މަ ދުވަހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ބަސް ވެލި ފުންޏަކަށް އަރާފައި، އެ ބަސް ދުއްވަން އިން ޑްރައިވަރުގެ ބަންދުގެ މުއްދަތު އިތުރުކުރީ ކްރިމިނަލް ކޯޓުން -- ފޮޓޯ: ޕޮލިސް
09 މެއި 2019 - 15:39
މިދިޔަ ހޯމަ ދުވަހު ހުޅުމާލޭގައި ދުއްވާފައު ދިޔަ، އެމްޓީސީސީގެ ބަހެއްގެ ދަށުވެ މީހަކު މަރުވި މައްސަލައިގައި، އެ ބަސް ދުއްވަން އިން ޑްރައިވަރު އިތުރު ހަތް ދުވަހު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
ޑްރައިވަރު ނިދާފައި އިނދެ ދުއްވާފައި ދިޔަ ބަހުގެ ދަށުވެ، މަރުވީ ޔުކްރެއިނުގެ އަންހެން ޓޫރިސްޓެކެވެ. އުމުރުން 31 އަހަރުގެ އެ މީހާގެ ހަށިގަނޑު މިހާރު ވަނީ އޭނާގެ އާއިލާއާ ހަވާލުކޮށްފަ އެވެ. އަދި ހަށިގަނޑު ގައުމަށް ގެންދިއުމުގެ ކަންކަން އާއިލާ އިން ވަނީ ފަށައިފަ އެވެ. ހަށިގަނޑު މިވަގުތު ބާއްވާފައި ވަނީ މޯޗަރީގަ އެވެ.
މި އެކްސިޑެންޓުގެ މައްސަލައިގައި ހައްޔަރުކުރި ދިވެހި ޑްރައިވަރުގެ ތަހުގީގަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރިން ކަނޑައެޅީ ތިން ދުވަހެވެ.
އެފްއެސްއެމްގެ ޕެޓްރޯލް ޝެޑު ކައިރީގައި މި އެކްސިޑެންޓު ހިނގީ ބަސް ޑްރައިވަރު ނިދިޖެހިފައި އިން ވަގުތު ސިއްސައިގެން ގޮސް ބަހުގެ ސްޕީޑް ބާރުކޮށްލުމުން، ކޮންޓްރޯލުން ނެއްޓި، ހިނގަން ނުކުމެ އުޅުނު ޓޫރިސްޓު މީހާގެ ގައިގެ މަތިން ބަސް ދިއުމުންނެވެ. މި ހާދިސާގައި އޭނާގެ ހަށިގަނޑު ޗަސްވެ، ވަގުތުން މަރުވި އެވެ.
އެ އަންހެންމީހާ މަރުވުމުން އޭނާގެ ހަށިގަނޑު އަނބުރާ ގެންނަން އޭނާގެ މަންމަ ވަނީ ރާއްޖެ އައިސްފަ އެވެ. އަދި އޭނާގެ ހަށިގަނޑު ޔުކްރެއިނަށް ގެންދަން ހުއްދަ ހޯދަން އާއިލާ އިން ވަނީ އިންޑިއާ އަށް ގޮސްފަ އެވެ. ހަށިގަނޑު ޔުކުރެއިނަށް ގެންދެވެން އޮތީ އިންޑިއާ ގައި ހުންނަ އެ ގައުމުގެ އެމްބަސީގެ ހުއްދަ ލިބުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަސީރާ
10 May 2019
ޟމީ ހައްޔަރު ކޮށްގެން ވަރައް ރަނގަޅައް ބަލަންޖެހޭ ކަމެއް މީކީ ކުރިން ހިނގާ ކަމެއްނޫން މިހާރު މިކަންވެސް މިއޮތީ އާންމު ވެފަ ބަލަންޖެހޭ..ހަޖަމްކޮއްލައްވާ
ކޮމްޕެށަން
10 May 2019
މީނާ ޖަލުގައި ބަހައްޓައިގެން މައްސަލަކުރިއަށް ގެންދަން ޖެހޭ ސަބަބެއް އެބައޮތްތޯ؟ ނޫންނަމަ މީ ކުށާމެދު ޝަރުއީ ހުކުމެއް ނޮކޮށް ދެވޭ އަދަބެއް.
މުރުތަލޯ
10 May 2019
ޖަލުގަ ބެހެއްޓޫމުގެ ބޭނުމެއް ނެތް..މީކީ ހެކި ފޮރުވޭނެ ޒާތުގެ ކަންކަމެއް ނޫން..އޭނާގެ އިހުމާލުން މަރުނުވާކަމަކަށް ނުހެދޭނެ..ތިއީ ބޮޑު ޖިނާއި ކުއްވެރިއެއްނޫން.. ހުކުމެއްޚޯށްފަ ޖަލުގަ ބަހައްޓާ..ތަހުގޭގު ކުރެވޭނެ ގޭގަ އޭނަ ބަހައްޓައިގެންވެސް..
ޑްރައިވަރެއް
09 May 2019
އެ ޑްރައިވަރ ހަޔްޔަރުކޮޖގެން މައްސަލަ ކުރިޔައް ގެންދިޔުމަކީ އޭނާޔަށާ އޢނާގެ އާއިލާއައް ަ ވަރައް ހިއްދަތި ކަމެއް، ގަސްތުގައި އެމީހާ މަރާލީކީނޫން ދެއްތޯ ، އެ ޑްރަވަރަކީ ވަރައް ރަނގަޅުވެސް މީހެއް ، ހާދަދެރައޭ ދޯ ،
މަކުނު
10 May 2019
ގަސްތުގައި ނޫންކަމުގައިވިއަސް ޒިންމާ ނަގަން ޖެހޭނެ.
އައްޑޫ ބެއްޔާ
09 May 2019
ދޮން މީހާގެ ފުރާނަ އަގުބޮޑީބާ؟ ކޮބައިތޯ ހައުސިން މިނިސްޓްރީ ގެ ވެހިކަލުން ޖައްސައިގެން އައްޑޫ ލިންކް ރޯޑުގަ މިދިޔަ އަހަރު މަރުވި ތިނަދޫ ކުއްޖާ؟ ކާކުތޯ ޒިއްމާ ނެގީ؟ ކޮބައިތޯ އެއާއިލާގެ ޙައްޤު؟ ފުރާވަރަށް އަރާފަ ހުރި ލޯބި ފިރިހެން ކުއްޖަކު މަރުވުމުން އެކުއްޖާގެ ޢާއިލާއިން ހޭނީތޯ؟ ނޫނީ އެއާއިލާގެ ވޭނީ ކަރުނައިގެ އަގެއް ނެތީތޯ؟ މިއަދު ހަމަ އެމިނިސްޓްރީގެ ވަޒީރު ކާރުގަ އަންހެން ކަނބަލެއްގެ ސައިކަލުން ޖެހުނީ. ރަނގަޅު އެކަނބުލޭގެ ޖަލަށް ނުލައިފިއްޔާ.
މަކުނު
10 May 2019
ދެން ހަޖަމު ކޮއްލައިގެން ހުރޭ. ލޮލް
އަރީ
09 May 2019
މީ ހަމަ ހައްޔަރުކޮށްގެން ބަލަންޖެހޭ މައްސަލައެއްތޯ؟
ރަނގަޅު
09 May 2019
މި ސަރުކާރު ކެންޕޭނުގައި ވަކާލާތު ކުރަމުން ގެންދިޔައީ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމާ ދެކޮޅަށް. ދެން އަނެއްކާ ތިޔަ ވިދާޅުވާހެން މިއީ ސިޔާސީ މައްސަލައަކީވެސް ނޫން. ހެއްކަށް ބާރު ފޯރުވާނެ ގޮތެއްވެސް ނުވިސްނޭ. "ޑްރައިވަރު މީހާގެ ރައްކަލަކަށް" ބަންދުގަ ބަހަށްޓަން ޖެހެނީ ތޯއްޗެއް. އެހެނަސް ދަންނަވަން. ޑްރައިވަރުގެ އިހުމާލު މި އެކްސިޑެންޓްގައި ބޮޑު. ގަސްތަކާ ނުލާ މީހެއްގެ ފުރާނަ ނަގާލެވިފައި އެވަނީ. ހިތާމަވެރި.