ސުޕްރީމް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ އަޑު އެހުމަށް، އަދީބު ކޯޓަށް ވަދެވަޑައިގަންނަވަނީ.
02 ޖޫން 2019 - 00:00
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއާ ދެކޮޅަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް ފޮނުވި 12 އަށް ވުރެ ގިނަ މައްސަލަ އަނބުރާ ފޮނުވާލަން އެ ކޯޓުން ނިންމައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލިހުން މިދިޔަ ބުދަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި އެ ހުރިހާ މައްސަލަތަކެއް އަނބުރާ ފޮނުވާލަން ނިންމީ އެ ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމްގެ ހުށަހެޅުއްވުމަކާ ގުޅިގެންނެވެ. ފަނޑިޔާރުންގެ މަޖިލިހުން އެގޮތަށް ނިންމީ، އަދީބާ ގުޅޭ އެ މައްސަލަތަކުގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށް ބުނެ އެވެ.
އެކަމަކު، ކޯޓުގެ އިދާރީ ބައެއް ކަންކަން ފުރިހަމަ ނުވާތީ ޕީޖީ އަށް އެ މައްސަލަތައް އަދި އަނބުރާ ނުފޮނުވާ ކަމަށް އެނގިފައި ވެ އެވެ.
ޕީޖީ އަށް އަނބުރާ ފޮނުވާލަން ނިންމި މައްސަލަތަކުގެ ތެރޭގައި ހައިކޯޓުން ކްރިމިނަލް ކޯޓަށް އަލުން ބަލަން އެންގި ދެ މައްސަލަ ވެސް ހިމެނެ އެވެ. ދެން ފޮނުވާލަން ނިންމި ގިނަ މައްސަަލަތަކަކީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ޕީޖީން ކުރި ދައުވާތައް ކަން އެނގިފައިވެ އެވެ.
ފަނޑިޔާރުންގެ މަޖިލިހުން އެގޮތަށް ނިންމީ، އަދީބާ ގުޅޭ ހުރިހާ މައްސަލަތަކެއްގެ ތެރެއަށް ސިޔާސީ ނުފޫޒު ވަނުމާ ގުޅިގެން ކަމަށް ވެ އެވެ.
އަދީބަށް ދެ މައްސަލައެއްގައި އިއްވި ޖަލު ހުކުމް ބާތިލްކޮށް، އަލުން ބަލަން ހައި ކޯޓުން ކްރިމިނަލް ކޯޓަށް އެންގީ މިދިޔަ ހަފުތާގަ އެވެ. އެއީ ޅ. މާބިންހުރާގެ އިކިއުޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އަށް އަދީބު ޚިޔާނާތްތެރިވި މައްސަލަ އާއި ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލަ އެވެ.
މާބިންހުރާގެ އިކިއުޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލައިގައި އަދީބުގެ މައްޗަށް އަށް އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އަދި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އަދީބުގެ މައްޗަށް 15 އަހަރުގެ ހުކުމެއް އިއްވި އެވެ.
އަދީބު، އަށް އަހަރަށް ޖަލަށްލާން ކުރި ހުކުމް ބާތިލް ކުރުމާ އެކު، އެމަނިކުފާނު މައްޗަށް އިއްވި ޖަލު ހުކުމްތަކުގެ ތެރެއިން އެންމެ ފަހުން ހުކުމް ވެސް ބާތިލްވީ އެވެ. އެއާ އެކު އަދީބަށް ކުރި ހުރިހާ ހުކުމަކުން އޭނާ ވަނީ ސަލާމަތްވެ ވަޑައިގެންފަ އެވެ. އެކަމަކު އަދީބު އަދި މިނިވަނެއް ނުވެ އެވެ.
ލޯންޗްކޮޅުގެ މައްސަލާގައި އަދީބުގެ ހުކުމް ހައި ކޯޓުން ބާތިލްކޮށް، އެ މައްސަލަ ވެސް އަލުން ބަލަން ދަށު ކޯޓަށް އެންގިއިރު އެ މައްސަލައާ ގުޅިގެން އަދީބު 15 ދުވަހަށް ބަންދުގައި ބަހައްޓަން ވެސް އެ ކޯޓުން އޮތީ އަމުރުކޮށްފަ އެވެ. އަދި އެ މުއްދަތު ހަމަވުމުގެ ކުރިން އަދީބު ދަށު ކޯޓަށް ހާޒިރުކޮށް، ބަންދާ މެދު އަލުން ގޮތެއް ނިންމަން ވެސް އެ ހުކުމުގައި އޮތީ އަންގައިފަ އެވެ.
ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނެ އޭނާ 10 އަހަރަށް ޖަލަށްލާން ކުރި ހުކުމް މިދިޔަ ހަފުތާގައި ސުޕްރީމް ކޯޓުން ވެސް ވަނީ ބާތިލްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބިލި
02 June 2019
ރާއްޖޭގައި ޢަދުލު އިންސާފު ގާއިމު ކުރެވޭނީ ބުރޯކަރުން މެދުވެރިކޮށް މައްސަލަތަކާމެދު ގޮތެއް ނިންމުން ދޫކޮށްލާ، ކޮރަޕްޓް ފަނޑިޔާރުން މަގާމުން ދުރުކޮށް، އެފަދަ ފަނޑިޔާރުންނަށް އަދަބު ދެވިގެން.
ގޮތް
02 June 2019
އިބޫ ދެންކީއްކުރަންތަ މަނީލޯންޑެރިން މައްސަލަތައް ހޯދަން އިންޑިޔާއިން 1 އަހަރަށް ބޮޑު ވަފުދެްއް ގެންނަނީ. ހީވާގޮތުން އެއީ އިންޑިޔާ މުޅި ދިވެހިންގެ މައްޗަށް ވެރިވުމުގެ ފެށުން. އިންޑިއާނޫން ގޮތެއް ހޯދަންޖެހޭ. އެވްރީތިންގ އިޒް ނޮޓް އިންޑިއާ.
ފައްތާހުބޭ
02 June 2019
ކަލޯ ދެރަނުވޭ އަހަރުމެން އެމީހުން ބޭލުމުގެ ކުރިން މިމީހުން ގޮނޑިން ބާލާނަން ރައްޔަތުން ލޮލުގަ ފެނޭ އަޑުއިވޭ
ވާލުސޮރު
02 June 2019
ކޯޓުތަކުން ޖެއްސުން ތިޔަ ކުރެވެނީ ސަރުކާރަށް ނޫނެވެ. ދިވެހިރައްޔިތުންނަށެވެ. މިއޮތް ފަދަ ރޯދަމަހު މި ކުރަމުންދާ ހުކުމް ތަކުން މުޅިން މާޔޫސް ވެއްޖެއެވެ
ނަން
02 June 2019
މިީ ހަމަ ކުޅޭ ކުޅިވަރެއް ބޯހަލާކު
އަޙުމަދު.
02 June 2019
އަދީބު ބުނާގޮތުގައި ޖަލުގައި އޮތްއިރު އެންމެގިނައި ކުރިދުޢާ އިޖާބަ ކުރައްފި، އެހެންވިއްޔާ، ސުވާލަކީ ޓޫރިޒަމް މިނިސްޓަރަކަށާއި ނާއިބުރައީސް އަކަށް ހުރެގެން އެންމެ މަދުންކުރި ދުޢާއަކީ ކޮބާތޯ ؟ އެއީ ރައްޔިތުންގެ މުދަލާފައިސާއިން ވައްކަން ކުރުމާ ޚިޔާނާތް ތެރިވުންތޯއެވެ؟ އަދީބު ކުރިން ހުރި ދެމަޤާމަކީވެސް ﷲ ގަންދީ ހުވައެއްކޮށްގެން ހަވާލުވާ 2 މަޤާމް، މިހުރިހާ ކަމަކީވެސް ކޯޓުތަކުގެ ފަނޑިޔާރުން މިހާރު އެތިއްބަވާނީ ނަޒާހަތް ތެރިކަމުގެ ތޮފިއަޅުއްވައިގެން.
ބޭބެ
02 June 2019
ކޮބާ އަހަރެމެން ރައްޔިތުންގެ ހައްޤު؟ ޒިއްޔަތައް ހާމިދުސޭޓަށް ވަކި ހުކުމެއް؟
ލޯންލީ ގާރލް
02 June 2019
ބޮޑުންނަށް މޮޅުގޮތް...
ކަންއޮތްގޮތް
02 June 2019
ޤަބޫލުކުރެވޭގޮތުގައި މިފެންނަނީ ޢަދީބު މިނިވަންކަންމަތީގައިހުރެ، ކަޅާކުރި ލާރިގަނޑު ބެހެއްޓިފައިހުރިތަނަކަށް އާޢިލާއާއިއެކު އުފަލުގައި ދަތުރުފަށުމުގެ ކޮޅުމައްޗެވެ. ދެންފެންނާނީ ޢަދީބު މިނިވަނެއްގެގޮތުގައިހުރެ، ބޭސްފަރުވާއަކަށް ފުރައިގެން ދާތަނެވެ. އެފަހުން ދެންފެންނާނީ އެކިއެކިމުވައްސަސާގެވެރިން އެހެން މުވައްސަސާތަކުގެ ވެރިން ކުށްވެރިކޮށް އިނގިލިދިއްކުރާތަނެވެ. އެރަމަންރަމަންފޯލީގައި އުޅެނިކޮށް ރައްޔިތުން އެކަން ހަނދާންނެތިދާނެއެވެ. ވަﷲއަޢުޟަމް!
އަމީނާ
02 June 2019
މި ދެން ކިހާ ދެރަކަމެއް. މީނައަކީ ކަނޑައެޅިގެން ބޮޑެތި ޖަރީމާތަކެއް ހިންގާފައިހުރި މީހެއްކަން ކަނޑައެޅިގެން އެނގޭއިރު ނޫހެއްގަ ޖަހާލަން މިނޫން މީހެއްގެ ވާހަކަ ހަމަ ނެތީތަ. ކަންކަން ހިގާނީ ފައިސާއާއި ނުފޫޒާ އެއްކޮޅަށް. ތިޔަ ކޯޓުތަކުގެ ވާހަކަ ދައްކާކަށް ނެތިން. މީހުންގެ ކުރިމަތީގައި އެތަންތަނަކީ މިހާރު ކުޅޭކުޅޭ ތަންތަން.
އަލީ-
02 June 2019
ފައިސާގެ ބާރު.