ކެމްޕެއިން ޖަލްސާއެއްގައި ނިލަންދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލް ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
07 ނޮވެމްބަރ 2018 - 15:38
އިންޑިއާގެ މަސްލަހަތާ، އައްޑޫ މާ ބޮޑަށް ގުޅިފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމަކީ ގައުމީި ސަލާމަތަށް އޮތް ނުރައްކަލުގެ ސިގްނަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެ އެވެ.
ދިގު މުއްދަތަކަށް ޖަލަށް ލާފައި ހުންނަވަނިކޮށް، ބޭސްފަރުވާ އަށް ލަންޑަނަށް ފޮނުވުމުން، އެނބުރި ރާއްޖެ ވަޑައިނުގެން އަމިއްލަ އަށް އަރުވާލެއްވިގެން ތިން އަހަރު ބޭރުގައި ދިރިއުޅުއްވުމަށް ފަހު، މިދިޔަ ހަފުތާގައި މާލެ ވަޑައިގެންނެވި ނަޝީދު މިހާރު ހުންނެވީ އައްޑޫގަ އެވެ.
އައްޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވެފައި ވަނީ އައްޑޫގައި އުޅޭ މީހުންނަކީ ރާއްޖޭގެ މަސްލަހަތާ ހަމައެކަނި ގުޅިފައިވާ ބައެއް ނޫން ކަމަށާއި އެއާ އެކު އިންޑިއާގެ މަސްލަހަތާ ވެސް މާ ބޮޑަށް ގުޅިފައިވާ ބައެއް ކަމަށެވެ.
Addu rayyithunah othee dharaafa, iskan dheynee tharahgee ah: Nasheed
The most trusted news source in the Maldives
Mihaaru
އިންޑިއާގެ މަސްލަހަތާ، އައްޑޫ މާބޮޑަށް ގުޅިފައިވާ ކަމަށް ވިދާޅުވެ ނަޝީދު ދެއްކެވި ވާހަކަފުޅު.
ނަޝީދު މިއަދު އެމަނިކުފާނު އޮފީހެއް ހިތަދޫގައި ހުޅުވަނީ. --- ފޮޓޯ: އެމްޑީޕީ
މި ވާހަކަފުޅަށް ރައްދު ދެއްވައި، ޚަލީލް ވިދާޅުވީ އެއީ ވަރަށް ނުރައްކާތެރި ނަތީޖާއެއް ނުކުންނާނެ ވާހަކަފުޅެއް ކަމަށެވެ. އެއީ، ކޮން މަގްސަދެއް ހާސިލްކުރަން ދެއްކެވި ވާހަކައެއްތޯ ތަހުގީގު ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
India ge maslahathai Addu maabodah gulhifaivaakamah Nasheed vidhaalhuvumakee Qaumee salaamathah oi nurakkalehge signal. Miee varah nurakkaatheri natheeja eh nukumedhaane vaahakaeh. Kon magsadheh haasil kurumah dhekki vaahaka ehtho dhaulathun thahqeeq kuranjehey! 1/2 pic.twitter.com/zG4MRmDqu1
— Dr. Abdulla Khaleel 🌐 (@abkhaleel) November 7, 2018
ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވައި ޚަލީލް ކުރެއްވި ޓުވީޓް.
އޭނާ ވިދާޅުވި ގޮތުގައި، އިންޑިއާ އާއި އައްޑޫ ގުޅުވައި ނަޝީދު އެ ވިދާޅުވީ މި މަހު 17ގައި އުފެދޭ، ސަރުކާރުގެ ސިޔާސަތުތޯ ނުވަތަ ނޫންތޯ ވެސް ސާފުކޮށްދޭން ޖެހެ އެވެ.
"އަޅުގަނޑަށް ފެންނަނީ، އިންތިޚާބީ ރައީސް [އިބްރާހިމް މުހައްމަދު ސޯލިހް]ގެ މައްޗަށް ނަޝީދުގެ ނުފޫޒު އިންތިހާ އަށް ބޮޑު ކަމަށް،" ޚަލީލް ވިދާޅުވި އެވެ.
Addu meehunnakee hama ekani raajjeyge maslahathaa gulhifa vaa baeh noon kamashaai, India ge maslahathaa gulhifa vaa baekkamah miadhu Nasheed vidhaalhuvi. Miee biruveri vaahaka eh. Addu meeheh alhugandakee ves. Addu meehun Indiage maslahathaa gulhenee kon githakun baa? @foreignMV pic.twitter.com/udFTmNYl8Z
— Mohamed Bushry (@modebush) November 6, 2018
ޚަލީލްގެ އިތުރުން ވެސް ނަޝީދުގެ އެ ވާހަކަފުޅަށް ބައެއް މީހުން ސޯޝަލް މީޑިއާގައި ފާޑުކިޔާފައިވެ އެވެ.
ނަޝީދުގެ ވާހަކަފުޅަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ޚަލީލް ވިދާޅުވި އިރު، ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި، އިދިކޮޅު ޕާޓީތަކާ ގުޅިގެން އިންޑިއާ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާ މިންވަރަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ޕީޕީއެމުން ތުހުމަތު ކުރި އެވެ. އަދި އޭގެ އިތުރުން، އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިޚާބު އޮޅުވައިލުމުގެ ފަހަތުގައި ވެސް އިންޑިއާ ދައުރެއް ކުޅުނު ކަމަށް ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ވަނީ ތުހުމަތު ކުރައްވައިފަ އެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި، ސައޫދީ އަރަބިއްޔާ އާއި ޗައިނާއާ އެކު ރާއްޖޭން އުފެއްދި ގާތް ގުޅުމާއެކު އިންޑިއާގެ ނުރުހުން އަމާޒުވި އެވެ. ރާއްޖެ އާއި އިންޑިއާގެ ޒަމާންވީ ގުޅުން އަލުން އިއާދަކުރާނެ ކަމަށް ކޯލިޝަން ސަރުކާރުގެ އިސް ވެރިން ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފުއް
08 November 2018
އޭނަ އެކަހަލަ ހަމަނުޖެހޭ އެއްޗެހި ކިޔާނެ މިދުވަސްކޮޅު. އަދި މަޑުކޮށްލާ ރާއްޖެއައިސް ގެއަށްވެސް ނުވަދެ އެއުޅެނީ ވަގުތު ފާއިތުވުމުގެ ކުރިން ހުރިހާ އަތޮޅަކަށް ދެވޭތޯ މާކަ ބޮޑު ޔަގީން ކަމެއްނެތް ދެންވާނެ ގޮތަކާމެދު
ެއެމްސް
08 November 2018
މިވެސް ޢާއްމުކޮށް އަދުރޭ ދައްކާ ކަހަލަ ވާހަކަ ދައްކާ މީހެއް
ކުޑީ ޝާފިއު 1797
08 November 2018
ޚަލީލު އަކީ ޕީ ޕީ ކުދިންގެ ފަޚުރެއް
ކޮލެޖު ބޯއި
08 November 2018
ދަރަނި ބޮޑުކޮށްގެން ވެސް އޮތީ ޗައިނާ އަށް ސިޔާދަތު ވިއްކާލާފައެވެ. އެހެންވީމަ ސިޔާދަތުގެ ވާހަކަ ނުދައްކަމާ.
ކުރޮޅިކަތީބް
08 November 2018
ޑރ. ޢިޔާސް ބުނީ ވާދަވެިކަން ދޫކޮށްފަ އިންތިޚާބީ ރައީސަށާއި ނައިބުރައީސަށް އެއްބާރުލުން ދޭށޯ ،، ޢިޔާސްމެން މިސރުކާރަށް ސީދާ ދެކޮޅުވެރިވެ ޤައުމަށް ޢައްދާރުވާ ބަޔަކަށް އެއްބާރުލުން ދީގެންތިތިބީ.. ކަނާތުންކުރާ ކަމެއް ވާތަށް ނޭގޭވަރުގެ ބަޔަކަށް ކިހެނެތް އެއްބާރުލުންދޭނީ. ލލލލލ
އަޙުމަދު
08 November 2018
ބަލަ ޚަލީލު. ޔާމީނު ސަރުކާރު ގައި ޗައިނާ އާއި ސައުދީވަރެއް ނެތިގެން ކަލޯމެން އުޅުނުދުވަސް މާޒީވެ ހިނގައްޖެ، ޗައިނާއަކުން ހަކުރެއްވެސް ނުގެނެވުނު. ތިވެރިންގެ ސަރުކާރުގަ ތަހޫގީކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި. ފ.ހިމިތީ ސައުދީއަށް ވިއްކާލަން އުޅުނީ ކޮންބައެއްތޯއެވެ.؟ އެރަށް ވިއްކާލުމަށްޓަކާ ޤާނޫނު ބަދަލުކުރުމުގެ މަސައްކަތަށް ފޮނުވި ފައިސާކޮޅު ބަހައިގެން ޚަލީލަކަށް ހަމަ ކަންފުޅެއްވެސް ނުވޭތޯއެވެ؟
ފުއް
08 November 2018
ކޮބާތަ ތަފާތަކީ ތިއިން އެއްވެސް ބަޔަކީ އެއްބަޑުއެއްބަފާ ބައެއްނޫން. އަމިއްލަ އެދުމާއިގެން އުޅޭނީ. ރައްޔިތުންނަށް ވާރިތަވާ އެއްޗެއް ދީފަދާ ރައީސެއް ރަނގަޅީ. އެމެރިކާ އާއި ރާއްޖެ އެއްވަރު ކުރުމުގެ ހުވަފެން ދައްކާ ސޮނިބެއެއްނޫން
ޑރ.ޒަންޖަބީލު
08 November 2018
ނަޝީދު ވިދާޅުވީ ތެދުވާހަކައެއް އައްޑޫ އަކީ ދުނިޔޭގެ ހުރިހާދިމާލަކުންވެސް އެދިމާލަކަށް ދުރުމީ އަޅައަޅާ ތިބޭތަނެއް! އެތަނުގެ އަގު ވަޒަން ނުކުރެވެނީ މާލޭ ސަރުކާރަށް.
އަބްދުﷲނާފިޒް
08 November 2018
ކްލާސް މޭޓް ޑޮކްޓަރު ޚަލީލު, ދެން މަސްލަހަތު އޮންނަންވީ ޗައިނާ ބޭބެމެނާތޯ, ތިންބިލިއަން ޑޮލަރެއްގެ ވާހަކަ އެބަދައްކާ, ބުރިޖު އަޅަން ނެގިލޯނު ހާދަމަތީގަ މިއުޅެނީ.
ބަރުބާދު
08 November 2018
3 ބިލިއަން ޑޮލަރެއްގެ ވާހަކަ ދެކެވެނީ ތިގޭތެރޭގަތޯ؟. އެހެންމިއަހާލީ ފިނޭންސް މިނިސްޓްރީއައްވެސް ނޭގޭކަމެއް ތިބޭފުޅާއައް އެގޭތީ.
މަ މިއު މަ
08 November 2018
އަންނި އެހެން އެ ބުނީ ކީއްވެބާ؟
ބަރުބާދު
08 November 2018
އަންނި އެގޮތައް އަނގަތަޅަން ދޫކޮއްލުން އެއީ މިވެރިކަމުގެވެސް ހަލާކު،
އަހުމަދުބެ
08 November 2018
ޚަލީލު މިރާއްޖެއަކީ ދުނިޔޭގެ އެތައްގައުމެއްގެ މަސްލަހަތާ ގުޅިފައޮތް ގައުމެއް. އެހެންވީމާ ޗައިނާއިން ސިއްރިޔާތުގަ އެތަައް ބިލިޔަން ޑޮލަރެއް ތިނެގުނީ. އަދި ޕީޕީއެމް މަޖިލިސް މެމްބަރުންގެ މަސްލަހަތު ޔާމީންއާ އެވަރަށްއޮތީ ކީއްވެތޯ. ބޭސްފަރުވާއަށް ނުފޮނުވާނަމޭ ބުނަމުން ދިޔަ އަދީބު ދޫކޮށްލަން ކުއްލިޔަކަށް ގޮވަންފެށީ. މީކަންބޮޑުވާންޖެހޭ މަސްލަހަތެއް ނޫންތަ.