ކުރީގެ ރައީސް މުހައްމަދު ނަޝީދު: އެމްޑީޕީގެ ޓިކެޓް ދޭން ޖެހޭނީ ޕްރައިމަރީއަކުން ކަމަށް ވިދާޅުވި. ފޮޓޯ: ހުސެއިން ވަހީދު/މިހާރު
06 ނޮވެމްބަރ 2018 - 10:16
އަންނަ މާޗް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީން ވާދަކުރަން ބޭނުންވާ މީހުންނަށް ޓިކެޓް ދޭން ފެންނަނީ، ޕާޓީގެ އެތެރޭގެ ޕްރައިމަރީއަކުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ނަޝީދު ކުރެއްވި ޓުވީޓެއްގައި، އެމްޑީޕީގެ ޓިކެޓް ކަށަވަރުކޮށްދޭން ޖެހޭނީ، ޕްރައިމަރީއަކުން ކަމަށް މި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންނަށް ޕްރައިމަރީއަކާ ނުލައި އެ ދާއިރާތަކުގެ ޓިކެޓް އަލުން ދިނުމަށް ކޯލިޝަން ލީޑަރުން އެއްބަސްވި މައްސަލަ ބޮޑުވެފައި ވަނިކޮށެވެ. އެ މެމްބަރުންނާ އެކު ނަޝީދު އިއްޔެ ބޭއްވެވި ބައްދަލުވުމުގައި، ވެސް ޕްރައިމަރީއަކާ ނުލައި ޓިކެޓް ލިބޭން ޖެހޭކަމަށް ދެކެވަޑައިގެން އެ މެމްބަރުން ވާހަކަ ދެއްކެވި އެވެ.
ނަޝީދުގެ ވާހަކަފުޅުން، އެގޮތަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ޔަގީންކަން ލިބިވަޑައިގަތް ކަމަށް ބައެއް މެމްބަރުން ވިދާޅުވަމުން ގެންދަވަނިކޮށް، އެ މަނިކުފާނު މިއަދު ވަނީ އެމްޑީޕީގެ ޓިކެޓް ދޭނެ ފަރާތްތައް ކަނޑައެޅުމުގައި އެމްޑީޕީގެ އުސޫލަކަށް ވާންޖެހޭނީ ޕްރައިމަރީ ކަމަށް ވިދާޅުވެފަ އެވެ.
MDP hingumugai party ge ethereyge democracy varah muhinmu. Dhunieyge varah madhu siyaasee party ehga parliament gondee ge ticket dhinumah primary eh baavvanee. Miee faidha aai gellun huri kamehkan MDP thajuribaa kohfi. Ehenas, dhenves MDP ticket dheyn fennanee primary akah fahu
— Mohamed Nasheed (@MohamedNasheed) November 6, 2018
ނަޝީދުގެ ޓުވީޓް.
ނަޝީދު ވިދާޅުވީ އެމްޑީޕީ ހިންގުމުގައި ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ވަރަށް މުހިއްމު ކަމަށެވެ. އެ އުސޫލަށް ތާއީދު ކުރައްވަމުން، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވާދަކުރާ، މެމްބަރުންނަށް ޓިކެޓް ދޭން ޕްރައިމަރީ ބާއްވަނީ ދުނިޔޭގައި ވެސް ވަރަށް މަދު ސިޔާސީ ޕާޓީތަކުން ކަން ފާހަގަކުރެއްވި އެވެ.
"މިއީ، ފައިދާ އާއި ގެއްލުން ހުރި ކަމެއް ކަން އެމްޑީޕީން ތަޖުރިބާކޮށްފިން. އެހެނަސް ދެން ވެސް އެމްޑީޕީގެ ޓިކެޓް ދޭން ފެންނަނީ ޕްރައިމަރީއަކަށް ފަހު،" ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭން ޖެހެނީ، އިންސާފުން ބޭރުން ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިގެން، އެ މެމްބަރުންގެ ދާއިރާތައް ތަމްސީލު ނުކުރެވި ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް ހޭދަވުމުން ކަމަށް އޭގެ ތެރެއިން ބައެއް މެމްބަރުން ދެކެ އެވެ. މި ކަންބޮޑުވުން، އިދިކޮޅު ސިޔާސީ ލީޑަރުންނަށް ވެސް ހުށަހަޅައި، މަޝްވަރާކޮށްފައިވާ ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ.
އެކަމަކު ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭން ލީޑަރުން އެއްބަސްވި ކަމަށް ދޭހަވާ މޭރަމަކުން މިހާތަނަށް ވާހަކަފުޅު ދެއްކެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ.
އެ މަނިކުފާނު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި އަންނަ މާޗް މަހު ބާއްވާ މަޖިލީހުގެ އިންތިޚާބަށް ޕްރައިމަރީއަކާ ނުލައި ކުރިމަތިލާން އެ މެމްބަރުންނަށް އެހީތެރިވެދޭން އިދިކޮޅު ކޯލިޝަންގެ ހުރިހާ ފަރާތްތަކަކުން ކުރިންސުރެ ވަނީ އެއްބަސްވެފަ އެވެ. އެ މެމްބަރުންގެ ތެރޭގައި، ގިނައީ މައުމޫންގެ ޕާޓީ، ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންނެވެ.
މަޖިލީހުގެ އިންތިޚާބުގެ ޓިކެޓް، ޕްރައިމަރީއަކާ ނުލައި އެއްވެސް މީހަކަށް ދިނުމާ ދެކޮޅަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި އަޑުއުފުލަމުންނެވެ. ވާދަކުރުމެއް ނެތި، ޓިކެޓް ކަށަވަރުކޮށް ދިނުމަކީ ޑިމޮކްރަސީއާ ބީރައްޓެހި ސިފައެއް ކަމަށް ބުނެ، އެ މަގަށް މަޖިލީސް އިންތިޚާބުގެ ޓިކެޓް ދިނުމުގެ ކަންކަން ނުގެންދަން ވެސް ސޯޝަލް މީޑިއާގައި އާއްމުން ދަނީ ގޮވާލަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުފެންނަތާކިހާ
21 November 2018
ކޯލިޝަން ހެދީ ހުރިހާ ޕާޓީތަކުގެ ވެރިންނާ ގިނަ ބައެއްގެ ދިރިދުނިޔެ އުޅުން ސަލާމަތް ކުރަން ! މިހާރު ހުރިހާ ލީޑަރުން ސަލާމް ވެއްޖެ ! ދެން އޮތް ހުރިހާ އިންތިޚާބަކަށް ކޯލިޝަން ހަދާކަށް ނުޖެހޭ ! ބިރެއްނެތި ވޯޓް ލައިގެން އެންމެގިނަ މީހުން ތާއީދު އޮތް ޕާޓީ އަކަށް ގޮޑި ލިބުނީމާ އެނިމުނީ ! އިންސާފު އޮތިއްޔާ އެމްޑީޕީ ކުރި ހޯދާނެ ! ކޯޓަށް ވައްދައިގެން ދެބުރު ތިންބުރު ބޭއްވީ ކުރިން އެމްޑީޕީ މޮޅުވާތީ ސަދޫމް ނިންމުން ތަކުން.
joone
06 November 2018
އަނެއްކާ ތިހެން ކިޔާފައި ޓިކެޓް ދޭން ބޭނުންވާ މީހާ އާއި ދެކޮޅަށް "ބުޅަލެއް"ނުނެރެއްޗޭ
ޒައިދު
06 November 2018
ނަޝީދު އެ ވިދާޅުވީ ސަތޭކަ ޕަސެންޓް ތެދެއް. އެމީހުންނަށް ގޮނޑިއެއް ނުގެއްލޭ،، ހުރިހާ މުސާރަޔާ އެލަވަންސް ހަމައަށް ލިބޭނެ.. ވީމާ ކީއްވެ އެހެން ހަދަންވީ.
ޏ. މުލަކު
06 November 2018
އެ ބާރަ ގޮނޑި ދޫކޮށްލާނަމަ އެހެން ހުރިހާ ގޮނޑިތަކަށް އެމްޑީޕީ ޕްރައިމަރީ ބާއްވައި ކެނޑިޑޭޓުން ނެރުން ރަނގަޅު ގޮތަކީ. ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ބަލާއިރު އިދިކޮޅަށް ވޯޓު ލީ ރައްޔިތުންގެ %85 އަކީ އެމްޑީީޕީގެ ސަޕޯޓަރުންކަން ސިޔާސީ ކަންކަން ހިސާބުޖަހައި ބަލާ އުޅޭ ބަޔަކަށް އެނގޭނެ.
އަހުމަދުލް
06 November 2018
އެއަށްވުރެ މަސްލަހަތު ރަގަޅުވާނެ އަސާސީ ގަވާއިދަށް އިސްލާހެއް ގެނެސް ކޮންގްރެސްމަނުންމެ ގެ ވޯޓަކުން ހޮވާ ގޮތަށް ނިންމިއްޔާ.
ކްރާފްޓް
06 November 2018
ހުރިހާ ގޮނޑިތަކަށް ހުރިހާ ޕާޓީއަކުން ވަކިން ކުރިމަތިލީމާ ސިޔާސީ މަސްރަހު ދެނެގަނެވޭނީ. މާނައަކީ ޕާޓީތަކަށް ތާއީދު އޮތްވަރު. މިކަން ދަނެގެން ކޯލިޝަނުން ކުރިއަށް އެކުގަ ތިއްބަވާ. މިސާލަކަށް ތިމަރަފުށި އެމްޑީޕީ އެންމެން ވެގެން ރައީސް މައުމޫން ތަމްސީލުކުރާ ކެންޑިޑޭޓަށް ވޯޓު ދީގެން ހޮވިޔަސް އެއީ ރައީސް މައުމޫންގެ ހަގީގީ ތާއީދު އޮތް ވަރު ހާމަވާނެ ކަމެއް ނޫން. ލޯތަކަށް އޮޅުވާ އެ ލެވެނީ. ޢަމުދުން މައުމޫނަށް ތާއީދުކުރާ އެކަކުވެސް އެރަށުގަ ނެތް އިރު.
މޮޔަ މީހާ
06 November 2018
ސާބަހޭ !!! ލޮލުން ފެން އަތުވެއްޖެ !!!
ޅަބޭ
06 November 2018
ނަޝީދުގެ ސިޔާސީ ހަޔާތް ނިންމާލާނީ އެމްޑީޕީއައް ގައްދާރުވެގެން. ބަލަންތިބޭ.
ޙުސޭން
06 November 2018
ކޯލިޝަނުގައި އުޅެންޏާ އެންމެންގެ މަސްލަހަތަށް ބަލަން ޖެހޭ. އިބޫ އަދި ރައީސް ނަޝީދަކީ ހިކްމަތްތެރި ދެ ބޭފުޅުން.
ދދދދދދދ
06 November 2018
ކަލެއަށް ވީމަ ހިބައިން. އެހެން މީހެއް ވިއްޔާ ޕްރައިމަރީ. ހުރި ނުބައިކަން ދެކިބަލަ.
ބުޝް
06 November 2018
ބަރާބާރު !