ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (ވ) އަދި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ސަލާމް ކުރައްވަނީ. --- ފޮޓޯ: މިހާރު
12 ނޮވެމްބަރ 2019 - 12:46
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމެން އުޅޭ ކަމުގެ ހުރިހާ މަންޒަރެއް ފެންނަމުންދާ ކަމަށާއި އަންނަ އަހަރުގެ ޖެނުއަރީ ނުވަތަ ފެބްރުއަރީ މަހުގެ ތެރޭގައި ވެރިކަން ނިމޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ގުޅިގެން ބޭއްވި އެއްވުމެއް ގައި ތޯރިގް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންނެވި ވައުދުތައް ނުފުއްދިއްޖެ ނަމަ، އެމަނިކުފާނުގެ ވެރިކަމުގައި "ސިއްކަ" ޖެހޭނެ ކަމަށެވެ. ވެރިކަން އޮތީ "ޣަރުބަގަތް" އިރު "ބައިގެން" ގޮސްފައި ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއަކު ދެން ހިފަހައްޓަން މާ ގިނަ މަސައްކަތްތަކެއް ކުރަން ނުޖެހޭނެ. މި ވެރިކަން ދަނީ ނިމެން،" އިދިކޮޅު ޕާޓީ ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ބޭއްވި އެއްވުމުގައި ތޯރިގް ވިދާޅުވި އެވެ. "އަޅުގަނޑަށް ނުފެނޭ ކުރިއަށް އޮތް އިރުވައި މޫސުމުގެ ހަޅަ ނިމިގެން މި ވެރިކަން ދެން ހިފަހައްޓާލާނެ ހެން."
ތޯރިގް ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ސަނާ ކިޔަމުންދިޔަ ނަމަވެސް އެއީ ވަގުތީ ކަމެކެވެ.
އެ މެންބަރުންނަކީ، ސަރުކާރުން މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރުގެ ބަޖެޓް ފާސްވަންދެން ތިއްބެވި ބައެއް ކަމަށް ތޯރިގް ވިދާޅުވި އެވެ. އަދި ބަޖެޓު ފާސްވުމާ އެކު، އެ މެމްބަރުން ރައީސް ދޫކޮށްލައްވާނެ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
އެހެންވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުނު އިރަށް ވުރެ އަވަހަށް ނިމޭނެ ކަމަށް ތޯރިގް ގަބޫލު ކުރައްވަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުރީގެ ރައީސް މުހައްމަދު ވަހީދު ގެ ވެރިކަމާއި މި ވެރިކަމާ އެއްވެސް ތަފާތެއް ފެންނާކަށް ނެތެވެ. ދެ ވެރިކަމުގައި ވެސް ތަރައްގީގެ އެއްވެސް މަޝްރޫއެއް ހިންގާފައި ނެތް ކަމަށް ވިދާޅުވެ ތޯރިގް ފާޑު ވިދާޅުވި އެވެ.
އިދިކޮޅު ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މި ސަރުކާރަށް ބައިއަތު ހިފައިގެން ތިބީ "ޖީބުތައް" ފުރަން ބޭނުންވެފައި ތިބި މަދު ބައެއް ކަމަށެވެ. ސަރުކާރުގެ ބޭނުމަކީ ގާތް ރައްޓެހިންނަށް ބަދަލުގެ ގޮތުގައި ފައިސާ ދީ މާލިއްޔަތު ހުސްކޮށްލުން ކަމަށް އޭނާ ވިދާޅުވި އެވެ.
އަބްދުއްރަހީމް ދެން ސަރުކާރަށް އެންމެ ބޮޑަށް ކުރެއްވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ސިޔާސީ ދައުވާއެއްކޮށް، އެމަނިކުފާނު ޖަލަށްލުމަށް މަސައްކަތް ކުރާ ކަމުގެ ތުހުމަތެއް އެވެ. އަދި ޔާމީނަށް ބޭނުންހާ ގޮތެއް ހަދާ އިރު، "ގޭގައި ނިދަން" ނުތިއްބަވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގައި ޖުމްހޫރީ ދުވަހެއްގެ އަސާސްތަކާއި ސިފަތައް ވަނީ ގެއްލިފަ އެވެ. ރާއްޖޭގައި މިހާރު ކުރަމުން ދަނީ ހުދުމުހުތާރު ވެރިކަމެއް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
"ހުދުމުހުތާރު ވެރިކަމަކުން ފެންނަ ހުރިހާ ސިފައެއް ފެންނަމުން އެބަދޭ. ހުދުމުހުތާރު ވެރިކަމެއްގައި އެންމެ ބޮޑަށް ފެންނަމުން ދާނީ އަނިޔާވެރިވާ މަންޒަރު. އެ މަންޒަރު އަޅުގަނޑުމެންނަށް ފެންނަމުން އެބަދޭ،" ޔާމީންގެ އެންމެ އަރިސް މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަބްދުއްރަހީމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭބެ
13 November 2019
ތިހެން ދެބޯގެރިދުއްވަން ނޫޅި 5 އަހަރުފަހުން ކުރިމަތި ލާބަލަ ތިދެނީ ޕެނަޑޯލް ކައިގެން މަޑުން ހުރިއްޔާ މާތާހިރުވާނެ. އހަރެމެން ތިޕެނަ ޑޯލްކޭވަރަށް ގާތަކައް ކަލޭމެންނަށް ނުކެވޭނެ. ވރސލމ
އަޙުމަދު.
12 November 2019
މީ ހީކުރި ވަރަށްވުރެ ތަންދޮރު ނުދަންނަމީހެކެވެ. ޤަރުބަގަތުމާ ބައިގެންދިއުން ނޭންގޭ ހާލުގަ އެވާހަކަ ނުދައްކާނީ. ތިކަލަ ކޮސްވާހަކައެއް މާފުންނާބުއުސް ކަމަށް ހެދިގެ އުޅުނު ޤާނޫނީވަކީލަކުވެސް ދެއްކި.
އާސީނުތަށި
12 November 2019
ކަލޯ ޓޮމާ، ވެރިކަމެއް ތހިހެން ވައްޓައެއް ނުލެވޭނެ އިނގިއްޖެ...ނަނާހުވަފެ ބެލުން ހުއްޓާލާ!
ގޮއިދޫހަސަނު
12 November 2019
އިލްހާމް އަންނަނީބާ؟ ނުވަތަ އެހިސާބަށް ރޭވުން ގެންދެވުނީބާ؟
މުލޭ
12 November 2019
އިބޫގެ ވެރިކަން ރަނގަޅުވާން ނޭދޭ ބަޔަކު އިބޫގެ ޕާޓީތެރޭގައި އުޅޭ.
އަލްޖިބްރާ
12 November 2019
ތިޔަގޮތަށް ވާންކޮށްފާ މީގެ ކުރިން އުޅުނީ ޔާމީނުގެ އޮފީހުގައި ގެންގުޅުނު މުއާޒު ކިޔާމީހެއް ! މޮޔަވެގެން އުޅުނުހެންވެސް ހީވި ! މިހާރު ކޮބާ؟ ކަލެއަށް އެވަރުވިޔަވެސް މޮޅު !
ވަކަރު ގޭ އާދަމް ފުޅު
12 November 2019
ސޭޓާއި އެކު އެމް އޯ ޔޫ ހަދާއިގެން ހުރެތަ އިއުލާން ކުރީ! އަޕް ޑޭޑު ދީ ބަލަ
ނެޑް
12 November 2019
ހެޔޮނުވާނެ، އަދުރޭގެ ޖީބަށް ބަރުކޮށްދީބަލަ. ހާދަ މެޓަޔެކޭ ގެއްލުނީ.
ޒިންދަގީ
12 November 2019
ޓޮމްއަށް ކުއްލިއަކަށް ނިދިން ހޭލެވިގެން ވިސްނާލިއިރު މީހުވަފެނެކެވެ.. އަނެއްކާ ހޭލެވުނުއިރު މޑޕއަށް ސޮއެވެސް ކޮށް ނިމިއްޖެއެވެ.. އެނީތިންގ އިޒް ޕޮސިބަލް
ޓޮމްސީ
12 November 2019
ޓޮމް ސީލާ، މިޤައުމުގައި އަދި މިހާ ތަނަށް އިބޫ ވަރުގެ ބެސްޓް ރައީސެއް ނެތް، ކުޅަދާނައެއްނޫން ބަޢާވަތްކޮށް ރައީސް ވައްޓާލާކަށް.