އިންޑިއާގެ ބޮޑުވަޒީރު މޮދީ އަންނަ ހޮނިހިރު ދުވަހު ރާއްޖެ ވަޑައިގަންނަވާތީ މާލޭގެ މަގެއްގައި ދެ ގައުމުގެ ދިދަ ޖަހާފައި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
06 ޖޫން 2019 - 21:50
އިންޑިއާގެ އެހީތެރިކަމާ އެކު، ރާއްޖޭގައި 14 މަޝްރޫއެއް ކުރިއަށް ގެންދަން މިހާތަނަށް އެއްބަސްވެފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން މިއަދު ބުނެފި އެވެ. އެކަމަކު، އެ މަޝްރޫއުތަކުގެ ތަފުސީލެއް އަދި ދެ ގައުމުން ވެސް ހާމައެއް ނުކުރެ އެވެ.
ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުން ވަނީ 800 މިލިއަން ޑޮލަރު (12.4 ބިލިއަން ރުފިޔާ) ގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމެއްގައި މިދިޔަ މާޗު މަހު ސޮއިކޮށްފަ އެވެ. މި ލައިން އޮފް ކްރެޑިޓްގެ ތެރެއިން ތިން މަޝްރޫއަކަށް އިންޑިއާގެ ސަރުކާރުން މިހާތަނަށް ވަނީ އެހީވެފަ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ ދެވަނަ ދައުރަކަށް ހުވާކުރެއްވުމަށް ފަހު، ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އަންނަ ހޮނިހިރު ދުވަހު ރާއްޖެ ވަޑައިގަންނަވާތީ، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން އެ ގައުމުގެ މީޑިއާގައި މިއަދު ބުނި ގޮތުގައި، ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ރާއްޖޭގެ 36 ރަށެއްގައި ނަރުދަމާގެ ނިޒާމު ގާއިމް ކޮށްދިނުމަށް މިހާރު ވަނީ އެއްބަސްވެފަ އެވެ.
އަދި، އިންޑިއާގެ އެހީތެރިކަމާ އެކު، އައްޑޫގައި އާބަން ޑިވެލޮޕްމެންޓް ސެންޓަރެއް އިމާރާތް ކޮށްދިނުމަށް ވެސް ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން އެސްއެމްއީ ފައިނޭންސިން ޕްރޮޖެކްޓެއް ވެސް އިންޑިޔާގެ އެހީތެރިކަމާ އެކު ރާއްޖޭގައި ހިންގާނެ ކަމަށް އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނެ އެވެ.
ލައިން އޮފް ކްރެޑިޓްގެ ދަށުން ދިވެހި ސަރުކާރުން ހުށަހަޅާ މަޝްރޫއުތަކަށް އިންޑިޔާގެ އެގްޒިމް ބޭންކުން ލޯނު ދޫކުރާނެ އެވެ. އެ ލޯނުތަކުގެ އިންޓަރެސްޓް ރޭޓަކީ 1.75 ޕަސެންޓެވެ.
މިއީ، ރާއްޖޭގެ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަގާމުގެ ހުވާކުރެއްވުމަށް ފަހު، ރާއްޖެ އިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިންޑިއާ އަށް ވަޑައިގެން ކުރެއްވި މަޝްވަރާތަކުގައި ދެ ގައުމުން އެއްބަސްވި ލޯނެކެވެ.
މޮދީ، ރާއްޖެ އަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އެއްބަސްވުންތަކެއް ސޮއިކުރައްވަން ވަނީ ނިންމަވައިފަ އެވެ. އޭގެ ތެރޭގައި ސިވިލް ސާވެންޓުންނަށް ތަމްރީނު ދިނުމާ ގުޅޭ އެއްބަސްވުމަކާއި ކަސްްޓަމްސް އާއި ޝިޕިންއާ ގުޅޭ މުހިއްމު އެއްބަސްވުންތަކެއްގައި ވެސް ސޮއިކުރައްވާނެ ކަމަށް އިންޑިއާ ސަރުކާރުން ބުނެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައި ވީ ނަމަވެސް މި ސަރުކާރު ވެރިކަމަށް އައުމާ އެކު، ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ރަނގަޅުވެ، އެއް ބަޔަކު އަނެއް ބަޔަކަށް ފައިދާވާ ކަންކަމަށް އަންނަނީ މަގުފަހި ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަކްމެޑް
08 June 2019
ޑިންގީއަކާ، ސްނޯކަލް ކިޓަކާ ލައިފް ޖެކެޓަކާ، ވާރޭވެހޭތީ ކުޑައަކާ.
ސީނު ރުޅިއަރުވާލި
08 June 2019
ކޮބާ އެމް. ވީ. ފޮރިން ގެ ޗައިނާ ދަތުރު ކެންސަލްވީތޯ؟ ރައީސަށް އިމްރާނާވެސް ބައްދަލުވާ ގޮތެއް ނުވި އޯ، އައި. ސީ. ތަޅުމުންވެސް! މިނވިންކަމަށް ބުރޫ އަރާހެން އެބަހީވޭ. ރައީސް ވިދާޅުވިހެން ހީވި އެންމެ ބައްދަލުކުރާ ހިތްވަނީ އިމްރާނާ އޭ ވެސް. ވިސްނާލާ!
ފުލޮޕް
07 June 2019
ޕޭ ބެކް ބޮޑުވާނެ،ބަދަލުގަ ކޮށްދޭން ޖެހޭ ކަންތައްތައް ގިނަވާނެ ، ތީ އިންޑިޔާ އެއްނު
ނަސީދު
07 June 2019
ލޯނެތް ނޫމުހިންމީ މިގައުމުން ބަދަލުގައި އިންޑިޔާއައް ދޭން ނިއްމާ އެސެޓް މީމައްސަލައަކި މިކަމުން ދެން މިރާއްޖެމީހުން އަބަދައް ރޯންޖެހޭނޭ މިކޮމެންޓް ޖަހާލަދެއްވައިފިއްޔާ ފައުން ބަލާލެވޭނެހެން ހީވަނީ
ގަހާފޮޑިދޮންތި//ފޭދޫ
07 June 2019
ނަސީދު ބެއްތާ ތީ މޮޔެއް ކަމަށް ކޮމެންޓު ކިޔާމީހުން ގަބޫލުކުރޭ.. ދެންކޮމެންޓު ކުރާނީ ކޮމެންޓު ކުރެވޭވަރަށް ތައުލީމެއް ލިބިއްޖެއްޔާ ލައްޓި ބާނަން ދޭ ބެއްޔާ
ޑރ.ނަޒުނާ އަހުމަދު/ހިތަދޫ/ޔޫކޭ
07 June 2019
ރާއްޖޭގައި ކޮންމެފަދަ ސަރުކާރެއް އުފެދުނަސް އައްޑު އަތޮޅަށް ތަރައްގީ އެއްގެ ކުޑަމިންވަރެއްވެސް ލިބެން އޮތީ މިވޭތުވެ ދިޔަ މާޒީގައިވެސް އައްޑޫ ސިޓީ ކައުންސިލް ޚިސޯރުކޮށްގެން ތިބިމީހުންބަދަލުވެގެން.. ރައްޔަތުންގެ ގިނަބަޔަކު މިއަދު އެކަން ގަބޫލުކުރޭ.. އަވަށްޓެރި ފޯއްމުލަކު ސިޓީ އެތަކެއް ގުނަޔަށް އެދަނީ ތަރައްގީވެ ދ.ކުޑަހުވަދުއަކީ އެއްފެންވަރެއްގައި. ކައުންސިލް އަދި މަޖިލީހަށް މީހުން ހޮވުމުގައި އާއިލާމީހުންނަށް ނުވަތަ އަވައްޓެރީންނަށް އެކަނިވޯޓުލެވެނ
ބޮޑުމީހާ
07 June 2019
މިހާރު މިގައުމުން ގައުމެއްގެ ސިފަކެޑި، އެހެން ގައުމުތަކުގެ ތައްޕާހުން އުޅޭ ގައުމަކަށް ވެއްޖެ. ދެކުނު އޭޝިޔާގެ އެންމެ ޖީޑީޕީ މަތީ މިގައުމުގަ، އެންމެ އާބާދީ މަދީ މިގައުމުގަ، ދެން މިލިބޭ ލާރިއަށް ވާނުވާ ބަލަންވެއްޖެނުން. ފެރީ ގަޑެއްވެސް މިބަދެވެނީ ކޮންމެވެސް ގައުމެއްގެ ހިލޭ އެހީން. މިދުނިޔޭގަ ނާށި ގަޑު ހިފައިގެން ސަލާންޖަހަންދާ ގައުމަކަށް މިރާއްޖެވެއްޖެ. ހިތާމައިގެ ކޮޅެއްވެސްނެތް
ދޮންވެލި
06 June 2019
ނަރުދަމާ މީ ނުނިމޭ ބޮޑު ވިޔަފާރިއެކެވެ. 200 މީހުން އުޅުނަސް ނަރުދަމާއެވެ
ރަދީފު ބިން ރަފައިދާ
06 June 2019
ރަށަކަށް ލޯންޗުގަނޑެއް ދިއްކޮށްލިޔަސް އެއަށްކިޔަނީ މަޝްރޫއެކޭ.
އަހުމޭ
06 June 2019
ބޭނުމީ ބޯހިޔާވހިކަން. 1.75 ޕަސެންޓް އިންޓަރެސްޓް ރޭޓުން.
ވިސްނާފައި
06 June 2019
އަހަރެމެން އެއްމެ ބޭނުމީ ތިލަ ފުއްޓާ މާލެ ގުޅުވާލުމުގެ މަޝްރޫޢު ފަށާ ދިނުމެވެ.އެކަމަކު އިންޑިއާ އެއްމެ ބޭނުން ވަނީ ރާޑަރު ސިސްޓަމް އާއި ސިފައިން ތަމްރީނު ކުރުމެވެ. ކީއްވެ ބާއެވެ؟
މޮހޮރު
06 June 2019
އެެއީ ޖަޒީރާ ރާއްޖޭގައި އެންމެ މުޙިއްމު ކަންތައް