ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު. --- ފޮޓޯ: މިހާރު
07 މާޗް 2019 - 13:34
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓް ބެހުމުގައި އެންމެ ބޮޑު އިހުމާލެއްވީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކަމަށާއި އޭނާގެ މައްޗަށް ތަހުގީގެއް ހިންގަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
"ހިޔާ މަޝްރޫއު" އާއި "ގެދޮރުވެރިކުރުމުގެ މަޝްރޫއު" އަދި "ގުޅީފަޅު ހައުސިން ޕްރޮޖެކްޓް" ކުރިއަށް ގެންދިޔަ ގޮތް މުރާޖައާކޮށް، ފްލެޓް ހައްގުވާ މީހުންނަށް ފްލެޓް ލިބޭނެ ގޮތް ފަހިކޮށްދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ކޮމިޓީން ވަނީ ފްލެޓު ލިބުނު މީހުންގެ ނަންތައް ހާމަކޮށްފަ އެވެ.
ސިވިލް ސާވިސް ކެޓަގަރީ ނޫން ހުރިހާ ކެޓަރީތަކުން ފްލެޓް ލިބުނު މީހުންގެ ނަމާއި އެޑްރެހާއި އައިޑީ ކާޑު ނަންބަރު ފަދަ ހުރިހާ މައުލޫމާތެއް ހާމަކުރިއިރު، ކުރީގެ ސަރުކާރު ދިފާއު ކުރެއްވުމުގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުންނަށާއި އާއިލާތަކަށް ފްލެޓު ލިބިފައިވެ އެވެ.
ފޯމު ހުށަހަޅަން ހައުސިން މިނިސްޓްރީ ކައިރީގައި އެތައް ބަޔަކު ކިޔޫގައި. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ "އެޖެންޑާ 19" ގެ އެންމެ ބޮޑު އެއް އަމާޒަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށް ދިނުމާ އެކު، މީގެ ކުރިން ކަންކަން ހިނގާފައި ހުރި ގޮތްތަކުގެ މައްޗަށް ތަހުގީގުތަކެއް ހިންގުން ކަމަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ހިޔާ މަޝްރޫއުގެ ދަށުން 7،000 ފްލެޓު ރައްޔިތުންނަށް ބެހި ގޮތާ މެދު ވަރަށް ގިނަ މީހުން ތިބީ ކަންބޮޑުވެފަ އެވެ. ބައެއް މީހުންނަށް ފްލެޓު ހައްގުވި ނަމަވެސް، އެއްގޮތަކަށް ހައްގު ނުވާ މީހުންނަށް ވެސް ފްލެޓު ދީފައިވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޔަގީންކަން އަރުވަން ހައްގުވާ މީހަކަށް ލިބިފައިވާ ފްލެޓެއް އެއްވެސް ހާލެއްގައި ގެއްލިގެން ނުދާނެ،" --- ނަޝީދު
"ފުލުސް އޮފީހުގައި ދަންނަވަން ބޭނުން. ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން، ހާއްސަކޮށް މާލޭގެ ވަރަށް ގިނަ ރައްޔިތުން އެދޭ ފްލެޓު ބެހުމުގައި ޖަރީމާ ހިންގައި ނާޖާއިޒު ފައިދާ ނަގާފައި ހުރި މީހުން ބަލައި ތަހުގީގުކޮށް އެކަމާ ގުޅޭ ރަނގަޅު ޝަރީއަތާއި އެހެން ވެސް ގޮތް ގޮތުން އަޅަން ހުރި ފިޔަވަޅުތައް އެޅުން. އަޅުގަނޑުމެން ދެކޭ ގޮތުގައި މިނިސްޓަރު [މުއިއްޒު] ވަނީ ވަރަށް ބޮޑަށް އިހުމާލުވެފައި،" ނަޝީދު ވިދާޅުވި އެވެ.
މިސާލެއްގެ ގޮތުގައި ނެންގެވީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކާ ގުޅުން ހުރި 37 މީހަކަށް ފްލެޓު ލިބުމެވެ. ނަޝީދު އެ އިޝާރާތް ކުރެއްވި މެމްބަރަކީ ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި މަޖިލިހުގެ ނިލަންދޫ ދާއިރާގެ އަބްދުﷲ ހަލީލަށެވެ. ހަލީލްގެ އިތުރުން އެގޮތަށް ފްލެޓުތައް ދީފައި ހުރީ ކޮންކޮން ބޭފުޅުންނަށްތޯ އެމްޑީޕީން ސާފުކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ހުޅުމާލޭގައި އެންމެ ފަހުން އިމާރާތްކޮށްފައިވާ ފްލެޓްތައް ކައިރިން ބަޔަކު ހިނގާފައި ދަނީ. --ފޮޓޯ/މިހާރު
"އަޅުގަނޑުމެން ޔަގީންކަން އަރުވަން ހައްގުވާ މީހަކަށް ލިބިފައިވާ ފްލެޓެއް އެއްވެސް ހާލެއްގައި ގެއްލިގެން ނުދާނެ،" ކޮމިޓީން ކުރަމުން އަންނަ މަސައްކަތް ފާހަގަކުރައްވައި ނަޝީދު ވިދާޅުވި އެވެ.
ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުން ކަށަވަރު ކުރުމުގައި ކަނޑައެޅި މިންގަނޑުތަކާ ޚިލާފަށް އެއްވެސް މީހަކަށް ފްލެޓު ދީފައި ނުވާނެ ކަމަށް ވިދާޅުވެ، މުއިއްޒު މީގެ ކުރިން ވަނީ ފްލެޓު ކަށަވަރު މީހުން ދިފާއުކުރައްވައިފަ އެވެ.
އޭނާ ވިދާޅުވެފައި ވަނީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ލިބޭ މީހުން ކަނޑައަޅައި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ ދާއިމީ ލިސްޓުތަކުގައި، ކުރިން އިއުލާންކޮށް ނުވަތަ ޝާއިއުކޮށްފައިވާ އުސޫލަކާއި ނުވަތަ ޝަރުތަކާއި ނުވަތަ ޕޮއިންޓް ލިބޭ މިންގަނޑުތަކާ ޚިލާފަށް އެއްވެސް މީހަކު ހިމަނާފައި ނުވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލުއި
18 September 2023
މިސަރުކާރުއް މާަރަގަޅަވެސް ގޯތިދިނުމުގައި އަދިފުލެޓުދިނުމުގައި އިޙުމާލުވެފައިވަނީ ދޯ
ބިސް
18 September 2023
ރިޖެކްޓް ޖެހީމަ ނެެއްޓީތަ؟
ޝަނީޒް
18 September 2023
އަސްލު އެޖެންޑާއަށް ރުޖޫއަވަނީ! އެމް.ޑީ.ޕީގެ އަގު ވެެއްޓުނީމަ ޑްރާމާ ކުޅެނީ!
ދޮހޮއްތު
17 September 2023
ޗަރުކޭސް ކުޅޭނެކަމެއް ނެތް ރައްޔިތުން. ގޮތް ނިންމައިފޫ
ރަށުމީހާ
12 March 2019
ކޮންމެސަރުކާރަކުންވެސް ފުލެޓް ބެހީ އެމީހުންނަށްފެނުނުގޮތަކައް . ވަރަށްބޮޑައްޝުކުރިއްޔާ.
ކިނބޫ
08 March 2019
ފަނޑިޔާރަކު ވަގަށް ނެގި މައްސަލަ އަލުން.ބަލަން.ކޮމިޝަނެއް އުފެއްދުން ވަރަށް މުހިއްމު
މުރާސިލް
08 March 2019
ރިސްވަރު ދޭމީހާ ޔާ ހިފި މީހާ ކުށްވެރި ވާނމަ، އިންސާފުން ބޭރުން ފުލެޓްދިން ( މުއިޒު) ގެ ތަހުގީގު ހިންގާނަމަ ފުލެޓްހިފި މީހުންގެ ތަހުގީގުވެސް ހިންގަންޖެހޭނެ މިވރިކަމަކީ ކޮރަޕްޝަން 0 ގެ ވެރިކަމެއްވިއްޔާ
ކޮރޯނާ
08 March 2019
ކާކު ހައްޔަރު ކުރަންވީ އަންނިތަ މުއިއްޒުތަ
ހަފިޔާ
08 March 2019
ވެރިކަން ލިބުނީމަވެސް ކުރިން ހިންގާފަ ހުރި މައްސަލަތައް ބަލަން ކޮމިޝަން ހަދައިގެން އެއްވެސް ކަމެއް ނުވެ އުޅެނިކޮށް އިސްތިއުފާ ދޭންޖެހުނީ ދެންވެސް އިބޫއަށް ލިބިފަ އޮތް ވެރި ކަމުގަ ރައްޔިތުންނަށް ކަމެއް ކޮށްދެވޭތޯ ބަލާބަލަ ބޭކާރު އަގަނުތަޅުވާ
މޯޑު
08 March 2019
އިންސާފުވެރިކޮށް ފްލެޓް ދޭނެކަން ޔަޤީން ކަމުގައި ވަނީނަމަ އަލުން ފޯމް ހުށައަޅަން ހަަމަ ހުޅުވާލަން ވީ.
މޯޑު
08 March 2019
އިންސާފުވެރިކޮށް ފްލެޓް ދޭނެކަން ޔަޤީން ކަމުގައި ވަނީނަމަ އަލުން ފޯމް ހުށައަޅަން ހަަމަ ހުޅުވާލަން ވީ.