ޚަބަރު / ޕީޕީއެމް

ދަރުބާރުގޭގެ މާލަމެއް ކައުންސިލް އިންތިހާބު ނިމެންދެން ޔާމީން ފެކްޝަނަށް

ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީންގެ ބެއްލެވުމުގެ ދަށުން ޕީޕީއެމްގެ ކައުންސިލް ބައްދަލުވުން ދަރުބާރުގޭގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ކުރިއަށް ދަނީ. ދަރުބާރުގެ ސިޔާސީ ޕާޓީތަކަށް ދޫކުރުމުގައި ހަމަހަމަ ކަމެއް ނެތް- ފޮޓޯ: ނިހާން/ޓުވިޓާ

އާއްމުންގެ ބޭނުންތަކަށް ދަރުބާރުގެ ނުލިބޭ ކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށް، އަންނަ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީންގެ ފެކްޝަންގެ ތައްޔާރީތަކަށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަން ދޫކޮށްފި އެވެ.

ރައީސް ޔާމީންގެ ފެކްޝަނުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަންކުރައްވާފައިވާ އަބްދުﷲ ހަލީލް ދަރުބާރުގޭގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ކައުންސިލްތަކުގެ އިންތިހާބަށް އެ ފެކްޝަނަށް ދަރުބާރުގެ، ހައުސިން މިނިސްޓްރީން ދޫކޮށްފައިވާ ކަމަށެވެ. ރައީސް ޔާމީންގެ ފެކްޝަނަށް ދަރުބާރުގެ ދޫކޮށްފައި ވަނީ އެތަން އާއްމުންނަށް ދޫކުރަން އޮންނަ އުސޫލުގެ ތެރެއިން ކުއްޔަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕާއި ރައީސް ޔާމީނަށް ތާއީދުކުރައްވާ އެ ޕާޓީގެ ކައުންސިލް މެމްބަރުން ފަހަކަށް އައިސް އެކި ބައްދަލުވުންތަކާއި ނިއުސް ކޮންފަރެންސްތައް ދަރުބާރުގޭގައި ބާއްވަން ފުރުސަތު ދޭތީ އިދިކޮޅު ބައެއް ޕާޓީތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރައީސް ޔާމީނަށް ތާއީދުކުރާ މީހުންނަށް ދަރުބާރުގޭގައި ބައްދަލުވުންތަކާއި ނިއުސް ކޮންފަރެންސްތައް ބޭއްވުމަށް ހައުސިން މިނިސްޓްރީން އެތަން ދޫކުރި ނަމަވެސް އެހެން އެއްވެސް ޕާޓީއެއްގެ ސިޔާސީ ހަރަކާތެއް ހިންގަން އެތަނުގެ އެއްވެސް ހޯލެއް ދުލެއް ނުކުރެ އެވެ. އެކަމާ ބައެއް ޕާޓީތަކުން ބުނެފައި ވަނީ އެއީ ނުފޫޒު ބޭނުންކޮށްގެން ހިންގާ ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަމަށެވެ.

އެ މައްސަލައާ ބެހޭ ގޮތުން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރު މިއަދު ވިދާޅުވީ ދަރުބާރުގެ އާއި ދައުލަތުގެ އެހެން ތަންތަން ޕީޕީއެމްގެ ނަމުގައި ބޭނުންކުރަމުން ދަނީ ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނާ ކަނޑައެޅިގެން ހިލާފަށް ކަމަށެވެ.

"އެ ގާނޫނުގެ 47 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވޭ ދައުލަތުގެ އެއްވެސް އިމާރާތެއް ނުވަތަ މުދަލެއް އަދި ވަސީލަތެއް ހަމައެކަނި އެއް ޕާޓީގެ ބައްދަލުވުންތަކަށް ނުވަތަ ހަރަކާތްތަކަށް ބޭނުންކުރެވޭ ގޮތަށް ހަމަޖައްސައިދީގެން ނުވާނެ ކަމަށް. އެހެން ނަމަވެސް އަޅުގަނޑުމެންނަށް މިހާރު މި ފެންނަނީ ކަނޑައެޅިގެން އެ ގާނޫނާ ހިލާފަށް ހުރިހާ ކަމެއް ކުރަމުންދާ ތަން،" އޭނާ ވިދާޅުވި އެވެ.

އަޅުގަނޑުމެން މިދަނީ އެ ހުރިހާ މައްސަލައެއް ވެސް ބަލަމުން. އަދި ޕީއެސްއެމް އިން ލައިވްކޮށްދޭ މައްސަލައާ ގުޅިގެން އެތަނުން މިދަނީ މައުލޫމާތު ސާފުކުރަމުން. އެ މައްސަލަތައް ބެލުމަށްފަހު ގާނޫނާއި ގަވައިދާ ހިލާފުވެފައިވާ ނަމަ އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނަން: އޭސީސީ

ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފަށް ހަމަހަމަކަމެއް ނެތި ކުރާ ކަންތައްތަކުގެ ގޮތުގައި އަނަސް ފާހަގަކުރެއްވީ، ޕީޕީއެމްގެ ބައްދަލުވުންތަކާއި ހަރަކާތްތައް މުލީއާގެ އާއި ދަރުބާރުގެ އަދި އާޓިފިޝަލް ބީޗްގައި ފަދަ ދައުލަތުގެ ތަންތަނުގައި ބާއްވާތީ އެވެ.

"އެއިން އެއްވެސް ތަނެއްގައި އަޅުގަނޑުމެންގެ ހަރަކާތެއް ބާއްވަން ފުރުސަތެއް ނުދޭ. ކޮންމެވެސް ބަހަނާއެއް ދައްކާފައި އަޅުގަނޑުމެންނަށް ޖާގައެއް ނުދެވޭ. ދައުލަތުގެ ތަންތަން ނުދޭ މައްސަލައާ ގުޅިގެން އިލެކްޝަންސް ކޮމިޝަށާއި ޕޮލިސް އަދި ހައުސިން އަށް ވެސް އެތައް ސިޓީއެއް ފޮނުވާފައިވާނެ،" އޭނާ ވިދާޅުވި އެވެ.

މުލީއާގޭގައި ދާދި ފަހުން ބޭއްވި ބައްދަލުވުމަކަށް ފަހު ޕީޕިއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ނިހާން (ވ) އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު، މުލީއާގޭގެ ބޭރުގައި މަޑުކޮށްލައްވައިގެން.---ފޮޓޯ: މިހާރު

އަނަސް ވިދާޅުވީ އެމްޑީޕީގެ ޖަލްސާއެއް ބާއްވާނެ ތަނެއް ނުލިބިގެން ފުލުހުންނާ ބައްދަލުކުރުމުން، ހުރިހާ ފަރާތެއް ހިމެނޭ ގޮތަށް ބައްދަލުވުމެއް ބާއްވަން އެންގި ކަމަށެވެ. ނަމަވެސް އިލެކްޝަން ކޮމިޝަން ފިޔަވައި ހުރިހާ ފަރާތަކާ އެކު ބައްދަލުކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިލެކްޝަން ކޮމިޝަން ފިޔަވައި ހުރިހާ ތަނަކާ ބައްދަލުކުރެވުނު. މިދިޔަ އަހަރު ފަހުކޮޅު އެއީ. އެކަމަކު އެ ބައްދަލުވުން އަޅުގަނޑުމެން އިސްނަގައިގެން ބޭއްވީމަ އެއްވެސް ބަޔަކު އެދުނު ކަންތައްތަކެއް ނުކޮށްދިން،" އަނަސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ ފަހުކޮޅު ބޭއްވި އެ ބައްދަލުވުންތަކަށް ފަހު، ދައުލަތުގެ ތަންތަން ގާނޫނާ ހިލާފަށް ބޭނުންކުރާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި އެވެ. ނަމަވެސް އެ މައްސަލަ ބެލި ކަމެއް އެއާ ބެހޭ އެއްވެސް ތަފުސީލެއް ލިބިފައިނުވާ ކަމަށް ވެސް އަނަސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީޕީއެމްގެ ހަރަކާތްތަކަށް ދަރުބާރުގެ ފަދަ ތަންތަން އެހެން ޕާޓީތަކަށް ނުދީ ބޭނުންކުރުން އެއީ ނުފޫޒު ބޭނުންކޮށްގެން ހިންގާ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.

ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނެފައި ވަނީ އެ ގާނޫނުގެ 47 ވަނަ މާއްދާއާ ހިލާފުވާ ފަރާތްތައް 30،000ރ. އާއި 75،000ރ. އާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާ ކަމަށެވެ.

ރައީސް ޔާމީނަށް ތާއީދުކުރައްވާ ބޭފުޅުން މިދިޔަ ބުރާސްފަތި ދުވަހު ދަރުބާރު ގޭގައި ނޫސްވެރިންނާ ބައްދަލުކުރައްވަނީ: ދަރުބާރުގެ ހަމަހަމަ އުސޫލަކުން ދޫނުކުރާ މައްސަލަ ބޮޑު. - ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ދަރުބާރުގެ ޕީޕީއެމްގެ ރައީސް ޔާމީންގެ ފެކްޝަންގެ ހަރަކާތްތަކަށް ދޫކުރުމުގެ އިތުރުން ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން އެހެން ޕާޓީތަކަށް ފުރުސަތު ނުދޭ މައްސަލަ ވެސް އަނަސް ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ ޕީއެސްއެމް އިން ހިންގާ ޓީވީއެމް އިން އެމްޑީޕީގެ ޕްރެސް ކޮންފަރެންސްތައް ލައިވްކޮށް ދޭން އެދުނު ނަމަވެސް އެކަން ނުކޮށް ނުދޭ ކަމަށެވެ.

"އަޅުގަނޑުމެން އެދުނިން ޓީވީއެމްގެ ރާއްޖެ މިއަދުން ވެސް ޖާގަދޭން. އެކަމަކު މިހާތަނަށް އަޅުގަނޑުމެންނަށް އެ ފުރުސަތެއް ނުދޭ. އެކަމަކު އަޅުގަނޑުމެންނަށް އެބަ ފެނޭ ރައީސް ޔާމީންގެ ހުރިހާ ޖަލްސާތަކާއި ޕީޕީއެމްގެ ބައްދަލުވުންތައް ވެސް ޓީވީއެމް އިން ލައިވްކޮށްދޭ ތަން. މި މައްސަލަ ވެސް އަޅުގަނޑުމެން ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅިން. އެކަމަކު އެ މައްސަލައަށް ވީގޮތެއް ނޭނގެ،" އަނަސް ވިދާޅުވި އެވެ.

އެ މައްސަލަތަކާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ ސަރުކާރާއި ދައުލަތުގެ މީޑިއާ އިން ވެސް މިހާތަނަށް އަމަލުކޮށްފައި ވަނީ އެއްވެސް ހަމަހަމަ ކަމެއް ނެތި ވަރަށް ބޮޑަށް ނުފޫޒު ބޭނުންކޮށްގެން ކަމަށެވެ.

ދަރުބާރުގެ ހަމައެކަނި ޕީޕީއެމްގެ ނަމުގައި ބާއްވާ ބައްދަލުވުންތަކަށް ދޫކުރާ މައްސަލައާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީން ބަހެއް ހޯދުމަށް މިދިޔަ ދެ ދުވަހު މަސައްކަތް ކުރި ނަމަވެސް އެތަނުގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. ރައީސް ޔާމީންގެ ފެކްޝަންގެ ހަރަކާތްތައް ޓީވީއެމުން ލައިވްކުރާ މައްސަލާގައި ޓީވީއެމުން ވާހަކަ ދައްކާކަށް ބޭނުމެއް ނުވި އެވެ.

ރައީސް ޔާމީންގެ ފެކްޝަންގެ ހަރަކާތްތަކަށް އެކަނި ދަރުބާރުގެ ދޫކުރުމާއި ޓީވީއެމް އިން އެ ފެކްޝަންގެ ނިއުސް ކޮންފަރެންސްތައް ލައިވް ކޮށްދޭ މައްސަލާގައި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ދައުލަތުގެ މީޑިއާ ކުންފުނި، ޕީއެސްއެމް ހިންގާ އިމާރާތް: އެތަނުން ހިންގާ ޓީވީއެމް އިން ލައިވްކުރުމުގައި ހަމަހަމަ އުސޫލެއް ނުގެންގުޅޭ ކަމުގެ ޝަކުވާ ބޮޑު.

އެ މައްސަލައާ ބެހޭ ގޮތުން އަލީ ވިދާޅުވީ ރައީސް ޔާމީންގެ ފެކްޝަންގެ ހަރަކާތްތަކަށް ދައުލަތުގެ ތަންތަން ދޫކޮށް ޓީވީއެމް އިން ލައިވްކޮށްދެނީ ކަނޑައެޅިގެން ގާނޫނާ ހިލާފަށް ކަމަށެވެ.

"އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެބަ ފެނޭ އިލެކްޝަން ކޮމިޝަނަށާއި ޕީއެސްއެމް އަށް ސަރުކާރުގެ ނުފޫޒު ވަދެފައިވާ މިންވަރު. އަޅުގަނޑުމެން އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރަން އެއީ މިނިވަން ތަންތަން ކަމަކަށް. އެހެންވީމަ އަޅުގަނޑުމެން އެއްވެސް ފުރުސަތެއް ނުލިބެނީ،" އޭނާ ވިދާޅުވި އެވެ.

އަލީ ވިދާޅުވީ ރައީސް ޔާމީން ބައިވެރިވެވަޑައިނުގަންނަވާ ބައެއް ބައްދަލުވުންތައް ވެސް މުލިއާގޭގައި ބާއްވާފައިވާ ކަމަށެވެ.

"މިކަމުގެ ޝަކުވާ އެކި ފަރާތްތަކަށް ހުށަހެޅިން. އެގޮތުން އޭސީސީ އަށާއި އިލެކްޝަނަށް ވެސް ހުށަހެޅިން. އެއިން އެއްވެސް މައްސަލައެއް ހިންގާ ކަމެއް އެނގިފައެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.

އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި ދައުލަތުގެ ތަންތަން ސިޔާސީ ޕާޓީތަކަށް ހަމަހަމަ އުސޫލެއްގެ ތެރެއިން ދޫކުރަން ޖެހެ އެވެ. އަދި ޕީއެސްއެމް އިން ވެސް އަމަލުކުރަން ޖެހޭނީ އެގޮތަށް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"އަޅުގަނޑުމެންނަށް ޝަކުވާ ލިބިފައި އެބަހުރި މުލިއާގޭގައި ޕީޕީއެމްގެ ބައްދަލުވުންތައް ބާއްވަމުންގެންދާ މައްސަލައާ ގުޅޭ ގޮތުން. އޭގެ އިތުރުން ޕީއެސްއެމްއާ ގުޅޭ ޝަކުވާތައް ވެސް އެބަހުރި. އެންމެ ފަހުން އަޅުގަނޑުމެންނަށް ހުށަހަޅާފައި ވަނީ ފުވައްމުލަކުގައި ބޭއްވި ޕީޕީއެމްގެ ބައްދަލުވުމެއް ލައިވްކޮށްދިން މައްސަލައެއް،" މުއައްވިޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުލީއާގޭގެ އާއި ދަރުބާރުގޭގައި ބައްދަލުވުންތައް ބޭއްވުމަށް ހަމަހަމަ އުސޫލަކުން ހުރިހާ ސިޔާސީ ޕާޓީތަކަށް ނުދޭ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އަދި ޕީއެސްއެމް އިން ހަމައެކަނި ރައީސް ޔާމީންގެ ފެކްޝަންގެ ބައްދަލުވުންތައް ލައިވްކޮށްދޭ މައްސަލަ ވެސް ބަލަމުން އަންނަ ކަމަށް މުއައްވިޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިދަނީ އެ ހުރިހާ މައްސަލައެއް ވެސް ބަލަމުން. އަދި ޕީއެސްއެމް އިން ލައިވްކޮށްދޭ މައްސަލައާ ގުޅިގެން އެތަނުން މިދަނީ މައުލޫމާތު ސާފުކުރަމުން. އެ މައްސަލަތައް ބެލުމަށް ފަހު ގާނޫނާއި ގަވައިދާ ހިލާފުވެފައިވާ ނަމަ އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނަން،" އޭސީސީގެ ނައިބު ރައީސް ވިދާޅުވި އެވެ.

62 ކޮމެންޓް, 182 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 2%
icon angry icon angry 93%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޯޑު

19 October 2016

ޔާމީނާ ވެރިކަން ހަވާލުކުރީ އެކަންކަން ރަނގަޅުކުރާށޭ. ގައުމު އިސްލާހު ކުރާށޭ. ތިހެންވީމާ އެމް.ޑީ.ޕީ އޭ ކިޔާގެން ވީދޭނެކަމެއްނެތް. އިސްލާހުވީ ކަމެއްނެތް.

The name is already taken The name is available. Register?

ދިރުނބާ

19 October 2016

މިއީ ކަމުނުދާ ކަމަކީ ޢަދުލުއިންސާފުން ކަންތައްކުރޭ!

The name is already taken The name is available. Register?

ނިޔާށާ

19 October 2016

އެހެން ކަމަކާ އުޅޭ ވޯޓު ހޯދަން ދެން. ޑިސެމްބަރައް 05 ކައިވެންޔައް މަ ތިތަން ބުކް ވެސް ކޮއްފަ އިންދާ ތިނީ. ކުރިން ފޯމު ލާ ބަޔަކަށޭ ބުނި ދޫކުރަނީ ވެސް.

The name is already taken The name is available. Register?

ހާމީދު

18 October 2016

އެމްޑީޕީ ސަރުކާރުގައި އެމްއެންބީސީ ހައްދަވައިގެން ހަމަ އެމްޑީ އަކަށް ހަލީލް ކިޔާ ބޭފުޅަކު ލައްވައިގެން ވެސް ކުރުވީ ހަމަ މިކަންތައް. މިއަދު، ހަމަ އެ ހަލީލު ލައްވާ ޔާމީން ސަރުކާރުން އެދަނީ އެކަންތައް ކުރައްވަމުން. ހަޔާތްކުޑަޔަސް މިއީ ތަންފުކެއް ބޮޑުވަރު.

The name is already taken The name is available. Register?

ޙަސަން

18 October 2016

މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ހިންގާފައިވާ ކޮރަޕްޝަނުގެ ޢަމަލެއް. މި މައްސަލަ އޭސީސީން ބަލަންޖެހޭނެ.

The name is already taken The name is available. Register?

އިބޫ

18 October 2016

މިބަިއމީހުންނަށް ނޭނގެނީތަ، ގަބުލު ނުކުރަނީތަ، ބާރަކީ އެފަރާތުން ދެއްވާ އެއޗެއްކަމާއި، އެބާރު ނިއުޅަިއ ގަތުމަޚިވެސް އެފަރާތަށް ބަރު އޮތް ކަމެއްކަން...

The name is already taken The name is available. Register?

ޢައިއެފް

18 October 2016

ބާރު އޮތީމާ ވެދާނެ.

The name is already taken The name is available. Register?

އަލީ

18 October 2016

ހާދަވަރަކަށް މައްސަލަ ބަލަނީ. ކިޔާދުވަހަކުން މައްސަލަ ބަލާ ނިމޭނެބާ. ތިބޭފުޅާގެ މަގާމު ގެއްލޭއިރުވެސް މައްސަލަ ބަލާ ނިމޭނެހެން ހިޔެއްނުވޭ. ވަރަށް ސަލާމް ތިބަލާ މައްސަލަތަކަށް. ހެހެހެ

The name is already taken The name is available. Register?

ކްރިޓިކަލް

18 October 2016

ކަރަޕްޝަން... މި އަހަރުގެ ނޮވެންބަރައް ރަންނަބަނޑޭރި މާލަން ބުކް ކުރި މީހުންނައް މިއަދު ލިބުނު ޖަވާބަކީ "ސޮރީ"... ..

The name is already taken The name is available. Register?

ޚިޔާލް123

18 October 2016

ޙަދާނަށް އަންނަނީ އެމް ޑީ ޕީ ވެރިކަމުގައި ސަރުކާރުގެ ތަންތަން އަދި މީޑިއާ މަދުންނަމަވެސް މިފަދަ ގޮތަކަށް ބޭނުން ކުރަމުން ދިޔަދުވަސް ތަކެވެ، އެދުވަހު މިވާހަކަ އެންމެ ގަދައަށް ޓީވީތަކަށް އަރާ ދެއްކިމީހުންގެ ވެރިކަމުގައި އަދިއެއަށްވުރެވެސް ގޯސްކޮން ކަންކަން ކުރަން ފެށުމުން މިއަދުގެ ވެރިކަމުގައި ތިއްބެވި މީހުންގެ ފެންވަރު އަދި އިޚްލާސްތެރިކަން ހުރި މިންވަރު އެނގިގެން ހިގައްޖެއެވެ. ދެން ދައްކާކަށް މާކަގިނަވާހަކަތަކެއް ނެތެވެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454