ޓްރީ ޓޮޕް ހޮސްޕިޓަލްގެ އެތެރެ: މި ތަން މިހާރު ޚާއްސަ ކޮށްފައި ވަނީ ކޮވިޑް-19 ގެ ބަލީގެ މީހުންނަށް.---ފޮޓޯ: މިހާރު
06 މެއި 2020 - 19:50
ކޮވިޑް-19 ޖެހިފައިވާ މީހުން ޓްރީ ޓޮޕް ހޮސްޕިޓަލަށް ބަދަލުކުރަން ސަރުކާރުން މިއަދު ފަށައިފި އެވެ.
ރާއްޖޭގައި އަމިއްލަ ފަރާތްތަކެއް ގުޅިގެން ފުރަތަމަ ބިނާކުރި ޓާޝަރީ ހޮސްޕިޓަލާއި ސަރުކާރާ ދެމެދު ވެފައިވާ ތިން މަސް ދުވަހުގެ އެއްބަސްވުމުގައި ވާ ގޮތުގެ މަތިން، އެ ހޮސްޕިޓަލަށް މިއަދު ހަވީރު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވި މާބަނޑު މީހަކު ގެންގޮސްފަ އެވެ. އެއީ އައިޖީއެމްއެޗަށް ވިހަން ގެންދިޔަ މީހެކެވެ. ނަމަވެސް ހަވީރު 5:30 ހާއިރު ވަނީ ކޮވިޑް-19 އަށް ޚާއްސަ ހޮސްޕިޓަލް ޓްރީ ޓޮޕް އަށް އޭނާ ބަދަލުކޮށްފަ އެވެ.
އޭނާ ޕޮޒިޓިވްވިކަން އެނގުނީ ވިހަށް އައިޖީއެމްއެޗަށް ގެންގޮސް ހެދި ޓެސްޓުންނެވެ.
ރާއްޖޭގައި ކޮވިޑް-19 ގެ ބަލީގެ މީހުންނަށް މިހާރު ޚާއްސަ ކޮށްފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލާއިހުޅުމާލޭގެ ޓްރީ ޓޮޕް ހޮސްޕިޓަލެވެ. މިހާތަނަށް މި ބަލީގެ މީހުން އެޑްމިޓްކޮށްފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް-11 ފެސިލިޓީގަ އެވެ.
ރާއްޖެގައި ހުރި އެންމެ ބޮޑު ޓާޝަރީ ހޮސްޕިޓަލް ކަމަށްވާ ޓްރީ ޓޮޕް ހޮސްޕިޓަލް ކޮވިޑް-19 އަށް ހާއްސަކޮށް، ސަރުކާރަށް ދޭން ނިންމާފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. މިގޮތަށް ނިންމީ ކުރިއަށް އޮތް ތަނުގައި ދަރުމަވަންތަ ހޮސްޕިޓަލަށް ބާރުބޮޑު ވެދާނެ ކަމަށް ބަލާފައި ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން އެ ހޮސްޕިޓަލުން އެހެން ބަލި މީހުންނަށް ފަރުވާދިނުން ވަނީ މެދުކަނޑާލައިފަ އެވެ. އަދި އެ ދުވަހުން ފެށިގެން ޓްރީ ޓޮޕް ހޮސްޕިޓަލުން މިހާރު ވެސް ހިދުމަތް ހޯދަމުން ގެންދާ އަދި ހިދުމަތް ބޭނުންވާ މީހުންނަށް، ވަގުތީ އިމަޖަންސީ ކްލިނިކްގެ ހިދުމަތް ހުޅުމާލެ ހޮސްޕިޓަލުގެ އޮފްތަލްމޮލޮޖީ ސެންޓަރު އިމާރާތުން ދަނީ ފޯރުކޮށްދެމުންނެވެ.
ސަރުކާރުން ބުނެފައި ވަނީ ކޮވިޑް-19 ގެ މީހުންނަށް ފަރުވާދިނުމަށް ޓްރީ ޓޮޕް ހޮސްޕިޓަލް ސަރުކާރަށް ދޫކޮށްލުމުން، އެ ތަނުގައި އެޑްމިޓް ކޮށްފައިވާ މީހުން ބަދަލުކުރާނީ އައިޖީއެމްއެޗަށް ކަމަށެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގައި ރިސޯޓު ހިންގުމުގައި އެންމެ ކާމިޔާބު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކްރައުން ކޮމްޕެނީ އާއި ކާސާ ހޯލްޑިންގްސް އާއި ޗަމްޕާ ބްރަދާސް އާއި ކުރެއްދޫ ހޯލްޑިންގްސް ހިއްސާ ވެގެން އުފެދި ޓްރީ ޓޮޕް އިންވެސްޓްމަންޓުގެ ތަނެކެވެ.
އެ ކުންފުނިން 110 މިލިއަން ޑޮލަރު (1.6 ބިލިއަން ރުފިޔާ) ޚަރަދު ކޮށްގެން ހެދި މަތީ ފެންވަރުގެ ޓްރީ ޓޮޕް ހޮސްޕިޓަލް ހުޅުވީ ފެބްރުއަރީ 2018 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަހުމަދު އީސަ
08 May 2020
ބޯބޮޑުބައެއް ވިޔަފާރިވެރިންމީ
އޮނަރަބްލް އަފީފު ދީދީ
07 May 2020
ނަމުގައި "ހިލޭ" އެކަމަކު މުވައްޒަފުންގެ މުސާރައާއި ހުރިހާ އިނާޔަތް ތަކާއި އެކު މުޅިތަނުގެ އޮޕަރޭޝަނަލް ކޮސްޓް އަދި ލޯން އިންޓަރެސްޓް ފަދަ ހުރިހާ ޙަރަދެއް ދައުލަތުގެ ބޮލުގައި އަޅުވާފައިނޫނީ ތިކަމެއް ނުކުރާނެ.
ބޯގޯސް އަފީފު ދީދީ
07 May 2020
ތަނެއް ދޮރެއް ނޭނގުނަސް ނަފުރަތުގެ ހުޅުކޮޅެއް ކޮންމެ ކޮމެންޓެއްގައިވެސް ރޯކޮށްލާތި. އެއްވެސް އިރެއްގައި ހިލޭއެކޭ ބުނެފައެއް ނެތްދޯ؟ އެއީސަރުކާރަށް ވިވަގުތަށް ދޫކޮށްލި ހޮސްޕިޓަލެއް. އެތަނުގެ ޚަރަދުތައް ސަރުކާރުން ހިފާނެ. އެކަމަކު އެތަނުގެ ޚާއްސަ ޑޮކްޓަރުންނާއި ފެސިލިޓީތައް ބޭނުން ނުކުރާތީ އެޚަރަދުތަކެއް ނުހިނގާނެ. ލޯނަކީ ލިބޭ އެއްޗަކަުން ދައްކާއެއްޗެއް. މިއުޅެނީ މީހުންގެ ފުރާނަ ސަލާމަތްކުަރަން. ނޭނގޭ ކަންކަމުގައި ނަފުރަތު އުފައްދަން ނަހަދާ.
އަތްޖަހާ
07 May 2020
ކިހާވަރެެއް ސަރުކާރުން ދޭން ޖެހޭބާ
ބޮޑުމީހާ
07 May 2020
ޓްރީޓޮޕް ސަރުކާރަށް ދިނީ ކޮންއުސޫލަކުން! ޔަގީން ހިލޭ ނުދޭނެކަން. ތިކަމުގައި ފޮރުވިފައިވާ މަންފާތަކެއް ވާނެ. އެއްބަސްވުން ހާމަކުރޭ
އޮނަރަބްލް އަފީފު ދީދީ
06 May 2020
މިވަބާއިން ރައްޔަތުންސަލާމަތްކުރުމަށް ރައީސަށްލިބިވަޑައިގަންނަަ ޤާނޫނީބާރުތައް ބޭނުންކުރައްވަންޖެހޭ. # މިގޮތުން ދައުލަތުންހުޅުމާލޭގައިހަދާފައިވާ 7000 އެޕާރޓްމަންޓް މާލޭގައި އެންމެބޮޑުކުއްޔަށްދިރިއުޅޭފަރާތްތަކަށް އެމީހުން މިހާރުދައްކާކުއްޔަށްވުރެން %10 ކުލިދަށްކޮށް އެންމެބޮޑުކުއްޔަށް އިސްކަންދޭއުސޫލުން އެފަރާތްތަކަށް ފްލެޓްދެއްވާ. # ކުއްޔަށްއުޅުނުކަންސާބިތުކޮށްދިނުމަށް ކުލިދެއްކިލިއުމާއި އެޤްރީމަންޓްހުށަހަޅާ ދޮގުމައުލޫމާތުދޭފަރާތްތައް ޝަރީއަތަށް ފޮނުއްވާ.
އަޅުކަލޭގެ
07 May 2020
އަނހަ މިހާރު ރާގު ބަދަލުވީތަ؟ މީގެ ކުރިން ކިޔަ މާލެ ތޮއްޖެހުން ހުއްޓުވާށޭ!