ޚަބަރު / ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ހަމަނުޖެހުންތައް ބަލައި އިންސާފު ހޯދައި ދޭނަން: މިނިސްޓަރު

ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް އޭޑީކޭ ހޮސްޕިޓަލްގައި މިރޭ އެޑްމިޓް ކޮށްފައި.

ގާނޫނުއަސާސީ އިސްލާހު ކުރުމަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަ ތަހުގީގުކޮށް އިންސާފު ހޯދައި ދެއްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަން ހުރަސްއެޅޭ ގޮތަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް އަޑުގަދަ ކުރައްވަން ފެއްޓެވެމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އޭނާގެ ނަން އިއްވައިފަ އެވެ. އެއާއެކު އެމްޑީޕީގެ މެމްބަރުން އޭނާ މަޖިލީހުގެ ތަޅުމުން ބޭރަށް ނެރެން ކުރި މަސައްކަތުގެ ތެރޭގައި ހަމަނުޖެހުން އުފެދި ޝިޔާމަށް އަނިޔާވި އެވެ.

އެ އަނިޔާގައި އޭނާގެ މޭ ކަށިގަނޑާއި މައިބަދައިގައި ރެނދުލާފައިވާ ކަމަށާއި މައްސަލަ ޕޮލިހަށް ހުށަހަޅާފައިވާ ކަމަށް އިދިކޮޅު ޕީޕީއެމުން ވަނީ ބުނެފަ އެވެ.

Shiyam maibadhaigai vanee rendhu laafai: PPM

Shiyam maibadhaigai vanee rendhu laafai: PPM

The most trusted news source in the Maldives

Mihaaru

ޝިޔާމްގެ މައިބަދަ އާއި މޭކަށިގަނޑުގައި ރެނދު ލައިފައިވާ ކަމަށް ޕީޕީއެމްއިން ބުނުން

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި މިނިސްޓަރު އިމްރާން ވިދާޅުވީ މި ސަރުކާރުން އެންމެ މުހިންމު ކަމެއް ދީފައިވާ އެއް ކަމަކީ ދައުލަތުގެ މުއައްސަސާތައް މިނިވަންކަމާއެކު ހިންގުން ކަމަށެވެ. މިނިވަން މުއައްސަސާތައް ހިންގުމުގެ ތެރެއަށް ސަރުކާރުން ނުވަންނާނެ ކަމަށް ވިދާޅުވި އެވެ.

"އެގޮތުން ފުލުހުން ކަމަށް ވިޔަސް ސިފައިން ކަމުގައި ވިޔަސް އެ މުއައްސަސާތަކުގެ ތެރޭގައި ހިނގަމުންދާ ކަންކަމުގެ ތެރެއަށް އަޅުގަނޑުމެން ވަންނަން ނުޖެހޭ ގޮތަކަށް ގާނޫނީ ބޭރުން ނުވަނުން އެއީ ވަރަށް ބޮޑަށް އަޅުގަނޑުމެން ސަމާލުވެ ތިބި ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އެކަމަކު މަޖިލީހުގައި ހިނގައިދިޔަ ހަމަނުޖެހުން ބަލައިދޭން ހުށަހަޅާފައިވާތީ، އޮންނަ އުސޫލުން ފުލުހުން އެކަން ތަހުގީގު ކުރާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

"އެކަންކަމުގައި އަޅަން ޖެހޭ ގާނޫނީ ފިޔަވަޅުއެޅުން އެއީ އަޅުގަނޑު ގަބޫލު ކުރާގޮތުގައި ފުލުހުންގެ މައްޗަށް އޮތް ޒިންމާއެއް. އެހެން ކަމުން އިންސާފުވެރިގޮތުގައި އެ މައްސަލަތައް ބަލައި ތަހުގީގު ކުރެވި އޭގައި ލިބިދޭން ޖެހޭ ހައްގު ކޮންމެ ފަރާތަކަށްވެސް އެންމެ ހައްގު ގޮތުގައި ލިބިދިނުމަށް މަސައްކަތް ކުރުން އަޅުގަނޑުގެ ހިތުން މިއީ އަޅުގަނޑުމެން މިކުރާ މަސައްކަތް،" މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލު ކުރާގޮތުގައި އެ މައްސަލަތައް އިންސާފުވެރި ގޮތެއްގައި ބެލި ހުރިހާ ފަރާތްތަކަށް އިންސާފު ލިބުމަށް ފުލުހުންގެ ފަރާތުން ކޮށްދޭން ޖެހޭ މަސައްކަތް އަޅުގަނޑުމެން ކުރަމުން ގެންދާނަން."

ސަރުކާރު ކޯލިޝަންގެވެސް މައި ޕާޓީ އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި ޝިޔާމާ ދެމެދު ހިނގި އެ ހަމަނުޖެހުންތަކުގައި އެމްޑީޕީގެ މެމްބަރުންނަށްވެސް އަނިޔާވެފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

ޝިޔާމަށް އަނިޔާވެރިވީ މަޖިލިސްގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްވި އޯޑަރުގެ ސަބަބުން ކަމަށް ބުނެ އިއްޔެ ވަނީ ނައިފަރުގައި މުޒާހަރާވެސް ކޮށްފަ އެވެ. އެ މުޒާހަރާގައި ޝިޔާމަށް އިންސާފު ހޯދައި ދިނުމަށް ގޮވާލި އެވެ.

Majilis hamanujehun: Goass hehdhevee riyaasathun?

Majilis hamanujehun: Goass hehdhevee riyaasathun?

The most trusted news source in the Maldives

Mihaaru

ޝިޔާމް ނެރުމުގައި ރިޔާސަތުން އަމަލު ކުރިގޮތަށް ފާޑުކިޔުން

ޝިޔާމަށް އަނިޔާވީ ރޭ ދަންވަރު 1:30 ގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި އަޑުގަދަ ކުރަން ފެއްޓުމުން އޭނާގެ ނަން އިއްވައި މަޖިލީހުން ނެރުމުގެ ތެރޭގަ އެވެ. އޭނާ އަޑުގަދަ ކުރައްވަން ފެއްޓެވީ ގާނޫނުއަސާސީ އިސްލާހުކުރުމުގެ ބިލުގެ މަސައްކަތް ލަސްވީ މަޖިލީހުގައި ހިމެނޭ އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ މެމްބަރުންގެ އެއްބާރުލުން ނުލިބުމުން ކަމަށާއި އެ ދެ ޕާޓީން އަމަލުކުރީ ޒިންމާދާރުކަން ކުޑަކޮޮށް ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް، ރައީސް މުހައްދަމު ނަޝީދު ވާހަކަފުޅު ދައްކަވަނިކޮށެވެ. ޝިޔާމްގެ ނަން އިއްވުމުން ވެސް އޭނާ މަޖިލީހުގެ ތަޅުމުން ނުކުމެވަޑައިނުގަތުމުން ނަޝީދު ހެއްދެވި ގޮތަކީ ޝިޔާމް ނެރުމަށް އެމްޑީޕީގެ މެމްބަރުންނަށް އެންގެވީ އެވެ. އެއާއެކު، މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ޝިޔާމް ވަށައިލައި އޭނާ މަޖިލީހުން ނެރުމަށް މަސައްކަތް ފެއްޓެވި އެވެ. މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މެމްބަރެއްގެ ނަން ރިޔާސަތުން އިއްވައިފި ނަމަ އެ މެމްބަރަކު މަޖިލީހުން ނެރުމުގައި އިސްކޮށް ހުންނަވާނީ ސާޖަންޓް އެޓް އާމްސް އެވެ. އެކަމަކު، ރޭގެ ޖަލްސާގައި ފެނުނީ ޝިޔާމް ގަދަކަމުން މަޖިލީހުން ނެރުމަށް އެމްޑީޕީގެ މެމްބަރުން އުޅުއްވި ތަނެވެ.

މި ހަމަނުޖެހުންތަކުގެ ތެރޭގައި ޝިޔާމް މަޖިލީހުގެ ތެރެއަށް ވެއްޓިވަޑައިގެންފައި ވަނިކޮށް، ވީޑިއޯއިން ފެނެ އެވެ. އޭނާގެ ގަމީސް ވެސް ވީދުނެވެ.

މަޖިލީހުގެ ޖަލްސާގައި ނަން އިއްވާ މެމްބަރުން ނުކުތުމަށް ދެކޮޅު ހަދާނަމަ މީގެ ކުރިން އެ މެމްބަރުން ތަޅުމުން ނެރެމުން އައީ މަޖިލީހުގެ ސެކިއުރިޓީ މެދުވެރިކޮށެވެ. ނަމަވެސް އެ ރޭ ޝިޔާމް މަޖިލީހުން ނެރުމަށް މަޖިލީހުގެ ރައީސް ނަޝީދު މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ މެމްބަރުންނަށް އެންގެވުމުން އެކަމަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.

ޝިޔާމް މަޖިލީހުގެ ތަޅުމުން ނެރުމުގައި އަމަލުކޮށްފައިވާ ގޮތަށް ސަރުކާރު ކޯލިޝަންގެ އެހެން ޕާޓީތަކުގެ މެމްބަރުންނާއި އަމިއްލަ ބައެއް މެމްބަރުންވެސް ވަނީ ފާޑު ވިދާޅުވެފަ އެވެ. އަދި މަޖިލީހުގެ ތަޅުމުގައިވެސް އެފަދަ ގޮތަކަށް ހަމަނުޖެހުން ހިންގުމުން އެކަމުގައި ޖިނާއީ ތަހުގީގެއް ކުރަން ޖެހޭ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

20 ކޮމެންޓް, 28 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިންތިޔާޒު

05 June 2020

ތިޔަތަނުގެ އިމްތިޔާޒުތަށް ވެއްޖެނުން އެހެން ބަޔަކު ހަދަން. ކޮން އަސްލެއްގެ މައްޗައްތަ އަމިއްލަ އަށް ތިމާ އުޅޭނެ ގޮތާ، ތިމާއަށް ރައްޔިތުންދޭންޖެހޭނެ އެއްޗެއްސާ އަމިއްލައަށް ކަނޑައަޅަނީ. އެއްވެސް ބައެއްގެ އިމްތިޔާޒުތައް އަމިއްލައަށް ކަނޑައެޅިގެންނުވާނެ. މި ތަނުގެ އިމްތިޔާޒުތަށް ކަނޑައަޅަންވާނީ އެހެން ބާރަކުން. ތިޔަ އިމްތިޔާޒަކާ ހުރެ ދައުލަތުގެ ހަޒާނާ ހުސްވެ، ކޮރަޕްޝަންތިތާ އިންތިހާއަށްގޮސް، ތިޔަ މީހުން ޒިންމާކުރުވޭނެ ގޮތެއްނެތް.

The name is already taken The name is available. Register?

ދޮން މަނިކު

05 June 2020

ތި މައްސަލަ ބަލާނީ 2023 ވަނައަހަރު ، ތައްޔާރުވޭ. މިހާރު ތި މައްސަލަ ބަލާގެން އިންސާފެއް ނުލިބޭނެކަން 100% ޔަގީން......

The name is already taken The name is available. Register?

ފަގީރުކޮއެ

05 June 2020

ތިދިޔައީ، ދެން ފެންނާނީ ތަޅާނެ ކުދިން ކޮޅަކަށް ރިކުއެސްޓް ކުރާތަން

The name is already taken The name is available. Register?

ނުވާނެ

05 June 2020

2012ގައި ހޯދަން އުޅުނު ތަޅާނެ ކުދިންކޮޅު އަދި ކިރިޔާ ލިބިގެން އެއުޅެނީ. އަދި ހޯދީވެސް އެބައަކަށް ލިބިފައިވާ އިމްތިޔާޒުތަކާ ހެދި އެބައެއްގެ ގައިގައި އަތްނުލެވޭނެފަދަ ބައެއް. ދެން ކާކު ކިހިނެތް އެކަމާ ކަމެއް ކުރާނީ؟ ތަޅާނެ ކުދިން ހޯދުމުގެ ވާހަކަ ފޯނުން އޭރު އަޑުއެހި ބޭފުޅާ މިހާރު ހުރީ އަސްލު ތަޅާނެ ކުދިން ތިބި ތަނެއްގަ. އެކަމު އެ ބޭފުޅާއަށް އެކަން ނުވުމުން އަމިއްލައަށް ކުދިންކޮޅެއް ހޯދައިގެން އުޅެނީ. އެކުދިން ކުރާނެ ބޮސް ބުނާ ކޮންމެކަމެއްވެސް.

The name is already taken The name is available. Register?

ހޯރަބޭ

05 June 2020

ސިޔާމް މި ހާދަ ފިޑި ގޮލަޔެކޭދޭ. ކަމެއް ވާ އިރަށް ފޮލިހަށް. މިވަރު މީހުން ސިޔާސިވެގެން މާ ގަޓްހުރި ކަމަށް ހެދިގެން މިއުޅެނި. އަހަރަމެން ދުށިން މަޖިލިސް ފާރުމަތިން މެންބަރުން ނަގާއުކާ. އޭރުގެ މައިނޯރިޓީ ލީޑަރ ކޮޓަރީ ދޮރުފަޅާލައިފަ ފީފީއެމް މީހުން ވަދެ ޖެންސިވައްތަރު. އެކަމް ފޮލިހަކަށް ނުދޭ. ފެފަރސުފޭރޭ ޖަހާ ދެލޯ ނުކުތް އިރުވެސް .

The name is already taken The name is available. Register?

އިމްރާނު

05 June 2020

ހޯރަބެއަކަށް ނުފެނުނު މަޖިލިސްތެރޭ މޭޒުތައް މައްޗަށް އަރާ ގާނޫނަށް ފައިން އަރާތިބި މަންޒަރެއް. ހޯރަބެއަކީ އެއްލޯ ކަނުމީހެއް.

The name is already taken The name is available. Register?

ދިލް

05 June 2020

ސިޔާމް ފުލުހަށް ދިޔައިރު ކައިރީގަ ރޭނިސް ސަލީމްވެސް ކައިރީ ހުރިތަން ފެނޭ ފުޓޯތަކުން. ހޮސްފިޓަލަށް ދިޔައިރު އަދުރޭ ވެސް ހުރޭ. މީ ރޭވިގެން ކުރިކަމެއްތަ އަޅެ. ވަކީލުންނާއި ފްރޮފެސަރުން ބައިތިންބައިގެން.

The name is already taken The name is available. Register?

ިއިސްދޫ

05 June 2020

އިދިކޮމީހެއްގެމައްސަލައެއް މިސަރުކާުރުންއިންސާފުން ނުނިންމާނެ

The name is already taken The name is available. Register?

ހޯރަބޭ

05 June 2020

އެނެއްކާ ނޭފަރު މީހުން މުޒާހަރާ ނުކުރާނެ ބާ?

The name is already taken The name is available. Register?

މޯޑް

05 June 2020

ހަމަނުޖެހުން ހިންގަން މަގުފަހި ކުރީ ސިޔާމް. އޭނަޔަށް އަޅާ ފިޔަވަޅެއް އަޅާ.

The name is already taken The name is available. Register?

ސަމީރާ

05 June 2020

މޮންސްޓަރ ގޮޅިއަށް ފެތިއްޖެ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454