މަހިންދާ ރާޖަޕަކްސަ: އޭނާ ރާއްޖެ ވަޑައިގަތީ އަމިއްލަ ދަތުރުފުޅެއްގައި ކަމަށް ބެލެވޭ -- ފޮޓޯ/އޭއެފްޕީ
01 ޖުލައި 2019 - 21:07
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
ރާޖަޕަކްސަ ރާއްޖެ ވަޑައިގެން، އެއާޕޯޓުން ސީޕްލޭނަށް އަރައިވަޑައިގަންނަވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ. ނަމަވެސް އެ ދަތުރުފުޅާ ބެހޭގޮތުން އެއްވެސް ފަރާތަކުން މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ. ބެލެވޭ ގޮތުގައި ރާޖަޕަކްސަ ވަޑައިގަތީ ޗުއްޓީއަކަށެވެ.
Welcome to Maldives @PresRajapaksa 🇲🇻@RajapaksaNamal pic.twitter.com/inQHkWSaZ7
— Mohamed Shinan (@vaadhoo) July 1, 2019
ދާދިފަހުން ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ވެސް ރާއްޖެ ވަޑައިގަތެވެ. ނަމާލްގެ ދަތުރުގައި ރާއްޖޭގެ ސިޔާސީ ބައެއް ބޭފުޅުންނާ އޭނާ ބައްދަލު ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނުބުނާނަންހެހެ
03 July 2019
އޭނާ އުޅުނީ ޅަވިޔަނި އަތޮޅުގަ.
ލުތުފީ
02 July 2019
ރާޖަޕަކްސާ ވަޑައިގަތީ ލުތުފީ ގޮވައިގެންތޯ ؟ މިހާރު ނޫހުން މިއަދު ލުތުފީއާ ގުޅޭ ހަބަރެއް ނެތްތޯ.
ކިއްލިބާޝާ
02 July 2019
ލުތުފީގެ ހަބަރުތައް ހުސްވެއްޖެ.
އިބްރާ
02 July 2019
ލަންކާގެ ތަރައްޤީގެ ބާނީ
ފަހީމާއިބުރޭ
02 July 2019
މިއީ ހިތާމަކުރަންޖެހޭވަރުގެ ޚަބަރެއް . ސީޕްލޭންތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ރާއްޖެއަށް މިގޮތަށް ވަޑައިގަންނަވާ މެހެމާނުންގެ "ސިއްރު ވަޑައިގަތުންތައް " ވީޑިއޯކޮށް ހާމަކުރާނަމަ މިގޮތަށް ރާއްޖެއަށް ވަޑައިގަންނަވަން ބޭފުޅުންގެ " ޕްރައިވަސީ " އަށް އުނދަގުލެއް ކުރެވުނުކަމުގައި ބެލުމަކީ އެކަށީގެންވާކަމެއް . މީގަ ޕޮއިންޓަކީ ރާޖަޕަކްސާ އަށް ނުރައްކަލެއްވުމެއް ނޫނެވެ. ވަޒީފާ އަދާކުރާތަނުގައި މިފަދަ ކަންކަން ތިމާ އަށް ކުރެވޭނެތޯ ނުކުރެވޭނެތޯ ؟
ފީކުދާން
02 July 2019
ކަލެއް ކިހެއްއިންގެނީ އެތާ މުވައްޒަފުންކަމެއް ވީޑިއޯ ލީކު ކުރީ ދެންހަމަ ތިމާއައް ފެންނަ އެއްޗެއްކިޔަނީ ހިތައް ރިގޮތަކައް
މަރިޔަމް ނަޝްފާ
02 July 2019
ބަލަގަ ސިޔާސީ މީހުން ދެކެނީ "އެނީ ޕަބްލިސިޓީ އިސް ގުޑް ޕަބްލިސިޓީ".
ރަދީފް
02 July 2019
ނަސަންދުރަ ޕްރޮޖެކްޓްގެ މައްސަލަ ހައްލުކުރުމަށް ވަޑައިގަތީ.
ހަކީމް
02 July 2019
މިހާރު ބޯކޮށް އޮންނާނެ .. ކޮންމެ ރަށެއް ފަޅެއް ގަނެލަނީ ...
އިދުރީސް-
02 July 2019
މަރްހަބާ
ޢަލީސުޖާއު
02 July 2019
ލަންކާގެ ކުރީގެރައީސް ރާއްޖޭގައި ރާއްޖޭގެ ކުރީގެ އެއްރައީސް ލަންކާގައި ،އަނެއްރައީސް އިތިއޯޕިޔާގަ އަނެއްރައީސް ސިންގައްޕޫރުގައި ،އަދި އެއްރައީސް ހޮރުންނުނިކުމެ ދެދޮރުދޭތެރޭގައި