ޕީޕީއެމްގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ. --- ފޮޓޯ: މަޖިލިސް
03 ޑިސެމްބަރ 2018 - 12:03
ކޮރަޕްޝަންގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދުމަށް އުފެއްދި ދެ ކޮމިޝަންގެ ބޭނުމަކީ ސިޔާސީ ވަކި ބޭނުންތަކެއް ހާސިލް ކުރުން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން މިއަދު ސަރުކާޜަށް ފާޑު ވިދާޅުވެއްޖެ އެވެ.
"ދައުލަތުގެ ފައިސާ އާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ ބިލް" އަށް ބަހުސް ކުރެއްވި ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ ބިލަށް ބަލާއިރު، ފެންނަނީ ވަކި މަގްސަދެއް ހާސިލް ކުރުމުގެ ބޭނުމުގައި ހުށަހެޅި ބިލެއް ކަމަށެވެ. ބިލުގައި ޖަހާފައި އޮތް ތާރީހަކީ އެކަމުގެ ވަރަށް ބޮޑު ހެއްކެއް ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ.
ބިލްގައިވާ ގޮތުން ކޮރަޕްޝަންގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ދެ ކޮމިޝަންގެ އިޖުރާއާތުތައް ހިނގާނީ ޖެނުއަރީ 1، 2012 އިން ނޮވެމްބަރު 17، 2018ގެ ނިޔަލަށެވެ. އަލަށް އެކުލަވައިލި މި ދެ ކޮމިޝަނަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރުގެ އިތުރުން ޖިނާއީ ކުށް ތަހުގީގު ކުރުމުގެ ބާރު ލިބިފައިވާ އިދާރާއެކެވެ.
ޚަލީލް ވިދާޅުވީ ކުއްލިއަކަށް މަޖިލީހަށް ބިލެއް ވައްދައިގެން ކުރަން އުޅެނީ ކީއްތޯ އުފެދޭ ސުވާލަށް ޖަވާބު ދޭން ޖެހޭ ކަމަށެވެ. ދެ މަސް ދުވަހުގެ ތެރޭގައި ޝަރީއަތް ހިންގައި ޖަލަށް ލެވޭ ގޮތަށް ބިލް ބައްޓަންކޮށްފައި އޮތީ، އަންނަ އަހަރު މާޗު މަހު އޮންނަ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވަން ނިންމެވި ހަރުދަނާ ޝަހްސިއްޔަތުތަކަކަށް އަދަބު ދިނުމުގެ މަގްސަދުގައި ކަމަށް އަޑު އިވިވަޑައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.
"އަނިޔާވެރިކަން ނުގެންނާނެ ކަމަށް ބުނެ، ކޮރަޕްޝަން ނުހިންގާނެ ކަމަށް ބުނެ އައި ކަމަށް ބުނާ ސަރުކާރުން އިންތިހާ އަށް އަނިޔާވެރިކަން އިސް ކުރާ މަންޒަރު ފެންނަނީ. ފެނިގެން މި ދަނީ މިހާރު އޮތް އިދިކޮޅު ފަރާތްތަކުގެ އަޑު ފަނޑުކޮށްލުމަށް ކުރާ މަސައްކަތެއް،" ހަލީލް ވިދާޅުވި އެވެ.
ޚަލީލް ވިދާޅުވީ 2012 ވަނަ އަހަރުގެ ކުރިން، ވެސް އެތައް ބަޔަކު މަރާލާފައިވާ އިރު، އެ މީހުންގެ މަރުގެ މައްސަލަތައް ވެސް ތަހުގީގުކޮށް، ޒިންމާވާން ޖެހޭ މީހުންނާ ދޭތެރޭ ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އެހެންވެ، ބިލް ފާސް ކުރާ އިރު، މިހާރު އޮތް ތާރީޚު ބަދަލު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ ނައިބު ލީޑަރު، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ވަކި ތާރީހެއްގައި ހިނގާފައި ހުރި ކަންކަން ބަލަން ބިލްގައި ހިމަނާފައި އޮތީމަ، ބިލް ހުށަހެޅި ފަރާތުގެ އިހްލާސްތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި މިއީ މަޖިލީހަށް ބަޔަކު އަންނަން އުޅޭތީ އެ މީހުން ހައްޔަރު ކުރަން ހުށަހެޅި ބިލެއް ކަމަށް ވެސް ވިދާޅުވި އެވެ.
"ބިލް ހުށަހެޅުމުގެ މައިގަނޑު އެއް ބޭނުމެއްގެ ގޮތުގައި އަޅުގަނޑު ގަބޫލު ކުރަނީ ރާއްޖޭގައި އުފެދިފައި ހުރި މިނިވަން މުއައްސަސާތަކަށް އިތުބާރު ނުކުރުން. ފުލުހުންނަށް ވެސް އިތުބާރު ނުކުރަނީ. އެހެން މުއައްސަސާތަކަށް ވެސް އިތުބާރު ނުކުރަނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮމިޝަންތަކަށް އައްޔަންކޮށްފައި ވަނީ ވެރިކަން ކުރާ "ޕާޓީ ކުދިންކޮޅެކެވެ."
އަބްދުއްރަހީމް ވަނީ ކޮރަޕްޝަންގެ މައްސަލަތައް ބަލަން އުފެއްދި ކޮމިޓީން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހިނގި ހިޔާނާތުގެ މައްސަލަތައް ނުބަލާތީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އަދި ސަރުކާރުގެ އިހްލާސްތެރި ކަމެއް ނެތް އިރު، ރާއްޖެ ދަތުރު ކުރަނީ ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް ކަމަށާއި ރާއްޖެ ދަނީ އަނިޔާވެރިކަމާ ދިމާލަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މިބިލް ހުށަހަޅާފައި އޮތީ ގާނޫނުއަސާސީއާ ހިލާފަށެވެ. ގާނޫނުއަސާސީގައި މީހުންގެ މައްސަލަތައް ތަހުގީގުކޮށް، ހައްޔަރުކުރެވޭނެ ގޮތްތައް ބަޔާންކޮށްފައި އޮއްވައި، މިނިވަން މުއައްސަސާތައް ދޫކޮށްލާފައި "ޕާޓީ ކުދިންކޮޅެއް ގޮވައިގެން" މިކަން ކުރަނީ ކީއްވެތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަބްދުﷲނާފިޒް
05 December 2018
ދެ ކޮމިޝަނެއް އުފެއްދީ ސިޔާސީ ބޭނުމެއްގައި: ޕީޕީއެމް، އެހެންވިއްޔާ ސަރުކާރުގެ ހުރިހާ ވަސީލަތެއް ބޭނުން ކޮށްގެން އެކަން ހުއްޓުވަން ވީނޫންތޯ އަދުރޭ.
ާހަނު ހުންނަ މީހާ
03 December 2018
ހަމަސީދާ ސިޔާސީ ބޭނުމަކަށް، ދެން ކީއްކުރެވޭނީ. އަޅެ ގަދަބަސް ބުނެލަބަލަ. އިރެއްދިޔަ ތިޔަ އަދުރޭ ގައުމަށްވުރެ ބޮޑުކަމަށް ދެއްކެން އުޅުނު. މިހާރު ތިހިރީ ސައިޒުވެފައި ރޮވިފަ.
ވޯލް
03 December 2018
ޑރ. ކޮމިޝަންއިންވެސް ބަލާގެން އަދަބު ލިބޭނީ ކަމެއް ގޯސްކޮށްކޮށްފައި އޮތީމަދޯ. މިހާރު ޤާނޫނުތައް ހުރިގޮތުން ކަލޭމެން ހިންގާފައިވަ ކަންކަން ބެލެނީ ޤާނޫނު ބަދަލުކޮށްގެން.
ފެންވަރު
03 December 2018
އޭސީސީ އާއި ޕޮލިސް ސާފުކުރޭ. ބާރުވެރިކުރޭ. މަސްއޫލިއްޔަތު އަދާނުކުރި ފަރާތްތައް ޖަވާބުދާރީކުރުވާ. ބޭކާރު ޚަރަދުކުރާނެ ކަމެއް ނެތް! ތިޔަ ކަންކަން ކުރެވޭނެ ގޮތް އޮތީ ޤާނޫނުއަސާސީގަ ކަނޑައަޅާފަ. ޤާނޫނުތައް ފުށުނާރާގޮތަށް ކަންކުރޭ. އޭރުން އިދިކޮޅު ފަރާތްތަކަށްވެސް ކިޔޭނެ އެއްޗެއް ނޯންނާނެ.
އާދަންބެ
03 December 2018
އެންމެ ފުރަތަމަ ތަހުޤީގު ކުރަންވީ އަދުރޭ، އެގަތް 2 ފުލެޓުވެސް، ސޯސަން އިސްޓޯރުވެސް
ޙައްގުބަސް
03 December 2018
ކޮބާ އަލީ ވަޙީދު ހުޅުމާލެއިން ގަތް ގޯއްޗާއި މާލެއިން ގަތް ބިމުގެ މައްސަލަ؟ އެކަންވެސް ބަލަންވާނެ އަދުރޭގެ ކޭސް އާއެކު!
ނޮރޯދަރިލ
03 December 2018
ޢަދުރޭމެން ކަންތައްތައް ފޮރުވަން އެޅިހާ ފަސްތައް ނަގައި ސާފުކުރަން ހެދި ކޮމިޝަނެއްމީ... ޢަދި ވައަތު ފަތައް ބަރުކުރަން ހެދިހާ ދޮގުތައް ހާމަކުރަން ހެދި ކޮމިޝަނެއް
އިބިރިހިންބެއްޔާ
03 December 2018
އާދުރޭވިޔަސް އެދުރޭވިޔަސް ހެޔޮބަހެއްނަމަ ވާނީ ހެޔޮ އެއްޗަކަށް. ގާނޫނީގޮތުން ހުރަހެއް ނެތިއްޔާ ވޭތުވެދިޔަ 10 އަހަރު ނޫނީ 15 އަހަރު ނޫނީ 20 އަހަރަށް ހަދަން ފެނޭ. ވަކި ޑޭޓަކުން ވަކިޑޭކަށް ވީމަ ސުވާލު އުފެދޭ. ކޮންމެމީހަކު ކެޔަސް/ އެރިޔަސް ގެއްލިފައިވާ ރައްޔިތުންގެ ފައިސާ އަދި މީހުންގެ ޙައްޤު އެއީ ބެލެން އަދި ލިބެން ޖެހޭ އެއްޗެއް.
ކޮކްޓެއިލްރައީސް
05 December 2018
މެމްބަރުންގެ ގޮނޑި ގެއްލުން ވަކި ތާރީޚަކުން ފެށިގެން ލައިން ކުރޮސްކުރާ މެމްބަރުންގެ އެކަނި ގޮނޑި ގެއްލޭ ގޮތަށް ފާސްކުރީމަ ހަމަ އެއްވެސް ސުވާލެއް ނުއުފެދޭ އުތަ.
ވަގުފޯބިއާ
03 December 2018
ކޮންކަމަކާބިރުން އުޅެންވީ. މިސްކިތްހުޅުޖެހިމީހާ އުޅުނުހެން ކުށެއްނެތްމީހަކު ނޫޅޭނެ. ކޮމެޓީހެސްކިޔާހދާބަލަންވީ. މަސްލަހަތަށްޓކައޭބުނެ މައްސަލަނުބަލާނަމަ ކޮންމެސަރުކާރަކުން ގައުމު ކާލާދިރުވާލަންވީ.
އަހަންމަދޭ
03 December 2018
މަގު ހިމަ 12 ގަނޑު ޓިނު ކޮންތާކުން އެންމެ އަގުހެޔޮކޮށް ލިބޭނީ
ހާސަރު
03 December 2018
އަދުރޭމެން ތިބުނާ ހަރުދަނާ ޝަހުސިއްޔަތު ތަކުގެ ކިބައިގާ ކޮރަޕްޝަންގެ މައްސަލަ ނެތިއްޔާ ހައްޔަރެއް ނުވާނެދޯ އެހެންވީމަ ކީއްވެ ކަންބޮޑުވާންވީ!؟ ބޮޑެތި ވައްކަންތަކުގެ ތުހުމަތު ކުރެވިފަ ތިބި މީހުން ސާފުވާނީވެސް ކަންތައްތައް ބަލާނިންމީމަދޯ. އަދުރޭވެސް މައްސަލަ އެއް ނެތް ނަމަ ފުއްޕާފަ ބުނަންޖެހޭނީ އަވަހަށް ތިޔަތަންތަން ހަދާ އަހަރެމެން ކްލީން ކަން ސާބިތުކޮށްދޭށޭދޯ.
ޏަމްނާ
03 December 2018
މީ ހަމަ ސަންސެޓު ގާނޫނު... ކުރީގެ މައްސަލަތައްވެސް ބެލެންވާނެ..