ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު: ދީނާ ދެކޮޅު ޖަމިއްޔާއެއް ގެނައުމުގައި އެމަނިކުފާނު އެހީތެރިވެވަޑައިގަތް ކަމަށް ޚަލީލް ކުރައްވާ ތުހުމަތު ދޮގު ކުރެއްވި. --ފޮޓޯ/މިހާރު
04 މާޗް 2020 - 01:51
ރާއްޖެ އަށް އެމަނިކުފާނުގެ އެހީތެރިކަމާ އެކު، ދީނާ ދެކޮޅު ޖަމިއްޔާއެއް ގެނެސް ވޯކްޝޮޕްތައް ބޭއްވި ކަމަށް ވިދާޅުވެ ހަގީގަތެއް ނެތް ވާހަކަތަކެއް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޚަލީލް ދެއްކެވީ ފިތުނަ އުފައްދަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
އިސްލާމް ދީނަށް ފުރައްސާރަކުރާ ޖަމިއްޔާއަކުން ހދ. ހަނިމާދު އާއި ސ. ހިތަދޫގައި ވޯކްޝޮޕްތަކެއް ބާއްވައި، އޭގެ ބައިވެރިންނަށް ލާދީނީ ވާހަކަތަކެއް ވިސްނައިދޭން މަސައްކަތް ކޮށްފައިވާ ކަމަށާއި އެ ޖަމިއްޔާ ގެނައީ ނަޝީދުގެ އެހީތެރިކަމާ އެކުގައި ކަމަށް ޚަލީލް ކުރެއްވި ޓުވީޓެއްގައި ވަނީ ވިދާޅުވެފަ އެވެ.
ޚަލީލްގެ ތުހުމަތުތަކާ ގުޅިގެން، ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި އިސްލާމްދީނާ ދެކޮޅު އެއްވެސް ޖަމިއްޔާ އަކުން މަސައްކަތް ކުރުމުގެ ފުރުސަތެއް ނެތް ކަމަށެވެ. އެ މަނިކުފާނުގެ އެހީތެރިކަމާ އެކު، އެ ފަދަ ޖަމިއްޔާތައް ގެންނަ ކަމަށް ވިދާޅުވެ އިދިކޮޅު ޕީޕީއެމާއި ޕީއެންސީ އަށް ނިސްބަތްވެވަޑައިގަންނަވާ ޚަލީލް ހެއްދެވީ ދޮގެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
Raajje gai Islam dheena dhekolhu evves jamiyyaeh masakaiy kurumuge furusatheh neiy.Alhuganduge eheetherikamaieku efadha jamiyyathah gennakamah vidhalhuve PPM/PNC ge member @Abkhaleel dhakkava vaahakathakakee Dhivehinge hiythakuga nafrathai fithunaverikan ufahdhan dhakkava vaahaka
— Mohamed Nasheed (@MohamedNasheed) March 3, 2020
ނަޝީދުގެ ޓުވީޓް
އޭގެ ބޭނުމަކީ، ނަޝީދު ވިދާޅުވި ގޮތުގައި، ދިވެހިންގެ ހިތްތަކުގައި ނަފްރަތާއި ފިތުނަވެރިކަން އުފެއްދުމެވެ.
ދީނާ ޚިލާފު ވާހަކަތަކެއް ދައްކައި، ރަށްރަށުގައި ވޯކްޝޮޕްތަކެއް ބޭއްވިކަމުގެ ޝަކުވާ ހުށަހެޅުމުން އެކަން އިސްލާމިކް މިނިސްޓްރީން ވަނީ ބަލަން ފަށައިފަ އެވެ. އެކަމަކު، އަދި އެކަމާ މެދު އެ މިނިސްޓްރީން ގޮތެއް ނިންމި ކަމެއް ނޭނގެ އެވެ.
ހަނިމާދޫގައި ކުރިއަށް ގެންދިޔަ ވޯކްޝޮޕެއްގައި ދީނާ ޚިލާފު ވާހަކަ ދެއްކި ކަމަށް މަހެއްހާ ދުވަސް ފަހުން ފާޑުކިއުން އަމާޒުކުރިއިރު، އެ ބައްދަލުވުމުގައި ފުލުހުންނާއި ކައުންސިލަރުންނާއި ޓީޗަރުން ވެސް ބައިވެރިވި އެވެ.
މި ވޯކްޝޮޕްގެ ވާހަކަ ތިލަކުރުމުން، އިސްލާމްދީނާ ޚިލާފު ވޯކްޝޮޕްތަކެއް ބޭއްވި ކަމަށް ބުނެ މަޖިލީހަށް ކުއްލި މައްސަލައެއް، ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށަހެޅި އެވެ. އެކަމަކު އެ މައްސަލަ މަޖިލީހުން ބަލައި ނުގަތުމަށް، މަޖިލީހުގެ ރައީސް ނަޝީދު ނިންމެވުމުން، އިދިކޮޅު ޕީޕީއެމުން ބުނެފައި ވަނީ މަޖިލީހުން ދެކެނީ އެ މައްސަލަ އަކީ ހަރުކަށި ވިސްނުމުގެ ގޮތުގައި ކަމަށާއި އެހެންވެ، އެ މައުލޫ އަށް ވާހަކަ ދައްކަން، މަޖިލިސް ކޮންޓްރޯލްކުރާ އެމްޑީޕީގެ މެމްބަރުން ބޭނުން ނުވާ ކަމަށެވެ.
މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެފައި ވަނީ، އިސްލާމްދީނާ ގުޅުން ހުރި ވާހަކަތަކެއް ރައްޔިތުންގެ މަޖިލީހުގައި މިހާރު ނުދެއްކޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދޫ
10 March 2020
މިހާރު ޔޫޓިއުބުގާ ހުރި ވާހަކަތަކަށް ބަލައިރު އަލުން އިސްލާމްވާން އިޔާޒު ދެއްވި ފުރުސަތު ރަގަޅުކަމަށް ބެލެވިދާނެ .އެކަމަކު މީހުންގާތު ބުނިކަމަށް އެމީހުންދެއްކިވަހަކތަކާ އަމިއްލަ އނގައިމން ވެފާހުރި އިއުތިރާފުން މީހަކު މުރުތައްދުވާނީ ކުރިންވެސް އެމިހާ މުސްލިމަކަށްވާންމަ. . ކާފަރަކު ކޮންމެ ވަހަކައެއް ދެއްކިޔަސް މުރުތައްދެއްނުވާނެ.
އިބޫއަލީ
07 March 2020
ކޮންމެ އިންތިހާބަކާ ދިމާކޮށް ދީން ހަތިޔާރަކަށް ހަދައި ދީނާ ދެކޮަޅަށް މަސައްކަތެއް ނުކުރަމޭ ކިޔާނެ. އިންތިހާބު ކާމިޔާބު ވީމަ ދެން ފެންނަނީ އަސްލު މަކަރު ސޫރަ
މުއްތު
05 March 2020
ކޮމެންޓުތަކުން ރައްޔިތުންގެ ވިންދުހުރިގޮތް ލާދީނީ މީހުންނަށް އެނގިދާނެ ކަންނޭގެ
ހެލަދިވެހިން
04 March 2020
ތީ ހަމަ ހުސް ދޮގު. އައްނި ވަރެެއް އަދިވެސް ނެތް. އިރާދަ ކުރެއްވިއްޔާ ރައްޔިތުންނަށް މިނިވަން ކަން ހޯދާދޭނެ. ބޯދާ އިހުޒަމާނުގެ ވިސްނުމުން ދިވެހިން ހޭވެރި ކުރުވާ ފިކުރުގަ ހުރި ބޯދާ ތަޅުތައް ނައްޓާ ދިވެހިންނަަށް ހަގީގީ މިނިވަން ކަމާ ހަމަޖެހުން ހޯދަދޭނެ ވެރިޔަކީ އައްނި. މައްސަލަޔަކީ މިއޮތް ތަހުޒީބު ޒަމާނުގަވެސް ބައެއް މީހުން ގަމާރު ކަމުން. ބީ އޯޕެން މައިންޑެޑް ޕލސ
ނޫސް ބަލާމީހާ
04 March 2020
ވާނެކަމެއްނޫން. ދުވަހަކުވެސް ނުވާނެ . މިނިވަން ވެވޭނީ ކިހިނެއް. ޤާނޫނަކީ ވެރިން ދިފާޢުކުރަން ހަދާއެއްޗެއް. އެހެންވީމާ އިދިކޮޅަށް ބަހެއްބުނާ ކޮންމެ މީހަކީ ސަރުކާރާ ދެކޮޅުމީހަކަށްވާތީ ތިބުނާ މިނިވަންކަމެއް ނުލިބޭނެ. ދެންއޮތީ ބޭރުގެ މިނިވަންކަން. ނުފޫޒުގަދަ ޤައުމުތަކުގެ ދަށުވެ ވެރިން އެތިބެނީ އަޅުވެތިކަމުގައި
ާއުނިމާ
04 March 2020
އެއްވެސް މީހަކަށް މަނިކުފާނޭ ކިޔައިގެން ކޮންމެހެން ލާދީނީ ކަންކަމާއި އަޅުވާކަށް ނުޖެހޭނެ، ސަބަބަކީ މިކަންކަމަކީ އެންމެންދަންނަ ރައްޔިތުން ޤަބޫލުކުރާ ކަންކަން! މިދެނެނެވި 'ދީނާ ދުރު ސިޔާސަތު' ޚުދު މަނިކުފާނުގެ ދޫފުޅުންނާއި އަމަލުފުޅުންވަނީ އެއްވެސް ޝައްކެއްނެތް މިންވަރަށް ސާބިތުކޮށްދީފަ!
އަރުވާލި އާދަނުގެ ސިޔާސީހާސަރު
04 March 2020
ތިޔަނޫން ލަވައެއް އެވެރިން ދަނޭތޯ. ލަވަ ( ލާ ލަލަ ލާ ލާ ) " ލާދީނީ " މައުމޫން މިރާއްޖޭގައި ސިޔާސީ ޕާޓީ އުފެއްދުމާ ދިމާ އިދިކޮޅަށް ދެކޮޅަށް އުފަން ކުރުވި ( ލާ ) އަކާއި ( ދީން )
ހަޒާނާ
04 March 2020
އެބުނާ ޖަމްއިއްޔާ އަކާ އެކީ ނަގާފަ ހުރި ފޮޓޯ ތައް އެބަހުއްޓެވެ.
ނަޖުދާ
04 March 2020
ސިޔާސީ މަސައްކަތްކުރަން ނޭންގުނީމާ، އަދި ރައްޔިތުންގެ ތާއިދު ހޯދާނެ ގޮތެއްވެސް ނެތުނީމާ، ރައްޔިތުންގެ ވިންދާއި ކުޅެވޭނެ ހަމައެކަނި ގޮތަކީ ދީނޭ ކިޔައިގެން ވާހަކަ ދެއްކުންކަމަށް މިބައިގަނޑު އަބަދުވެސް ގަބޫލުކުރޭ! އެމްޑީޕީން ކުރަނީ ސިޔާސީ މަސައްކަތް، ރައްޔިތުން ކައިރިއަށް ގޮސް، ރައްޔިތުންގެ ބޭނުންތަށް އަޑުއަހައިގެން، ރައްޔިތުންގެ ލޯބި ހޯދައިގެން ވެރިކަމަށް އަންނަނީ، އިންތިހާބުތަކަށް ނުކުންނަނީ. ޕީޕީއެމް، ޖޭޕީ އަކަށް ސިޔާސީ މަސައްކަތެއް ނޭންގޭ
ޏަސީމ
04 March 2020
ކަލެއްށް ގިނަބައެއްގެ ތާއީދާއި ލޯބި ލިބުމĺނީ މާ މީހާ އަށް މީހާ އޮޅިފަތިހިރީ... ކުރީ ކަލޭވަރެއްނެތިގެން އުޅުނު މީހުން ކަލެއްޑް ނަފުރަތުރޭ..
ހުސް ދޮގު
04 March 2020
ތީ ހަމަ ހުސް ދޮގު. އައްނި ވަރެެއް އަދިވެސް ނެތް. އިރާދަ ކުރެއްވިއްޔާ ރައްޔިތުންނަށް މިނިވަން ކަން ހޯދާދޭނެ. ބޯދާ އިހުޒަމާނުގެ ވިސްނުމުން ދިވެހިން ހޭވެރި ކުރުވާ ފިކުރުހެ ހުރި ބޯދާ ތަޅުތައް ނައްޓާ ދިވެހިންނަަށް ހަގީގީ މިނިވަން ކަމާ ހަމަޖެހުން ހޯދަދޭނެ ވެރިޔަކީ އައްނި
ކަކުނިބޯ
04 March 2020
ލޮލުންދެކެ އަދުއަހާފިން މަނިކުފާނުދެއްކިވާހަކަ އެ މް ޑީ އެން އާއި ބެހޭގޮތުން
އޭޑީ
04 March 2020
ހެލޯ ކަކުނިބޯ! ތިޔައީ ކަލެޔާއި ވަރަށް ގުޅޭ ނަމެއް އަސްލުވެސް! އިރުއަރާއި، އިރު އޮއްސޭ ކޮންމެ ދުވަހަކު، ދުނިޔޭގެ ކަންކަކޮޅުތަކުން އިސްލާމްދީނަށް ފުރައްސާރަކޮށް އެތަށް ބަޔަކު އެއްޗެއްހި ކިޔާ، ފޮތްލިޔެ، އެތަށް ކަމެއް އަބަދުވެސް ކުރޭ! އެހެނޭ ކިޔާފައި އެކަން ހުއްޓުވޭނެގޮތެއް އަހަރުމެންނަށް ނެތް! ސަރުކާރުން ކުރެވޭނެހާ ވެސް ކަމަކީ، އެކަހަލަ ކުއްތަކަށް އަރައިގަންނަ މީހުން ހޯދާ ފިޔަވަޅު އަޅާ، ޖަމިއްޔާ އުވާލުން. އެކަން ކޮށްފި!