މުދިމު ދިރިއުޅޭ. ގެ: އަންހެނުން މި ރަށުން ފުރައިގެން ދިޔައީ މުދިމުގެ މައްސަލައެއްގައި ހިންހަމަނުޖެހިގެން ކަމަށް މި ރަށުގެ ބައެއް މީހުން ބުނޭ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
20 ޖެނުއަރީ 2020 - 10:50
ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ކުއްޖާއާ ބެހުނު މައްސަލައިގައި ހައްޔަރުކުރި އުމުރުން 62 އަހަރުގެ މުދިމު، ކުރިން ހިންގި ކަމަށް ތުހުމަތުކުރާ ޖިންސީ ގޯނާގެ އަމަލުތަކެއް، ފިޔަވަތީގައި ވަޒީފާ އަދާކުރި އޭނާގެ އަންހެނުން ސިއްރުކުރި ކަމުގެ ޝަކުވާތަކެއް މި ރަށުން ކޮށްފި އެވެ.
ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާ ކުދިން ބައިތިއްބާ މަރުކަޒު، ފިޔަވަތީގައި އަހަރުތަކެއް ވަންދެން ވަޒީފާ އަދާކުރި އަންހެންމީހާ ސަސްޕެންޑްކުރީ، މާމަ ދަރިފުޅު ޖިންސީ ގޯނާގެ ޝިކާރައަކަށް ވި މައްސަލަ ފެންމަތިވުމުންނެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި، ރައްކާތެރި މާހައުލެއް ހޯދައިދޭން ކުދިން ބައިތިއްބާ މަރުކަޒުގެ ވަޒީފާ އިން އޭނާ ސަސްޕެންޑް ކުރީ، ޖެންޑާ މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. ތަފްސީލެއް ނުދެ އެވެ.
އެއް އަހަރާ ނުވަ މަހުގެ ކުއްޖާ އަށް މުދިމާއި އޭނާގެ ބައްޕަ (އެ ކުއްޖާގެ މުނި ކާފަ) ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހިތްހަމަނުޖެހިފައި ތިބި މި ރަށުގެ ބައެއް މީހުން ބުނިގޮތުގައި، މުދިމުގެ ބޮޑު މައްސަލައެއް މީގެ އަހަރުތަކެއް ކުރިން ފަޅާއެރި އެވެ. ކުޑަ ކުއްޖަކަށް ޖިންސީގޯނާކުރި އެ މައްސަލައިގައި، ހިތްހަމަނުޖެހި މުދިމުގެ އަންހެނުން ދަރިންނާ އެކު މާލެ ބަދަލުވީ ކަމަށް ކަނޑުހުޅުދޫގެ ގިނަ ބަޔަކު ބުންޏެވެ.
އެކަމަކު، އެ މައްސަލަ އެއްވެސް މުއައްސަސާއަކަށް ރިޕޯޓެއް ވެސް ނުކުރެ އެވެ.
"މައްސަލައިގެ އަސްލު ފެށުމަކީ އެއީ. އެކަމަކު އެކަން ސިއްރުކޮށް އޭނާ [މުދިމުގެ އަންހެނުން] ރަށުން ފުރައިގެން ދިޔައީ. އޭގެ ފަހުން އަދި އޭނާ މި ރަށަކަށް ނާދޭ. އެހެންވީމާ ފުރަތަމަ ބަލަންވީ އެ މައްސަލަ ނޫންތޯ؟" މި ރަށުގެ ކެފޭއެއްގެ ތެރޭގައި ތިބި މީހުންގެ ތެރެއިން އެކަކު ބުންޏެވެ.
އޭނާގެ ވާހަކަ އަށް ހިތްވަރުދީ، އެކުގައި ތިބި އެހެން މީހުން ތަފްސީލް ދެމުން ބުނީ މުދިމުގެ ޖިންސީ ގޯނާގެ ޝިކާރައަކަށް އެ ފަހަރުވީ ކުއްޖާ ގޭތެރެއިން ރޮމުން ދުވެފައި ނުކުމެގެން ގޮސް ކައިރި ގެއެއްގެ މީހަކަށް އެ ވާހަކަ ކިޔައިދިން ކަމަށެވެ. މި ތުހުމަތަކީ، ހިނގި ކަމެއް ކަމަށް މި ރަށުން ވާހަކަ ދެއްކި ރަށުގެ ގިނަ ބަޔަކު ބުންޏެވެ.
ދެ އަހަރުގެ ކުއްޖާ އަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަކުރާ ތިން މީހުން ދިރިއުޅު ގެ: މި ގޭގެ ފިހާރައިގެ މައި ދޮރު ބަންދުކޮށް އެެތެރެއަށް ވަންނަން ޖެހެނީ ގޭތެރެއިން ލާފައި. --ފޮޓޯ: ނިޝާން އަލީ/މިހާރު
އަންހެނުން ދިރިއުޅުން މާލެ ބަދަލުކުރުމުން މުދިމު އުޅުނީ އެކަންޏެވެ. ދެ ފަހަރެއްގެ މަތިން މާލެ ދިޔަ ކަމަށް ބައެއް މީހުން ބުނެ އެވެ.
މުދިމުގެ އަންހެނުން މައްސަލަ އޮއްބާނުލައި އޭރު ރިޕޯޓް ނުކުރި ސަބަބަކަށް މި ރަށުގެ ބައެއް މީހުން ލަފާކުރަނީ، އޭރު ވެސް މުދިމުގެ އާއިލާގެ ނުފޫޒު ސަރުކާރުގެ އެކި މުއައްސަސާތަކުގައި އޮތުމެވެ. އެކަމަކު އެކަން ރިޕޯޓް ކުރި ނަމަ، އެފަދަ އެހެން ކަމެއް ތަކުރާރުވުމުގެ ފުރުސަތު ކުޑަވީސް ކަމަށް މި ރަށުގެ ބައެއް މީހުން ދެކެ އެވެ.
"އޭގެ ފަހުން އެ މީހުން [މުދިމާއި ބައްޕަގެ އިތުރުން ދަރިފުޅު] އެ އުޅެނީ ބަންދު ކޮއްޓެއްގައި. އެތާ އުޅޭ ގޮތެއް، ކުރާ ކަމެއް މި ރަށުގެ އެހެން ބަޔަކަށް ނޭނގޭނެ،" އެކަކު ބުންޏެވެ.
އޭނާ އެ އިޝާރާތްކުރީ މުދިމު ދިރިއުޅޭ ގެ އަނދިރިކޮށްފައި އަބަދުވެސް ދޮރުތައް ލައްޕާފައި ހުންނަ ވާހަކަ އަށެވެ. މި ރަށުގެ ބައެއް މީހުން އެތަން ސިފަކުރަނީ "އަނދިރި ހޮހަޅައިގެ" ގޮތުގަ އެވެ. އެ ގޭގައި މުދިމު ފިހާރައެއް ހިންގި ނަމަވެސް ވިޔަފާރިކުރަން އެތަނަށް ދަނީ މަދު ބައެކެވެ. އެ ފިހާރައިގެ މައިދޮރު ބަންދުކޮށްފައި ހުންނަ އިރު ވަންނަން ޖެހެނީ ގޭތެރެއިން ލާފަ އެވެ.
"އަޑު އިވޭ ވާހަކަތަކުންނާ އެކު ބިރުން ދެން ނުދަނީ،" މި ރަށުގެ އަންހެނަކު ކިޔައިދިނެވެ.
ދެ އަހަރު ނުފުރޭ ކުއްޖާ އަށް ޖިންސީގޯނާކުރި މައްސަލައިގައި މުދިމުގެ އިތުރުން އޭނާގެ ބައްޕަ އާއި ދަރިފުޅު ވެސް ވަނީ މިދިޔަ ހުކުރު ދުވަހު ހައްުޔަރުކޮށްފަ އެވެ. ކުއްޖާއާ ބެހުނު ކަމުގެ ތުހުމަތު ކުރަނީ ކާފަ އާއި މުނި ކާފަ އަށެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑު އޮންނަ އެ ބައްޕަ އަށް ކުރަނީ އެނގި ހުރެ އިހުމާލުވުމާއި މަންމަގެ އާއިލާއާ ކުއްޖާ ހަވާލުކުރަން ދެކޮޅު ހެދުން ފަދަ ތުހުމަތުތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާއު
22 January 2020
ރަށުމީހުންގެ ޒިންމާ ކޮބާ އަންހެނުން ބިރުން ދިޔަ އީމަ ރަށު މީހުން ހިމޭނުން.
ނާމާ
22 January 2020
ފިރިމީހާގެ މުޑުދާރު އަމަލުތައް އޭނާ ހާމަ ނުކުރީ ސިސްޓަމް ފެއިލްވެފައިވާތީ ކަން ޔަޤީން. އެހެންކަމުން ތި މައްސަލައިގައި ކުއްވެރިވަނީ ޖެންޑަރ މިނިސްޓަރުކަން ކުރި މީހުން.
ނޫސް ބަލާމީހާ
22 January 2020
މުދިމުގެ އަމަލުރައް ހުރިގޮތުން އޭނާއަައި ދުރަށްދިޔަ މީހަކީ ނުރައްކަލުން ސަލާމަތްކަން ހޯދަން ދިޔަމީހެއް ކަމުގައިވާނަމަ ހިމާޔަތް ދޭންވާނެ. ޢެކަމަކު އެވާހަކަ އޭނާ ނުދައްކާހުރީ ކޮން ސަބަބަކާހުރެތޯވެސް ބެލެންވާނެ. ޢަނބިމީހާ ސިއްރުކުރަންޖެހޭ ބައިވަރު މައްސަލަތައް ހުންނާނެ. އޭގެތެރޭގައި އާއިލީ ދިރިއުޅުމުގެ މަސްލަޙަތުވެސް ހުންނާނެ. ސިއްރުކުރިކަމަށް ބުނާބުނުން ވަރަށް ބޮޑަށް ތަޙްޤީްު ކޮށްފައި ފިޔްވަޅެއް އަޅަންވާނީ.
ނެތް
21 January 2020
އަންހެނުން ފިރިހެންކުދިންނާ ބެހޭ މައްސަލަ މިކަހަލަ ދަނޑިވަޅުތަކުގަ ވަޅުޖަހާތީ ދެރައީ. އެވާހަކަ ދައްކާނެ މީހަކު ނެތް.
ތޯއި
21 January 2020
އޭނާގެ ކުއްވެރިކުރަނީ މުވައްސަސާތައް ފެއިލުވެފައި އޮތްއިރު. އޭނާއަށް 1 އެއްފަހަރު 2 ފަހަރު ތިންފަހަރު ކުރިވިދާނެ ރިޕޯޓު. އޭނާއަށް ޔަޤީންކަން އޮންނާނެތަ ފިޔަވަޅު ނޭޅި ތި ނުލަފާ މީހުން އޭނަގެ ދުވަސް ދުއްވާ ނުލާނެކަމަށް. މުވައަސަސާތަކުން މީގެ ޖަވާބު އަމިއްލައަށް ދެއްވާފަައި އޭނާއަށްއިހުމާލު ވިކަމަށް ފިޔަވަޅު އަޅަންޏާ މުވައްސަސާތަކުގެ ވެރިންވެސް އިސްތިއުފާދީފައި އެމީހުންގެ މައްޗަށްވެސް ޝަރީއަށް ހިންގަމާ. ކުދިކަންބަޅި ގުރުބާންކުރުން ތިޔަށް ކިޔަނީ
ޝައިޚް.
21 January 2020
ޔާމީނު ވެރިކަމުގަ އަންހެންމީހާއަށް ވަޒީފާ ދީފަ، މައްސަލަ އޮއްބާލަން،
ބްރެކެޓް
21 January 2020
އެއަނަހެނާގެ ބެކްގްރައުންޑް ޗެކް ނުކޮށް "ފިޔަވަތި" ކަހަލަ ނާޒުކު ތަނަކަށް ލެވުނީ ސިދާތާގެ މިނިސްޓްރީން ބަލަން ވާވަރަށް ބަލާފަތޯ.....؟
ާަަަފާތި
21 January 2020
'ފިޔަވަތީގައި އަހަރުތަކެއް ވަންދެން ވަޒީފާ އަދާކުރި އަންހެންމީހާ' އޭރުވެސް ސިދާތާ ތަ؟ ނޫނީ ޒެނީޝާތަ؟ މީހުންގެ މިނިސްޓްރީ ތަކެއް ހުންނަ ކަމެއް ނޭގެ.
ވެނީލާ
21 January 2020
ކީއްވެތަ "މުދިމޭ" ތިކިޔަނީ!! އޭނަގެ ނަން ބޭނުން ކޮށްބަލަ!! އިސްލާމީ ޝަރީއަތުގައި މީހަކާ އިނދެ ހުރެ ޒިނޭކުރާ މީހާގެ ހުކުމަކީ "ރަޖަމް"
އަލީރާޖާ
21 January 2020
މިހާރު އެ ވާހަކަތައް ތިޔަ ކިޔައިދެނީ އޭރުވެސް ތިޔަކަންކަން ހިގިކަން އިގޭ މީހުންނެއްނު؟ އޭރު ރިޕޯޓު ނުކޮށްގެން މުދިމު އަންހެނުން ކުށްވެރިވަންޏާ ކަލޭމެންވެސް ރިޕޯޓު ނުކޮށްގެން ކުށްވެރިވާނެ! މީހަކު އަޅެ އަޖައިބެއް ނުވާނެ؟ މިއީ ކޮންކަހަލަ ބައެއްތަ؟
މުލޭ
22 January 2020
100 ގެ ވާހަކައެއް.
އައިންތު
20 January 2020
މުޅިރަށުގަ އެކަލަ މީހުންދޯ؟ އެހެންވެތާ މުނިކާފަ ގެންދިޔަ އިރުވެސް ހަމަ ޖެހިލައިގެން ވީޑިޔޯ ކުރަން ތިބީ. ﷲއަށް ބިރުވެތިވޭ. މިނޫން ދުވަހެއް އަންނާނެކަން ހަނދާން ނައްތާ ނުލާ....