ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ހިނގަމުން ދަނީ. --- ފޮޓޯ: މަޖިލިސް
04 މާޗް 2019 - 13:40
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިންތިޚާބުތަކުގައި ބޭނުންކުރާ ވޯޓު ކަރުދާސްތަކުގައި އެއްޗަކުން ކުރަހައި ނުވަތަ ލިޔެފި ނަމަ، އެ ވޯޓު ކަރުދާހެއް ބާތިލްވާ ގޮތަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.
ސ. ހުޅުދޫ ދާއިރާގެ މެމްބަރު ޕީޕީއެމްގެ މެމްބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި ބިލް ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 53 މެމްބަރުންގެ އިއްތިފާގުންނެވެ.
އިންތިޚާބުތަކުގައި ބޭނުންކުރާ ވޯޓު ކަރުދާސްތަކުގައި ކުރެހުމެއް ނުވަތަ ލިޔުމެއް ހުރެއްޖެ ނަމަ، އެ ކަރުދާހެއް ބާތިލްވާ ގޮތަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމަށް އެކި ފަހަރު މަތިން މަޖިލިހަށް ހުށަހެޅި ނަމަވެސް މެމްބަރުން އެގޮތަށް ފާސް ކުރަން އޭރު ބޭނުމެއް ނުވި އެވެ.
ޝާހިދު ބިލް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ވަނީ ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން ވޯޓުދޭ ފަރާތް އެނގޭނެހެން އިތުރު އެހެން ފާހަގަ ޖަހައި ނުވަތަ ކުރަހާފައި ހުންނާތީ ވޯޓު ދިން މީހާގެ ސިއްރުކަން ގެއްލޭ ހާލަތްތައް މެދުވެރިވުމެވެ.
އެހެންވެ، ކަރުދާހުގައި ކުރަހާ ނަމަ ވޯޓު ބާތިލްވާ ގޮތަށް އޮތުމަކީ ގާނޫނުއަސާސީ އާއި އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެމީހަކު ލާ ވޯޓަކީ ސިއްރު ވޯޓެއްގެ ގޮތުގައި ކަށަވަރު ކުރަން ކަމަށް ވެސް ޝާހިދު ހުށަހެޅުއްވި ބިލްގައިވެ އެވެ.
ޝާހިދުގެ އިސްލާހުގައިވާ ގޮތުން، ބިލަށް އަމަލު ކުރަން ފަށާނީ ރައީސް ތަސްދީގު ކުރައްވައި، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.
ޝާހިދުގެ އިސްލާހު މިއައީ، އަންނަ މަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވަމުން އަންނަނިކޮށެވެ.
ބިލަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން ވިދާޅުވީ އިންތިޚާބުތަކުގައި ބޭނުންކުރާ ވޯޓު ކަރުދާސްތަކުގައި ކުރަހައިފި ނަމަ، ވޯޓު ބާތިލްވާ ގޮތަށް ކަނޑައެޅުން މާ ލަސްވެއްޖެ ކަމަށެވެ. މިއީ، މިހާރުން މިހާރަށް ފާސް ކުރަން ޖެހޭ އިސްލާހެއް ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ. އެކަމަކު، އިންތިޚާބެއް ބޯމަތިވެފައި ވަނިކޮށް، ގާނޫނަށް އިސްލާހު ގެންނަން އުޅޭތީ ވެސް ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
މިއަދުގެ ޖަލްސާގައި ވަނީ ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމަކީ ކުށެއް ކަމަށް ކަނޑައަޅައި، ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ހުށަހެޅުއްވި ބިލް މަޖިލިހަށް ބަލައިގަނެ، ދިރާސާ ކުރަން ކޮމިޓީ އަށް ފޮނުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގގގގ
04 April 2019
އަނގޮޓި އޮންނާނެ ކުރަހަން. ބޭނުންނުވާ ހުރިހާ އެއްޗެއްގައި ކުރަހާލާފަ ބާތިލުކޮށްލީމަ އެވީ.
ވޯޓު
05 March 2019
ވޯޓަށް ވަރަށް ފަސޭހައިން މަކަރުހެދޭނެ ގޮތެއް ތި ކުރިމަތިވީ. ވޯޓު ގުނަަން ތަރުތީބު ކުރަމުންދާ ވަގުތު ބޭނުންނުވާ މީހާއަށް ލިބިފައިވާ ވޯޓު ކަރުދާހުގައި ކުރަހާލީމަ އެވޯޓު ބާތިލްވީ.
އުނބުށެން
05 March 2019
މިކަމުންވެސް ދެރަވާނީ ގޯނިގޯނީގައި ފައިސާ ބަހާމީހުންނެވެ. ފައިސާ ދިންގޮތަށް ވޯޓްދިންކަން ޕާޓީގެ އޮބްޒާވަރުންނަށް ދައްކަން ދެން ފާހަގައެއް ނުޖެހޭނެތީއެވެ. ވަކި އޮފީހަކުން ފޮނުވި އޮފިޝަލުންނާ ހަވާލުކުރަން އުޅުނު ގަލަންތުނޑުލީ އަނގޮނޓިފަދަ ތަކެތި ދެން އެއްވެސް އޮފިޝަލެއްގެ އަތުގައި ނެތްކަން މޮނިޓަރުންނާއި އޮފިޝަލުން ކަށަވަރު ކުރަންވާނެއެވެ. އަދި އިލެކްޝަނުން އޮފިޝަލުންނަށް ގުނާވަގުތު ގަލަން ގެންގުޅުން މަނާކޮށްފައިވާހެން އަނގޮނޓިވެސް މަނާކުރާށެވެ.
ހަޑިގިއްލާ
04 March 2019
މީ އެމްޑީޕީގަ ދެގޮތެއްނުވެ ދެމިހުންނަންޖެހޭ ސަބަބަކީ.... ކޮންމެ ކަމެއްގަވެސް އެމްޑީޕީއިން ގޮތްދޫކުރާނެ... ވޯޓުކަރުދާހުގަ ކުރެހުމަކީ އަބަދުވެސް ވެރިކަންކުރާ ޕާޓީއަށް އޮންނަ އެޑްވާންޓޭޖެއް... އެކަމަކު އެ އެޑްވާންޓޭޖް އެމްޑީޕީއަށް ލިބެންއޮތްފަހަރު މިހާރުގެ އިދިކޮޅަކަށް އެކަން ހަޖަމެއްނުވި...
ޝެލަރީ
04 March 2019
ހިތުން މޮޅުތަކެއް ވާނެކަމައްދޯ ހީކުރަނީ. ކުރިން ތިކަން ނުކުރީ ވެރިކަމާ ފައިސާއާއި ބާރުއޮތީމަ މަޖުބޫރުން ކޮށްގެން ޖަލްސާއަށް މީހުންގެންދިއުމާ މަޖުބޫރުން ކޮށްގެން ވޯޓް ހޯދޭނެގޮތް އޮތީމާ ދެއްތޯ؟
މަރޭމިތުރު
04 March 2019
ވޯޓުކަރުދާހަކީ ފާހަގަ ޖަހާއެއްޗެއް! ނޯޓުލިޔެ ކުރަހަން ނުވާއެއްޗެއް!......... ވޯޓައްދެވޭ ގަދަރު ވޯޓުކަރުދާހައް އޮތުމަކީ ވަރަށް ރަގަޅުގޮތެއްކަމަށް އަޅުގަނޑުވެސް ދެކެނީ. އެންމެންވެސް ވޯޓައް އިހުތިރާމްކުރަމާތޯ!
އަލީގ
04 March 2019
އިންތިހާބުތަކައް ވަންނަ ފައިސާގެ ނުފޫޒު ކުޑަކުރުމައް މިހާތަނައް އެޅުނު އެންމެ ރަނގަޅު ފިޔަވަޅުކަމައް ދެކެން. އެކަމަކު މިވަރަކުންވެސް ވޯޓު ގަނެ ވިއްކުން މުޅިން ނުހުއްޓުވޭނެކަން އެނގޭ. އަޑުއަހަން ވޯޓު ގަންނަން ފައިސާދޭމީހުން ވޯޓުލާމީހާ ވޯޓު ލުމައްފަހު މާތްވެގެންވާ ގުރްއާންގަ އަތްލާ ވޯޓުލީ މިވެނި މީހަށޭބުނެ ހުވާކުރުވާވާހަކަވެސް. މީހުންގެ ވިސްނުންހުންނަގޮތެއް ހަމަ ނޭނގެ ބޮޑުފާފައެއްކޮއްފަ އަނެއްކޮޅުން އެފާފަ ކުރިކަމައް ހުވާމިކުރަނީ.
އެހެންތޭ
04 March 2019
ތިޔާ ފާސް ކުރިއަސް މަމެން ނަށް ގޮތެއް ހުސް ނުވާނެއޭ ބުނަން މަމެން ނެތީމޭ...
މިހެންތޭ
04 March 2019
ގޮތެއް ހުހެއްނުވާނެކަން ޔަގީން. އަގޮޓިޔާ ލީވޯޓް ކަރުދާހުން ވެއްޓި ތަޅުންގަޑުން ހޮވާންޖެހުން މީ އޭގެ ހެކި. އަދި އުދުހޭ މުސައްލަވެސް އެބައޮތް
ޕާޓޭ ގެ ޑެޑީ
04 March 2019
ވަރައް ރަންގަޅު ނިންމެވުމެއްތީ. ތިކަމާ ޕީޕީ ކުދިން ވަރައް ދެރަވާނެ ނޭންގެ މިރޭ ނިދޭނެކަމެއްވެސް ދޯ