ރިޕޯޓް / ކޮވިޑް-19

ކޮވިޑް-19 ޖެހުނު ދިވެހި ފުރަތަމަ މީހާގެ ތަޖުރިބާ

މުއައްމަރު: އޭނާ ވަނީ ބަލިން ރަނގަޅުވެ މަސައްކަތަށް ނުކުމެފައި

ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ އެކު ބައެއް މީހުން އިންތިހާ އަށް ދެރަވެ، މާޔޫސްވެ އެވެ. ފުރާނަ ސަލާމަތް ނުވާނެ ކަމުގެ ވިސްނުން ސިކުނޑީގައި ވަށާލަ އެވެ. ގޮތް ނޭނގޭ، އަދި މިހާތަނަށް ބޭހެއް ވެސް ނުހޯދޭ ބައްޔަކަށް ވުމުންނެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގައި ވަޒީފާ އަދާކުރާ މުއައްމަރު މުހައްމަދު 38، ބަދަލުކުރީ ބައްޔާ މެދު ވިސްނި ގޮތެވެ. އޭނާގެ ހަށިގަނޑަށް ނުރައްކާތެރި ވައިރަސް ވަން ގޮތަކާ ދޭތެރޭ ފުރަތަމަ ކަންބޮޑުވި އެވެ. މިހާތަނަށް ވެސް ކިހިނެއް ކަމެއް ނޭނގެ އެވެ.

މުއައްމަރު "މިހާރު" އަށް ކިޔައިދިން ވާހަކަތަކަށް ބަލާއިރު، ބަލި ޖެހުނީ އިނގިރޭސި ވިލާތުގައި އޭނާ ހުރި މިލިޓަރީ ކޭމްޕްގެ ތަމްރީންތައް ނިންމައި މާލެ އައުމުގެ ދަތުރުމަތީގައި އެރި ޓެކްސީން ކަމަށް ވެދާނެ އެވެ. ހީތުރޯ އެއާޕޯޓު ނުވަތަ ދުބާއީ އެއާޕޯޓުން ކަމަށް ވުން ވެސް އެކަށީގެންވެ އެވެ. ލަންޑަނުން އޭނާ އެނބުރި ރާއްޖެ އައިއިރު އެ ދެ ގައުމުގައި ވެސް ދިޔައީ ވައިރަސް ފެތުރެމުންނެވެ.

ދަތުރުމަތީގެ ހުރިހާ ވަގުތެއްގައި ވެސް މާސްކް އެޅުމާ އެކު ރައްކާތެރިކަމުގެ އެހެން ފިޔަވަޅުތަކަށް ސަމާލުވި ކަމަށް އޭނާ ބުންޏެވެ.

މާޗް 22 ގައި ރާއްޖެ، ކަރަންޓީގައި ހުއްޓާ، އައިސް ހަފުތާއެއް ނުވަނީސް ބައްޔަށް އޭނާ ޕޮޒިޓިވްވީ އެވެ. ދިވެއްސަކަށް މި ބަލި އެންމެ ފުރަތަމަ ޖެހުނީ އޭނާ އަށެވެ. އެކަމަކު ބަލިން ރަނގަޅުވެ، މިދިޔަ އާދީއްތަދުވަހު މަސައްކަތަށް ނުކުތުމާ ހަމައަށް ވެސް އޭނާ ނަގައި ނުލީ އުއްމީދެވެ.

"ހިތްވަރުކޮށްފި ނަމަ ދެރަ ގޮތެއް ނުވާނެއޭ ގަބޫލުކުރީ. އެ ނޫން ހުރިހާ ވިސްނުންތަކާ ދުރުވީ. މިކަމަކީ މެންޓަލީ ވެސް މީހާ ވަރަށް ބަލިކަށިކޮށްލާ ކަމެއް، އެހެންވެ، ބޮޑަށް ބެލީ މި ވައިރަހާ ގުޅިގެން ވެސް ދެރަވާ ކަންކަމާއި ޚަބަރުތަކާ ވެސް ދުރުވެވޭތޯ،" މުއައްމަރު ބުންޏެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް-19 ޖެހުނު މުއައްމަރު (ކ)، ޗީފް އޮފް ޑިފެންސް، ޝަމާލާ އެކު ފޮޓޯއަކަށް ހުއްޓިގެން.- ޓްވިޓާ ފޮޓޯ: މުއައްމަރު

މި ބަލީގައި ބޮޑުވަރުވަނީ އުމުރުން ދުވަސްވީ މީހުންނާއި އެކި ބަލިތަކުގައި ފަރުވާ ހޯދާ މީހުންނަށް ކަމަށް ކުރިން ލަފާކޮށްފައި އޮތަސް ވަރަށް ޒުވާން އުމުރުގެ މީހުންނަށް ބަލި ޖެހި ފުރާނަ އަށް ނުރައްކާވެފައި އެބަ ހުއްޓެވެ. އެހެންކަމުން، ވަކި އުމުރެއް ނެތި މިއީ ނުރައްކާތެރި، ސީރިއަސްވާން ޖެހޭ ބައްޔެއް ނަމަވެސް ނުރަނގަޅު ވިސްނުންތަކުގެ ތެރެއަށް ގެނބިގެން ނުދިއުން މި ބަލީގައި މުހިއްމު ކަމަށް މުއައްމަރު ދެކެ އެވެ.

މިއީ، ބަލި ޖެހޭ އެންމެން ރަނގަޅުވާނެ ކަމަށް ދެކި ފަރުވާކުޑަ ކުރެވެން އޮތް ބައްޔެއް ވެސް ނޫނެވެ.

ރޯޔަލް މިލިޓަރީ އެކަޑަމީގެ ތަމްރީނަށް އޭނާ ޔޫކޭ އަށް ފުރީ މިދިޔަ ޖެނުއަރީމަހުގެ ތެރޭގަ އެވެ. މުއައްމަރު ދިޔަ ކޭމްޕަކީ ވައިރަހުގެ ނުރައްކާ އޮތް ސަރަހައްދެއް ނޫނެވެ. އެއީ، މީހުންނަށް އާއްމުކޮށް ވަދެ ނުކުމެ އުޅޭ ތަނަކަށް ނުވާތީ އެވެ.

ބޭރު ގައުމުތަކުން އަންނަ ދިވެހިން ކަރަންޓީންކުރަން ކަނޑައެޅި އުސޫލަށް އޭރު އަމަލުކުރަން ފަށާފައިވާތީ މާލެ އައިސް މުއައްމަރަށް ޖެހުނީ 14 ދުވަހަށް އެކަހެރިވާށެވެ. އޭނާ ބުނިގޮތުގައި ކުރިން ނިންމައިގެން ހުރީ ވެސް އެގޮތަށް އަމަލުކުރާށެވެ.

އޭނާގެ ހަށިގަނޑުން ކޮވިޑް-19ގެ އަލާމާތްތައް ފެނުނީ ހޮލިޑޭ އައިލެންޑްގެ ކަަރަންޓީނު ފެސިލިޓީއަށް ދިޔަތާ ތިން ވަނަ ދުވަހެވެ. ހުން އައިސް ބޮލާއި ގައިގައި ރިއްސަން ފެށުމުން އެ ތަނުގައި ތިބި ޑޮކްޓަރުންނަށް ރިޕޯޓްކުރުމުން އޭނާ ކޮވިޑަށް ޓެސްޓްކުރިއިރު ޕޮޒިޓިވްވީ އެވެ.

ހުން އަންނަތާ ތިން ވަނަ ދުވަހު މުއައްމަރަށް ބައެއް އެއްޗެހީގައި ވަހެއް ނުދުވަ އެވެ. އެކި މީހުންގެ އަލާމާތްތައް ތަފާތު އިރު އެއީ ވެސް މި ބަލީގައި ދިމާވާ ކަމެކެވެ.

"ހިއެއް ނުކުރަން ޕޮޒިޓިވްވާނެ ކަމަކަށް. އެއަށް ވުރެން ގަދަ ހުމުގައި ތެދު ނުވެވޭވަރު ފަހަރު ވެސް އާދޭ. އެކަމަކު [ކޮވިޑުގައި] އެ ފަހަރު އެންމެ ހުން ގަދަވި އިރު ވެސް ހުރީ 37 ގައި، ތިން ދުވަސް ތެރޭ ހުން ރަނގަޅު ވެއްޖެ،" އޭނާ ބުންޏެވެ.

"ވަރަށް ވަރުދެރަކޮށް ހުރީ. އަނެއްހެން މާ ބޮޑު އުނދަގޫތަކެއް ކުރިމައްޗެއް ނުވޭ. ރަނގަޅުވަމުން އައިއިރު އެކަން އަމިއްލަ އަށް އިހްސާސް ވެސް ވި،" އޭނާ ބުންޏެވެ.

އެސްޓީއޯ އިން ގޭގެ އަށް ޑެލިވަކޮށްދޭން ޖެހޭ މުދާ ގިނަވެ ބާރުބޮޑުވުމާ އެކު މުދާ އުފުލައިދޭން ސިފައިން ނުކުމެ ޑެލިވަރީގައި.-- ފޮޓޯ: އަހުމަދު އަވްޝަން /މިހާރު

ޕޮޒިޓިވްވުމުން އޭނާ ގެންދިޔައީ ވެލިދޫ އައިސޮލޭޝަން ފެސިލިޓީ އަށެވެ. އެ ތަނުގައި ގަވާއިދުން ބަލި މީހުންގެ ޗެކަޕް ހަދައި، ނަފްސާނީ ގޮތް ވެސް ހިތްވަރު ލިބޭ ވާހަކަތައް ޑޮކްޓަރުންނާއި ނަރުހުންގެ ފަރާތުން އިވުނު ކަމަށް ބުންޏެވެ.

މުއްމަރު ބުނީ އެމްއެންޑީއެފުންގެ ލީޑަޝިޕުން ދިން ހިތްވަރަކީ ވެސް އޭނާގެ އަޒުމް ވަރުގަދަވި ކަމެއް ކަމަށެވެ.

"އެކޮޅުގައި ހުރި ދުވަސްވަރު މިނިސްޓަރާއި ޗީފާއި އަޅުގަނޑުގެ ކޮމަޑާންޓްސް ވެސް ގުޅުއްވައި ހާލު ބައްލަވައި ހެއްދެވި، އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" އެމްއެންޑީއެފްގައި ގާތްގަނޑަކަށް 20 އަހަރު ވެފައިވާ މުއްމަރު ބުންޏެވެ.

ލޮކްޑައުން ވަގުތުގައި ކާތަކެތި ޑެލިވާ ކުރުމުގެ މަސައްކަތުގައި އެމްއެންޑީއެފް އިން ބައިވެރިވަނީ

ބަލި ޖެހުމުން މާ ބޮޑަށް ވިސްނުމަކީ އިތުރު ބައްޔަކަށް ހުށަހެޅިދާނެ ކަމެކެވެ. މުއައްމަރު ބަދަލުކުރީ އެ ވިސްނުމެވެ. އޭގެ ކުރިން އިސްކަންދޭން ޖެހެނީ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަމިއްލަ އަށް އެޅުމަށެވެ. އަމިއްލަ ގައިން، އެހެން މީހެއްގެ ހަށިގަނޑަށް ވައިރަސް ވަދެއްޖެ ނަމަ އިތުރު ބަޔަކު ނުރައްކަލަކަށް ހުށަހެޅޭނެތީ އެވެ.

ފަރުވާ އަށް ފަހު އޭނާ މިހާރު ހުރީ، މި ބަލިމަޑުކަމުގައި މުއައްސަސާތައް ގުޅިގެން ކުރާ މަސައްކަތުގައި، ރައްޔިތުންގެ ފުރާނަ ސަލާމަތް ކޮށްދިނުމުގައި ކުރީ ސަފުގަ އެވެ. އާއިލާއާ އެންމެ އަވަހަށް ދެން ބައްދަލުވާނީ ކޮން ދުވަހަކު ކަމެއް ވެސް އޭނާއަކަށް ނޭނގެ އެވެ.

"ގަބޫލުކުރަން ޖެހެނީ ކިތަންމެ ނުރައްކާތެރިއަސް ބަލިން އަރައިގަނެވޭނެ ކަން. އެ ގޮތުގައި ކުރިއަށް ދިޔައީމަ ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ،" މުއައްމަރު ބުންޏެވެ.

16 ކޮމެންޓް, 174 ރިއެކްޝަންސް

icon happy icon happy 87%
icon sad icon sad 11%
icon angry icon angry 2%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިބުނިހަޖަރު

07 May 2020

އަހަރެން ހީކޮށްގެން މިހިރީ ކޮވިޑް އަށް އެންމެ ފުރަތަމައަށް ޕޮސިޓިވްވީ ޖަރީމާގޭ އަންހެން ކަނބަލެއްކަމަށް . އޭރު ނޫސްތަކުން ފެނުނީ އެގޮތައް. މިހާރު މިވީ ކިހިނެތް .

The name is already taken The name is available. Register?

ސާބަސް ދިވެހީން

05 May 2020

ކޮމެންޓް ކުރި މީހުންނަށް ސާބަސް ހަމަ. ތިމާމީހާ ބަލި.ނުވާނެތަ. ފެންވަރު ހުރި ނުވަތަ ކުލުނު ހުރި އެކަކުވެސް ނެތް. ސާބަސް.ހަމަ. މޯރޭ ބަލި ރަގަޅު ވީމަވެސް އެ ދިޔައީ ހަމަ އަހަރުމެންގެ ޙިދުމަތަށް. ސާބަސް ހަމަ

The name is already taken The name is available. Register?

ޔައުނީ

05 May 2020

ލޮލް ތީ ހަމަ އެކަނި އެންމެ ފުރަތަމަ ރިޕޯޓް ކުރެވުނު ކޭސް.

The name is already taken The name is available. Register?

ޖަސްޓް ސޭއިން

05 May 2020

37 އަކީ ފީވާއެއް ނޫންކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފައިއޮތީ.

The name is already taken The name is available. Register?

445555

05 May 2020

ކެއީ ކޯއްޗެއްހޭ؟

The name is already taken The name is available. Register?

ޕޮގުބަ

05 May 2020

ހުރިހާ ނުބައި ވިސްނުމާ ޚިޔާލު ހުންނާނެ ބަލިވެ އުޅުނުއިރު ކޮކަޑިކޭ މީދާވެސް ގަދަވީމަ ސަޅިކަނޑާނެ އެއވެސް ވާހަކައެއްނޫން ތިދެއްކީ

The name is already taken The name is available. Register?

އަބްދުﷲ ނަޝީދު

05 May 2020

ހޮޅި ވާހަކަ ރަގަޅަށް ލިޔުންކިޔާފަ ކޮ މެންޓުކޮށްބަލަ

The name is already taken The name is available. Register?

ޫހޮޅި ވާހަކަ

05 May 2020

މާލެ އަންނަން ޓެކްސީ އަށް އެރި ވާހަކަ އެބައޮތް ލިޔެފަ . ކީއްކުރަންތަ މާލެ އައީ ކަރަންޓީނާށް ދާންޖެހޭ އިރު . ރާއްޖެ އޢީ މާޗް 22 ގަ . އެހެންވިއްޔާ މާލެ އަންނަން ޓެކްސީ ހޯދާކަށް ނުޖެހޭނެ . ހަމަ ސީދާ ކަރަންޓީނަށް ދާން ޖެހޭނީ . ތި ބުނި ގޮތުން އެނގޭ މާލޭގަ ހުއްޓާ ޖެހިގއންކަން ކަރަންޓީނަށް ދިޔައީ

The name is already taken The name is available. Register?

ޙައްހައްހާ

05 May 2020

މާލެ އަންނަން ޓެކްސީއަށް އެރި ވާހަކައަކީ އެ ޓެކްސީގަ ލަންޑަން ހީތުރޯ އެއަރޕޯޓަށް ގޮސް މަތިންދާ ބޯޓުގައި ޑުބާއީން މާލެ އައުން. މާލެ އައުމުގެ ދަތުރުގެ ފުރަތަމަ ކަމަށް ޓެކްސީއަށް އެރުން ވީމަ އެހެން އެބުނީ.

The name is already taken The name is available. Register?

ބުރާއްތި

05 May 2020

ރާއްޖޭގައި ލިޔަށްކިޔަށް ކިހާވަރަކަށް އިގޭތޯ މިހާރު އެބަޖެހޭ ބަލަން، މިކަހަލަ ގޮތަން ކިޔަން ދަންނަ މީހުން މިހާރަކަށް އައިސް އާއްމުކޮށް ފެނޭ

The name is already taken The name is available. Register?

ގޮޅިވާހަކަ

05 May 2020

އަސާސީ ތައުލީމު ކިލާސްތައް އަލުން ރާއްޖޭގައި ހިންގާ ދިނުމަށް ސަރުކާރަށް ގޮވާލަން!

The name is already taken The name is available. Register?

ފަސްދިވެހިން

05 May 2020

ކަލޯ ދިވެހިބަސް ދަސްކުރަން ދާންވީއެއް ނުން. ބޮންދުންވެސް ދިވެހިބަހަށް ތިޔައްވުރެ ފަރިތަވާނެ.

The name is already taken The name is available. Register?

ކަޅު ބުޅާ

05 May 2020

ހަބަރުވެސް ރަގަނޅަށް ނުކިޔާބަލަނީ ކުށެއް ދެއްކޭޭތޯ.ލޮލް

The name is already taken The name is available. Register?

ތުއްތުކަލޯ

05 May 2020

ބަޔަކު ބުރާންތި ވެދާނެ މި މިމީހުން ލިޔެފަ ހުންނަ ކޮމެންޓު ކިޔާފަ. އަޅެފަހެ އާޓިކަލުގައި ލިޔެފަހުރި އެއްޗެއް ތިމާއަށް ފަހުން ނުވަންޏާ މީހަކު ކުރެން އަހާފަ ކޮމެންޓު ކޮށްބަލަ

The name is already taken The name is available. Register?

ސަންޕަ ހަސަންފުޅު

05 May 2020

ވަރަށް ޕޮޒިޓިވް ލިއުންކޮޅެއް. އެންމެންވެސް ޕޮޒިޓިވްކޮށް ހުރެވޭތޯ ބެލުން ވަރަށް މުޙިއްމު.

The name is already taken The name is available. Register?

ކަތްދަގެ ދޮންސޮރު

05 May 2020

އެކަމު އުއްމީދަކީ ބައެއްކަަންކަމަށް ނެގަޓިވް ވުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454