ސަލްސާ ރެސްޓޯރެންޓު ކައިރީގައި ހުންނަ ފައިފުހޭ މިސްކިތުގެ މަސައްކަތްތައް ކުރިއަށްދަނީ: އެ މިސްކިތް ހަދަނީ އަމިއްލަ ކުންފުންޏަކުން.-- ފޮޓޯ: ހުުސެއިން ވަހީދު/ މިހާރު
17 އެޕްރީލް 2019 - 14:49
އަންނަ މަހު ފަށާ މި އަހަރުގެ ރޯދަ މަހަށް މާލޭގެ ސަރަހައްދުގައި ތިން މިސްކިތް ހުޅުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.
"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ މި ރޯދަ މަހާ ދިމާކޮށް މުޅި ރާއްޖޭގައި އަލަށް އަށް މިސްކިތެއް ހުޅުވާނެ ކަމަށެވެ. އޭގެ ތެރޭގައި މާލޭގެ މާވެޔޮ މަގުގައި ހުންނަ ބަހާއުއްދީން މިސްކިތާއި، ސަލްސާ ރޯޔަލް ކައިރީގައި ހަދާ މުހައްމަދު ޖަމީލް މިސްކިތް، މަޝްހޫރު ނަމުން ނަމަ ފައިފުހޭ މިސްކިތް ހިމެނެ އެވެ.
ވިލިމާލޭގައި އަލަށް ހެދި މިސްކިތް މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުޅުއްވައިދެއްވާނެ އެވެ.
ޑރ. ޒާހިރު ވިދާޅުވި ގޮތުގައި މާވެޔޮ މިސްކިތް ހުޅުވޭވަރު ވާނީ ރޯދައިގެ ފުރަތަމަ ހަފުތާގެ ތެރޭގަ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު، "މިހާރު" އަށް މިއަދު އިންޓަވިއުދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އަމިއްލަ ކުންފުންޏަކުން މީގެ ތިން އަހަރު ކުރިން ފަސް ބުރިއަށް ހަދަން ފެށި އެ މިސްކިތުގެ މަސައްކަތް ލަސްވީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، އެތަނުގައި ހުރި ކަރަންޓު ބޯޑުތައް ނުނެގިގެންނެވެ. ނަމަވެސް މަސައްކަތް ފެށުމާ އެކު ހަލުއިކަމާ އެކު ކުރިޔަށް ދާ ކަމަށް ވިދާޅުވި އެވެ.
ދާ ޖަހައި ބަންދުކޮށްފައި ހުރުމުން ބޭރުން ބަލާއިރު މިސްކިތުގެ ސިފަ އަދި ނުފެނުނަސް، މިނިސްޓަރު ވިދާޅުވީ، އެތަނުގައި މިހާރު ކުރަަމުން އަންނަނީ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ.
"ފިނިޝިން މަސައްކަތްތައް ނިންމައި ރޯދައިގެ ފުރަތަމަ ހަފުތާގައި މިސްކިތް ހުޅުވޭނެ ކަމަށް މި އުއްމީދުކުރަނީ،" މާވެޔޮ މިސްކިތާ ގުޅޭ ގޮތުން ޑރ. ޒާހިރު ވިދާޅުވި އެވެ.
މާވެޔޮ މިސްކިތް ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ: ރޯދަމަހުގެ ފުރަތަމަ ހަފުތާގައި ހުޅުވޭވަރުވާނެ ކަމަށް ލަފާކުރޭ .-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މާވެޔޮ މިސްކިތުގައި އެއްފަހަރާ ގާތްގަނޑަކަށް 1800 އެއްހާ މީހުންނަށް ނަމާދުކުރެވޭނެ އެވެ. އަދި މިސްކިތުގައި އަންހެނުންނަށް ހާއްސަ ބައެއް ވެސް ހިމެނެ އެވެ.
މިސްކިތުގެ ޓެރަސް މަތީގައި ދީނީ މައުލޫމާތު ދިނުން ފަދަ ހަރަކާތްތައް ބޭއްވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަމިއްލަ އެހެން ކުންފުންޏަކުން މީގެ 18 މަސް ކުރިން ހަތަރު ބުރިއަށް ހަދަން ފެށި ފައިފުހޭ މިސްކިތް، ރޯދައިގެ ކުރިން ހުޅުވޭނެ ކަމަށް ލަފާކުރެވެ އެވެ. މި މިސްކިތުގައި އެއްފަހަރާ 1100 އަށް ވުރެ މީހުންނަށް ނަމާދުކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުންތަ
21 April 2019
3 މިސްކިތުގެ މަސައްކަތް ނިންމާ ރޯދައަށް ހުޅުވާނެ. ފޮނިވެސް ބައެއް. 100 ދުވަސް ހަމަނުވެގެން ކަމެއް ކުރަން ނޭގޭބައެއް. ނޫސްވެރިން ވަރަށް ސަޅިކޮށް ލިޔާނެ އިބޫގެ ނެތް މޮޅުކަމާ ކުޅަދާނަކަން ދައްކަން
އިސްމާއީލް
18 April 2019
އިސްލާމީމަރުކަޒްއެތެރެހީވަނީ ބަދިގެއެއްގެ އެތެރެހެން
Izumiya
18 April 2019
ޢަންނި ބުނާހެން ތިޔައޮތީ ވެފަ އަންނިވެސް ބުނީ އޭނަގެ ވެރިކަމުގަ މިތައް މިސްކިތް އެޅީމޭ އިބޫ ވެސް ބުނާނެ އިބޫގެ ވެރި ކަމުގަ މިތައް މިސްކިތް އެޅީމޭ އެކަމަކު މިކުރާކަމަކީ ކުރިން ނިމިފަހުރި މަސައްކަތް ތަކެއްގަ ރިބަން ފަށް ކަނޑާލުން
އަހުމަބެގެ އަސްރަފު
18 April 2019
އިސްލާމީމަރުކަޒްގަ ކުލަކޮޅެއްނުލާތާ ކިތައްއަހަރުވެއްޖެބާ ރ މައުމޫން ދައުރު ނިމުނުފަހުން އެމިސްކިތައް އަޅާލި ވެރިޔަކުނެތް އެބަދައްކައެންނު އަލައްމިސްކިއްހުޅުވާހަކ ަދެންބުނެ ފެންތައްޓެއްދޭށޭ
އަސްލުވެސްދޯ
18 April 2019
މަޖީދީ މަގުގައި ހުންނަ ޒިކްރާ މިސްކިތް ފާހާނާ މުޑުދާރު ކަމުން ނުކެރެ ބަލައިލަން! ކޮބައިތޯ މިސްކިތް ސާފުކޮށް ބަލަހައްޓަމުންދާ ފަޜާތްތަށް އެވަނީ މިސްކިތާ ދޭތެރޭ އިހުމާލުވެފަ..އިސްލާމިކު މިނިސްޓްރީން ބޭފުޅުން ނިކަން މިސްކިތްތައް ބެލެހެއްްޓެމުން ދަނީ ރަނގަޅަށްތޯ ޗެކްކުރައްވާ! ކުރިމަތީގައިވަނީ މާތް ވެގެންވާ ރަަމަޟޯން މަސް
އޭޝް
18 April 2019
ކޮންއިރަކުތޯ އެމެފަހުން ޒިކުރާމިސްކިތައް ނަމާދައްއެރީ.
މުދިމު
17 April 2019
ކިތަންމެ މިސްކިތެއް އެޅިދާނެ. އެކަމު އެޔަށް ނަމާދުކުރަން އަރާނެ ބަޔަކު މުޖުތަމައުގަ ނެތިއްޔާ ކީއްތޯ ކުރާނީ. އެދުމަކީ މީސްތަކުން ދީނަށް އަހުލުވެރި ކުރުމާއި ދީނަށްއުޅެން ދަސްކޮށް ދިނުމުގެ އަޒުމާއި ފިކުރު މިސަރުކާރުގެ އިސްވެރިންގެ ފަރާތުން ފެނުން. ކުރިއަށް މިއޮތް ރޯދަޔަށް އެމްމެން ތައްޔާރުވަމާ. ވައްﷲއައުލަމް.
ހެހެހެ
17 April 2019
ޔާމީނު ސަރުކާރުން ނުވެގެން އަމިއްލަ މީސްމީހުން ޖީބުން ޚަރަދުކޮއްގެން އަޅާ މިސްކިތްތަކުގެ ވާހަކަ ނުންބާ މިޚަބަރުގަ އެއޮތީ..?!
އަލީ-12
17 April 2019
ޝުކުރިއްޔާ ރައީސް ޔާމީން...
އެލަވަންސް
17 April 2019
މިސްކިތްތައް އެޅުމެއް ނޫން މިސްކިތްތައް މަރާމާތުކޮށް ބަލަހައްޓަން ލިބޭ އެއްޗެއް ވަރަށް ކުޑަ އަދި އޘާރީ ޣޮތަށް ބަލަހައްޓަން ޖެހޭ މިސްކިތްތައް ބެލެހެއްޓުމުގަ އިހްމާލު ބޮޑު
ޭްރިޒާ
18 April 2019
މިސްކިތްތައް މަރާމާތު ކުރަން ފައިސާ ހޯދަން ނޫންތޯ ޝަހީމްގެ މިނިސްޓަރ ކަމުގަ ވަޤުފްބިނާ ހެދީ އެތަނުން ލިބޭ ކުލިކޮބާ އެފައިސާ ޚަރަދުކުރަން ޖެހޭނީ މިސްކިތް ތަކުގެ މަރާމާތަށް ކަމަށް ފެނޭ
ރައްފާން
17 April 2019
ސައުދީ ސަރުކާރުން ހަދަން ފެށި މިސްކިތް މި ސަރުކާރު އައިފަހުން މަސަތްކަތް ލަސްވެ ވާނުވާ ވެއްޖެ، ކަންކަން ކުރެވޭނީ ނިކަން ކެރިގެން، އަބުއި ވެގެން ނުވާނެ،