ހުޅުމާލެ ސެންޓްރޯ މޯލް. މޯލްޑިވް ގޭސްގެ ފައިސާތައް ފޭރިގަތީ މި ސަރަހައްދުން -- ފޮޓޯ: މުހައްމަދު ޔާމީން/މިހާރު
21 އޮކްޓޯބަރ 2018 - 15:23
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކައްކާ ގޭސް ފޯރުކޮށްދޭ ކުންފުނި ކަމަށްވާ މޯލްޑިވްސް ގޭސްގެ ގިނަ އަދަދެއްގެ ފައިސާތަކެއް ހުޅުމާލެ އިން މިއަދު ފޭރިގަނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި ގޮތުގައި މިއަދު ފޭރިގަތީ މޯލްޑިވް ގޭސްގެ ފައިސާތަކެއް ބޭންކަށް ޖަމާކުރަން ދިިޔަ މަގުމަތީގައި ހުޅުމާލެ ސެންޓްރޯ މޯލް ކައިރިންނެވެ. މި ހާދިސާގައި ފޭރިގަނެގެން ގެންދިޔައީ ކިހާ ފައިސާއެއް ކަމެއް އަދި ނޭނގޭ ކަމަށާއި މައްސަލަ ތަހްގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. މި ފޭރުމާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.
މި މައްސަލައާ ގުޅިގެން މޯލްޑިވް ގޭސްގެ ފަރާތުން ބަހެއް ލިބިފައެއް ނުވެއެވެ.
މީގެ ދެ މަސް ކުރިން ޖުލައި މަހު ވެސް ހަމަ އެ ސަރަހައްދުން ވަނީ، މަސް އެކްސްޕޯޓް ކުރާ ކުންފުންޏެއް ކަމަށްވާ އެންސިސްގެ 2.7 މިލިއަން ރުފިޔާ ބަޔަކު ފޭރިގަނެފަ އެވެ. އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ތުހުމަތު ކުރެވޭ ތިން މީހުންގެ ތެރެއިން އެކަކުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މި މަހުގެ ތިން ވަނަ ދުވަހު ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޅަބޭ
22 October 2018
ކައިވަތެއް ނުވާ މާލެއާއި ހުޅުމާލެ ނުބެލެހެއްޓޭ ޕޮލިހުންނައް ދައުލަތުން ކުރާ ބޮޑު ހޭދަ ދަނީ ޖަހަންނަމައައް.
ނޭނގުނު ވާހަކަ
22 October 2018
ގުޅިގެން އެންމެން ގުޅިގެން.
ކަރީމު
22 October 2018
ތިވާނީ އެތާނގެ ވެރިންގެ ސްޓަންޓަކަށްވެސް ވެދާނެ.
އެކޮޅުގޭ މުޙައްމަދު
21 October 2018
ޖަމާކުރަން ދާއިރު އަދަދު އެނގޭނެ ޖަަމާކުރަން ދިޔަމީހާ ހައްޔަރު ކުރޭ
ޔާނު
21 October 2018
ބެގް ބޮރޯ އޮރ ސްޓީލް ދަމަހައްޓަނީ ޒުވާނުން ޒުވާނުންގެ ސިޓީ ގައި ޒުވާނުންނަށް ޒުވާނުންގެ ވެރިޔާ ދެއްވި ފިލާވަޅުން ފިލާވަޅުލިބިގެން.
ވަގު ކަދުރު
21 October 2018
ތިޔައީ ރޭވުމަކުން ހިންގި ޖަރީމާއެއް.