މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި ވާހަކަދައްކަވަނީ. --ފޮޓޯ: އަހުމަދު އަވްޝަން އިލިޔާސް/ މިހާރު
07 ޖޫން 2020 - 19:45
ރާއްޖެއިން ބޭރުން ސިއްހީ ފަރުވާ ހޯދުމަށް މި ދުވަސްވަރު ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމަށް އެދިވަޑައިގެން މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ފޮނުއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތޯރިގު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ސިއްހީ ނިޒާމު އޮޅުންބޮޅުން ވެފައިވާ ކަމަށެވެ. މި ހާލަތުގައި ކޮވިޑް-19 އަށް ހާއްސަ ސަމާލުކަމެއް ދޭން އުޅުމުގެ ސަބަބުން، މީގެ ކުރިން އަޅާލައި، ފަރުވާދީގެން ރަނގަޅު ކުރެވޭ އެތައް ބައްޔަކަށް ފަރުވާ ދިނުމުގައި ދަތިތައް ކުރިމަތިވެ، އެތައް ބައެއްގެ ފުރާނަ ގެއްލިފައިވާ ކަމަށެވެ.
"ދިވެހި ރާއްޖޭގައި ފަރުވާ ކުރެވެން ނެތް ބޮޑެތި ބަލިތަކަށް ފަރުވާ ކުރަން ރާއްޖެއިން ބޭރަށް ނުދެވިފައި ގިނަ އަދަދެއްގެ ދިވެހިން ވަރަށް ނާޒުކު ހާލަތުގައިވެ އެވެ. ފާއިތުވެގެން ދިޔަ ދެ މަސް ދުވަހުގެ ތެރޭގައި އެފަދަ ބަލިމީހުންނަށް އެކަށީގެންވާ ފަރުވާ ނުލިބި ދުނިޔެ ދޫކޮށްފައިވާކަން ހިތާމައާ އެކު ފާހަގަކުރަމެވެ،" ތޯރިގް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިފަދަ ބަލި މީހުންނަށް ރާއްޖެ އިން ބޭރަށް ދަތުރު ކުރެވޭނެ ކަމުގެ މައުލޫމާތު އާއިލާތަކަށް ކަމާބެހޭ އިދާރާތަކުން ދެމުން ގެންދާތާ މިހާރު ވެސް ދެ މަސް ފާއިތުވެއްޖެ އެވެ. އެކަމަކު، މިއަދާ ހަމައަށް އެއްވެސް ބަލި މީހަކު ފަރުވާއަށް ފުރުވާލެވިފައި ނެތް ކަމަަށް ތޯރިގްގެ ސިޓީގައި ވެ އެވެ.
ދިވެހި އެތައް އާއިލާއަކަށް ދިމާވެފައިވާ މި ހިތްދަތިކަން ފިލުވައިލުމަށް އެދި އަވައްޓެރި ގައުމުތަކަށް ފުރުވައިލުމުގެ މަސައްކަތް ކުރިއަށް ނުދާ ސަބަބުތައް ބަލައި ތަހުގީގުކޮށް، އިހްމާލުވެފައިވާ ފަރާތްތެއްވާ ނަމަ އެ ބަޔަކާ މެދު އެޅެން ހުރި ފިޔަވަޅުތައް މަޖިލީހުންނާއި ކަމާ ގުޅޭ ކޮމިޓީތަކުން އެޅުމަށް ތޯރިގު އެދިވަޑައިގެންފައި ވެ އެވެ.
މީގެ ހަފުތާއެއްހާ ދުވަސް ކުރިން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންއެއްގައި އާސަންދަ ކުންފުނިން ބުނެފައި ވަނީ ކޮވިޑް-19 ފެތުރޭތީ އަޅާފައިވާ ފިޔަވަޅުތަކާ ހެދި ފަރުވާ އަށް ނުދެވިފައި ތިބި، ރާއްޖެއިން ފަރުވާ ދެވެން ނެތް ބަލިތަކުގެ ހާލު ބޮޑު 33 މީހަކު ސަރުކާރުގެ އެހީގައި ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އާސަންދައިގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގު އެ ރޭ ވިދާޅުވި ގޮތުން ނަމަ ހާލު ބޮޑު މީހުން ފަރުވާ އަށް ގެންދަން ރާއްޖޭގެ ފޮރިން މިނިސްޓްރީން ވާހަކަ ދައްކަނީ އިންޑިއާ އާއި ސްރީ ލަންކާއާ އެވެ. އެކަމަކު، އެ ވާހަކަތަކުން ނަތީޖާއެއް ނެރެވި، އެއްވެސް މީހަކު ފަރުވާ އަށް ފޮނުވި ކަމެއް އަދި ސަރުކާރަކުން ނުބުނެ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން، އެހެނިހެން ބަލިތަކުގެ މީހުން ސިއްހީ ހޯދުމުގައި ދަތިވެފައިވާ ކަމުގެ ޝަކުވާ އިންތިހާ އަށް ވަނީ ބޮޑުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލުތުފީ
08 June 2020
މުޅިދުނިޔޭގައިވެސް ހުރިހާކަމެއްވެސް އުނދަގޫކޮށް ހުރީ. ކޮވިޑްގެ ސަބަބުން އެއްވެސް ޤައުމެއްގައި ކުރިން އުޅެމުން އައި ގޮތަށް މިހާރު ނޫޅެވޭނެ. ބޮޑެތި ބަލިތަކަށް ފަރުވާކުރުމަށް ބޭރުގެ ޤައުމަކަށް ދިއުމުގައިވެސް އެތަކެއް ތަކުލީފުތަކެއް އެބަހުރި.
ރަޝީދު އަހުމަދު
08 June 2020
ހާދަހެޔޮފުޅޭ މި މެމްބަރުން ރައްޔަތުންނަށް.................
ސަންޓޭ
08 June 2020
މީނަޔަށް ވީއަނިޔާއެއް ލިބިގަތީ އަމިއްލައަށް. ގަދަކަން ދައްކައި އެތައް ބަޔަކަށް އަނިޔާދީގެން
ސަރަފަކައްދަ
08 June 2020
ބަލަ ބޭސްފަރުވާ އަށް ބޭރަށް ދާންޖެހެނީ ކީއްވެބާ! 25 ބުރީގެ ހޮސްޕިޓަލެއް އެބަހުއްޓޭ ކިޔާފައި ތިބޭފުޅުން ނޫންތޯ އަޑުން އަޑު ނަގާ މމިވާހަކަތައް ގޮވީ! މިހާރު ކީކޭތޯ ތިޔަ ކިޔަނީ! އަދި ކިރިޔާތޯ ހަމަ ބުއްދިއަށް ވިސްނެންފެށީ!
ދިވެހިންގެފެންވަެު
08 June 2020
ކޮވިޑްއޭކިޔާފަ އަހަރެމެން މަރުވާށޭތަ ދިވެހިން ތިބުނަނީ، ހާދަގޯހޭ ދިވެހިން، ތީގެން މީހެއްގެ މަންމަ މިހާލުގަ އުޅޭނަމަ ހުންނާނެ އާދޭސްކޮއްފައި.
ކޮއްކޮއާދޭސްމީ 1
08 June 2020
ދިވެހިންގެ ހަމްދަރުދީނެތްކަން ކޮމެންޓް ކިޔާލީމާ އިނގިއްޖެ. އަޅުގަނޑުގެ ކޮއްކޮ ކެންސަރު ފަރުވާ ނުދެވި މަރަށް ތެޅެނީ، ބޭރަށް ފުރުވާލާ ވާހަކަ ސަރުކަރުން ބުނެފަ އޮއްވާ ރައްޓެއްސެއްގެ މަންމަ ނިޔާވެއްޖެ. ލަސްވާ ސަބަބު ހޯދުމަށް މެންބަރަކު އެދުމަކީ ގޯހެެއްތަ؟ އިންޑިޔާއަށް އައްޑުބިންދީފަ، ސިފައިން ބައިތިއްބާފަ، ރާއްޖޭ 100 މީހުން އަށް ބޭސްކޮށްދޭން އެވެސް ލާރި ދީގެން ހުއްދަ ނުދެވޭ.
ރަންނަ
08 June 2020
ތި ލައްވާލާފަވާ ހާލަތު ކިތަންމެހާވެސް ދެރަ. އެކަމަކު އެހެންގައުމެއްގެ ބޯޑަރު އެމީހުން ނުހުޅުވަނީސް ރާއްޖޭގެ ކޯޓް އަމުރެއް ލިބުނަސް ނުހުޅުވޭނެ
ރޯނުއެދުރު
08 June 2020
ފަރުވާއަށް ބޭރަށް މީހުންގެންދާތި މީގެ ކުރިން ހަޅޭލެވި ބައެއް ތީ. ޔާމީނު ދުނިޔޭގެ ފެންވަރު ހޮސްފިޓަލެއް އަޅާފަ ހުންނާނޭ އެތަނުން ފަރުވާދެވޭނޭ ކިޔާ. އަދުގެ ދުނިޔޭގެ ހާލަތު ވެސް މިކަލޭގެ އަށް ނޭގެ ދޯ
ޕުއްޕު ޕާޓީ މޭޔަރު
08 June 2020
ކަލޯ ގަރާރު މަޖިލީހަށް ވެއްދީމާ މީނާ އަށް މަރުހަބާ ކިޔަން ބޭރު ގައުމު ތަކުގެ ބޯޑަރު ހުޅުވާދޭނަތަ؟
ފާތުން
08 June 2020
ދެން ކިހިނެއްތަ ބޭރު ތިބި މީހުން އެ ގެންނަނީ.
ކޮރަކަލި
08 June 2020
ކޮވިޑް ދުނިޔެއިން ފިލައިގެން ނުދާތީ މައްސަލައެއް މަޖުލީހަށް ހުޝައަޅާބަލަ
ވޯލްމޯލް
07 June 2020
ސިއްހީ ނުޒާމް އޮޅުންބޮޅުން ނުފިލުވޭނެ، މަޖިލިސް މެމްބަރުންނާއި ވަޒީރުުންނަށް، މުޅި އާސިޔާއިން ހިލޭ ބޭސްކުރެވޭ އިންސުރެންސް ޕެކޭޖް އުވާލާ މިރާއްޖޭން ބޭސްކުރެވޭގޮތް ނަހަދާހާ ހިންދަކު.
ބޮޑުމީހާ
08 June 2020
ރަގަޅު ވާހަކައެއް