ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ރައްޔިިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު. އޭނާ ވިދާޅުވަނީ ތިލަފުށި-މާލެ ބްރިޖްގެ އަގުބޮޑުކަމަށް.
07 މާޗް 2020 - 09:39
ތިލަފުށި، ގުޅިފަޅު އަދި މާލެ ގުޅައިލުމަށް މި ސަރުކާރުން އަޅަން ނިންމާފައިވާ ބްރިޖުގެ މަސައްކަތުގެ އަގުބޮޑުކަމުން ހައިރާންވާ ކަމަށް ބުނެ، އެ މަޝްރޫއަށް އިދިކޮޅުން ރޭ ފާޑުކިޔައިފި އެވެ.
އަންނަ މަހުގެ ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިނާ ގުޅުވައިގެން، ޅ. ނައިފަރުގައި ޕީޕީއެމް-ޕީއެންސީން ބޭއްވި ޖަލްސާގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ، ތިލަފުށި-މާލެ ބްރިޖްގެ ސާވޭ އަށް މި ސަރުކާރުން 231 މިިލިޔަން ރުފިޔާ ޚަރަދު ކުރާއިރު، ސިނަމާލެ ބްރިޖް އަޅަން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ސާވޭ ކުރީ ހިލޭ ކަމަށެވެ.
އޭނާ ވިދާޅުވީ، ސިނަމާލެ ބްރިޖްގެ މަސައްކަތް ފެށުމަށްޓަކައި ޑައުންޕޭމަންޓްގެ ގޮތުގައި ވެސް ދައްކަން ޖެހުނީ 18 ވަރަކަށް މިލިޔަން ޑޮލަރު ކަމަށާއި އެއީ ޔާމީންގެ ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާ ދެމެދު ހުރި ތަފާތު ކަމަށެވެ.
"އަޅުގަނޑުމެން ދިވެހިރާއްޖޭގެ ސިނަމާލެ ބްރިޖް، އަޅުގަނޑުމެންގެ ލީޑަރު ރައީސް ޔާމީން އެޅުއްވި އިރު، ޗައިނާ ސަރުކާރުން ހިލޭ އެ ތަނުގައި ސާވޭ ކުރީ. މިއީ ތަފާތަކީ،" ޕީއެންސީގެ ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވާ ސައީދު ވިދާޅުވި އެވެ.
ތިލަފުށި، ގުޅިފަޅު އަދި ވިިލިނގިލި މާލެއާ ގުޅުވައިދޭ ބްރިޖް އެޅުމަށްޓަކައި ޖިއޯފިޒިކަލް ސާވޭގެ މަސައްކަތް ނެދަލޭންޑްސް ފުގްރޯ ކުންފުންޏާ ސަަރުކާރުން ހަވާލުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މި މަހުގެ 15 ގައި މަސައްކަތް ފަށައި އަންނަ ޖުލައި މަހުގެ ހަތަކަށް ނިންމާ ގޮތަށް އެ ކުންފުންޏާ މަސައްކަތް ހަވާލުުކުރީ 15 މިލިޔަން ޑޮލަރު (231.3 މިލިޔަން ރުފިޔާ) އަށެވެ.
ސާވޭގެ އިތުރުން ބްރިޖްގެ މުޅި މަޝްރޫއަށް ޚަރަދުވާނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވާ އަދަދު ވެސް އިންތިހާ އަށް ބޮޑު ކަމަށް ސައީދު ތުހުމަތު ކުރެއްވި އެވެ. އެ މަޝްރޫއަށް ޚަރަދުވާނެ ކަމަށް ސަރުކާރުން ކުރިން ލަފާކޮށްފައި ވަނީ 488 މިލިޔަން ޑޮލަރު (7.5 ބިލިޔަން ރުފިޔާ) އެވެ.
ސައީދު ވިދާޅުވި ގޮތުގައި، މި ސަރުކާރުން ބްރިިޖް އަޅަން އުޅޭތީ އޭނާގެ ކަންބޮޑުވުމެއް ނެތެވެ. ނަމަވެސް މައްސަލަ އަކީ އެ މަޝްރޫއު ކުރިއަށް ގެންދަން އުޅޭ ގޮތް ކަމަށް ވިދާޅުވި އެވެ. އިންޑިއާ އަށް އިތުބާރު ކުރައްވާ ކަމަށް ވިދާޅުވި ނަމަވެސް، އެ ގައުމުން އެ މަސައްކަތް ކުރުމަކީ އަޅުވެތިކަމަށް ޖާގަ ލިބޭނެ ކަމެއް ކަމަށް ސައީދު ނުސީދާ ގޮތެއްގައި ތުހުމަތު ކުރެއްވި އެވެ. އޭނާ ވިދާޅުވީ މިއީ ގައުމީ ބަތަލުން ތެދުވާން ޖެހޭ ވަގުތު ކަމަށާއި އަޅުވެތިކަމުގެ ތަނބެއް ވެސް ޖެހިޔަދީގެން ނުވާނެ ކަމަށެވެ.
"އަޅުގަނޑު މި ދަންނަވަނީ ބްރިޖް ނާޅާށެކޭ ނޫން. އަޅުގަނޑު މި ދަންނަވަނީ ބްރިޖް އަޅާށޭ، އަޅުގަނޑު މި ދަންނަވަނީ ބްރިޖް ދަމާލާށޭ. އެއްލާ ގާކޮޅެއް ގޮސް ޖެހޭ ދުރުމިނުގައި އޮތް ބްރިޖަަކަށް 500 މިލިއަން ޑޮލަރު ޚަރަދު ކުރާތީ އަޅުގަނޑު ކަންބޮޑުވޭ،" ސައީދު ވިދާޅުވި އެވެ.
ޔާމީންގެ ސަރުކާރުން، ޗައިނާގެ އެހީގައި އެޅި ސިނަމާލެ ބްރިޖަށް ޚަރަދުކުރީ 200 މިލިއަން ޑޮލަރެވެ. އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުން ދިން ހިލޭ އެހީ އެވެ.
ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވީ، މި ސަރުކާރުން ބްރިޖް އަޅަނީ އިންޑިއާގެ ލޯނުގެ އެހީގައި ކަަމަށް ވާތީ، އެ ގައުމުގެ ސަރުކާރުގެ ކުންފުންޏެއް އެ މަސައްކަތުގައި ބައިވެރިކުރަން ޖެހޭ ކަމަށެވެ. ބްރިޖްގެ މަސައްކަތް ކުރާނެ ކުންފުންޏެއް ކަނޑައަޅަން ކުރިއަށް ގެންދާ ޕްރީ ކޮލިފިކޭޝަން އިންޑިއާގައި މިހާރު ވެސް ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ހަމަ މި ބްރިޖްގެ ޕްރީ ކޮލިފިކޭޝަން އިންޑިއާގައި ދާނެ. އިންޑިއާ ސަރުކާރުގެ އެހީގައި މި ބްރިޖް އެޅިގެން ދާނީ. އެހެންވީމާ އެ ބައިތައް އެބަދޭ،" ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އަކްރަމް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިޔައްލޫ
08 March 2020
ސިނަމާލެ ބްރިޖާ ، މާލެ ތިލަފުށި ބްރިޖާ ވަރަށް ތަފާތު ދެއްތޯ . ކިތައް ކަނޑު އޮޅިތޯ ؟ ކިހާ ދިގުތޯ ؟ މިހެން ވީމަ އަގު ވެސް ތަފާތު ވާނެ ދެއްތޯ .
5656
08 March 2020
މިގައުމު މިހާތަަނަށް ދުއް އެންމެ ކެރޭ މުރާލި ރައްޔިތުންނަށް އެންމެ ގިނަ ހިދްމަތް ކޮށްދެއްވި އިކޮނޮމިކް މިނިސްޓަރަކީ ސައީދު. ﷲ ތަޢާލާ ވަހީކުރެއްވި ބަސްފުޅެއްގެ މާނާގައިވަނީ، "އިންސާނާއަކީ ޝުކުރުވެރިނުވާ އިޙްސާންތެރިނުވާ" މަޙްލޫގެއްކަމަށް. ﷲ އަށް ހަމްދު ނުކުރާ ބަޔަކު އެމީހުނަށް ކިތަންމެ ކަމެއްކޮށްދިނަސް އަދާކުރާނެ ޝުކުރެއް އޮންނާނެތަ؟ ދިވެހިން މިއަދު މިތިބީ ގެއްލިހަލާކުވެ ސިޔާސީ މީހުން ތަޅުވާ ގުނބޯތަކަކަށްވެފައި.
ހަންނާނު
08 March 2020
އިގްތިސާދީ ކަންކަން އެނގޭނީ އިގްތިސާދީ މީހުނަށް. ސައީދަކީ މި ސަރަހައްދުގައިވެސް ނެތްވަރުގެ އިގްތިސާދީ އިލްމުވެރިއެއް. ﷲ އަށް ޝުކުރުކުރޭ، އޭނާގެ މަސައްކަތުން ހުޅުމާލޭގައި އެހަރަ 25 ބުރީގެ 16 ޓަވަރާއި ސްޓެލްކޯއާއި މޕލ ގެ ޓަވަރުތައްވެސް ހެދެމުން އެދަނީ. ސައީދަކީ މިކަމުގެވެސް މޭސްތިރި. މުރާލިކަމާއެކު އަމިއްލައަށް ޕްލޭންކޮށް ފަންޑިން ހޯދާނެގޮތާއެކު ކުންފުނިތަކާ އެޕްލޭން ހަވާލުކުރީ. ގައުމަށްޓަކައި ކޮންފަދައަގުހުރިމަސައްކަތްތަކެއް ކުރެއްވީ.
މާލިކު
08 March 2020
ރަނގަޅުވާހަކައެއް. މިސަރުކާރުން ސަރވޭކޮށްފަ އިތުރުކަމެއް ކުރާނެ ފައިސާއެއް ބާކީ ނުވާނެ. ރައްޔިތުން ތިބޭ ސަރވޭއިން ލިބޭ ފަސޭހަތަކާއި ހިތްގައިމުކަން ހޯދަން. ބުރިޖުގެވެސް ހޮސްޕިޓަލްގެގެވެސް ކުރެހުމުން ފުއްދާލާ!!
ލޮކިމަސް
07 March 2020
ބުރިޖް އަލާނަން. ދެރަ ނުވޭ.
އަޙުމަދު.
07 March 2020
ސައީދޫ. އަނގައޮތިއްޔާ ޔާމީނު ސަރުކާރުން ބުރިޖެއްނޫން އެހެންކަންތަށްތައްވެސް ކުރީހިލެޔޭ ކިޔައިގެން ވާހަކަދެއްކިދާނެ. ޓޫރިޒަމަށް ދޫކުރި ރައްތަށް ދޫކުރީހިލޭ.އެހެން ވެގެންނޫން ތޯ އެތަން ތަންތަނުން ދައުލަތަށް ދެއްކިފައިސާތަކުން ބޭނުންވަރަކަށްގެއަށާއި އަމިއްލަ އެކައުންޓަށް ކަހާލީ.ބަލަބުރިޖްގެ އަގުގެ ތެރެއަށް އޮތީ ސާވޭކުރުމުގެ އަގުވެސް ހިމަނާފައޭ. އޮޅުވާނުލާ.
ފފފފފ
08 March 2020
ކަލޭމެން އަނގައޮތީމަ ތަޅުވަނީ، ސިކުނޑި އޮތަކަސް އެއިން ވިސްނުން ބޭނުންނުކުރޭ!! އެއީ ބޭނުންކުރީމަ މަދުވާއެއްޗެއްކަމަށްތޯ ހީވަނީ؟ ސައީދު ބުނީމަ ތިމާ ހިތުހުރިއެއްޗެއް ކިޔުމުގެ ބަދަލުގައި ކަލޭގެވެސް އިންޓަރލެކްޗުއަލް ބޭނުންކޮށްގެން ނިކަން ވިސްނާލަބަލަ. ހުޅުމާލެއާ ވިލިގިލީގެ ދުރުމިން. އެދޭތެރޭގައި ޖަހަންޖެހޭނެ ތަނބުތަކުގެ އަދަދު. އެދޭތެރޭގެ ކަނޑުގެ ފުންމިން.. އަނގައޮތީމަ ތަޅުވާ ނަގާނެ. ބޭކާރު ބައެއް ދިވެހިންނަކީ. ނިކަމެތިންގެގޮތުގައިދުނިޔެދޫކުރޭ!!
ޢީސާފުޅު
07 March 2020
ވައްއްކަން ނުކޮށް، ޚިޔާނާތްތެރިނުވެ ތިކަން ކޮށްފިއްޔާ ކިތަންމެހާވެސް ރަނގަޅު..، ކޮންމެހާ ކަމެއްގައި ބޮޑުވަގަކު ނުރަނގަޅުކޮށް ކަންކުރިގޮތް، ޒިކުރާ ކުރުމަކީ ރަގަޅު ކަމެއްނޫން.. ދައުލަތެއްގެ މާލިއްޔަތު ލޫޓްވާލައި، އަދި ޤައުމެއް ފަސާދަ ކޮށްލި މުޖްރިމަކު ޝަރީޢަތުގެ ޙުކުމަކުން ޖަލުގައި ހުއްޓާ، އޭނާ މުޖްތަމަޢު ތެރެއަށް ދޫކޮށްލަން، ޑރ.ޝަހީމް ކަމަށް ވިޔަސް، ޑރ.ސަލްމާނު ރުޝްދީ ކަމަށްވިޔަސް ގޮވާލުމަކީ މުސްލިމެއްގެ ހަޢިސިއްޔަތުން ބަލަގަންނަ ކަމެއްނޫން...
ދަނީމާބެ
08 March 2020
ވައްކަން ނުކިޔަންޔާ އޯކޭދޯ؟ ހިސާބު ހަދާލަބަލަ މިހާތަނަން ބަދަލުދިންވަރާ، ދައުލަތުގެ ހަރަދުތަކާ، ބުރިޖައްކުރަން އެވިސްނާ ހަރަދުތައްވެސް. މިއީ ދިވެހިން ޖީބުން ކުރާހަރަދު. ވަގައްނެގިކަމައް މިކިޔާ ގިނަ ފައިސާޔަކީ އިންވެސްޓަރުން އަތުން ކެޓުވިފައިސާ، ގައުމުގެ ތިޖޫރީގަހުރިފައިސާއެއްނޫން. މިތަފާތުން ދައުލަތުގެ ރައުސުލްމާލު ކުރީގަ އިތުރުވެފަ މިހާރު މަދުވަނީ. ޢެންމެންވެސް ކުރަނީ ވައްކަން ކުރާގޮތް ތަފާތީ. ކުރާގޮތަތަކުން ގައުމައްލޮޅުން އަންނާނީ.
އިބުރާހީމޫ
07 March 2020
މީނާއަށްކާންދީބޮޑުކުރި މައިޒާން އަލިބެ ޔާ ޡަމީލްގެ ހާލުވެސްބަލާނުލަ...ބޮޑާމީހެއް....
އިހުމާލް
07 March 2020
އޭރު ސައިދު މެނެއް ސާވޭ ނުހަދާ، 500 ފޫޓު ގެ ފާލަމަށް ނެގީ 500 މިލިއަން ޑޮލަރު
ސަރީފު
07 March 2020
އިހުމާލް ދަންނަވާލަން ޕާޓީއަށް ސަޕޯޓްކުރިޔަސް ނުބައި މައުލޫމާތު ދިނުމުން ރައްޔިތުންނަށް އޮޅޭ..ސިނަމާލެ ބުރިޖްގެ އަގަކީ 500 މިލިއަނެތް ނޫން..އެއީ 200 މިލިއަނުގެ ބުރިޖެއް އަދި ލޯނުގެގޮތުގައި ނަގާފައިވަނީ 78 މިލިއަން.
ހަންދޫނިކް
07 March 2020
ސިނަމާލެ ބްރިޖަކީ މޭލެއް ހަމަނުވާ ބުރިޖެއް. ތިލަފުށި ބުރިޖުގެ ދިގުނަކީ ސިނަމާލެ ބުރިޖުގެ 5 ގުނަ. އެހެންވީމަ ތިޔަކިޔާ އަގުތައް ކޮމްޕެއަރ ކުރަނޖެހޭނީ ސައިޒަށް ބަލައިގެން.
އެދުރުބެގެ ހަސަނު
07 March 2020
އިންޑިޔާގެ ކުންފުނިތަކުން އެލް އެނޑް ޓީ ކިރިޔާވެސް ކޮލިފައިވާނީ. އެވެރިން އަތުގައިވެސް ކަނޑު ހުރަސްކޮށް ބްރިޖް އެޅޭނެ ކެޕޭސިޓީ ނުހުންނާނެ. މަށައް ހީވާގޮތުން ޖޭވީ އެއް ހަދާނެ ޔޫރަޕްގެ ކުންފުންޏަކާއި އެކު. ނޫނީ ނުވާނެ. އިބޫ ތި އުޅެނީ ފިސާރި ބޮނޑިއެއް ބޯން. 10 ބުރި އިމާރާތެއް އެޅީ 11 އަހަރުން. ޓި ބްރިޖަށް 11 ގަރުނު ވެސް ނަގާފާނެ.