ފައިސަލް ރައީސްއާ އެކު: ލަންކާގައި ހުންނަ ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑާ ކަމަށް އޭނާ ވަނީ އައްޔަން ކޮށްފައި --ފޮޓޯ/ސޯޝަލް މީޑިއާ
23 ޑިސެމްބަރ 2018 - 17:12
ސްރީލަންކާ އަށް ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރުގެ ނައިބަކަށް މުހައްމަދު ފައިސަލް އައްޔަންކޮށްފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ރިފޯމް މޫވްމަންޓްގައި އިސްކޮށް ހަރަކާތްތެރިވާ ފައިސަލް ލަންކާގައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑާގެ މަގާމަށް އައްޔަންކުރީ މިއަދެވެ.
ގެސްޓްހައުސް އެސޯސިއޭޝަންގެ ނައިބު ރައީސަކަށް މިހާރު ވެސް ހުންނެވި ފައިސަލް ވަނީ ކުރިން ސާކްގެ ޗެމްބާ އޮފް ކޮމާސްގެ އެގްޒެކެޓިވް ކޮމެޓީގެ މެމްބަރު ކަމާއި މޯލްޑިވްސް ނޭޝަނަލް ކޮންސްޓްރަކްޝަން ޑިވެލޮޕްމަންޓް ބޯޑްގެ މެމްބަރު ކަމާއި ތައުލީމީ ފަންޑުގެ މެމްބަރު ކަން ވެސް ކުރައްވައިފަ އެވެ.
ލަންކާގައި ހުންނަ ރާއްޖޭގެ ސަފީރުގެ ނައިބަކަށް ފައިސަލް އައްޔަން ކުރިއިރު، ލަންކާގައި ހުންނަ ރާއްޖޭގެ ސަފީރުގެ މަގާމަށް އުމަރު ރައްޒާގު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިހާރު ވަނީ ރުހުން ދީފަ އެވެ. އެކަމަކު އެ މަގާމުގެ ފަތްކޮޅު އޭނާއަށް އަދި ނާރުވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލިލީމާ
24 December 2018
ކޮންގްރާ ފައި....ލަންކާ އަށް ގޮސްފައި ގުޅާނަން...
ޝާކިރު
24 December 2018
ފައިސަލް އަށް ވަރަށް މަރުހަބާ! ސިޔާސީ ގޮތުން ވަރަށް ތެދުވެރި، ރައްޔިތުންގެ ހައްގުގައި އަބަދުވެސް ސޯޝަލް މީޑިޔާގައި ވަކާލާތް ކުރައްވާ ބޭފުޅެއް.
ޒިހާން އަލީ
24 December 2018
ފައިސަލް އަކީ ވަރަށް ގާބިލް ބޭފުޅެއް. ރައީސްގެ ޗޮއިސް ވަރަށް ރަނގަޅު މިކަމުގައި. އިންތިހާބުގައި ވަރަށް މަސައްކަތް ކުރި.
ހިރަސް
23 December 2018
ދިސް ކޮމްޕްލީޓްސް ދަ ޖޯކް!!!!!!!!!!
އިދުހާމު
23 December 2018
ގާބިލު ނޫނަސް ކޭކުން ބަޔެއްދީ ނިންމާލާ!
ބަބުރަންޖީ ހާޖީ
23 December 2018
އެއްޒަމާނެއްގާ ދިޔަ ވަހީދުންގެ ސަރުކާރެއް. މިއަދު މީ ފައިސަލުންގެ ސަރުކާރު.
Feekalha
23 December 2018
މަރުހަބާ