ޚަބަރު / ރާއްޖެ-އިންޑިއާ

އިންޑިއާއާ ބެހޭ ގޮތުން އުމަރު ދައްކާ ވާހަކައިގެ ހަގީގަތެއް ނެތް:ސަރުކާރު

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ބާލަން ގޮވާލައި މިދިޔަ ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި ހަރަކާތުގައި އުމަރު އޭނާގެ ސަޕޯޓަރަކާ ބައްދާލައްވަނީ: އެ ހަރަކާތް ސަރުކާރުން ވަނީ ވަކި ހިސާބަކުން ހުއްޓުވާފައި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އައްޑޫގައި އިންޑިއާ ސިފައިންގެ އަސްކަރީ މަރުކަޒެއް ހަދަން މަސައްކަތްކުރާ ކަމަށާއި އެކަން އެކަމަށް އެއްބަސްވެފައިވާކަން ދިވެހި ސިފައިންނަށް އެނގޭނެ ކަމަށް ވިދާޅުވެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކުރައްވާ ތުހުމަތުތައް ސަރުކާރުން މިއަދު ދޮގުކޮށްފި އެވެ.

ޗެނަލް 13 ގެ ޕްރޮގްރާމެއްގައި އިއްޔެ ރޭ އުމަރު ތުހުމަތު ކުރެއްވި ގޮތުގައި އިންޑިއާގެ "ފުލް ފްލެޖްޑް މިލިޓަރީ ބޭސް"އެއް އައްޑޫގައި ގާއިމުކުރަން އިންޑިއާ އިން އަންނަނީ ދަނީމަސައްކަތް ކުރަމުންނެވެ. އޭނާ ތުހުމަތުކުރެއްވި ގޮތުގައި، އެއީ ރާއްޖެ އިންޑިއާގެ ދަށަށް ގެންދަން އެ ގައުމުން ކުރާ މަސައްކަތުގެ ފުރަތަމަ ފިޔަވައްސެވެ.

އުމަރުގެ ވާހަކަ ދޮގު ކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ އެ ވާހަކަތަކުގެ އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.

"އެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް،" އޭނާ ވިދާޅުވި އެވެ.

އުމަރު ކުރެއްވި ތުހުމަތުތަކާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ ސިޔާސީ މީހުން ދައްކާ ވާހަކަތަކަށް އެމްއެންޑީއެފުން ކޮމެންޓް ނުކުރާނެ ކަމަށެވެ.

އިންޑިއާގެ މިލިޓަރީ ބޭސްއެއް ހަދަން އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެއްބަސްވެވަޑައިގެންފައިވާ ކަމަށް ވެސް އުމަރު، އެ ޕްރޮގްރާމްގައި ތުހުމަތު ކުރެއްވި އެވެ.

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ބާލަން ގޮވާލައި މިދިޔަ ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި ހަރަކާތުގައި އުމަރު އޭނާގެ ސަޕޯޓަރަކާ ބައްދާލައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"މިވަރު ނޭނގި އިނގޭތޯ ރައީސް ނަޝީދުމެން މި ގެންދަނީ އިންޑިއާއާ އެކު ސިއްރު ޑީލް ހަދަމުން، އެތަނުގައި [އައްޑޫގައި] މިލިޓަރީ ބޭސްއެއް ހަދަމުން މިއީ އަޅުގަނޑަށް އެނގިފައި ހުރި މައުލޫމާތު. ދިވެހި ސިފައިންނަށް ވެސް އިނގޭނެ މި މައުލޫމާތު. ދިވެހި ސިފައިންގެ އިންޓެލިޖެންސް ޔުނިޓަށް އިނގޭނެ ނަޝީދު އޮތީ އެއްބަސްވެފައިކަން އިންޑިއާގެ މިލިޓަރީ ބޭސްއެއް އައްޑު އަތޮޅުގައި ހަދަން،" އުމަރު ވިދާޅުވި އެވެ.

އިންޑިއާ އިން ރާއްޖޭގައި އޮޕަރޭޓްކުރާ ދެ ހެލިކޮޕްޓަރުގެ ބޭނުމަކީ ވެސް އޮޅުވާލުމެއްގެ ތެރެއިން އިންޑިއާ ސިފައިން ރާއްޖޭގައި ގެންގުޅުން ކަމަށް އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި ހެލިކޮޕްޓަރުތައް އޮޕަރޭޓްކުރުމުގައި ދިވެހި ސަރުކާރަށް ކޮންޓްރޯލް ނޯންނަ ކަމަށެވެ. އިންޑިއާއިން ރާއްޖޭގައި ބަހައްޓަމުން އަންނަ ރާޑަރުތައް ބެލެހެއްޓުމުގެ ނަމުގައި ވެސް އިންޑިއާގެ އިތުރު ސިފައިން އަންނާނެ ކަމަށް އުމަރު ތުހުމަތު ކުރެއްވި އެވެ. ނަމަވެސް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ކުރިން ވިދާޅުވެފައި ވަނީ ރާޑަރުތައް ބަލަހައްޓަން އިންޑިއާ ސިފައިން ނުތިބޭނެ ކަމަށެވެ.

އުމަރު ވިދާޅުވި ގޮތުގައި، ހެލިކޮޕްޓަރުތަކުގެ ކޮންޓްރޯލް ދިވެހި ސިފައިންނަށް ނޯންނަ ކަމަށް ކުރީގެ ތިން ޑިފެންސް މިނިސްޓަރަކު އޭނާ އަރިހު ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގެ ޑިފެންސް މިނިސްޓަރު އެދިވަޑައިގަތުމުން ވެސް ހެލިކޮޕްޓަރު ދުއްވަން އިންޑިއާ ސިފައިން ބައެއް ފަހަރު ދެކޮޅު ހަދާފައިވާ ކަމަށް އުމަރު ތުހުމަތު ކުރެއްވި އެވެ.

"އެ ދަނީ އިނގޭތޯ އުދުއްސައިގަނެގެން އަޅުގަނޑުމެންގެ ޑިފެންސް މިނިސްޓަރަށް ނޭނގި. އަޅުގަނޑުމެންގެ ޗީފް އޮފް ސްޓާފަށް ނޭނގި. ހަމަ ހެލިކޮޕްޓަރު އަމިއްލަ އަށް އުދުއްސައިގަނެގެން އެ ދަނީ ދާނެ ތަނަކަށް. ގޮސް އުޅޭނެ ތަނެއްގައި އުޅެފައި އައިސް އެ ޖައްސަނީ އިނގޭތޯ. އަޅުގަނޑުމެންގެ ޑިފެންސް މިނިސްޓަރު، އުދުއްސައިގަނެގެން މިވެނި ތަނަކަށް ދޭބަލާށޭ ބުނީމާ އެ ބުނަނީ ދިއްލީން [އިންޑިއާ ސަރުކާރުން] ހުއްދަ ދިނީމައޭ ދެވޭނީ،" އުމަރު ވިދާޅުވި އެވެ.

ދެން އޭނާ ތަކުރާރުކޮށް ވިދާޅުވީ ހެލިކޮޕްޓަރު އޮޕަރޭޓްކުރުމުގެ ކަންތައްތައް އޮތީ އޭނާ އެ ތުހުމަތު ކުރައްވާ ގޮތަށްކަން ދިވެހި ސިފައިންނަށް އެނގޭނެ ކަމަށެވެ.

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ބާލަން ގޮވާލައި މިދިޔަ ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި ހަރަކާތުގައި އުމަރު އޭނާގެ ސަޕޯޓަރުންނާ އެކު.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"އެހެންވީމާ އަޅުގަނޑުމެންގެ ކޮމާންޑެއް ކޮންޓްރޯލެއް އޮތް އެއްޗެއް ނޫން މިއަކީ އެއްގޮތަކަށް ވެސް. މިކަމަށް ހެކިވާނެ އެމްއެންޑީއެފުން. އެބޭފުުޅުންނަށް އެނގޭނެ،" އުމަރު ވިދާޅުވި އެވެ.

އުމަރު މިފަދަ ތުހުމަތުތަކެއް ކުރެއްވި އިރު ޗީފް އޮފް ޑިފެންސް ފޯމް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ދެ ހެލިކޮޕްޓަރު އޮޕަރޭޓްކުރަމުން އަންނަނީ ދިވެހި ސިފައިންގެ ކޮމާންޑްގެ ދަށުން ކަމަށެވެ.

ސްޓްރެޓީޖިކް ނިއުސް އިންޓަނޭޝަނަލް (އެސްއެންއައި) އަށް ދެއްވި އިންޓަވިއުއެއްގައި ޝަމާލް ވިދާޅުވެފައި ވަނީ ހެލިކޮޕްޓަރު ދުއްވަނީ ދިވެހިން ނޫން ނަމަވެސް އޮޕަރޭޝަން ކުރިއަށް ދަނީ އެމްއެންޑީއެފްގެ ކޮމާންޑުގެ ދަށުން ކަމަށެވެ.

"...އެ މީހުން މަސައްކަތް ކުރަނީ އެމްއެންޑީއެފްގެ އޭރިއާ ކޮމާންޑްގެ ދަށުން. އެހެންވީމާ ޓެކްނިކަލްކޮށް ބުނާ ނަމަ ހެލިކޮޕްޓަރު ޕޮއިންޓް އޭ އިން ޕޮއިންޓް ބީއަށް ދަނީ އެމްއެންޑީއެފްގެ ކޮމާންޑްގެ ދަށުން،" ދިވެހި ޕައިލެޓުން ތަމްރީނުކުރަން އެދިވަޑައިގަންނަވާނެކަން ފާހަގަކުރައްވަމުން ޝަމާލް ވިދާޅުވި އެވެ.

އުމަރު ތުހުމަތު ކުރެއްވި ގޮތުގައި ހެލިކޮޕްޓަރު އޮޕަރޭޓްކުރަން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖޭން ފައިބަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެންގުމުން ވެސް އެ މީހުން ނުފައިބައި ތިބީ އެވެ. އެ ދެ ހެލިކޮޕްޓަރަކީ ޗައިނާ އަށް ފާރަލާން ރާއްޖޭގައި ބާއްވާފައި އޮތް ދެ އުޅަނދު ކަމަށާއި ބަލިމީހުން އުފުލުމަކީ ބަހަނާއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހެލިކޮޕްޓަރުތައް އުފުލަން ދިވެހި ސިފައިން ތަމްރީނު ނުކުރީ ވެސް ގަސްދުގައި ކަމަށް އުމަރު ވިދާޅުވި އެވެ.

"ހަމަ ގަސްދުގައި ނުކުރީ. އަދި ނުވެސް ކޮށްދޭނެ. ކޮށްދިނަސް ހުންގާނެއް ނުދޭނެ ދިވެހިން އަތަކަށް،" އޭނާ ވިދާޅުވި އެވެ. އުމަރު ކުރައްވާ ތުހުމަތުތައް ދޮގުކުރާ ފަރާތްތަކަށް އޭނާ ފަހުން ފަސް ސުވާލެއް ވެސް އާންމު ކުރެއްވި އެވެ. އެއީ: 1- އިންޑިއާ ސިފައިން ރާއްޖޭގައި ވަނީ އިތުރުހޭ ނޫނީ މަދުހޭ؟ 2- އިންޑިއާގެ މިލިޓަރީ އާލާތްތައް ރާއްޖެ އަށް އިތުރު ކުރަނީހޭ، މަދު ކުރަނީހޭ؟ 3- ދިވެހި ސިފައިންގެ ގައިގައި ހެލިކޮޕްޓަރު ދުއްވުމުގެ ގާބިލްކަން ނެތް ކަމަށް ގަބޫލުކުރަނީ ހޭ؟ 4- ރާއްޖެ އަށް ދެ ހެލިކޮޕްޓަރު ބޭނުންވަނީ ހޭ؟ 5- ހެލިކޮޕްޓަރުތައް ދިވެހި ސިފައިންނާ ހަވާލުކޮށްފިއްޔާ ބަލި މީހުން ނޫފުލޭނީ ހޭ؟ އުމަރު ކުރެއްވި ސުވާލުތަކަށް އޭނާ އަމިއްލަ އަށް ޖަވާބު ވެސް ދެއްވި އެވެ. ހުރިހާ ސުވާލަކަށް ވެސް ދެއްވީ އޭނާ ކުރައްވާ ތުހުމަތަށް ބާރު ލިބޭ ޖަވާބުތަކެކެވެ.

އުމަރު މި ވާހަކަ ދައްކަވާފައި މި ވަނީ އިންޑިއާގެ ފޮރިން މިނިސްޓަރު ސުޝްމާ ސުވަރާޖް ރާއްޖެ ވަޑައިގަތުމާ ދިމާކޮށެވެ. އުމަރު ގެންދަވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލަން ގޮވާލައި ހަރަކާތްތަކެއް ވެސް ފަށައިފަ އެވެ.

60 ކޮމެންޓް, 77 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކިޔުންތެރި

19 March 2019

މިއީ ހަބަރުފެންބޮވެގެން އުޅޭ މީހެއްބާ

The name is already taken The name is available. Register?

ލޯކަ!

19 March 2019

ޢުމަރު ދައްކާ ވާހަކައިގެ ޙަޤީޤަތެއް ނެއްކަމަށް ސަރުކާރުން ބުނާބަހުގެ އެއްވެސްބުރަދަނެއްނެތެވެ އެހެނީ ޢުމަރު އެދައްކާ ވާހަކަތައް ޢުމަރު ދެއްކުމުގެ ކުރިންވެސް، ފިކުރު ހިންގާ މީހުންގެ ކުރިމަތީގައި ވަނީ އެކަންކަން ހާމަވެފައެވެ. ޢުމަރަކީ އިޚްްްލާސްތެރިއެކެވެ. އިޚްލާސްތެރިންނަށް ޖާގަ އޮތް މުޖުތަމަޢު އެއްނޫން، މިއަދުގެ ދިވެހި މުޖުތަމަޢު އަކީ! ސަލާމް!

The name is already taken The name is available. Register?

ޑޮންޓުއްޓު

15 April 2019

ޢުމަރަކީ އިޚްލާސް ތެރިއެއްނަމަ މަށަކީ ބިލިޔަނަރެއް.

The name is already taken The name is available. Register?

ޝިރާޒް

19 March 2019

ޢުމަރަށް ވާހަކަދައްކަން ފުރުސަތު ނުދީ ބިލެތޭތަ ތިޔަ ކިޔަނީ ، އެކަމަކު މިމީހުން ވެރިކަމަށް ގެނައީ ޔާމީނު، ހިޔާލު ފާޅު ކުރުމަށް ހުރަސް އަޅާތީޔޯލަ ، ސަރުކާރު މިހިނގަނީ ހަމަ އަންނި ބުރޭންޑަށް.

The name is already taken The name is available. Register?

ހުތުރޭ

19 March 2019

ބާރު އޮތްއިރު އެއްކަމެއްވެސް ނުކުރެވުނު މީހަކު މިހާރު ކޮންފިތުނައެއް އުފަންދަންތޯ ތިޔަ މަސައްކަތް ކުރަނީ.. ކުރާނެ ކަމެއް ނެތިއްޔާ ކުޑަކޮށް ފޮތް ކިޔާލާ، ނެޓް ބްރައުޒް ކޮއްލާ މީހާ އަޕްޑޭޓު ވޭތޯ މަސައްކަތް ކޮއްލަބަލަ. ތިޔަހެން އުޅުނީމަ އަހަރުމެންނަށް ވެސް ހުތުރޭ.

The name is already taken The name is available. Register?

.އުމަރު

19 March 2019

.އުމަރު ދައްކާ ވާހަކައިގެ ހަގީގަތަކީ މިއަދު ލޯމަތީގާ ތަސްވީރެއްގެ ގޮތުގާ ނުފެނުނަސް މާދަން ވަރަށް ބޮޑު ތަސްވީރެއް އެއްމެންގެ ލޯމަތީގާ ފެންނަން ހުރުމަކީ ކުޑަވެސް ޝައްކެއް ހުރި ކަމެއް ނޫން މާދަން ޖެހޭނީ ކަރުނައަޅާ ރޯން.

The name is already taken The name is available. Register?

އައްޔާރު

19 March 2019

އިންޑިޔާ ސިފައިން ގެ ހެލިކޮޕްޓަރާ މިހާރު ތިބިމީހުން ބޭލީމަ ދެން ނޭގޭނެ ދޯ ހިފަން އަންނާނެގޮތެއް. އެ މުޅިން އިންޑިޔާގެ އަތްދަށުން ސަލާމަތްވީބާ ؟ ރާއްޖެ ހިފަން އުޅޭ ބަޔަކަށް އެހެން ގޮތެއް ދެން ހަމަ ނޯންނާނެ ދޯ.. ބޭލީމަ ގޮތްހުސްވީއެދެން.. ބުއްދިގަބޫލުކުރެވޭ ވާހަކަ ދެކުންރަގަޅުވާނެ.

The name is already taken The name is available. Register?

އަބްދޫ

19 March 2019

އުމަރު އެދައްކަވަނީ ހަގީގީ ވާހަކަ ، ބޯނުބައިކަލޭގެ އައްޑުގަ ދެއްކިހާ ވާހަކަތަކުންވެސް އެކަން ތެދުވޭ އޮޅުވާނުލާ ރާއްޖޭގެ 13 ތަނުގާ އިންޑިޔާ ސިފައިން ބޭތިއްބުމަށް ނަސީދު ވަނީ ނިންމާފަ . މިއީހަމަ ހަގީގަތް.

The name is already taken The name is available. Register?

މިލިޓަރީ

18 March 2019

އިންޑިޔާ ސިފައިން ބާލާ

The name is already taken The name is available. Register?

ވަތަން އިސްކުރަންޖެހޭ

18 March 2019

އިންޑިޔަ ސިފައިން ތިބުމަކީ މި ޤައުމު އަޅުވެތި ކުރުމުގެ ނިޝާނެ. މިމީހުން ބާލަން ޖެހޭ.

The name is already taken The name is available. Register?

ޢަބްދުﷲނާފިޒް

18 March 2019

މީނާ އެބައުޅޭތަ، އުމަރާ ތިކަމަށް ހައްލެއް ހޯދަން ބޭނުންނަމަ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކޮށްބަލަ، ކުރީފަހަރު ހެދިހެން ދެގަޑިން ދެގަޑިން ޕޭޓޮއިލެޓަށް ވަދެ ފެން ބޮއިގެން، މީނާ އުޅޭގޮތަކުން ދެން މަ ހީހީހީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454