ޚަބަރު / އެމްޑީޕީ

ރައީސް ޔާމީންގެ ކެމްޕެއިން ޖަލްސާ ލައިވްކުރި މައްސަލަ އޭސީސީއަށް

ފުވައްމުލަކުގައި ބޭއްވި ރައީސް ޔާމީންގެ ކެމްޕެއިން ޖަލްސާގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވާހަކަ ދައްކަވަނީ. ރައީސް ޔާމީންގެ ކެމްޕޭން ޖަލްސާއެއް ޓީވީއެމުން ލައިވްކުރުމަކީ ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށް ފާޑުކިޔުން ވަނީ އަމާޒުކޮށްފައި.

ފުވައްމުލަކުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން ޖަލްސާ ދައުލަތުގެ މީޑިއާ، ޓީވީއެމުން ލައިވް ކުރި މައްސަލަ އިދިކޮޅު އެމްޑީޕީން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

ރައީސް ޔާމީން 2018 ނަމުގައި ބޭއްވި ޖަލްސާ ޓީވީއެމުން ލައިވްކުރި މައްސަލަ ބަލައިދޭން ހުށަހެޅީ، އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނިގޮތުގައި، ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ ދައުލަތުގެ މީޑިއާ އިން ހަމަހަމަކަމާއެކު ފުރުސަތު ނުދީ ވަކި ޕާޓީއެއް ޕްރޮމޯޓްކުރާތީ އެވެ. އެއީ، ދައުލަތުގެ މީޑިއާގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ކަމަށާއި އޭގެ ސަބަބުން ދައުލަތުގެ މީޑިއާއެއް އުފެއްދުމުގެ މަގްސަދު ގެއްލޭ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

މައްސަލަ އޭސީސީއަށް ހުށަހެޅިއިރު، ޕީއެސްއެމްގެ ތަރުޖަމާނު އަބްދުﷲ ރަމީޒް ވިދާޅުވެފައި ވަނީ ކެމްޕެއިން ޖަލްސާއެއް ލައިވްކުރުމަކީ ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށް އިދިކޮޅު ފަރާތްތަކުން ދެކުނަސް "އަޅުގަނޑުމެން އެ ގޮތަކަ ނުދެކެން" ކަމަށެވެ. ޕީއެސްއެމުން އަމަލުކުރަމުން އަންނަނީ އެތަނުގައި ކަނޑައަޅާފައި އޮންނަ އުސޫލްތަކުގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޕީއެސްއެމުން އިދިކޮޅު ފަރާތްތަކުގެ ޚަބަރު ނުގެނެސް ދީ ސަރުކާރުގެ ޕްރޮޕަގެންޑާ ފަތުރަމުންދާ ކަމަށް ބުނެ ފާޑުކިޔަމުން ދަނިކޮށް، އަބުރުގެ ގާނޫނާ ހިލާފު ކޮންޓެންޓެއް ވެސް ޕީއެސްއެމުން ވަނީ ގެނެސްދީފަ އެވެ. ހިޔާލުފާޅުކުރުމާއި މިނިވަން ނޫސްވެރިކަން ހުއްޓުވުމަށް ހެދި ގާނޫނު ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވި ރޭ ދައުލަތުގެ މީޑިއާ އިން ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދުގެ އަބުރުފުޅަށް ހުތުރުވާ ޒާތުގެ ރިޕޯޓެއް ގެނެސްދީފަ އެވެ. އެ ރިޕޯޓަށް އާއްމުންގެ ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެން ވެބްސައިޓުން ވެސް އެ ރިޕޯޓް ފަހުން ވަނީ ނަގައިފަ އެވެ.

9 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 70%
icon sad icon sad 10%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހުމަދު

12 October 2016

ކޮބާހޭ ތިބުނާ ކޮމެޓީއަކާ އަމަލު ކުރާ އުސޫލަކީ. ކޮމެޓީއެއްކަމަކު ހިތުހުރި ގޮތެއް ނުހެދޭނެ. މަގާމް މީހަކުދިނަސް ތިއީ ރައްޔިތުންގެ މުދާ. ތިދައްކާ ވާހަކަތަކަށް ފަހުން ޖަވާބުދޭންޖެހޭނެކަން ހަނދާނުގަ ބަހައްޓާތި.

The name is already taken The name is available. Register?

ވިސްނާމީހާ

31 August 2016

ސާބަސް އެމްޑީޕީގެ 3 އަހަރު ޓީވީއެމް ހިންގީ އެމްޑީޕީ ހަރުގެއިން އެނޫން ޕްރޮގްރާމެއް ނާދޭ އޭރަކު މީ ހަޤީޤަތް ބަލާހޯދާ ބަލާހޯދާ

The name is already taken The name is available. Register?

ހަސަނު

29 August 2016

ޕީއެސްއެމްއަކީ ޕީޕީއެމްގެ މީޑިއާ ގޮފި.. ޕީއެސްއެމުން އަމަލުކުރަމުން އަންނަނީ އެތަނުގައި ކަނޑައަޅާފައި އޮންނަ އުސޫލްތަކުގެ ދަށުން.. އެ އުސޫލަކީ ޕީޕީއެމް ޕްރޮމޯޓު ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއްކުރުން... މިހާރު ރައްޔިތުންގެ ފައިސާ އިން ހިންގާ ދައުލަތުގެ ހުރިހާ ތަނެއް ހިނގަނީ ގާތްގަނޑަކަށް އެ ބުނާކަހަލަ އުސޫލަކުން.. އެހެންވީމާ ޕީޕީއެމްގެ ހުރިހާ ކެމްޕޭނެއް ރައްޔިތުންގެ ފައިސާއިން ކޮށްލެވޭ.. އަދި ނުވިތާކަށް އިދިކޮޅު މީހުން ކުޜާން އުޅޭ ކަންކަން ހުއްޓުވުމަށް ވެސް ރައްޔިތުންގެ ފައިސާ ހަރަދު ކުރެވޭނ އެ އުސޫލުގެ ދަށުން....

The name is already taken The name is available. Register?

ޙުއްޓި

29 August 2016

ޢެމް.ޑީ.ޕީ ސަރުކާރާ ހަވާލުވެގެން އުޅުން ދުވަސްވަރު އެމް.އެން.ބީ.ސީންވެސް ގެނެނެސްދޭ އެމް.ޑީ.ޕީ ގެ ސިޔާސީ ހަރަކާތްތައް ބުނަންމިއުޅެނީ ޕީޕީ.އެމް އިން އެކަން ކުރުން އެއީކީ މައްސަލައެއް ނޫނެކޭއެއްނޫން، ކޮންމެ ސަރުކާރަކުން ދައުލަތުގެ މީޑިއާ ބޭނުން ކުރިއަސް އެއީ މައްސަލައެއް

The name is already taken The name is available. Register?

ވާލުސޮރު

28 August 2016

ބަޔަކު ބެއްޔަސް ނުބެއްޔަސް މައްސަލަ ހުށަހެޅިއްޔާ ހުށަހެޅިކަން އޮންނާނެދޯ. އޭރުން އެތަންތަނުގެ މިނިވަންކަމާ އޭސީސީގެ ވެރިން ﷲ ގަންދީ ކޮށްގެންތިބި ހުވަޔަށް ހުރުމަތްތެރިކޮށް ހިތާވަރުވެސް ހާމަވާނެތާ.

The name is already taken The name is available. Register?

ސައްޕު

28 August 2016

"އެހެރީ ބުދު ބަހައްޓާފަ! އަދިވެސް ބަހައްޓާނަން" އލހނ، އެމްޑީޕީ "ފްލެޓް އެހެން މީހުންނަށް ލިބޭނީ މި ޕާޓީ މީހުންނަށް ދީފައި ބާކީ ހުރިއްޔާ" ޝފޒ، އެމްޑީޕީ މިހަލަ ކިތައް ވާހަކަތަ އޭރު ގެ އެމްބީސީ، ސަރުކާރުގެ ޓީވީޗެނަލުން ހުއްޓާނުލާ އެތައް ހަފުތާވަންދެން ގޮވީ! އޭރު އެންމެ ވަރުގަދަ އިދިކޮޅު ޕާޓީ ޑީއާރުޕީ/ޕީޕީއެމް އަށް ތިބުނާ ހަމަހަމަ ފުރުސަތު އެމްޑީޕީން ދިންތަ؟ ތިޔަށްކިޔަނީ، ހަތްގުދު ހުރި މީހާ އެއްގުދު ހުރިމީހާއާ ދިމާއަށް ގުދޯގުދޯ ގޮވުން! އަނެއްކޮޅުން އޭރު ޖަގަހަ ހަދައިގެން އުޅުނީ ޓީވީ މޯލްޑިވްސް ކޮށީގެ އިރުން ޖެހިގެން އޮތް ސަރުކާރުގެ ބިމެއްގައި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނޭ!

The name is already taken The name is available. Register?

ޢަބްދުﷲނާފިޒު

24 September 2016

މާނައަކީ ޕޕމ ސަރުކާރުން ރައްޔިތުންގެ ތިޖޫރި ދަވާލީމާ ދެން އަންނަ ސަރުކާރުތަކުންވެސް ރައްޔިތުންގެ ތިޖޫރި ދަވާލުމަކީވެސް ހަމަ އެންމެ ހެޔޮގޮތޭތޯ؟

The name is already taken The name is available. Register?

ކަޅޭ

28 August 2016

ތިޔަމައްސަލަ ނިމޭނެގޮތް ވަރަށްސާފު ދެއްތޮ، އެހެވީމާތިޔައީހަމަ ފޫނެތްފަޔަށް ފެންފުރުންކަހަލަކަމެއް، އަޅުގަނޑު އެމްޑީޕީ އަށް ގޮވާލަން ބޭކާރު މަސައްކަތްނުކުރުމަށް،

The name is already taken The name is available. Register?

ރަދީފް

28 August 2016

އޭސީސީއަށް ތިޔަ މައްސަލަ ބަލަންނުކެރޭނެކަން އެއީ ޔަގީން ކަމެއް. މިބުނީ ލައްކަ ގިނަ ވާހަކަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454