ޚަބަރު

އިތުރު ދެ ދިވެއްސަކު ޕޮޒިޓިވްވެއްޖެ

އައިޖީއެމްއެޗުގެ މުވައްޒަފުންތަކަކަށް ކްރިޓިކަލް ކެއާގެ ތަމްރީނުތައް ދެނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

24 އެޕްރީލް 04:19

އިތުރު ދެ ދިވެއްސަކު ޕޮޒިޓިވް ވެއްޖެ ކަމަށް އެޗްޕީއޭ އިން ދެންމެ ބުނެފި. މި ކޭސްތަކަކީ ކޭސް، 96 އާއި ކޭސް 26. މި ދެ ކޭހުގެ ތެރެއިން އެކަކަށް ކޭސް ނަންބަރު 26 ދީފައި ވަނީ އެ ނަންބަރުގައި އޮތް މީހާއަކީ ކޮމްފޯމްޑް ކޭސްއެއް ނޫން ކަމަށް ރޭ ކަނޑައެޅުމާ ގުޅިގެން.

24 އެޕްރީލް 04:17
23 އެޕްރީލް 21:37

ނަޒްލާ: މި ވަގުތު ފެންނަމުން މިދަނީ މީގެ 2-3 ހަފުތާވަރު ކުރިން ބަލި ޖެހިފައިވާ މީހުން. އެހެންވެ މިހާރު އަަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަން އަދި ދެ ހަފުތާ ވަރު ނަގާނެ.

23 އެޕްރީލް 21:33

ނަޒްލާ: ބަލި ކޮންޓްރޯލް ކުރަން ކުރެވޭނެ ދެން އިތުރު ވަކި ކަމެއް ނެތް. ބަލި ހުއްޓުވަން ކުރަން ޖެހޭ ކަމަކީ ބަލި ހުރެއްޖެ މީހަކު ވިއްޔާ އެ މީހަކު އަވަހަށް ދެނެގަތުން. އެ މީހަކު އަވަހަށް ފުލޫކުނިކަށް ދިއުން. ނުވަތަ ދަންނަ މީހަކު އެގޮތަށް ހުރިއްޔާ ތިބޭފުޅުން ވެސް ރިޕޯޓްކުރައްވަންވީ. ކޮންޓެކްޓް ޓްރޭސިންގައި އަޅުގަނޑުމެންނަށް ފާހަގަވި އެއް ކަމެއް ބަލި ހުރެފައި ވެސް މަސައްކަތަށް ނުކުމެފައިވާކަން.

23 އެޕްރީލް 21:31

މިރޭގެ މީޑިއާ ބްރީފިންގައި ޑރ. ނަޒްލާ ނޫސްވެރިއެއްގެ ސުވާލެއް އަޑުއައްސަވަނީ.

23 އެޕްރީލް 21:28

އެންއީއޯސީގެ ތަރުޖަމާން މަބްރޫކް، މިރޭގެ މީޑިއާ ބްރީފިންގައި ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަނީ.

23 އެޕްރީލް 21:28

ނަޒްލާ: އޭނާ ރާއްޖެ އައީ ޔޫކޭއިން މިދިޔަ މަހުގެ 23 ގައި. އެހެންވެ ކަރަންޓީގައި ހުއްޓާ މިދިޔަ މަހުގެ 28 ގައި ޓެސްޓްކޮށް ނެގެންޓިވް ވެފައި ވަނީ. އަދި އޭނާ ދޫކޮށްލަންވެގެން މި މަހުގެ 6 ގައި ޓެސްޓް ހަދައި ނެގެޓިވްވެގެން 7 ވަނަ ދުވަހު ދޫކޮށްލައިފައިވާނީ. އޭނާ އަކީ ޕޮޒިޓިވް ކޭހަކާ ގުޅިގެން ހައި ރިސްކް މީހަކަށް ވާތީ މި މަހުގެ 21 ގައި އަލުން ޓެސްޓް ހަދައި ޕޮޒިޓިވް ވެފައި ވަނީ. މި ކޭހާ ގުޅިގެން އަޅުގަނޑުމެން ޓެގް ޓީމާ ވެސް ވާހަކަ ދެއްކިން. އަޅުގަނޑުމެންނަކަށް ނުބެލެވޭ އޭނާ ބޭރުން އައިއިރު މި ބަލި ހުރިކަމަކަށް.

23 އެޕްރީލް 21:25

މިއަދުގެ މީޑިއާ ބްރީފިންގައި ރެޖިސްޓްރާ އޮފް ކޮމްޕެނީސް ވިސާން ވާހަކަ ދައްކަވަނީ.

23 އެޕްރީލް 21:24

ނަޒްލާ: ކަރަންޓީނުގައި ހުރެ ދޫކޮށްލި މީހަކު ޕޮޒިޓިވް ވެފައި އެބަހުރި.

23 އެޕްރީލް 21:22

މިރޭގެ މީޑިއާ ބްރީފިންގައި އޭސީޕީ ނަވީން ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަނީ.

23 އެޕްރީލް 21:19

ނަޒްލާ: ގިނަ ކޭސްތަކަކީ މިހާރު ވެސް ހަމަ އެކި ކްލަސްޓާތަކުން ފެންނަ ކޭސްތައް. ކޭސް ފެންނަލެއް ގިނަވެގެން ވަކި އަދަދަކަށް ޕޮޒިޓިވްވެގެން ކޮންޓެކްޓް ޓްރޭސިން ހުއްޓާލަން ޖެހިދާނެއެކޭ އަޅުގަނޑަކަށް ދަންނަވާކަށް ނޭނގެ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އެ ހިސާބަށް ނުގޮސް ވޭތޯ.

23 އެޕްރީލް 21:19

މިރޭގެ މީޑިއާ ބްރީފިންގައި ޑރ. ނަޒްލާ ވާހަކަ ދައްކަވަނީ.

23 އެޕްރީލް 21:16

ނަޒްލާ: ބިދޭސީން އެއްކޮށް އުޅޭ ވަރަށް ގިނަ ތަންތަން ވަނީ ފާހަގަކުރެވިފައި. އެ ތަންތަނަށް މެޑިކަލް ޓީމްތައް ގޮސް ބަލި ހުރިތޯ ބަލަމުން ދަނީ. އޭގެ ތެރެއިން ޕޮޒިޓިވް ވި 14 މީހުންގެ ވާހަކަ އަޅުގަނޑު ދެންމެ ވެސް މި ދެއްކީ. އެ މީހުން ދިރިއުޅޭ ތަންތަނަށް ގޮސް ސްކްރީންކުރަމުން ދަނީ.

23 އެޕްރީލް 21:08

ޑރ. ނަޒްލާ: ކޭސް ނަންބަރު 26 އަކީ ކޮންފޯމްޑް ކޭހެއް ނޫން ކަމަށް ކަނޑައަޅައިފިން. ކުރިން މި ކޭސް ހިމެނިފައި އޮތީ ޕޮޒިޓިވް ކޭސްތަކުގެ ތެރޭގައި.

23 އެޕްރީލް 21:01

މަރިޔަމް ވިސާމް/ އިކޮނޮމިކް މިނިސްޓްރީ: އުތުރު ހާބަރުގައި މިހާރު އެޕްރޫވަލް ދެވޭނެ ނިޒާމެއް މިހާރު ވާނީ ގާއިމްކޮށްފައި. އަތޮޅުތެރެއިން މާލެ އަށް މުދާ ގެނައުމުގައި ދަތިތަކެއް ދިމާވެއްޖެ. މާލެ އަށް ލަފާ ދޯނިފަހަރަށް ލޮޖިސްޓިކް ކަންކަމަށް އިންތިޒާމު މިހާރު އެހުރީ ހަމަޖެހިފައި. މީގެ ސަބަބުން މާލެ އަށް މުދާ ލިބުމުގައި ދަތިތައް ހައްލުވެގެން ދާނެ.

23 އެޕްރީލް 20:53

ޑރ. ނަޒްލާ: މި ޕްރެސް ކޮންފަރެންސަށް ތައްޔާރުވަމުން ދިޔަ އިރު އިތުރު 14 މީހަކު ޕޮޒިޓިވް ވެއްޖެ. އެ މީހުންނަކީ ކޮންޓެކްޓް ޓްރޭސިންގެ ތެރޭގައި އަޅުގަނޑުމެންނަށް ފާހަގަވި، އެއްތަނެއްގައި ތިބި 14 މީހުން.

23 އެޕްރީލް 20:52

މަބްރޫކް: މިހާތަނަށް 124 މީހަކަށް ވަނީ ބޯހިޔާވަހިކަން ހޯދައިދީފައި. މީގެ ތެރޭގައި ހިމެނެނީ ރިސޯޓުތަކުން މާލެ އައިސް ތާށިވި މީހުންނާއި ޖަލުން ދޫކޮށްލި ބައެއް މީހުންނާއި ކުލި ނުދެއްކިގެން ނެރުނު މީހުންނާއި ބޭސްފަރުވާ އަށް މާލެ އައިސް ހާލުގައި ޖެހުނު މީހުންނާއި ޑްރަގްސްގެ ވަބާގައި ޖެހިފައި ތިބި މީހުންނާއި މަގުމަތީގައި އުޅެން ޖެހިފައިވާ ބައެއް މީހުން. އޭގެ ތެރެއިން ބައެއް މީހުންނަށް ވަނީ އަންނައުނު ވެސް ހޯދައިދީފައި.

23 އެޕްރީލް 20:49

މަބްރޫކް: މިހާރު އިތުރު 5000 ޓެސްޓް ކިޓް ވަނީ ލިބިފައި. މީގެ އިތުރުން ފުލުހުންގެ އިންޓެލިޖެންސްގައި ބޭނުންކުރާ ޕީސީއާރު މެޝިނެއް މިރެއިން ފެށިގެން އައިޖީއެމްއެޗްގައި ބޭނުންކުރަން ފަށާނެ.

23 އެޕްރީލް 20:47

ތަރުޖަމާނު މަބްރޫކް އަޒީޒު: މިހާތަނަށް 1675 ކޮންޓެކްޓް ވަނީ ހޯދިފައި. ރޭގެ ޕްރެސް ކޮންފަރެންސަށް ފަހު 23 މީހަކު ވަނީ ޕޮޒިޓިވް ވެފައި. މީގެ އިތުރުން 217 މީހުން ވަނީ މޮނިޓަރިންްގެ ހާލަތުގައި. އައިސޮލޭޝަންގައި 189 މީހުން އަދި ކަރަންޓީންގައި 1546 މީހުން އެބަތިބި.

23 އެޕްރީލް 20:45

ދަރުބާރުގޭގައި ނޫސްވެރިންގެ ބައްދަލުވުން ފަށައިފި

ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލޭ މީހުންނަށް ތިން މަސް ވަންދެން 5،000ރ. ގެ އިނާޔަތެއް ސަރުކާރުން ދޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން އިގްތިސާދަށް ކުރިމަތިވަމުންދާ ގެއްލުންތަކާ ހެދި ގިނަ ބައެއްގެ ވަޒީފާ ގެއްލި އަދި މުސާރަތައް ދަނީ ކުޑަ ކުރަމުންނެވެ. އެހެންވެ، އެފަދަ މީހުންނަށް ސަރުކާރުން މާލީ އިނާޔަތެއް ހަމަޖައްސައިދޭނެ ކަމަށް ކުރިން އިއުލާން ކުރިޔަސް، ދޭނީ ކިހާ އަދަދެއް ކަން ސަރުކާރުން އޭރު ހާމައެއް ނުކުރެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ މިއަދު ބައްދަލުވުމުގައި މިނިސްޓަރު ފައްޔާޒް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މިދިޔަ މާޗް މަހުން ފެށިގެން ވަޒީފާ އިން ވަކިކުރި މީހުންނާއި ވަކި މިންވަރަށް ވުރެ މުސާރަ ކުޑަކުރި މީހުންނަށް މާލީ އިނާޔަތެއްގެ ގޮތުގައި ދޭނީ 5،000ރ. ގެ އިިނާޔަތެއް ކަމަށެވެ. އެ ފައިސާ ތިން މަހު ދޭ ގޮތަށް ހަމަޖެހިފައި އޮތަސް، އެ އަށް ވުރެ އިތުރަށް ދިނުމާ މެދު ގޮތެއް ނިންމާނީ ހާލަތަށް ރިއާޔަތް ކުރުމަށް ފަހު ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު ނިންމާފައިވަނީ މަހެއްގެ މައްޗަށް 5،000ރ.، އެގޮތަށް ތިން މަހަށް އޭޕްރީލް، މެއި، ޖޫންއާ ހަމައަށް ދޭން. ދެން ކުރިއަށް އޮތް ތަނަށް އަނެއްކާވެސް އަޅުގަނޑުމެން ހާލަތަށް ރިއާޔަތްކޮށް، ރިވިއުކޮށް ފައިސާ ހޯދޭނެ ގޮތްގޮތް ހޯދައިގެން އެކަން ކުރުމަށް،" ފައްޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުން އިއުލާންކުރި 2.5 ބިލިއަން ރުފިޔާގެ އިގްތިސާދީ އެހީގެ ޕެކޭޖްގެ އެހީއަށް އެދި 700 އަށް ވުރެ ގިނަ ފަރާތުން ހުށަހެޅި އެވެ. އެކަމަކު، އެ ފައިސާ ދޫކުރުން ލަސްވީ މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން ބޭންކްތަކުގެ ޚިދުމަތްތައް ދިނުމަށް ބުރޫ އެރުމުން ކަމަށް ވިދާޅުވި އެވެ. އަދި އެކަންކަން ހައްލުކޮށް، އަންނަ ހަފުތާގައި 150 އެއްހާ ފަރާތަށް ފައިސާ ދޫކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލިގެންނާއި މުސާރަ ކުޑަ ކުރުމުން އޮންލައިކޮށް ޝަކުވާ ހުށަހަޅަން ހުޅުވާލި ފުރުސަތުގައި ޓެކްނިކަލް ދަތިތަކެއް ކުރިމަތިވި ކަމަށާއި އަދި އެކަމަށް ޚާއްސަ ސެންޓަރެއް ގާއިމް ކުރަން ކުރި މަސައްކަތް ކުރިއަށް ނުގެންދެވުނީ މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސަރުކާރުން ދޭ ފައިސާ ދޫކުރެވެނީ އެ ފައިސާ ހައްގުވާ މީހުންނަށްތޯ ކަށަވަރު ކުރުމުގައި ވެސް މިވަގުތު ދަތިތަކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވެސް އެބަޖެހޭ ކޮންމެވެސް ޔަގީން ކަމެއް ހޯދަން ފައިސާ ދޫކުރެވޭ ފަރާތަކީ ހަގީގީ އަސްލު ފަރާތްތޯ. މި ކަމުގައި ވެސް ވަރަށް އުނދަގޫ އެބަހުރި. އަޅުގަނޑުމެން ބޭނުންވާ ލެވެލް އަށް ވެރިފިކޭޝަން ގެންދަން އުނދަގޫ ލޮކްޑައުން ވެފައި، ބަންދުވެފައި ތިބީމާ،" ފައްޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުން އިއުލާންކުރި 2.5 ބިލިއަން ރުފިޔާގެ އިގްތިސާދީ އެހީގެ ޕެކޭޖްގެ އެހީއަށް އެދި 700 އަށް ވުރެ ގިނަ ފަރާތުން ހުށަހެޅި އެވެ. އެކަމަކު، އެ ފައިސާ ދޫކުރުން ލަސްވީ މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން ބޭންކްތަކުގެ ޚިދުމަތްތައް ދިނުމަށް ބުރޫ އެރުމުން ކަމަށް ވިދާޅުވި އެވެ. އަދި އެކަންކަން ހައްލުކޮށް، އަންނަ ހަފުތާގައި 150 އެއްހާ ފަރާތަށް ފައިސާ ދޫކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އާދިއްތަ ދުވަހުގެ ހިސާބުގައިި ވިޔަފާރިތަކަށް ފައިސާ ދޫކުރަން ފެށޭނެ،،" ފައްޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިގްތިސާދީ ޕެކޭޖްގެ ބޭނުމަކީ ކުރިއަށް އޮތް ތިން މަހަށް ވިޔަފާރިތައް ކުރިއަށް ގެންދެވޭނެ ގޮތެއް ހަމަޖައްސައި ދިނުން ކަމަށެވެ. އަދި މިހާލަތު ކުރިމަތިވުމުން އެންމެ މަހަކު ވިޔަފާރި ކުރިއަށް ގެންދެވޭނެ ގާބިލްކަން ވެސް ގިނަ ވިޔަފާރިތަކުގައި ނެތް ކަން ހާމަވި ކަމަށާއި އެކަން އެގޮތަށް މެދުވެރިވީ މާލީ ނިޒާމުގެ ތެރެއިން ވިޔަފާރިތަކަށް ލުއިތަކެއް ދެވިފައި ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ވަޒީފާ ގެއްލޭ މީހުންނަށް 5،000ރ. ގެ އިނާޔަތެއް ދޭން ސަރުކާރުން ނިންމިއިރު، ކޮވިޑް-19 އާ ގުޅިގެން އެތައް ބަޔަކު ވަޒީފާ ގެއްލުމުގެ އިތުރުން މުސާރަ ނުލިބޭ ގޮތަށް ދިގު މުއްދަތަށް ޗުއްޓީއަށް ވެސް ވަނީ ފޮނުވައިފަ އެވެ. އޭގެ ތެރޭގައި ޓޫރިޒަމްގެ ދާއިރާގެ މުވައްޒަފުން ވެސް ހިމެނެ އެވެ.

31 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 76%
icon sad icon sad 15%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުދިމު ކަތީބު

24 April 2020

ޕޮސެޓިވް ވާނީ ޓެސްޓް ކުރީމަ ޕޮސިޓިވް ވެދާނެ ކަމަށް ކޮންޓެކްޓް ވެފައިވާ މީހުން ޓެސްޓް ނުކުރަން ގެންގުޅޭ ސިޔާސަތަކީ ވަރަށް އިންސާނިއްޔަތާ ހިލާފު ސިޔާސަތެއް އަދި އޮޅުވާލުމެއް .

The name is already taken The name is available. Register?

1828

24 April 2020

ޕޮޒިޓިވް ވަނީ ހަމަ ދަންވަރަށްތަ؟ ކުރިން އަންހެނުން ފަތިހު ވިހާހެން.

The name is already taken The name is available. Register?

ގެދާނޯމޮސް

24 April 2020

މާލޭގައި ވަރައް ވާ ގިނަ އަނެއްކާ ވާލައް ބަޑިޖަހާ މަރަން ނުޖެހޭނެ ބާ : މިހާރު އެޓެސްޓް ކުރި ވެކްސިން ރާއްޖެއަށް ގެންނާނެ ތޯ ؛ ކަރަންޓީނުގައި ތިބޭއިރު ކާންދެވެނީ ކޯއްޗެއްތޯއެވެ: އަގުބޮޑުކޮށް މުދާވިއްކާ ފިހާރަ ތައް 100000 ރ ފިޔާ މީ ހާދަނާއިންސާފު ކަމެކެވެ. ލިބިފަ ހުންނަ އަގަށް ވިއްކައިގެން ފިހާރައިގެ ކުލިދައްކާނެ ގޮތެއް ކޮބައިތޯ: ވަރައް ނާތަހުޒީބު ފުލހުން މަގުތަކަށް ނުކުމެ އާންމުނަށް ބިރުދައްކާ ސުވާލެއްވެސް ނުކޮށް 10000ރ ނަގަނީ މުސާރަނުލިބި ދާނެތީ.

The name is already taken The name is available. Register?

ލޮކްޑައުންގަ ބާއްވާ

24 April 2020

ރޯދަމަހު އެއްކޮށް ލޮކްޑައުންގަ ތިބުން ބުއްދިވެރީ. ގައުމެއް ނެތި ހިނގާދާނެ.

The name is already taken The name is available. Register?

ދުރާލާ ރާވަންޖެހޭ

24 April 2020

ދުނިޔޭގެ 10 ގައުމުގެ ބައި ބިލިއަން މީހުން ކާޑަށް ޖެހި ބަނޑަށް ޖެހޭއިރު ރާއްޖެ އަށް ވަނީ ވަކި ކިހިނެތް؟ ތިރީގަ އެވަނީ އެ 10 ގައުމުގެ އާބާދީ މިލިއަނުން. 29.2+86.8+37.1+28.5+112+11 +42.8+17.5+200+11.3 = 576.2 މިލިއަން މީހުން.

The name is already taken The name is available. Register?

ގެދާނޯމޮސް

24 April 2020

މިދުވަސް ކޮޅު އެންމެ ބޮޑަށް ފާހަަގަވާ އެއްކަމަކީ ފެންބޯ މީހުން މަދުވާކަމެވެ. މީ ހަށިގަނޑުގެ ހޫނުކަން އިތުރައް ގޯސްވެދާނެ އަލާމާތެކެވެ. މީހުންގެ މޫނުތަކުން ތަތްމުޑުކަން އިހުސާސް ވާފަދަ ގިނަމޫނު ތަކެއްފެންނަ ދުވަސްކޮޅެކެވެ. އެންމެ މުހިންމު އެއްކަމަކީ ނިދާގަޑީގައި ކަރު އަނގަސާފުކޮށް ގެންނިދުމެވެ. އަދި ވުޟޫކުރާއިރު ކަރާއި ނޭފަތް ރަނގަޅަށް ސާފުކުރުން ގިނަބަޔަށް އަދަކަމަކަށް ނުވެއެވެ. ނަފްސަށް ފަރުވާ ކުޑަކޮށްލެވޭ 30 ސިކުންތު ގެ ތެރޭގައިވެސް ނުރައްކާވެދެއެވެ.

The name is already taken The name is available. Register?

އާރީ

24 April 2020

ބަނޑި ފަސްގަޑް މަގުން ހިގާފަ ދާއިރު އެތާއިންނަ ބަގުލާދޭސް މީހުން އުޅޭ ތަނަކުން ބޭރަށް އިން އެގްޒޯސް އަކުން އަންނަ ހޫނު ވައިގަޑު އަރާފަ ކިރިޔާ އަބުރާ ގަނެގެން ނުވެއްޓެނި. ސީދާ މޫނަށް ވާގޮތަށް އިންނަނި. ނުބައި ވަސްގަޑް އެ ހުންނަނި މަގުމަށްޗަށް ވާގޮތަށް. މިކަމަށް ހައްލެއް ކަމާބެހޭ ފަރާތަކުން ގެނެސް ދީބަލަ.

The name is already taken The name is available. Register?

އަބްދުﷲ

24 April 2020

ލޮކްޑައުންގައި ތިބެގެންދޯ ނަތީޖާ ފެންނާނީ. އަބަދު ގޭގެއަށް ދުވެގެން މިކަން ހުއްޓުވޭތަ؟. މަންމަ ގެއަށް މާމަގެއަށް ތިއްތަ ގެއަށް ގޮސްގޮސް ތިބޭ މީހުންވެސް މަދެއްނޫން. އަނެއް ބަޔަކު ލޮކްޑައުން ވެގެން އެކިދުވަހު މިތިބެނީ އެކި ގޭގަ...

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

24 April 2020

ކޮވިޑް 19 އަށް ފަހުގައިވެސް ސޯލިޙްގެ ސަރުކާރުގެ ސިޔާސަތަށް ބަދަލެއްނުގެނެސް މިދައުލަތް ހިންގަވާނީ ހަމަ މި ކަޗޯރު ސިޔާސަތުގެ މައްޗަށްތޯ؟ # ބާރުގަދަ ހައެއްކަ މީހުނަށް މުޅި ދައުލަތުގެ ވަސީލަތް މިލްކްކޮށްދީ އެމީހުން ހިތުހުރިގޮތަކަށް އެކަންކުރާންދޫކޮށް އަދި ރާއްޖޭގެ 180 ރަށުގައި މީހުން ދިރިއުޅުނަސް "އެއްރަށް ދައުލަތް ސިޔާސަތު" ދޫކޮށްނުލާ ހުރިހާ ވަސީލަތެއް ޤާއިމްކުރާނީ މުޤައްދަސް ތިޔަރަށްގަނޑުގައިތޯ؟

The name is already taken The name is available. Register?

ވަން ސައިޑަޑް

23 April 2020

ނޫސްތަކުގެ ހަބަރުތައް ކިޔާލީމައި ހީވަނީ ހުރިހާ ކަމެއްވެސް ވަރަށް ފުރިހަމަޔަށް ހައްލު ވެގެން ސިސްޓަމެޓިކް ކޮށް ރާއްޖޭގައި ދާހެން. ޢާންމު ދިރިއުޅުމުގެ ހާލު ނުގެނެސްދެވުމުގެ ނަތީޖާ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454