ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
06 އެޕްރީލް 2020 - 12:46
ރާއްޖޭގައި ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާން ކޮށްފައިވާ މި ދަނޑިވަޅުގައި ގާނޫނުއަސާސީ އިސްލާހު ކުރެވިދާނެ ކަމާ މެދު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ސުވާލު އުފައްދަވައިފި އެވެ.
އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން، ހެލްތު މިނިސްޓަރަށް ލިބިވަޑައިގަންނަވާ ބާރުގެ ތެރެއިން މިދިޔަ މަހުގެ 12 ން ފެށިގެން 30 ދުވަހުގެ މުއްދަތަށް ރާއްޖޭގައި ވަނީ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާންކޮށްފަ އެވެ. މީގެ އަށް އަހަރު ކުރިން ޖުލައި 2012 ގައި އަމަލުކުރަން ފެށި "އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު"ގެ ދަށުން އިއުލާން ކުރި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގައި ވަރަށް ގިނަ ކަންކަން ކުރުމުގެ ބާރު ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބެ އެވެ. އެ މަގާމުގައި މިހާރު ހުންނެވީ ސިއްހީ ދާއިރާގައި 30 އަހަރު ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ މައިމޫނާ އަބޫބަކުރެވެ.
މި ދަނޑިވަޅުގައި ގާނޫނުއަސާސީ އިސްލާހު ކުރެވިދާނެ ކަމާ މެދު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ސުވާލު އުފެއްދެވީ، އާ ކައުންސިލަރުން އިންތިޚާބު ކުރެވެންދެން، މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ދެންމުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަަސާސީ އަށް ހުށަހެޅި އިސްލާހާ ގުޅިގެންނެވެ.
ނަޝީދު ވަނީ އެ ކަމާ މެދު ސުވާލު އުފައްދަވައި، އެ ބަހުސް މަޖިލީހުގައި މިއަދު ފައްޓަވައިފަ އެވެ.
މިއަދުގެ ޖަލްސާ ފެއްޓެވުމުގެ ކުރިން ނަޝީދު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނުއަސާސީ އަށް ބަދަލު ނުގެނެވޭނެ ކަމަށް ބުނެފައިވާ ކަމަށާއި އެހެންވެ، މި ހާލަތުގައި ގާނޫނުއަސާސީ އިސްލާހު ކުރެވޭނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. ނަމަވެސް މިއީ ބައެއް ގާނޫނުތައް ހިންގުން ހުއްޓޭ ގޮތަަށް އޮންނަ ގާނޫނުއަސާސީގައި ބުނާ ކުއްލި ހާލަަތްތޯ ނޫންތޯ މެމްބަރުންގެ ބަހުސަކަށް އެ މަނިކުފާނު ހުޅުވައިލެއްވި އެވެ.
"ގާނޫނުއަސާސީގައި އެބަ ބުނޭ ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނުއަަސާސީ އިސްލާހުކޮށްގެނެއް ނުވާނެއޭ. އެހެންވީމާ އަޅުގަނޑުމެން އިތުރު ވިސްނުމެއް ވިސްނައިލުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ބުއްދިވެރިކަމެއް،" ނަޝީދު ވިދާޅުވި އެވެ.
http://www.mvlaw.gov.mv/pdf/ganoon/chapterII/7-2012.pdf
އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނު
މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވީ ރާއްޖޭގައި މިހާރު އިއުލާން ކޮށްފައި ވަނީ ގާނޫނުތައް ސަސްޕެންޑްކޮށް، ހައްގުތައް ހިފެހެއްޓޭ ގޮތަށް ގާނޫނުއަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ހާލަތު ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ގާނޫނުއަސާސީގެ 253 ވަނަ މާއްދާގައި ބުނާ ކުއްލި ނުރަައްކަލުގެ ހާލަތު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއުލާނު ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.
"މި ކަމަށް އެންމެ ފަސޭހަ ގޮތެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ ގާނޫނުއަސާސީގެ 253 ގެ ދަށުން ބަލިމަޑުކަމުގެ ހާލަތެއް ރާއްޖޭގައި އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިއުލާނުކޮށް، ،ބައެއް ގާނޫނުތަކަށް އަމަލު ކުރެއްވުން ފަސްުކުރެއްވުން،" ޝަރީފް ވިދާޅުވި އެވެ.
ވިލުފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަފީފު ވިދާޅުވި ގޮތުގައި، ކުއްްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރެވޭނީ ގާނޫނުއަސާސީގައި ބުނާ ގޮތުން ރައީސުލް ޖުމްހޫރިއްޔާ އަށެވެ. އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގައި އެ ބާރުތައް ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަަށް ދީފައި ވަނީ ރަނގަޅަށް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އާއްމު ސިއްހަތުގެ ގާނޫނުގައި މި ބާރު ވަކި ފަރާތަކަށް ދޭކަށް އަޅުގަނޑުމެންނަކަށް ފާހެއް ނުކުރެވޭނެ ގާނޫނުއަސާސީ ވަކި ފަރާތަކަށް އެ ބާރުތައް ދީފައި އޮއްވަކާ. އެ ފަަރާތަކީ ރައީސުލްޖުމްހޫރިއްޔާ. ރައީސުލްޖުމްހޫރިއްޔާ ޖެހޭނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރަން،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)ގެ ހިޔާލު އެހެން ބޭފުޅުންނާ ތަފާތެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މިހާރު އިއުލާން ކޮށްފައި ވަނީ ގާނޫނުއަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ހާލަތެވެ.
"ގާނޫނުއަސާސީގެ 267 ވަނަ މާއްދާގައި ނުބުނޭ ރަައީސުލްޖުމްހޫރިއްޔާ އިއުލާނު ކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތަކަށް ވާން ޖެހޭނެ ކަމަކަށް،" އޭނާ ވިދާޅުވި އެވެ.
އިންތި އެހެން ވިދާޅުވިޔަސް ގާނޫނުއަސާސީގެ 11 ވަނަ ބާބުގެ 253 ވަނަ މާއްދާގައި އެ ބާރު ދީފައި އޮންނަނީ ސީދާ ރައީސުލްޖުމްހޫރިއްޔާއަށެވެ.
އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ ގާނޫނުއަސާސީގައި ބުނާ ބާރުތައް ލިބޭނީ 253 ވަނަ މާއްދާގައި ބުނާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތުގައި ކަމަށެވެ. އަދި އޭގެ ފަހަތަށް ހުރި މާއްދާތަކުގައި ބުނާ ކަންތައްތައް ހިނގާނީ ވެސް އޭރުން ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ިހިސާނާ
23 April 2020
ނައިޓް ނައިޓް އަންނަށް ޖެހޭނެ.. ޤާނުތަށް ވެސް ނައިޓަށް އަނަން ޖެހޭގޮތަށް ފާސްކުރަންތޯ..
ގަންޖާ އަހްމަދު އެލެކްސް
10 April 2020
އަޅުގަނޑު މެންނަށް ވެގެން މި އުޅޭގޮތަކީ ޤާނޫން މާނަ ކުރަންނޭންގޭ ޤާނޫން ހަދަންނޭންގޭ ބަޔަކު މަޖިލީހަށް ހޮވިގެން މި އުޅެނީ އެހެންވެގެން ވާނުވާގަ އެތިބެނީ ބަލަގަ ކައުންސިލްތަކުގެ އުމުރަކީ 5 އަހަރު އަދި 2 އަހަރު ބާކީ އެބަ އޮތް ދެންކީތޯ ކުރާނީ ޤާނޫން މާނަ ކުރަން ނޭންގެންޔާ ވާނީ މިހެން މިކަމާ ކުރާނެ ކަމެއް ނެތް އަދިވެސް ދޮޅު ރޯނާވެފައިތިބި ބުރާންތިން ލާތި މަޖިލިސްއަށް
ދާއިރާ
09 April 2020
ވިސްނޭގިތުން މިކަމުގެ ހައްލަކީ ކައުންސިލް ދައުރު ހަމަވުމުން, ކޮވިޑްގެ ހާލަތު ނިމެންދެން ކައުންސިލް ހިންގުން ޒވ އާއި ހަވާލު ކުރުން, ނުވަތަ ރައީސް ކަނޑައަޅުއްވާ 1 ބޭފުޅަކު ބެހެއްޓެވުން, މީ ޚަރަދު ކުޑަކުރުމާއި ކޮވިޑްގެ ކަންކަމަށް ކުރާންޖެހޭ ޚަރަދު ބޮޑު ދުބަސްވަރެއް, ސިޓީ ކައުންސިލް އަކަސް އަތޮޅު ކައުންސިލަކަށް, ރަށު ކައުންސިލަކަސް މިހެން އަމަލު ކޮށްފިނަމަ އެތަކެއް މިލިޔަން ރުފިޔާ ސަލަމަތްވީ,
މަޖިލިސް
08 April 2020
އަހަރެމެން ރައްޔިތުން މިއުޅެނީ ވަރަށްބޮޑު ގޯހެއްހަދައި ގެން، މިޖިލީހަށް ކުފޫ ހަމަނުވާބަޔަކު ހޮވައިގެން، ވީމާ މަޖިލީހުގެ ރައީސް އަކަށްވެސް އަންނާނީ އޭގެ ތެރެއިން،. އަދި އެތަން ހިންގާނީވެސް އެތާތިބި ބަޔެއްގެ ފެންވަރުން.....ދެންފަހަރަކުން ވޯޓްލުމުގެ ފުރުސަތެއް ލިބިއްޖެއްޔާ ރަނގަޅަށް ވިސްނާލާފަ ވޯޓް ލަމާހިނގާ، ޒާތީ ކަންތައްތަކުން އެއްކިބާވެ ގައުމަށް ފައިދާވާގޮތަށް.
އަންނި ތަކުރުބެ
06 April 2020
މިކަލޭގެ ދުވަހަކުވެސް މިގަުމުގެ ރައީސްކަމާ ވާވެސް ނެއެޅޭނެ އިންޝާ
ތެދުތެދު
06 April 2020
މަޖްލީސްގެ ރައީސް ކަމު ގޮޑިއަށް އެރުމަކީ އަންނިއަށް ސިޔާސީ ގޮތުން ހެދުނު ގޯހެކެވެ. އަންނީގެ ސަޕޯޓް ބޮޑުތަނުން ދަނީ ދައްވަމުން ނެވެ. މިއީ ހައްޤު ތެދެކެވެ
އެމެރިކާ
06 April 2020
އިރާދަ ކުރެއްވީޔާ ދެން ދުވަހަކުވެސް އެމްޑީޕީ އަކަ ވެރިކަމެ ނުލިބޭނެ އިންޝާﷲ.
އަލީ ރަސްގެފާން
06 April 2020
ނަޝީދުގެ ކިބައިން ރައްޖެއަކަ ދުވަހަކުވެސް ހެވެއް ނުލިބޭނެ.
ފަހުދު
06 April 2020
ހޫން! އެއްކަލަ ހެޑްލައިން ދޮންބެ
ހަގީގަތް
06 April 2020
މިވީހާ ތަނަށް ކަންކަން ކުރައްވާފައިވަނީ މަނިކުފާނު ވިދާޅުވާ ގޮތާ އިދިކޮޅަށް! އެހެން ނޫނަސް ކުރީސަރުކާރު ބަދަލުކުރަން ރައްޔިތުންނަށް ދެއްކި ހުވަފެންތައް، ބިލާހަކަށް ހަދާފައި، ގައުމާ ރައްޔިތުން ނާ ދޭތެރޭގައި ކަންކަން މި ސަރުކާރުން ކުރަނީ މާ ގޯސްކޮށް! ކުޑަމިނުން ގައުމުގެ ތިޖޫރީ ވެސް ކޮވިޑަށް ވުރެ މާ ކުރިން، ރައްޔިތުންނަށް މާ ބޮޑު ކަމެއް ކޮށްނުދީ ކުޑައަޑި އަޅުވާލައިފި!