މާލެ-ތިލަފުށި ބްރިޖުގެ މެރިން ޖިއޯ ފިޒިކަލް ސާވޭގެ މަސައްކަތުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ނެދަލެންޑްސްގެ ފުގްރޯ ކުންފުނިން މިއަދު ސޮއިކުރަނީ.---ފޮޓޯ: ޕްލޭނިން މިނިސްޓްރީ
05 މާޗް 2020 - 16:29
މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވައިދޭ ބްރިޖު އަޅަން ހަވާލުކުރާނީ އިންޑިއާގެ ކުންފުންޏަކާ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
މި ސަރުކާރުން އެންމެ އިސްކަންދޭ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ އެ ބްރިޖު އަޅަން ފެށުމުގެ ކުރިން، މެރިން ޖިއޯ ފިޒިކަލް ސާވޭގެ މަސައްކަތް ބަޔަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، ބްރިޖް އަޅަނީ އިންޑިއާގެ ލޯނުގެ އެހީގައި ކަަމަށް ވާތީ، އެ ގައުމުގެ ސަރުކާރުގެ ކުންފުންޏެއް އެ މަސައްކަތުގައި ބައިވެރިކުރަން ޖެހޭ ކަމަށެވެ. ބްރިޖްގެ މަސައްކަތް ކުރާނެ ކުންފުންޏެއް ކަނޑައަޅަން ކުރިއަށް ގެންދާ ޕްރީ ކޮލިފިކޭޝަން އިންޑިއާގައި މިހާރު ވެސް ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ހަމަ މި ބްރިޖްގެ ޕްރީ ކޮލިފިކޭޝަން އިންޑިއާގައި ދާނެ. އިންޑިއާ ސަރުކާރުގެ އެހީގައި މި ބްރިޖް އެޅިގެން ދާނީ. އެހެންވީމާ އެ ބައިތައް އެބަދޭ،" ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އަކްރަމް ވިދާޅުވި އެވެ.
އަކްރަމް ވިދާޅުވި ގޮތުގައި، ބްރިޖް އެޅުމުގެ މަސައްކަތަށް ބޭނުންވާ ފައިސާ ހޯދުމާ ބެހޭ ގޮތުން އިންޑިއާގެ ސަރުކާރާ އެކު ކުރަން ޖެހޭ މަޝްވަރާތައް މިހާރު ވެސް ވަނީ ފަށައިފަ އެވެ. އެކަމަކު، އެ މަޝްރޫއުގެ އަގު އަދި ނުނިމޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު" ން ކުރި ސުވާލަކާ ގުޅިގެން އަކްރަމް ވިދާޅުވީ، ސަރުކާރުތަކުން ދޭ ލޯނުތަކުން ކުރާ މަސައްކަތްތަކުގައި އެ ސަރުކާތަކުގެ ކުންފުނިތައް ބައިވެރިކުރަން ޖެހޭ ކަމަށެވެ.
"އެހެންވީމާ އެގޮތުން ޝޯޓްލިސްޓްކޮށް، ޓެންޑާ އުސޫލުން ޓެންޑާ ކުރާނީ ވެސް އެ ސަރުކާރުން،" އޭނާ ވިދާޅުވި އެވެ.
ނެދަލޭންޑްސްގެ ފުގްރޯ ނަމަކަށް ކިޔާ ކުންފުންޏާ ހަވާލުކުރީ ބްރިޖް އަޅާ ސަރަހައްދުގެ ކަނޑުގެ އަޑި އާއި އެއްގަމުގެ ބިންގަނޑު އޮތް ގޮތް ބެލުމަށްޓަކައި ޖިއޯ ފިޒިކަލް ސާވޭ ކުރުމަށެވެ. އެ ކުންފުންޏާ އެ މަސަައްކަތް ހަވާލުކުރީ 15 މިލިއަން ޑޮލަރުގެ އަގަކަށް، އަންނަ ޖުލައި ހަތަކަށް ސާވޭ ނިންމާ ގޮތަށެވެ. އެ ސާވޭ ފަށާނީ މި މަހުގެ 15ގަ އެވެ.
ސާވޭ ކުރުމަށްޓަކައި ފުގްރޯ ކުންފުނިން ކަނޑުގައި 25 ބޯހޯލް އަދި އެއްގަމުގައި 25 ބޯހޯލް ތޮރުފާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.
ސަރުކާރުން ކުރިން ބުނެފައި ވަނީ ތިލަފުށްޓާއި މާލެ ގުޅައިލާ ބްރިޖްގެ މަޝްރޫ އަށް 488 މިލިޔަން ޑޮލަރު ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އެ މަަޝްރޫ އަށް ޚަރަދު ކުރާނެ ބަޔަކު ހޯދަން މިދިޔަ އަހަރު ބޭއްވި ޕާޓްނަޝިޕް ފޯރަމަށް ވެސް ހުށަހެޅި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮހޮނު123
08 March 2020
އިންޑިޔާއިން އައިޖީއެމް އެޗް އެޅުމުން އަދިވެސް އެމީހުންގެ އުނދަގުލުން ސަލާމަތްނުވެގެން މިއުޅެންޖެނީ. ތިޔަ ބްރިޖެއް އަޅައިފިއްޔާ ދެންވާނެގޮތް ވިސްނާލާ
ފޮނިޓައްޕު ހަސަނު
07 March 2020
ތިވަރުން ދާނަމަ އިންޑިއާ މީހުންގެ ފައްޅިވެސް މިރާއްޖޭގައި އަޅާނެ.
ޢާދަމް
06 March 2020
ހެޔޮނުވާނެ! ދުވާލަކު ހެޑްލައިނެއް ނަހަދާ ބްރިޖް ނިންމަބަލަ .. ވަރިހަމަ މަލިކުމީހުން ލައްވާ ހެދިޔަސް..
+ މައިނަސް
06 March 2020
މަކަރުވެރި ރޭވުންތަކުން އިންޑިއާ މިޤައުމު އަޅުވެތިކުރަން އުޅުނަސް ދިވެހިން ދުވަހަކުވެސް އެފުރުސަތެއް ނުދޭނެ. އަވައްޓެރިއެއްގެ ގޮތުގައި އޮވެ، ތިޔަ ހޯދަން އުޅޭ އިތުބާރު ދުވަހަކުވެސް ނުލިބޭނެ. ދިވެހިންނަށް އެގޭ ތިއީ އެފެންވަރުނޫންކަން.
ކުޑަދޫ
06 March 2020
ތިއީ އިންޑިއާއަށް ވެދުމަށް ދޭ ލާރިގަނޑެއް. ތިޔަތަން ކުރިއަށްއޮތް 5 އަހަރުވެސް ނިމުމަކީ ނާދިރުކަމެއް. ނިމުނަސް ދިވެހިން ހަމަ ޔަގީނުންވެސް ތިޔަ ބުރިޖަށް އަރަން ބިރުގަންނާނެ. ދެން އަންނަ ސަރުކާރަކުވެސް ތިޔަކަމުން ސަލާމަތްވާނެ ގޮތެއްނޯންނާނެ. މިހާރުވެސް މިއުޅެނީ ހަދިޔާއަކަށްދިން 2 ހެލިކޮޕްޓަރުން ސަލާމަތް ނުވެވިގެން. އެތަށް އަހަރެއްވިއިރު ދިވެހި ދަރިޔަކަށް ހެލިކޮޕްޓަރު ދުއްވަން ދަސްވިކަމަށް އެވެރިން ގަބޫލެއްނުކުރި. 2 ހެލިކޮޕްޓަރު 40 އާއިލާ ރާއްޖޭގައި
އިބިރިހިންބެއްޔާ
06 March 2020
ބުރިޖެއްތޯ ޚަރަދުގެ ގޮތުންނާއި ކަންވުމުގެ ގޮތުން މުހިންމީ ނޫނީ "އެފަހަރު ވިދާޅުވިފަދަ" ވަށާޖެހޭ ޓްރާންސްޕޯޓްގެ ނިޒާމެއްތޯ ރަނގަޅީ. ކޮބާ ފިނޭންސް މިނިސްޓަރު؟ ކޮބާ އިކޮނޮމިކު މިނިސްޓަރު؟ ކޮބާ އެކްސްޕާޓުން. މާލޭގައި (ހުޅުމާލެ ހިމެނޭގޮތަށް) ކުރިޔަށްއޮތް 25 އަކަށް އަހަރަށް ވާވަރަށް ބިން އެބައޮތް. ވިލިގިއްޔަކު 10،000 މީހުނެއްވެސް ނެތް. ރައްޔިތުންނަށްޓަކާނަމަ ފުވައްމުލަކަށް ބުރިޖު އެޅުން މާމުހިންމު. ނޫނީ ކުޅުދުއްފުއްޓަށް.
ނާހިދު
06 March 2020
20 އަހަރުން ނޭޅުނީމަ ދެންވެރިމަށް އަރާބަޔަކު ބިލިޔަނުން ބަ ދަލު ދޭން ޖަހާމަޅިއެއް. ބަލަންތިބޭ
ކަނބިލި
06 March 2020
އިންޑިއާއަކީ ބުރިޖުހެދު މުގެ ތަޖުރިބާ ހުރި ބައެއްކަން އަދި މ މިއެނގުނީ. ފަހަރުގައި އިންޑިއާ ކުންފުންޏަކާ ހަވާލުކުރީ މާ އެވެރިން ޗައިނާ ކުންފުޏަކާ ހަވާލުކުރާނީ ކަންނޭގެނު. ބޭނު މަކީ އިންޑިއާއަށް ލާރިގަނޑު ލިބުން. އިންޑިއާގެ ދަރަނި ދަންތުރާގައި ގަދަޔަށް ޖެހިގަނެ ހިރިނުލެވޭ ވަރުކުރާނެ
ދޮން މަނިކު
06 March 2020
މާލެއާއި ތިލަފުއްޓާއި ދޭތެރޭ ބްރިޖެއް ނޭޅިގެން ދިވެހިން އެބައުޅޭ ތޯ؟ ހެޔޮނުވާނެ ދެވަނަ ވިސްނުމަކުން އަދި އެއްފަހަރު ވިސްނަވާ. އަދި އަމުދުން އިންޑިޔާ ލައްވާ ތިޔަކަން ނުކުރައްވާ. ލާރި ގިނަވެގެން އުޅޭނަމަ ހުޅުމާލެއާއި އަތޮޅުތެރޭގައި ބޯހިޔާވަހިކަމަށް ޚަރަދުކުރުން މާރަނގަޅުވާނެ.
ކައުންސެލަރު
06 March 2020
ބުރިޖު ނޭޅޭނޭ ކިޔާފަ ކަރުން ފަލަނާރު ނަގާފަ އަނގަ ތަންމިނަށް ހުޅުވާފަ ކުޑަދޫ ކުރުމުށަކަށް ނިކުންނަވަރަށް ބުރިޖެއް ނޭޅޭނޭ ޚަރަދު ކުރަނީ ކާކުހޭ؟ އިންޖިނިއަރިން ހޯދަނީ ކިހިނެއްހޭ؟ ބުރިޖު އެޅުމުގެ ބޭނުމަކީ ކޮބާހޭ؟ ގޮވިމީހުންނަށް މިއަދު ބުރިޖުގެ ބޭނުންފެނުނީ؟ އިންޑިޔާއިން ތިޔައެއްޗެއް އަޅައިފިއްޔާ ތިޔަ ހުންނާނީ ކުޅޭކުޅޭ އެއްޗެއްހެން. އަރާ ވަރެއްނުހުންނާނެ. ހަދާނިމޭއިރަށް އަނެއްކޮޅުން ފީވެގެން ފައިބާނެ. އަނެއްކޮޅުން ބޮޑުކޮށް ރާއްޖެ ދަރާނެ.