ކުރީގެ ރައީސް އަބްދުﷲ ޔާމިން ކޯޓަށް ގެނައި ދުވަހެއްގައި ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންގެ ބެލުމުގެ ދަށުން ލޯންޗަކުން ފައިބައިވަޑައިގަންނަވަނީ. ޔާމީން ދޫކޮށްލަން ޕީޕީއެމް-ޕީއެންސީން މިއަދު ގޮވައިލި
22 މެއި 2020 - 20:38
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާފައި ވަނީ އިންސާފުން ނޫންކަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވާހަކަފުޅުން އެނގޭ ކަމަށް ބުނެ ޔާމީން މިނިވަން ކުރަން އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިއަދު ގޮވާލައިފި އެވެ.
އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ޔާމީން އެކަނި ޖަލަށް ލައިގެން މާބޮޑު އިންސާފެއް ލިބޭނެ ގޮތެއް ވިސްނިވަޑައި ނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވުމުން ދޭހަވަނީ ޔާމީން ދޫކޮށްލަން ގޮވާލައި އެ ދެ ޕާޓީން ކުރިއްސުރެ ދައްކަމުން އައި ވާހަކަ މި ސަރުކާރާއި އެމްޑީޕީން ވެސްް ގަބޫލުކުރާކަން ކަމަށެވެ. ނަޝީދުގެ އެ ވާހަކަފުޅަކީ ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީން ގަބޫލުކުރާ ގޮތް ކަމަށް ޔާމީންގެ ޕީޕީއެމް/ޕީއެންސީން ބުންޏެވެ.
އެމްއެމްޕީއާރުގެ ހިޔާނާތުގެ މައްސަލައިގައި ޔާމީން އެކަނި ޖަލަށް ލުމާ ދެކޮޅުކަން ނަޝީދު ހާމަކުރެއްވީ، އެ މަނިކުފާނު މިއަދު ލިޔުއްވި ނޯޓެއްގަ އެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ ނޯޓުގައި ނަޝީދު ވިދާޅުވީ، ޔާމީންގެ އަމަލުތަކާއި ހިޔާލުފުޅުތަކާއި އުސޫލުތަކަށް ވެސް އެ މަނިކުފާނުގެ ތާއީދެއް ނެތް ކަމަށެވެ. އެކަމަކު، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޔާމީން އެކަނި ޖަލަށް ލުމުގެ މާ ބޮޑު އިންސާފެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބުނީ ކުރީ ސަރުކާރުގެ ވައްކަމުގެ މައްސަލަތައް ބަލާނެ ކަމަށް. އެކަން ކުރުމުގައި އަޅުގަނޑުމެން ފަސްޖެހެންވީ އެއްވެސް ސަބަބެއް ނެތް،" ނަޝީދުގެ އަތްޕުޅުން ލިޔުއްވި ނޯޓުގައި ވެ އެވެ.
"މަރު ކޮމިޝަންގެ މައްސަލަ ވެސް ހަމަ މިފަދަ. ކުރާން ބުނި ކަންކަން އަޅުގަނޑުމެން ޖެހޭނ ކުރަން."
ނަޝީދު މި ނޯޓު ލިޔުއްވީ ޔާމީންގެ 61 ވަނަ އުފަން ދުވަހުގެ ތަހުނިޔާ ދެންނެވުމަށް އިދިކޮޅު ކޯލިޝަންގެ ބައެއް އިސްވެރިން ރޭ ކުރެއްވި ޓުވީޓުތަކެއް ނަޝީދު ރީ-ޓުވީޓް ކުރެއްވުމަށް ފަހު އެކަން ދިފާއު ކުރައްވައި ސަޕޯޓަރުންނަށް ދެއްވި މެސެޖެއްގެ ގޮތުގަ އެވެ.
ޔާމީނާ ދެކޮޅަށް އުފުލި ދައުވާއަކީ ސިޔާސީ، ޒާތީ ދަައުވާއެއް ކަމަށް ނަޝީދު އިއުތިރާފް ވެވަޑައިގަންނަވާކަން އެ މަނިކުފާނުގެ ވާހަކަފުޅުން ދޭހަވާ ކަމަށް ޕީޕީއެމް-ޕީއެންސީގެ ބަޔާނުގައި ބުންޏެވެ.
"...އެހެން ކަމުންް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ އާއިލާއަށް ނުހައްގުން ދެމުން ގެންދާ އަނިޔާތައް މިހާރުން މިހާރަށް ހުއްޓާލައި އެމަނިކުފާނު ވަގުތުން ވަގުތަށް މިނިވަން ކުރުމަށް ގޮވާލަމެވެ،" ޕީޕީއެމް/ޕީއެންސީން ބުންޏެވެ.
ވެރިކަމުގައި ހުންނެވި އިރު އެމްއެމްޕީއާރްސީގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެ ޔާމީން ވަނީ ނޮވެމްބަރު 28، 2019 ގައި ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ. އެކަމަކު އިދިކޮޅު ކޯލިޝަނުން ބުނަމުންދާ ގޮތުގައި ޔާމީނަށް ދެނީ ނުހައްގު އަދަބެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންމަނިކުފާނު
23 May 2020
ވެރިކަން ބަދަލުވާ ދުވަހުން ނުކުންނަން މަޑުކޮއްލާ!
ލުތުފީ
23 May 2020
ރނ ދެއްކީ ރޔ ދޫކޮށްލާވާހަކައެއްނޫން. އެމްއެމްޕީއާރުސީ ގެ ޚިޔާނާުގަ ބައިވެރިވި އެހެންމީހުންގެ ތަހުގީގުނުކޮށް އެމީހުން ދޫކޮށްލާފަ ތިބީމަ އެވާހަކަ ދެއްކީ. މަވެސް ގަބޫލުކުރަނީ އެގޮތަށް. އެންމެމީހަކަށް އަދަބުދީފަ ދެން އެކަމުގަ ބައިވެރިވި އެންމެން ދޫކޮށްލާފަ ދިބުމަކީ ވަރަށްބޮޑު ބޭއިންސާފެއް.
ދަރަނި ދަންތުރަ
23 May 2020
ނަސީދު ނުސީދާކޮން އެބުނަނީ އިބޫވެސް އެފައިސާ ބޭނުންކުރިޔޭ އިބޫ ވެސް ޖަލަށް ލާށޭ އޭރުން ނަސީދަށް ރައީސްކަން ލިބޭނޭ ވިސްނާ...
ބޯފަޅި ހުސޭނާ
23 May 2020
ނަށީދު ބުންޏަސް އެމައްސަލަ މާކަބޮޑަކައް ކުރިޔައްދާނެ ކަމަކައް ގަބޫލުނުކުރެވޭ ރއީސް ޔާމީނުގެ ވެރިކަމުގަ އަދީބު އަތުން ބޯކޮއް ފައިސާ ނަގާފަ އޮތީ އަދީބު ބަންދުވީފަހުންވެސް އެމްޑީޕީއާ ވަރައްގިނަ ޑީލްހަދާފަވީ އޭގެ ހެކި އޭނާ މިހާރު ވެސް ގޭގަ އަރާމުގަ. އެބުނާ ޒިޔަތު ވެސް ގޭގާ އަރާމުގަ. ގައުމުގެ ހަޒާނާ އެއްކޮއް ދަވާލާފަ ޝަރީޔަތައް އެއްބާރުލުން ދިނޭކިޔާފަ އޭނަގަ ބަންދައް ލުޔެއް ނޫނީ ޝަރީޔަތުން އޭނަޔައް ކުރު މުއްދަތަކަށް ބަންދުކުރުން މީ ބޮޑު ޖޯކެއް ނޫން
ރެކިމަނިކާ
23 May 2020
ދިވެހިންގެ ރައުސްމާލު ބަނޑުއެޅީ ޔާމީނު އެކަންޏެއްނޫން. އެފައިސާ ލިބުނު ވަރައް ގިނަމީހުން އެމްޑީޕީގަވޭ ޖަމީލު ނައިބުރައީސް ކަމުންވަކިކުރުމާ އަދީބު އައްނައިބުރައީސްކަން ލިބުމާ އޭރު ގާނޫނައް ގެނާ ބަދަލުތައް ގެނައީ ސީދާ އެމްޑީޕީގެ މަޖިލީސް މެންބަރުންގެ ތާއީދު ލިބިގެން ބާޒާރު މަތީކިޔާތީ އަޑުއިވޭ ވަރައް ބޮޑުއަދަދެއްގެ ފައިސާ ލިބުނޭ ދެން އެމްޑީޕީއިން މިކަޔަނީ ކީކޭތޯ
ދިލްކޮކީ
23 May 2020
ކުރީ ވެރިކަމުގަ ވައްކަމުގަ ބައިވެރިންގެ ތެރޭހިމެނޭ ބައެއްމީހުން ފިލާގެންގޮސް ޔޫކޭގަ ހުރެ އެމްޑީޕީގެ ބައެއްބޮޑުންނާ ޑީލްހަދާ އޭގެދަށުން ރައީސް ޔާމީންއައް ހުކުމް ކޮއްފަ މިހާރު އެމީހުން ކުރިވައްކަމެއް ނެތް އެމީހުން ހުދުކާފޫރައް ބަދަލުވީ މިހާރު އެމީހުން ހޯދަން ނެރުނު ރެޑްނޯޓިސް ނެގީ އެމްޑީޕީގެ މިހާތަނައް ގެންގުޅޭ އުސޫލަކީ ކިތަންމެ ބޮޑު ވަގަކު ނޫނީ ކިތަންމެ ވަރުގަދަ ޑިކްޓޭޓަރަކުވިޔަސް އޭނަ އެމްޑީޕީގެ ފިކުރައް ތާއީދު ކުރަނިކޮއް އެނިމުނީ އޭގެ ހެކި މައުމޫނު
12345
23 May 2020
އޭނައަށް ނުވިސްނެނީ ޔާމީނަށް ކުރިހުކުމާމެދަކު ނޫން. ޔާމީނުގެ ބައިވެރިން މިނިވަންކޮށްތިބީމަ. އަވަހަށް އެމީހުނަށްވެސް ހުކުމްކުރޭ. އެއިރުން އޭނަ އެބުނާ އިންސާފުވެސް ލިބުނީ. ދެންތިބި މީހުންވެސް ގޮޅިގޮޅިއަށް އަވަހަށް ވައްދަން ގޮވާލަން.
ކަސަބު
23 May 2020
ކޯޓު ހުކުމަކަށް ބަދަލު ގެނެވޭނީ ހުކުމް ކުރި ކޯޓަށް ނުވަތަ އެއަށްވުރެ މަތީ ކޯޓަކަށް. ކިތަންމެ މަތީ ސިޔާސީ މީހަކަށް ވިއަސް އެކަން ނުކުރެވޭނެ. އަހަރުމެން މިއުޅެނޫ ޖާހިލީ ދުވަސްވަރުގައެއް ނޫން. ޑިމޮކްރެސީގެ ކާފަކަމަށް ބުނާ މީހަކު މިފަދަ ވާހަކަ ދައްކައިގެން ނުވާނެ.
ހަނުހުންނަ މީހާ1
23 May 2020
ނަޝީދު ބުންޏަސް ގާސިމް ބުންޏަސް، ރައީސް ވިދާޅުވިޔަސް ޔާމީނު ދޫކުރުމާ އަހަރެން ދެކޮޅު.
1345
23 May 2020
ނަޝީދަކަސް އެބުނީ ހެޔޮ އެއްޗެއް. ޔާމީނު ވެރިކަމުގަ ދިވެހިންގެ ރައުސްމާލު ބަނޑުއެޅީ ޔާމީނު އެކަންޏެއްނޫން. އިންސާފްވެރިކަމަކީ އެކަމުގަ ޝާމިލުވާ އެންމެންގެ މައްޗަށް ތަހުގީގު ހިންގާ އަލުން އަނބުރާ އެފައިސާ ދައުލަތަށް ވެއްދުން. ޔާމީނު ޖަލަށް ލުމަކުން ނުފުދޭ. އަހެެމެންގެ ޓެކްސް ފައިސާއެއީ. އަބުރާ އެފައިސާ ދައުލަތަށް ލިބޭގޮތް ހަދަންވީ.