ޝަރުއީ ދާއިރާ މިނިވަންކުރުމާއި ހަރުދަނާކުރުމާ ގުޅޭގޮތުން ބާއްވާ ސެމިނާ ފެށުމުގެ ރަސްމިއްޔާތުގައި އުއްތަމަފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ (ކ) އާއިކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައިލަމް ސަލާމްކުރައްވަނީ---. ފޮޓޯ: ހުސައިން ވަހީދު/މިހާރު
30 ޖުލައި 2019 - 10:37
ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ނުނިމި 1،910 މައްސަލައެއް އެބަ އޮތް ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެ ކޯޓާ ބެހޭ ގޮތުން އެކުލަވާލި ރިޕޯޓުގައި ބުނެފި އެވެ.
ޝަރުއީ ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތައް ނުނިމި އާދަޔާ ހިލާފަށް ދިގުލައިގެންދާ ކަމުގެ ޝަކުވާ ޖޭއެސްސީ އަށް ހުށަހަޅަމުންދާތީ އެ ކޮމިޝަންގެ ތިން މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލައި ކޯޓުތަކުގައި ހުރި މައްސަލަތައް ބެލުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އަދި ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ ކޮޕީއެއް ޖޭއެސްސީން ވަނީ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފަ އެވެ.
ޖޭއެސްސީން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ވަނީ ނުނިމި ހުރި މައްސަލަތައް ނިންމުމުގައި މަޖިލިހުގެ އެއްބާރުލުމަށް އެދިފަ އެވެ.
ޖޭއެސްސީގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް، މަޖިލިހަށް ފޮނުއްވި ސިޓީއާ ގުޅިގެން ނަޝީދު ވިދާޅުވީ ޖޭއެސްސީ އަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ދަށުން ޝަރުއީ ކޯޓުގެ ކަންކަން ބެލެހެއްޓުމަށް ހަވާލުވެފައި އޮތް ކޮމިޝަނަށްވީ އިރު، ރާއްޖެ އަކީ "އެއްވެސް މައްސަލައެއް ނެތް" ގައުމަކަށް ހަދައި ކޯޓުތަކުގައި ހުރި މައްސަލަތައް ނިންމަށް ބޭނުންވާކަން އަރީފްގެ ސިޓީން ސާފުވާ ކަމަށެވެ.
ކްރިމިނަލް ކޯޓުގައި ހުރި މައްސަލަތަކާ ގުޅޭ ގޮތުން ޖޭއެސްސީ އިން އެކުލަވާލި ރިޕޯޓާ ހަވާލާ ދެއްވައި ނަޝީދު ވިދާޅުވީ ނުނިމި ހުރި 1910 މައްސަލައިގެ ތެރެއިން 10 އަހަރުވެފައިވާ 12 މައްސަލައަކާއި ފަސް އަހަރުވެފައިވާ 126 މައްސަލައެއް އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލިހުގެ ރިޔާސަތުގައި. --- ފޮޓޯ: މަޖިލިސް
ނުނިމި ހުރި މައްސަލަތަކުގެ ތެރެއިން ޖިނާއީ އިޖުރާއާތުގެ ގާނޫނަށް (ޖުލައި 2، 2017) އަމަލު ކުރަން ފެށުނު ފަހުން ކްރިމިނަލް ކޯޓުގައި 181 މައްސަލައެއް ހިމެނޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. ރިޕޯޓުގައިވާ ގޮތުން ކްރިމިނަލް ކޯޓުގައި ތިއްބެވީ ނުވަ ފަނޑިޔާރުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ފަނޑިޔާރުންގެ ޝަރުތާއި ތައުލީމީ ފެންވަރާއި ތަޖުރިބާ ރިޕޯޓުގައި ފާހަގަކޮށްދީފައިވޭ. އަދި މައްސަލަތަކުގެ ތެރެއިން އެކިއެކި ފަނޑިޔާރުންގެ އަތްޕުޅުގައި އެ މައްސަލަ ހަވާލު ކުރެވިފައިވާ އަދަދު އެނގޭ. ރިޕޯޓުގައި ސާފުކޮށްދޭ ނުނިމި ހުރި މައްސަލަތަކުގެ ބާވަތް،" ނަޝީދު ވިދާޅުވި އެވެ.
ކޮމިޝަނުން ކުރި ތަހުގީގަކަށް ފަހު ރިޕޯޓު އެކުލަވާލެއްވީ ޖޭއެސްސީ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަން ކުރެއްވި މެމްބަރު އަދި ކޮމިޝަންގެ ނައިބު ރައީސް މަސްތޫރު ހުސްނީ އާއި މަޖިލިހުގެ މެމްބަރުންގެ ތެރެއިން ޖޭއެސްސީ އަށް ކަނޑައެޅުއްވި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިނާއި ހައި ކޯޓުގެ ފަރާތުން ޖޭއެސްސީގައި އިންނަވާ ފަނޑިޔާރު އަބްދުއް ރައޫފް އިބްރާހިމެވެ.
ރިޕޯޓަށް ބަހުސް ކުރެއްވި އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވީ 1،910 މައްސަލައިގެ ތެރެއިން އެއް ފަނޑިޔާރެއްގެ އަތުގައި 300 އަށް ވުރެ ގިނަ މައްސަލަ އެބަހުރި ކަމަށެވެ. މިހާ ގިނަ މައްސަލަތައް ނުނިމި ހުރުމުން އެތައް ބައެއްގެ ހައްގުތައް ގެއްލިގެންދާނެ ކަމަށް މެމްބަރުން ވިދާޅުވި އެވެ.
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ 10 އަހަރު ދުވަސް ވަންދެން ނުނިމި ހުރި މައްސަލަތަކުގެ ތެރޭގައި ކުޑަކުދިންނާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގާފައިވާ މައްސަލަތަކާއި ކައިވެނި ހެޔޮ ނުވާ ކުޑަކުއްޖަކާ މެދު ބަދުއަހުލާގީ އަމަލު ހިންގާފައިވާ މައްސަލަތައް ވެސް ހިމެނޭ ކަމަށެވެ.
"ކުޑަކުދިންނާ ގުޅޭ މައްސަލަތައް ނުނިމި ކޯޓުގައި އޮތުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން،" ޖުޑިޝަރީ ކޮމިޓީ އަށް ރިޕޯޓު ފޮނުވަން ގޮވާލައްވައި ރޮޒެއިނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދުބޭ
04 November 2019
މިއީ ރާއްޖޭގައި އަދުލުގެ ނިޒާމް އޮތްގޮތް، އެއްކަމެއް ކުރުމުގެ ކުރިން އަދުލު އިންސާފް ގާއިމް ކޮއްދީ އެއަށްފަހު ދެން ހުރިކަންކަމާގެން ކުރިއަށްދޭ
ދައްނަ ޤާޘީ
30 July 2019
ﷲއެއީ ގަދަފަދަ އަޒާބުދެއްވާ ފަރާތެވެ ހަކަށަވަރުން ޒައްގޫމަކީ އަނިޔާވެރީން ކާންލިބޭނެ އެއްޗެއްކަން ކަޝަވަރެވެ
އިބްރޭ
30 July 2019
މިވަރުވީމާ, އިންޑިޔާއިން ފަނޑިޔާރުން އިމްޕޯޓު ކޮއްގެންވިޔަސް މައްސަލަތައް ނިންމަންޖެހެއެވެ. އެކަންވާންނެތިއްޔާ, މައްސަލަ ފައިލްތައް އިންޑިޔާ ކޯރޓުތަކަށް އެކްސްޕޯރޓްކުރާނީއެވެ. ކޮންމެވެސް ހައްލެއް ވަގުތުންވަގުތުން ޖަލުގައި އެތިބަ މީހުންނަށް ހޯދައިދޭންޖެހެއެވެ. މުއްދަތެއްނެތި ބައިތިއްބާ ކޮންމެ މިނިޓަކީ ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ.
ފިބްރޭ
30 July 2019
އެއްވެސް ހާލެއްގައި އިންޑިއާ ފަނޑިޔާރުންނަކީ އޮޕްޝަނެއްނޫން. ޖެހުނުހާ ތަނަކުން ބަޔަކު ގެނެސް ހުކުމް އިއްވޭނީ މިއީ މުސްލިމް ގައުމެއްނޫންނަމަ.
އިސްމާއިލް@
30 July 2019
މިކަމުގާ ހަމައެކަނި ކޯޓު ތަކުގެ އިހުމާލެއްނޫން އޮތީކީ ފުލުހުންނާ ޕީޖީގެ ވެސް އިހުމާލުވެސް ބޮޑު މިހިން މިވިދާޅުވަނީ ކޯޓަށް ފޮނުވާ މައްސަލަތަކުގެ ތެރޭގައި ތަހުގީގު ފުރިހަމަނުވާމައްސަލަތަކާ އަދި ހެކީގެ ބާވަތްތައްކާ ލިޔަކިޔުންތައް ފުރިހަމަނުވާ މައްސަލަތަށް ހިމެނޭ އިރުވެސް ޕްރޮސެކިއުޓަރުންގެ ޒިންމާޔަކަ ވަނީ ހަމައެކަނި ތުހުމަތު ކުރެވޭ މީހާޔައް ފަނޑިޔާރަކު ލައްވާ ބޮޑެތި ހުކުމް ތަކެށް ކުރުވުމެއްނޫން ޕްރޮސެކިއުޓަރުގެ ވެސް ޒިންމާއަކައްވެސް ވާންވާނެ ތުހުމަތު ކުރެވޭ މީހާގެ މައްޗަ ސާބިތު ވާވަރަށް ހެއްކާއި ގަރީނާ ނެތީޔާ އެމައްސަލަޔެ ކޯޓަށް ނުފޮނުވާ އެމީހަކު ތުހުމަތުން ބަރީޔަކުރުވުންވެސް ވީމާ ކޯޓު ތަކަށް ހަމައެކަނި ޒިންމާ ނުދައްކާ ކޯޓު ތަކަށް މައްސަލަތައް ވައްދާ ޕްރޮސެކިއުޓަރުގެ ވެސް ޒިންމާތަކެއްހުރިކަން އަދި އެޒިންމާ ތަކަކީ ޕްރޮސެކިއުޓަރުގެ ޒިންމާޔެ ކަން ދަނެ އެފަދަ ކަންކަމުގައި އަމަލުކުރަން ޖެހޭ ގޮތައްއަމަލުކުރަންވީ ކޮންމެ ބަޔެއްވެސް އެބަޔެއްގެ މައްސޫލީޔަތު އަދާކުރަންވީ !
މީވީގޮތޭ
30 July 2019
މުއްދަތެއްނެތި ޖަލުގައި ތިބި އެންމެން މިހާރުންމިހާރަށް ދޫކުރަން ޖެހެއެވެ. މިމީހުންނަށް ކޯޓްރޫމާއި މުވައްޒިފުން ހަމަވަންދެން ނުހައްގުން ބަޔަކު ޖަލުގައި ބައިތިއްބާކަށެއް ނުޖެހެއެވެ. މިއީ މުޅި ޖޫޑިޝަރީ ލަދުގަންނަންޖެހޭވަރުގެ ގައުމީ މައްސަލައެކެވެ. މިގައުމުގެ އަދުލުއިންސާފު ގާއިމުކުރުން މިހާލަތަށް ދިޔުމުގައި ހުރިހާކޯޓުތަކަކާއި ފަނޑިޔާރުން ޒިންމާވާންޖެހެއެވެ. މައްސަލަތައް ނިންމުމުގައި ތަރުތީބުކުރެވެންވާނީ ކުރިން އަންނަމައްސަލައެއް ކުރިން ނިންމާ އުސޫލުންނެވެ. ސިޔާސީވީމާ, ވަކިން އިސްވެގެން ނުވާނެއެވެ. ޖޫޑިޝަރީއަށް ބޯކޮށް ސަލާމް.....
ނެމް
30 July 2019
ތި ޕާޓީ ބާއްވަން ޖެހޭވަރުގެ ކަމެއް. އަވަހައް ހުރިހާ ބޭފުޅުން ޗުއްޓީއައް ވަޑައިގަންނަވާ
ޙުނި
30 July 2019
ޝަރީއަތްތަކާބެހި ނުފޫޒުނުފޯރުވާ ސްޕްރީމްކޯޓު ކޯފާވެދާނެ
ބުއްދި ހަމަ ޖެހޭ
30 July 2019
ޖިނާއީ މައްސަލާ ތަށް އަވަސް ކުރަން ޕީޖީ އަކުން ވެސް މަސައްކަތެއް ނުކުރެއެވެ. ހަމަ އެހެންމެ ދިފާޢި ވަކީލުން ވެސް އުޅޭނީ ޓައިމް ވޭސްޓް ކުރާށެވެ. އަދި ކޮބާ ކޯޓް ތަކުގެ ފަނޑިޔާރިން އެއްކޯޓުން އަނެއް ކޯޓަށް ބަދަލު ކުރުން ގިނަވުމަކީ ވެސް އަދ ސެކްޝަން ބަދަލު ކުރުމަކީ ވެސް ނުހަނު ބޮޑު ލޮޅުމެއް އަރާ ކަމެކެވެ. ދަންނަވަން ތޯއެވެ؟ ނިމުނު މައްސަލަ ތަކަކިގެ އަދަދު ވެސް ބަލަން ވާނެއެވެ . ދުވާލަކު އެވްރެޖް 2 މައްސަލަ ފަނޑިޔާރަކު ނިންމަވާކަން އެގޭތޯއެވެ
މާޝާ
30 July 2019
އިއްޔެވެސް ސިޔާސީމީހުންގެ މައްސަލަ ބަރިބަރިއަށް ރޮކެޓް ސްޕީޑުގައި ހަވާ ފަޓާސް ބަރިއެއް ހެން، މިއަދުވެސް އެފިޔަވަޅުމަތިން ހިނގީމަ ހުންނާނީ އިންސާފު ގާއިމުވެފައި. މައްސަލަތައް ތިލަފުއްޓަށް ކުނިޖަމާވާހެން ޖަމާވާނެ
ހީނާ ކުޑޭ
30 July 2019
ގޯލަށް ނުޖެހިނު ސަބަބު ދަނޑުގެ ބޭރުގައި ތިބޭ މީހުނަކަށް ނޭގޭނެ އެވެ. ބާރަށް ދުވި ނަމަ " އެބޯޅަ" އަތުވާނެ ކަމަށް ދަނޑު ބޭރުގާ ތިބޭ މީހުނަށް ހީވިޔަސް ކުޅުން ތެރިޔާ ވަރުބަލިފައި ހުރިވަރާ ޕްރެޝަރު ހުރި ވަރު އެގޭނީ ކުޅުން ތެރިޔާ އަށެވެ.