ވޫހާން ސިޓީން ނެރެ، އިންޑިއާގައި ކުރިން ކަރަންޓީނު ކުރި ދިވެހިން މި މަހުގެ 18 ގައި ރާއްޖެ އައުމުން ފޮރިން މިނިސްޓްރީ އާއި ރާއްޖޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަންގެ ބައެއް ބޭފުޅުން މަރުހަބާ ދަންނަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
27 ފެބުރުއަރީ 2020 - 08:46
ކޮރޯނާވައިރަސް ނުވަތަ ކޮވިޑް ފެތުރެން ފެށި ޗައިނާގެ ވޫހާންގައި ތިބި ނުވަ ދިވެހިންގެ ތެރެއިން ބާކީ ދެ ދިވެހިން އިންޑިއާގެ އެހީތެރިކަމާ އެކު، މިއަދު ހެނދުނު ދިއްލީ އަށް ގެންގޮސް ކަރަންޓީނު ކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ، އެ ދެ ދިވެހިން ދިއްލީ އަށް ގެންދިޔައީ، ވޫހާންގައި ތިބި އިންޑިއާގެ މީހުން އަނބުރާ ގެންދިއުމަށް ބޭއްވި، އިންޑިއަން އެއާފޯސްގެ މަތިންދާބޯޓެއްގައި ކަމަށެވެ. އެނގިފައިވާ ގޮތުގައި، އެއީ ޗައިނާގައި ތަމްރީނު ހަދަން ތިބި ދިވެހި ސިފައިންގެ ދެ ފިރިހެނެކެވެ. ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ދިއްލީގެ ކަރަންޓީން ފެސިލިޓީގައި އެ ދެ މީހުން 14 ދުވަހަށް ބައިތިއްބާނެ އެވެ.
އިންޑިއާގެ މި އެހީތެރިކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ. އޭނާ ކުރެއްވި ޓުވީޓެއްގައި ވަނީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ އާއި އެ އެ ގައުމުގެ ފޮރިން މިނިސްޓަރާއި އިންޑިއާ އާއި ޗައިނާގެ ކަމާއި ގުޅޭ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.
Two remaining Maldivians in #Wuhan have been evacuated by IAF flight and will be housed in Delhi for quarantine. Deepest gratitude to PM @narendramodi & EM @DrSJaishankar. Special thanks to Ambassadors @MDVinChina @VikramMisri @sunjaysudhir, @IAF_MCC, @AmbassadorZhang and teams.
— Abdulla Shahid (@abdulla_shahid) February 27, 2020
ފޮރިން މިނިސްޓަރު ޝާހިދު މިއަދު ކުރެއްވި ޓުވީޓް
ނުރައްކާތެރި ކޮރޯނާވައިރަސް ފެތުރެން ފެށި ވޫހާން ސިޓީގައި ނުވަ ދިވެއްސަކު ތިއްބެވެ. އޭގެ ތެރެއިން ހަތް ދިވެއްސަކު ކުރިން ވެސް ދިއްލީ އަށް ގެންގޮސް، ކަނޑައަޅާފައިވާ މުއްދަތަށް ކަރަންޓީނު ކުރީ އިންޑިއާ ސަރުކާރުގެ އެހީތެރިކަމާ އެކު އެވެ.
އެ މީހުން، އޭރު ކަރަންޓީނު ކުރީ ދިއްލީ ކައިރީގައި ހުންނަ ކަރަންޓީން ފެސިލިޓީއެއްގައި ތަޖުރިބާކާރު ޑޮކްޓަރުންގެ ބެލުމުގެ ދަށުންނެވެ. ކަރަންޓީނުގެ މުއްދަތަށް ފަހު އެ ހަތް މީހުން ރާއްޖެ އައީ މި މަހުގެ 18 ގަ އެވެ. އޭގެ ތެރޭގައި ކުޑަ ފިރިހެން ކުއްޖަކު ވެސް ހިމެނެ އެވެ.
ކޮވިޑް-19 ގެ ނުރައްކާތެރިކަން ބޮޑުވެ، މިހާތަނަށް 46 ގައުމަކުން އެ ބަލި ވަނީ ފެނިފަ އެވެ. އަދި 80،000 އަށް ވުރެ ގިނަ މީހުން އެ ބަލި ޖެހި، 2،770 މީހަކު ވަނީ މަރުވެފަ އެވެ.
ކޮވިޑް-19 ބޮޑު ރޯގާއަކަށް ބަދަލުވެދާނެތީ ދުނިޔެ ތައްޔާރުވެ އޮތުމަށް ޑަބްލިއުއެޗްއޯ އިން ވެސް ވަނީ ގޮވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަހުމަދު އީސަ
12 March 2020
ޢިންޑިޔާއެހީއާނުލާ ފާހާޔައްވެސް ނުދެވޭނެދޯ
ހަހަހާ
27 February 2020
ކީއްވެތަ އެމީހުން ރިސީވް ކުރަން ދިޔަމީހުން މާސްކް ނާޅައި އެތިބީ، ފޮޓޯއަށް ހުތުރު ވެދާނެތީތަ.
ދުއާ
27 February 2020
އެމީހުން ކަރަންޓީން މުއްދަތު ނިމުނީމަ ޔަގީންވާނެދޯ ވައިރަސް ނެތްކަން. ދެން ކީއްކުރަންއަޅާ މާސްކެއްތައް؟
މެކް
27 February 2020
ތި ކުރެވުނޭ ވ ބޮޑުކަމެއް ދެއަތްޖަހާ އިންދިއާ އެދުން ފުދައިދީ
އަތަބަތު ބިން ހިންދު
27 February 2020
ޝުކުރިއްޔާ މޯދީ
ގެރި ގުއީ
27 February 2020
މި ދިޔަ ވީކްގައި ވެސް ދިއްލީގެ މައިނޯރިޓީ މުސްލިމުންގެ 280 މީހުން މަރާލައި މުސްލިމުންގެ އެތަށް ގެއެއްގައި ގިހާރައެއްގައި އަލިފާން ޖަހައި އަންދާލި އެވެ.މިކަން ކުރީ ހިންދީ ދީނުގެ މީހުންގެ އިތުރަށް ސުފައިން ބަޑި ވެސް ޖަހާގައެވެ. ވީމާ ވޫހާން ގައި ތިބި ދެމީހަކު ގެނެސް ދީފިއޭ ކިޔާފައި އިންޑިއާ އަށް ޝުކުރު އަދާ ކުރަން ޖެހޭ ތޯއެވެ.
ޗަކޮއި
27 February 2020
އިންޑިޔާއާ ނުލާދިވެހިންނަށް ކަމެއްވާކަމަކަށް ނުވޭ. ޢެކަމުންވެސް ޗައިނާގެ ތައްޕާހަށް ވަދެވޭތޯ. ފިޔާ، ހިލަވެލި އިންޑިޔާއިން ބޭރުކުރުން ހުއްޓާލިޔަސް ރާއްޖެ މީހުންގެ ތަކެތީގެ އަގުބޮޑުވޭ. ވަރަށްސަލާން.
މަކުނު
27 February 2020
މިކަންވެސް އިންޑިޔާ މީހުން ކުރީތީ ކަމުނުދާ ބަޔަކު އުޅޭނެ. ޗައިނާ މީހުން ކުރިނަމަ އެބައިމީހުންނަށް ކަމުދިޔައީސްކަން ކަށަވަރު. މުސްލިމުންނަށާއި ކީރިތި ޤުރުއާނަށް ޗައިނާއިން ފާޅުގައި ކުރާ ޖެއްސުން އެބައިމީހުންނަށް ނުފެންނަކަމީ މިކަމުގެ އަލިގަދަ ހެއްކެއް.
އަހުމަދު މިހާރު ނޫސް،
27 February 2020
ހިންދޫން މުސްލިމުންނަށް ކުރާ އަނިޔާޔޯ.
މީހަކު
27 February 2020
އިންޑިއާގެ ހާދަ ބޮޑު އެހީއެއް. މިފަދަ އެހީތައް މިލިބެނީ ޖެހިޖެހިގެން. ހާދަ ހެވޭ
ގަމާރަކު
27 February 2020
ދެން ކަލޭ ބޯޓެއްގައި ގޮސް އެމީހުން ނުގެނައީ ކީއްވެތަ؟
ބޮޑޭބެ
27 February 2020
މީ އެއްކަލަ ނާންނަންވެގެން ގަދަފައި ވިއްދާފަ ތިބި ދެ ބޭކަލުންދޮތަ
ރަށުބޭބޭ
27 February 2020
އިންޑިޔާ މީހުން ދިވެހިންނަށް މާރަނގަޅު ބަޔެއްކަމު ދައްކަންވެގެން ތިޔަހެން އުޅުނަސް އަހަރުމެންގެ މުސްލިމް އަޚުން ނިކަމެތިކޮށް، މުދާފޭރި، ލޭއޮހުރުވާ، މަރަމުންދާއިރު އެއީ ހަމަ އަހަރުމެންނަށް ކުރާ އަނިޔާއެއްކަން ހަނދާންކުރާތި
ފޮރިކް
27 February 2020
ކަލޭ ދުވަހަކުވެސް މީހަކު ކޮށްދިން ކަމަކަށް ޝުކުރު އަދާކުރިން ތަ؟