21 ޖޫން 2020 - 23:31
ރާއްޖޭގައި އުޅޭ ބިދޭސީން ގައުމުތަކަށް އަނބުރާ ފޮނުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން 490 މީހަކު މިއަދު ފުރުވާލައިފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ކުރި ޓުވީޓެއްގައި ބުނީ ފުރުވާލާފައި ވަނީ އިންޑިއާގެ 198 މީހަކާއި ސްރީ ލަންކާގެ 292 މީހަކު ކަމަށެވެ. އިންޑިއާ މީހުން ދިޔައީ ކަނޑުމަގުންނެވެ. ލަންކާ މީހުން ދިޔައީ ވައިގެ މަގުން ކަމަށް ވެސް ބުނެފައިވެ އެވެ.
Evacuation update:
— Maldives Immigration (@ImmigrationMV) June 21, 2020
21 June 2020
Indians - 198 (by sea)
Sri Lankans - 292 (by air)#Covid19 pic.twitter.com/gXQKJXkhvl
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 2،203 މީހުން ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރެއިން 207 މީހުންނަކީ އިންޑިއާ މީހުންނެވެ. ލަންކާގެ މީހުންގެ އަދަދަކީ 12 އެވެ.
ރާއްޖޭގައި 50،000 އަށް ވުރެ ގިނަ ބިދޭސީން އުޅޭ އިރު އޭގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝް މީހުންނާއި އިންޑިއާގެ މީހުންނެވެ. ކޮވިޑް-19 ފެތުރެމުންދާ އިރު، މާލޭގައި ތޮއްޖެހިފައި ތިބި ބިދޭސީންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި އެކި ގައުމުތަކުގެ ސަރުކާރާ ގުޅިގެން ބިދޭސީން ގައުމަށް ފޮނުވުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
އެގޮތުން މީގެ ކުރިން ވެސް ރާއްޖޭގައި ތިބި އިންޑިއާ މީހުން މަނަވަރެއްގައި އެ ގައުމަށް ގެންގޮސްފައިވާއިރު، ބަންގްލަދޭޝްގެ ހާހަކަށް ވުރެ ގިނަ މީހުން މިހާރު ވަނީ ގެންގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހުސެންް
22 June 2020
ބަންގުލާ މީހުން ފޮނުވީމަ އަހަރަމެން އުފާވާނީ
ކަންބަލަން
22 June 2020
އެފޮނުވާލީ ގަވައިދާ ހިލާފަށް އުޅޭ ބައެއް ނޫނެއްނު؟ މިގައުމަށް ބޮޑުވެގެން އުޅެނީ އެމީހުންގެ މައްސަލަ. ދެން ކަނޑުއަޑިންވެސް އެމީހުން ފޮނުވާލެވެން އޮތިއްޔާ އެގޮތް ރަގަޅުވާނެ.
ކަސަބު
22 June 2020
އަދިވެސް މަދުކުރޭ. މަގުތަކާ ޕާކްތަކުން ދިވެހިން ފެންނަވަރު ކުރޭ.
މުދިމު ކަތީބު
22 June 2020
އަމިއްލައަށް އެދިގެން ފުރާ ލަންކާ އިންޑިޔާ މީހުނަކީ ރާއްޖޭގައި ވިސާނެތި ފިލައިގެން އުޅޭ ބައެއްނޫން ރައްޔިތުން އެދި ގޮވަނީ ގާނޫނާ ހިލާފަށް އެތެރެވެ ފިލައިގެން އުޅޭ ބިދޭސީން ބޭރުކުރަން. ކަންކަމުގައި މިވަރަށް އޮޅުވާލާކަށް ނުވާނެ
ހަސަން ފިކުރީ
22 June 2020
ތި ސޭވްކުރެވުނީ ވެސް 245,000 ޑޮލަރު .. އެއީ އެވްރެޖްކޮށް 500 ޑޮލަރު މަހެއްގެ މައްޗަށް އެމީހުން ގައުމުން ބޭރުކުރާނެ ކަމަށް ބަލާއިރު.. އަދި 490 ދިވެހިންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްވެގެން ދާނެ
Ali Gasim
22 June 2020
އުޅޭއަދަދުނޭންގޭބައެއްތީ މިގައުމުގަ މީހުނަށް ފިލައިގެން އުޅެވެނި ފުލުހުން ަަެަަެަަަެަަަަެަަެަަަެަަަަަަެަަެަަަެަަަަެަަެ އެކަން ކުރުވާތީ ދިވެއްސަކުވެސްޖެއްޔާ ޖޫރިމަނާކޮށް ހޭއަރުވާލާނެ ވަގު ބަންގާޅީން ހަބޭސްކޮށް ވިޔަފާރިކުރަނީ ޖޫރިމަނާއެއް ނުކުރޭ ކާޑުއޮތްތޯއަހާކަށް ފުލުހުންނަކަށް ނުކެރޭ