދަބު ދެމުން ގެންދާތީ އެ ޕާޓީން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެއީ ފުލުހުންގެ ތެރެ އަށް ސިޔާސީ ނުފޫޒު ފޯރާފައިވާ މިންވަރު ކަމަށް އެ ޕާޓީން ބުނެ އެވެ.
އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ގއ. އާއި ގދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ކޮލަމާފުއްޓަށް ވަޑައިގަތުމަށް ވަނީ ނިންމައިފަ އެވެ. އެ ރަށުގެ މަސްލަހަތު އަމާން ނޫން ކަމަށް ބުނެ ފުލުހުން ވަނީ އިބޫ އެ ރަށަށް ވަޑައިގަތުން ފަސް ކުރައްވަން އެދިފަ އެވެ. ނަމަވެސް ކޯލިޝަނުން ނިންމާފައިވަނީ އިބޫ އެ ރަށަށް ވަޑައިގަތުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދދދދދދދ
14 September 2018
ފިނިފެންމާ ދޯނި އުމުރަށް ސަސްޕެންޑް ކުރަން ޖެހެނީ ތިހެންވެއޭ. ބަލަ މީހަކު ޓެރަރިޒަމްގެ އަމަލެއް ހިންގި ކަމަށް ވާނީ އެމީހާގެ ކޮންމެ ހިނދުކޮޅެއްގަވެސް ޓެރަރިޒަމްގެ އަމަލެއް ހިންގަހިންގާ ހުރީމައެއް ނޫނޭ. މީނައާ ޕީޖީކަން ހަވާލު ކުރި ބަޔަކުވެސް ހަމަތޯ ބަލަން އެބަޖެހޭ.
ލިޕޭ
13 September 2018
ސާބަސް ހަމަ....
ޓިނު
01 September 2018
ތީއެއްވެސްކަމެއްނޫ ކުލަ ބަދަލުކޮށްލ؟ ހުދު ފޮތިކޮޅަކަށްވެދާނެ؟
ކުނި
01 September 2018
މިފަހަރު ގާނޫނު އެންމެންގެ މައްޗަށް ހަމަހަމަކޮށް ހިންގާލާނެތާ އަވަހަށް ޕީޖީއާ ފުލުހުންނާ ކޯޓުތަކާ ގުޅިގެން ރޭގަނޑު ދަންވަރު ކޯޓުތައް ހުޅުވައިގެން ގާނޫނ ު ހިންގާލާ މިފަހަރު މޫނަށް ކަނދުރާއަށް ނުބަލައި ތިކަން ކުރެވޭނެ ކަމަށް ދެކެން އެކަމަކު ވޭތުވި 5 އަހަރު މަގުތަކަށް ކޮށާ އަޅާލި ހަމަ އެކަކަށްވެސް އިންސާފު ހޯދައިނުދޭ
ތެމާ
01 September 2018
ދެން ފުލުހުންވެސް މިކަން އަވަހަށް ނިންމާ ގާނޫނޫ އެންމެންގެ މައްޗަށް މޫނަށް ކަނދުރާއަށް ނުބަލައި ހިންގާތީ ކޮންމެވެސް އިބޫގަޔަށް ކަޅުތެޔޮޖެހީމާ އެކަން ނުބެލުނު ނަޝިދު ކަރުބުރިކުރަން ގޮވީމާ އެކަން ނުބަލާ ފައިސާގޯނީގެ މައްސަލަ ނުބަލާ އެކަމަކު ގާނޫނު އެންމެންނަށް ހިންގަން ކޮންމެވެސް މިފަހަރު ޓެރަރިޒަމްގެ ދައުވާކޮށް 15 16 އަހަރުގެ ޖަލު ހުކުން ޖަހާލާތި
ހުނި
01 September 2018
ދިދައެއްއުފުރުންތަ އަމުދުން އެމްޑީޕީތަ ޕީޖީއަތުގަ އޮންނާނީ އެންމެ ގާނޫނެއް ޓެރަރިޒަމް އަވަހަށް ދަންވަރު އޮފީސް ހުޅުވައިގެން ތިކަން ނިންމާލާތި ގައިމު އެންމެ މަރަކަށްވެސް ވޭތުވި 5 އަހަރު އިންސާފު ހޯދައިނުދިން
މިނިވަންކަން ނެތް
31 August 2018
ހުކުމުގެ ނަމުގައި ފަނޑިޔާރުން ރައްޔިތުންނަށް ނުހައްޤުން ދޭ އަނިޔާ އަކީ ތޫނު ހަތިޔާރަކުން ދޭ އަނިޔާ އަށް ވުރެ ވަކި ސަހަލު އަނިޔާއެެއް ނޫނެވެ.
އެޑްމުންޑޯ
31 August 2018
ކޮލަމާ ފުއްޓަކީ ތިކަހަލަ ވަރަށް ގޮތެއްނެތް ބަޔަކު އުޅޭ ރަށެއް ، ތިކަހަލަ މީހުންނަށް ބޮޑު އަދަބްދީ އެހެން މީހުންނަށް އިބްރަތަކަށް ހަދަންޖެހޭ
ކޮކާ
14 September 2018
މަށަށްވެސް ފާހަގަ ކުރެވޭ. ވަރަށް ހަޔާތް ކުޑަ ބައެއް އުޅޭ ރަށެއް.
ފައި
31 August 2018
މިމީހުންނަށްދެވަނަދައުރެއްދީފިނަމަމީހަކަޢްފައި އެޅޭގޮތަކުންވެސްވާނީޓެރެރިސްޓަކަށްރައްޔިތުން ވިސްނާކޮބާތޯނަސީދުގެކަރުބުރިކުރަންގޮވިޕީޕީއެމް އަށްނިސްބަތްވާއަންހެންމީހާކޮބާތޯއިބޫއަށްހަމަލާ ދޭންއުޅުނުމީހާމީނޫންތޯއަސްލުޓެރަރިސްޓުންނަކީ ޕީޕީއެމްއަށްސަޕޯޓުކުރާތީމިތިބީހިމާޔަތްދީފާ މާތްﷲއިރާދަކުރެއްވިއްޔާރައްޔިތުންމިފަހަރު މިރައީސަށްބުނާނީނޫނެކޭ
ޓެރަރިޒަމޭ
31 August 2018
ޓެރަރިޒަމޭ ކިޔާގެން ޝެއިހް އިމްރާނުވެސް ގޮޅީގަ... އިންޝާﷲ މިފަހަރު ޔާމީނު ބޭރުކޮށް އިންސާފްވެރިކަން ޤައުމުގަ ގާއިމްކުރެވޭނެ