07 ފެބުރުއަރީ 2020 - 15:39
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަައިވާ އިންތިގާލީ އިންސާފުގެ ބިލު ފާސްކޮށް ގާނޫނަކަށް ހަދައި، އަނިޔާ ތަހައްމަލު ކޮށްފައިވާ ގިނަ ބަޔަކަށް އިންސާފު އަވަހަށް ލިބުމަކީ "މިއަދުގެ އުއްމީދު" ކަމަށް އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް ސިފައިންނާއި ފުލުހުންގެ ތެރެއިން ބަޔަކާއި އަދި އާންމުންގެ ބަޔަކު ނުކުމެ އެމަނިކުފާނުގެ އިސްތިއުފާ އަށް ގޮވައި ކުރިމަތިވި ފިއްތުންތަކާ ހެދި އިސްތިއުފާ ދެއްވި ދުވަހާ ގުޅުވައިގެން ކުރެއްވި ޓުވީޓެއްގައި އޭޖީ ރިފްއަތު ވިދާޅުވީ، އިންތިގާލީ އިންސާފުގެ ބިލުގެ ބޭނުމަކީ ތެދު ހާމަކޮށް، ތަކުރާރުކޮށް، ކުށްކުރުން ހުއްޓުވައި ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ބިނާކުރުން ކަަމަށެވެ.
އެ ޓްވީޓްގައި "މިއަދުގެ އުއްމީދު" ކަމަށް ރިފްއަތު ވިދާޅުވެފައި އެ ވަނީ ބެލެވޭ ގޮތުގައި އެމްޑީޕީގެ ފުރަތަމަ ވެރިކަން ވެއްޓުނު ތާރީޚު ކަމަށްވާ ފެބްރުއަރީ 7، 2012 އަށް އިޝާރާތް ކޮށެވެ.
ނަޝީދުގެ ވެރިކަން ބަދަލުވީ، އެމަނިކުފާނުގެ އިސްތިއުފާއާ ގުޅިގެން ކަމަށް އެއް ބަޔަކު ގަބޫލުކުރާއިރު، އެމްޑީޕީގެ މެމްބަރުން ދެކޭގޮތުގައި ނަޝީދު އެ ފިޔަވަޅު އެޅުއްވީ އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި ބަޣާވާތެއްގެ ތެރެއިންނެވެ. އެކަމަކު އެކަން ހިނގި ގޮތް ތަހުގީގު ކުރަން އުފެއްދި ނޭޝަނަލް އިންކުއަރީ ކޮމިޝަން (ކޯނީ) އިން ނިންމާފައި ވަނީ އެއީ ބަޣާވާތެއް ނޫން ކަމަށެވެ.
— I.Riffath (@ibriffath) February 7, 2020
އޭޖީ ރިފްއަތުގެ ޓުވީޓް
"ނިޒާމީ ސިފައެއްގައި ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެތަނުގެ ވެރިއަކު ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމަށް އަރައިގެންފައިވާ މައްސަލަތައް ބަލައި ތަގުގީގުކޮށް، ތެދު ހާމަކޮށް، އެފަދަ އަނިޔާ ތަކުރާރު ކުރުން ހުއްޓުވައި، ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ބިނާކުރުމަށްޓަކައި ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ އިންތިގާލީ އިންސާފުގެ ބިލް ފާސްކޮށް ގާނޫނަކަށް ހަދައި، އަނިޔާ ތަހައްމަލުކޮށްފައިވާ ގިނަ ބަޔަކަށް އަަވަހަށް އިންސާފު ލިބުމަކީ މިއަދުގެ އުއްމީދު،" ޓްވީޓްގައި ރިފްއަތު ވިދާޅުވި އެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި އިންތިގާލީ އިންސާފުގެ ބިލުގެ މަގްސަދުގެ ގޮތުގައި ވަނީ 2012 އިން ފެށިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުމާ ހަމައަށް ނިޒާމީ ސިފައެއްގައި ރޭވިގެން ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ ބޮޑެތި އަމަލުތައް ބަލައި އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ މީހުންނަށް އިންސާފު ހޯދައި ދިނުމެވެ.
ނަޝީދުގެ އިސްތިއުފާއާ އެކު، ދެން ވެރިކަމާ ހަވާލުވެވަޑައިގަތީ އެމަނިކުފާނުގެ ނައިބު ރައީސެއްގެ ގޮތުގައި ހުންނެވި މުހައްމަދު ވަހީދެވެ. އެ ނިންމެވުމާ އެކު، ނަޝީދާއި ވަހީދުގެ ގުޅުން މިއަދާ ހަމައަށް ވެސް ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.
"ފެބްރުއަރީ 7" އެއީ އޭރުގެ އިދިކޮޅުން ނަޝީދުގެ ސަރުކާރާ ދެކޮޅަށް ބަޣާވާތް ކުރި ދުވަސް ކަމަށް އެމްޑީޕީ އާއި ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުން ގަބޫލުކުރިޔަސް އެ ވިސްނުމާ ދެކޮޅު މީހުން ދެކޭގޮތުގައި އެއީ ރައްޔިތުންނަށް ނަސްރު ލިބުނު ދުވަހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޮކްތެރަޕީ
08 February 2020
ރާއްޖެ ތަރައްގީ ކުރެވޭތޯ ބަލާބަލަ. ބަދަލުހިފުން ދޫކޮއްލާފަ. ތިއުޅެނީ އެމްޑީޕީގެ ދުވަސްދުއްވާލަން.
އިހުސާނާ
08 February 2020
ދަތުރުފަތުރޭ ކިޔައިގެން ދީބާޖާ މީހުންނަށް ރިސޯޓު އަޅަން ރަށް ދިނީމަ، ދަތުރުފަތުރު ނިޒާމު ނުހިންގާ އުޅުނީ ރިސޯޓު ހަދަން ރަށް އުޅުނީ ބަޔެއްގެ ބޮލުގަ އަޅުވައިގެން ލާރިގަނޑެއް ކައްވާލެވޭތޯ! ދެން ކޮންޓްްރެކްޓް ބާތީލު ކުރީމަ، ބަދަލު ދޭން ޖެހޭތަ ބައިތުލުމާލު ހުސްކޮށްގެން!
ޢަލއ
08 February 2020
ތި ބިލް ނިމިގެންދާއިރު ވެށިފަހިމާލެ ޕްރޮގްރާމްގެ ދަށުން މާލެއިން ފްލެޓްލިބޭނެކަމަށް ލިޔުންދީފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓެއްގެ އަގު ދެމިލިއަނަށް ހެދުމުން ފައިސާނުދެއްކި ފްލެޓް ގެއްލުނު މީހުންނަށާއި ގުޅިފަޅުން ފްލެޓްގަނެ ފުލެޓް ނުލިބުނު މީހުންގެ ވާހަކަވެސް ކޮންމެވެސް މެންބަރަކު ހިމަނުއްވައިދެއްވުން ވަރަށްބޮޑަށް އެދެމެވެ.
ޖުލައި
08 February 2020
ކަމެއްވާ މީހެއްތަ
ވަތުބަތާނަ
08 February 2020
ތިއީ ރީދޫ ކުދިންނަށް ދައުލަތުގެ ބަޖެޓް ބަލާލަން ހަހާމަޅިއެއް. އަބަދަކު އިންތިގާލީ ހަދާކަން ނުހުރެވޭނެ.
ޟާސް
08 February 2020
ބަދަލް ދިނުމުގެ ޕުރޮފެސަރ. ސާބަހޭ ރިފޫ.
އަޙްމަދް.
07 February 2020
ރިއްފަތު އިޒް އަ ގުޑް ބޯއީ
ބޮޑުމީހާ
07 February 2020
މި މީހުން މި އުޅެނީ ކިހިނެއްވެގެންތަ؟ އެއްފަހަރު އިންސާފު ހޯދާ ވާހަކަ ކިޔާއިރު އަނެެއްކޮޅުން އެމީހުން ލައިގެން ސަރުކާރެއް ބަދަލުކޮށް މިނިސްޓަރުކަންދީ، ނުޖހާ ސަކަރާތެއްނެތް. ދެން ފޮނި ވާހަކަ ނުދައްކާ ވައުދު ފުއްދޭތޯ ބަލާ
ނަސީދު
07 February 2020
ޢެހެނަވީމާ އަންނި އައް ބާކީއޮތް ތިންއަހަރު ވެރިކަންހަވާލުކުރަންވީނުން އަންނީ ވެސް ގަދަބާރުން ވެރިކަމުންބޭލީތާ ރިއްފަތު މިކަމައް އެއްޗެއް ބުނެލަދީބަލަ
މަރީ
07 February 2020
ރިފްއަތާ ހިސާނު އަޑީގަތިބެގެން ރައްޔިތުންނަށް ދެމުންގެންދާ އަނިޔާއަށްވެސް އިންސާފް ލިބެންޖެހޭނެ ނޫނތޯ!
ރާނީ
07 February 2020
ހުރިހާ ކޯޓުތައް ގަނޑުބަޑުކޮށްފި