ޚަބަރު / ރާއްޖޭގެ އިގްތިސާދު

ކޮވިޑް-19 އާ އެކު، ކޮންމެ 10 މީހެއްގެ ތެރެއިން އެކެއްގެ އާމްދަނީ ހުއްޓުނު: ސާވޭ

މާލޭގެ ބާޒާރުމަތީގެ ފިހާރައަކުން ބަޔަކު ބާޒާރުކުރަނީ: ކޮވިޑް-19 އާ އެކު، ކޮންމެ 10 މީހެއްގެ ތެރެއިން އެކެއްގެ ވަޒީފާ އަންނަ މަހު ގެއްލޭނެ ކަމަށް އެމްއެންޔޫ އާއި އެޗްޕީއޭ ގުޅިގެން ކުރި ސާވޭއަކުން ދައްކާ.---ފޮޓޯ: މިހާރު

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން އެޅި ފިޔަވަޅުތަކާ އެކު، ރާއްޖޭގެ ކޮންމެ 10 މީހެއްގެ ތެރެއިން އެކެއްގެ ހުރިހާ އާމްދަނީ އެއް މުޅިން ހުއްޓުނު ކަމަށް ސާވޭއަކުން ދައްކައިފި އެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގުޅިގެން މިދިޔަ މޭ މަހު ކުރި ސާވޭގެ ނަތީޖާ މިއަދު އާންމު ކޮށްފައިވާއިރު، ރާއްޖޭގެ ކޮންމެ 10 މީހެއްގެ ތެރެއިން އެކެއްގެ ވަޒީފާ ވެސް އަންނަ މަހު ގެއްލޭނެ ކަމަށް އެ ސާވޭ އިން ދައްކަ އެވެ.

ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން ކޮންމެ 10 މީހެއްގެ ތެރެއިން ތިން މީހުންގެ މުސާރަ ވަނީ ކުޑަކޮށްފަ އެވެ. އެކަމަކު، ކޮންމެ 10 މީހެއްގެ ތެރެއިން ފަސް މީހެއްގެ ވަޒީފާ ސަލާމަތްވި ކަމަށް ސާވޭގައި ބައިވެރިވި މީހުން ބުންޏެވެ.

ކޮވިޑް-19 އާ ހެދި މާލެ ސަރަހައްދު ލޮކްޑައުންކޮށް، ލުއިތައް ދޭން ފެށުމުގެ ކުރިިން ހެދި އެ ސާވޭ އިން ދެއްކި ގޮތުގައި، 44 ޕަސެންޓު މީހުން ތިބެން ޖެހުނީ އާމްދަނީ ހޯދަން އެއްވެސް މަސައްކަތެއް ނުކުރެވި އެވެ. އެ މުއްދަތުގައި 37 ޕަސެންޓު މީހުން މަސައްކަތް ކުރީ ގޭގައި ތިބެގެންނެވެ. ފުލް ލޮކްޑައުންގެ މުއްދަތުގައި އަށް ޕަސެންޓު މީހުން ހަފުތާއަކު ދޭއް ނުވަތަ ތިން ދުވަހު މަސައްކަތަށް ދިޔަ އިރު، ކޮންމެ ދުވަހަކު މަސައްކަތަށް ބޭރަށް ދިޔައީ 11 ޕަސެންޓު މީހުންނެވެ.

ވިޔަފާރިތަކަަށް ބޮޑު ގެއްލުމެއް

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ރައްކާތެރިކަމުގެ ފިޔަވަޅެއް ގޮތުން މިދިޔަ މާޗް 27 ން ފެށިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް، އޭޕްރީލް 15 ން ފެށިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި ވަނިކޮށް، ހެދި އެ ސާވޭގައި ބައިވެރިކުރި ކޮންމެ 10 ވިޔަފާރިއެއްގެ ތެރެއިން ހަތަރު ވިޔަފާރިއެެއްގެ މުޅި އާމްދަނީ ހުއްޓުނެވެ. ކޮންމެ 10 ވިޔަފާރިއަކުން ފަސް ވިޔަފާރިއަކަށް ބޮޑު ގެއްލުމަކާ ކުރިމަތިވި އެވެ.

ވިޔަފާރިތަކަށާއި ފަރުދުންނަށް ލިބުނު މި ގެއްލުންތަކާ އެކު 65 ޕަސެންޓު މީހުން ބުނެފައި ވަނީ ހަރަދުގެ ގޮތުން އަދާކުރަންޖެހޭ ޒިންމާ އަދާކުރުުމަށް ބޮޑު ހުރަހެއް ކުރިމަތިވި ކަމަށެވެ. ކުޑަކޮށް އަސަރުކުރި ކަމަށް ނުވަތަ އެއްވެސް އަސަރެއް ނުކުރާ ކަމަށް ބުނީ 23 ޕަސެންޓު މީހުންނެވެ. ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 12 ޕަސެންޓް މީހުން ބުނީ އެއްޗެއް ބުނަން އަދި އަވަސް ކަމަށެވެ.

ސާވޭގެ ނަތީޖާ

ކޮވިޑާ ހެދި އިގްތިސާދީ، އިޖުތިމާއީ ގޮތުން ކުރި އަސަރު އަންދާޒާ ކުރަން އޮންލައިންކޮށް ކުރަމުން އަންނަ ސާވޭގެ ފުރަތަމަ ބުރުގެ ނަތީޖާ މިއަދު އާއްމުކުރި އިރު އެސާވޭގައި ބައިވެރިވެރިވެ، އެކި ވަރަށް ޖަވާބުދިން މީހުންގެ އަދަދަކީ 2،871 އެވެ. އޭގެ ތެރެއިން 2،697 މީހަކު ހުރިހާ ސުވާލަކަށް ޖަވާބު ދިނެވެ.

އެހެން ގައުމުތަކުގައި ވެސް ސާވޭތަކުގައި ބައިވެރިވާ މީހުންގެ އަދަދުތަކާ އަަޅާ ބަލާއިރު މިއީ ރަނގަޅު އަދަދެކެވެ.

21 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 77%
icon angry icon angry 23%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަހުދު

27 June 2020

ބޮންދު ބުނީ ބައިވަރު މަސްކަޓް ހުންނަނީ. މޯލްޑިސް މީހާ ފާރު ކުލަޖަހަންވެސް ނޭންގެނީ.

The name is already taken The name is available. Register?

ހިޔަޅު

27 June 2020

އެމްއެންޔޫ ބައިވެރިކޮށްގެން ތިޔަ ސާވޭ ކުރުމުން ތީގެ ވެލިޑެއް ނެތް. އެތަނުން ޓީޗިން ހަދުވާފަ ނެރޭ ޓީޗަރުންވެސް ސަރުކާރުން ގަބޫލެއް ނުކުރެ. މިހާރު ޓީޗަރުންގެ ކޮލެޓީއާމެދު ސުވާލުއުފައްދާ އިތުރު ލައިސެންސެއް ހޯދަންޖައްސަނީ. ތެދުފުޅެއް. އެމްއެންޔޫ އިން ނެރުނު ޓީޗަރުންގެ ހާލަތު އެންމެ ރަނގަޅަށް އެނގިވަޑާއިގަންނަވާނެ އެއް ބޭފުޅަކީ އަދުގެ އެޑިއުކޭޝަން މިނިސްޓަރު. ރެޖިސްޓަރާގެ މަގާމުގައި ހުންނަވައިގެން ފެންވަރު ނެތް ކޯސްތައް ހިންގެވީ ކީއްވެތޯބަލަންޖެހެ

The name is already taken The name is available. Register?

ރާއްޖެ މިއަދު

27 June 2020

އޮތީ ހީވާގިކަމާ ތެދުވެރިކަމާއިއެކު މަސައްކަތް ކުރުން

The name is already taken The name is available. Register?

އަށްޑޫ ކަތީބު

27 June 2020

ގައުމެއް ގައުމެއްގެ ގޮތުގައި ހިނގައިގަންނާނީ އެއިރަކު ވެރިންގެ ގޮތުގައި ތިބޭ މީހުން ރައްޔިތުންނާ އެކުގަ ތިބެއްޖެނަމަ. މިހާރު މި ފެންނަނީ ވަކި ޖަމާއަތެއް އައިސް މުޅި ގައުމު ދޮވެލާ މަންޒަރު.

The name is already taken The name is available. Register?

ސިޓިޒަންސް އޮފް މާލެ

27 June 2020

އާމްދަނީ ހުރީ އަދިވެސް ހުއްޓިފައި!

The name is already taken The name is available. Register?

ސަންޕާޅޯ

27 June 2020

އިބްރާހިމްބެ ނޫން މީހަކު ވެރިއަކަށް ހުރިނަމަ ވެސް މިކަން ރާއްޖެއިން ފިލައިގެން ދިޔަތާ ކިތަންމެ ދުވަހެއް.

The name is already taken The name is available. Register?

ވަހީދު

27 June 2020

މަމީ ގޭގެއަށް ގޮސް ކުދިންނަށް ކިޔަވައިދީގެން އުޅުނު މީހެއް. ބަލި ރާއްޖެއިން ފެނުނުތަނާ ވަޒީފާ ހުއްޓުނު. އެޗްޕީއޭ އަށް ގުޅިން ދައުލަތުންދޭ 5،000 ރުފިޔާ ލިބޭތޯ. ބުނީ ލޭބާރ އޮތޯރިޓީއަށް ގުޅާށޭ ކިޔާފަ ނަންބަރެއް ދިނީ. އަދާހަމަޔަށް އެފޯނަކުން ޖަވާބެއް ނުދޭ.

The name is already taken The name is available. Register?

އިޔެ1

27 June 2020

ކޮވިޑުގެ ކުރިން ވަޒީފާނެތް ނިސްބަތަކީ 6 އިންސައްތަ. 10 މީހުންގެ ތެރެއިން އެކަކީ 10 އިންސައްތަ. ޖުމުލަ 16 އިންސައްތަ. ނަތީޖާއަކީ ހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާ ލީބިޔާގެ ވަޒީފާނެތް 16% އާއި އެއްވަރު އަދަދެއް.

The name is already taken The name is available. Register?

ޙަސަނާ

27 June 2020

ހުއްޓުނު .... މިހާރުވެސް ހުއްޓިފައި

The name is already taken The name is available. Register?

ބޮޑުމީހާ

27 June 2020

އެތައް ފައިސާއެއް ލިބޭ އިރުވެސް 500000 ހަމަނުވާ އާބާދީއެއް މެނޭޖެއް ނުކުރެވޭ. ސަބަބަކީ ރައްޔިތުން ހޮވާ ސިޔާސީ މީހާގެ އިލްމެއް ނެތީ، ޕްލޭނިންގ ނެތީ، ކޮރަޕްޝަން ބޮޑީ، ކަންތައްތައް އިސްލާހުވާނީ ކިޔަވައިގެން ތިބި ރަގަޅު މީހުން ސިޔާސީ ދާއިރާއަަށް ނެރެގެން. މިގައުމުގެ ސިޔާސީ މީހުންގެ ތެރެއިން 5ެިންސައްތަ މީހުންގެވެސް މިދެންނެވި ޝަރުތުތަކެއް ފުރިހަމަ ނުވާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454