ފުޓްބޯޅަ ކުޅުންތެރިޔާ މަރުއޯން ފެލައިނީ. އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން ރާއްޖޭން އޭނާއާ ކޮންޓެކްޓްވި މީހުން ހޯދަން އެޗްޕީއޭއިިން އަންނަނީ މަސައްކަތްކުރަމުން. ފައިލް ފޮޓޯ
23 މާޗް 2020 - 16:17
ރާއްޖޭގައި ޗުއްޓީއެއް ހޭދަކޮށް، ޗައިނާއަށް ދިޔަ ފަހުން ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވި ބެލްޖިއަމްގެ ފުޓްބޯޅަ ކުޅުންތެރިޔާ މަރުއޯން ފެލައިނީއާ ކޮންޓެކްޓްވި މީހުން ދިރިއުޅެމުން އައި މާލޭގެ ދެ ގެއެއް ބަންދުކޮށް، އެތަންތަނުގައި އުޅޭ އެހެން މީހުން ވެސް ޓެސްޓްކުރަން ފަށައިފި އެވެ.
ކޮރޯނާވައިރަސްއާ ބެހޭ ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން އަދި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ ކޮންޓެކްޓްވި މީހުންގެ ސާމްޕަލްތައް ނެގެންދެން އެ ދެ އިމާރާތް ވެސް ހުންނާނީ މޮނިޓަރިންގެ ހާލަތުގައި ކަަމަށެވެ.
"މާލޭގެ ދެ ގެއެއް މޮނިޓަރިންނަށް ދިޔައީ އެއީ [އެ ދެ ގޭގައި ތިބި ބައެއް މީހުންނަކީ] ޑައިރެކްޓް ކޮންޓެކްޓްސް އަށް ވެފައި، ސިމްޕްޓަމެޓިކް [ނިޝާންތައް ފެނުން] ވީމާ،" އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވަން ރާއްޖޭން ކުރާ މަަސައްކަތާ ބެހޭ ގޮތުން މަބްރޫކް މީޑިއާއާ ވާހަކަ ދައްކަވަނީ. ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
އެކަމަކު އެއީ ކޮން ދެ ގެއެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
އިނގިރޭސި ޕްރިމިއަ ލީގުގެ މެންޗެސްޓަ ޔުނައިޓެޑާއި އެވަޓަންއަށް ކުޅެ، ރާއްޖޭގައި ވެސް މަޝްހޫރުކަން ހޯދާފައިވާ ފެލައިނީއާ ބައްދަލުވި މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އެގޮތުން އޭނާ ވިދާޅުވީ ކުޅުންތެރިޔާއާ އެކި މީހުން ކޮންޓެކްޓްވީ ވަރާއި ނުރައްކާ އޮތް މިންވަރުގެ ދެނެގަންނަމުން ވެސް އަންނަ ކަމަށެވެ.
ކޮރޯނާވައިރަސް އަށް ފެލައިނީ ޕޮޒިޓިވް ވީ ރާއްޖޭގެ އެންމެ މަތީ އެއް ރިސޯޓް، ވަން އެންޑް އޮންލީ ރީތިރަށުގައި ޗުއްޓީ ހޭދަކުރުމަށް ފަހު މާޗު 12 ގައި، އެނބުރި ޗައިނާ އަށް ދިޔަ ފަހުން މިދިޔަ ހުކުރު ދުވަހު އެވެ. އޭނާ ރާއްޖޭގައި ހުރިއިރު އޭނާއާ ކޮންޓެކްޓްވި ދެ މީހެއްގެ ކިބައިން އެ ބަލީގެ އަލާމާތްތައް ފެނުމުން ކަރަންޓީންކޮށް ޓެސްޓުތައް އަންނަނީ ހަދަމުންނެވެ.
އޭނާ މިހާރު ކުޅެމުން އަންނަނީ ޗައިނާގެ ޝަންޑޮން ލުނެން އަށެވެ.
ކޮރޯނާވައިރަސްއަށް ފެލައިނީ ޕޮޒިޓިވް ވުމާ ގުޅިގެން އެ ރިސޯޓް މޮނިޓަރިންގެ ހާލަތަށް ނުގެނައީ ކީއްވެތޯ ސުވާލު ކުރުމުން މަބްރޫކް ވިދާޅުވީ ރާއްޖޭގައި މިހާރު އަޅާފައި އޮތް ފިޔަވަޅުތަކާ އެކު ރީތިރަށަށް ވެސް މިހާރު އަރައިފައިބާ ނުހެދޭނެ ކަމަށެވެ.
"މިކަން ހަމަ އެނގުމާ އެކީ ކުރިއްސުރެ އެރަށް ބެލެހެއްޓުނު ގޮތަށް، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް [އަންނަނީ ކުރަމުން]. ހައިރިކްސް ކޮންޓެކްޓްތައް ހަމަ އައިޑެންޓިފައި ކުރަމުން ދަނީ،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިން
24 March 2020
މާލޭގަ ތިބި ބިދޭސިން ދިވެހިންނަށް ވުރެ ގިނަ މިމީސް މީހުން ރަގަޅަށް ޗެކް ކޮށް ބެލެންޖެހޭ!
ބޮޑުމީހާ
23 March 2020
މި ވައިރަހުން ސަލާމަތްވާން އޮތް ގޮތްތައްކަމަށް ބުނެ ސައިންސްވެރިން ލަފާކުރާގޮތްތައް. 1. ވެކްސިނެއް އުފެއްދުން، 12-18 މަހާއި ދޭތެރޭ ވަގުތު ނަގާނެ 2. ބޭހެއް އުފެއްދުން، އަދި އެގެންނެތް 3. މުޅި ގައުމު ލޮކްކޮށްގެން ތިބުން 4. އާބާދީގެ ބޮޑުބަޔަކަށް ބަލިޖެހި އަމިއްލައަށް ބަލި ފަސޭހަވެ ނެޗުރަލް އިމުނިޓީ ލިބުން
ބަނަ
23 March 2020
4 . ނަގައިފިއްޔާ ޔޫކާގަ އެކަނިވެސް 5 ލައްކަ މީހުން މަރުވާނެ... ރާއްޖޭގަ މިކަހަލަ ދިރާސާއެއް ނެއްހެދިފައެއް... 500 މީހުން މަރުވެޔޯ ބުއްޔަސް އެއީ މާބޮޑު އަގެއް.. ގެރެއްޓީއެއްނެއި ހޭޑް އިމުނިޓީ ވޯކްކޮއްފާނެ ކަމެއްވެސް..
ބިސް
23 March 2020
ބޮޑު ވަބާއެއްގެ ތެރޭގަވެސް ފުޓުބޯޅަ ކުޅޭ މީހެއްވިއްޔާ ގޮސް އޮޅުލައިގަންނާތި. ސާބަސް!
ޔޫނުސް
23 March 2020
ދިވެހިންނަ ހީވަނީ ފުޓްބޯޅައެއް ޖަހައިފިއްޔާ އެއީ ސްޕަރސްޓާއެއްކަމަށް. މެންޗެސްޓާރ ޔުނައިޓަޑް ސަޕޯޓަރުން މަރުވާން ދަންނަނީ ބޮޑު ކުޑައެއްގޮތަށް، ވާރޭ ވެހޭއިރު ކައިރީގަ ހުއްޓިއްޖެއްޔާ ނުތެމޭނެ
ީހށނ
23 March 2020
މމިވައިރަހަށް ހޭނި ވައިރަހާއެކު ދިރިއުޅެން ދަސްކުރުން ނޫންގޮތެއް ނެތް.
މައިތިރި
23 March 2020
އަދިވެސް ނަތީޖާ ނުލިބޭތޯ..
ޢަްސީ
23 March 2020
ގެބޭރުގަ އިއުލާނެއް ހަރުކޮއްފަ ހުރީ މިވަރަކުން ނުފުދޭތަ
ކަޅޯ
23 March 2020
ޓޫޜިސްޓުން ނަށް ރާއްޖެ ހުޅުވާލައިފައި ބާއްވާގެން ކޮވިޑް 19 ކޮންޓްރޯލް ކުރާށޭ ކިޔާފައި ސަރުކާރުން ތިކުރާ މަސައްކަތާ މެދު ސުވާލު އުފެދެއެވެ.
ނީނނޭ
23 March 2020
ގޭގެ ނަން ނުބުނަންޏާ ތި ދެވެނީ އަނިޔާއެކޭ ނުބުނެވޭނެތަ؟
ވަހީދު
23 March 2020
ކޮބާ އަނިޔާއަކަށް ވެފައި. އެގޭގައި މިއަދު އުފަންދުވަހުގެ ޕާޓީއެއް ބަޔަކަށް އޮޅިގެން ބޭއްވުނީތަ؟
ބަބުރަންޖީީ ހަޖީ
23 March 2020
ކައިރިމީހުންތައް މިހާރު ހާދަ ބިރަކުންނޭ އުޅޭނީ.
ދެރަ
23 March 2020
އާދޭސްކޮށްފަ ބުނަން މަސްދުވަހަށް ގޭޓް ބަބްދުކޮށްފަ ދިވެހިން މަސްވެރިކަމަށް ނެރެފަ. އައިސް އިތުކޮށް ހެސްކިޔާފަ މަހުގެ އުފެެއްދުންތަށް އިތުރުކޮށްބަލަ. އޭރުން ކާގޯގޮތުގައި ވެސް އެކްސްޕޯޓްކުރެވޭނެ. ދުނިޔޭގަ ހަމައެކަނި އޮތީ ފަތުރުވެރިކަން އެކަނި ކަމަުގައި ދުށުމީ މޮޔަކަމެއް.
ށަންޑި
23 March 2020
ކޯކު މަސްކާހިއްވެގެން އުޅެނީ. ޢެސްޕޯޓު ކުރަންޖެހޭނީ އެފްރިކާއައް. މަހުގެ ޑިމާންޑެނެ. ޕެނަޑޯލު ގުޅައެއްނުލިބިގެން އިގިރޭސިންވެސް ތެޅިމަރުވަނީ.
ބޮޑުމީހާ
23 March 2020
އެކްސްޕޯޓް ނުކުރެވުނަސް ކާއްޓާއި މަހާ ކައިގެންވެސް އުޅެވޭނީ މަސް ބާނައިގެން.