28 މާޗް 2020 - 08:55
ކޮރޯނާވައިރަހުގެ މި ބަލިމަޑުކަމުގެ ތެރޭގައި އާންމުންގެ ރައްކާތެރިކަމަށް ވަރުބަލިކަމެއް ނެތި ކުރީ ސަފުގައި މަސައްކަތްކުރާ އެމެރިކާގެ ސިއްހީ ހިދުމަތްތެރިންނަށް އެ ގައުމުގެ ސްޓާ ބަކްސް އިން ހިލޭ ކޮފީ ދޭން ނިންމައިފި އެވެ.
މަޝްހޫރު ކޮފީ ޗެއިނުން ބުނީ ޑޮކްޓަރުންނާއި ނަރުހުންނާއި ޕެރަމެޑިކުންނާއި ހޮސްޕިޓަލްތަކުގައި މަަސައްކަތްކުރާ އެހެނިހެން މުވައްޒަފުންގެ އިތުރުން މި ދަނޑުވަޅުގައި މުހިއްމު ރޯލެއް އަދާކުރާ ފުލުހުންނާއި ފަޔަފައިޓަރުންނަށް ވެސް މެއި މަހުގެ 3 ވަނަ ދުވަހާ ހަމައަށް ހިލޭ ކޮފީ ދޭނެ ކަމަށެވެ.
އެމެރިކާ އާއި ކެނެޑާގައި ހުރި ސްޓާބަކްސްގެ ހުރިހާ އައުޓްލެޓްތަކެއް މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ވަގުތީ ގޮތުން ބަންދުކޮށްފައިވާ އިރު ކަސްޓަމަރުން އޯޑަރުކުރުމުން ޑެލިވަރީގެ ހިދުމަތް ދޭނެ އެވެ.
ސްޓާބަކްސް އިން ބުނިގޮތުގައި ސިއްހީ ބޮޑު ވަބާއެއްގެ ތެރޭގައި ސައުވީސް ގަޑިއިރު އާންމުންގެ ހިދުމަތުގައި ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނަށް ހިލޭ ދޭނީ ޓޯލް ބްރޫޑް ނުވަތަ އައިސް ކޮފީ ކަމަށެވެ.
ކޮރޯނާވައިރަހުން ފަތުރާ ކޮވިޑް-19 ޖެހިގެން އެމެރިކާ އިން މިހާތަނަށް 1،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު، ބަލި ޖެހުނު މީހުންގެ އަދަދު 70،000 އާ ގާތްކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy