އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި މީޑިއާ ބްރީފިންގައި (ކ-ވ) މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު، ޕީއެންސީގެ ރައީސް އަބްދުއްރަހީމް، މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފް.---ފޮޓޯ: ޕީޕީއެމް
29 ޖޫން 2020 - 18:15
ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރިއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތަހުގީގު ފުލުހުން ރަނގަޅަށް ނުނިންމަނީސް ރައްޔިތުންގެ މަޖިލީހުން މައްސަލައިގެ ތެރެއަށް ވަދެގެން އުޅޭތީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ މި ސަރުކާރުގައި ރައީސްގެ ބާރެއް އަދި ވަކި ބާރުތަކެއް ކަންކަމުގެ މައްޗަށް ނުހިނގާކަން ޖިންސީ ގޯނާގެ މި މައްސަލައިން ވެސް އެނގެން އެބަ އޮތް ކަމަށެވެ.
ސައީދު ވިދާޅުވީ އެކަން ހިނގުމުން ކަންކަން ފޮރުވަން ކުރި ކަމެއް ނޫނީ އެހެން އެއްވެސް ކަމެއް ރައީސަށް އަދި ފުލުހުންނަށް ވެސް ކުރެވިފައި ނެތް ކަމަށެވެ. މަޖިލީހުގެ ކޮމިޓީތަކުން މި މައްސަލަ ބަލަން ފަށާފައި ވާއިރު އެ ކަންކަމަށް އިޝާރާތްކުރައްވަމުން ސައީދު ވިދާޅުވީ ހުރިހާ ކަމެއްގެ ތެރެއަށް ވަދެގެން އުޅެނީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ. ސައީދު ވިދާޅުވީ ނަމަކާއި ގާނޫނެއް ނެތި މިހާރު ހިންގަމުން މިދަނީ ބަރުލަމާނީ ނިޒާމެއް ކަމަށެވެ.
ޖިންސީ ގޯނާގެ މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ އާއި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވެސް ވަނީ ބަލަން ފަށައިފަ އެވެ.
"ސަރުކާރަށް، ފުލުހުންނަށް މީގަ އެއްޗެއް ނުބުނެވެނީސް މަޖިލީހުން އައިސް ފުލުހުންގެ ކޮންޓްރޯލް އެ ނެގީ، ކޮބައިތޯ ހޯމް މިނިސްޓްރީ؟ ކޮބައިތޯ ފުލުހުން؟، މިއަދު ޕާލިމެންޓަރީ ނަން ނެތި ގާނޫނީ ހައިސިއްޔަތެއް ނެތި އެ ހިންގަނީ ޕާލިމެންޓަރީ ނިޒާމެއް، މިއީ ގާނޫނުއަސާސީއާ ހިލާފު ކަމެއް،" ސައީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ފުލުހުންނާ ގުޅުންހުރި ބައެއް ކަންކަމުގައި ބާރުތައް ލިބޭ ގޮތަށް ފުލުހުންގެ ހިދުމަތުގެ ބިލް ތައްޔާރުކޮށްފައިވާކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ ބިލް ތަސްދީގުކޮށް ބާރުތައް ލިބުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅު ނުވާ ގޮތަކަށް އެއްވެސް ކަމެއް ނުހިނގާނެ ކަމަށެވެ.
"ޖުޑިޝަރީ އޮތީ ރައީސް ނަޝީދުގެ އަތްޕުޅުގައި، ހަތް ބޭފުޅުން ތިބޭއިރު އޭގެ ތެރެއިން ފަސް ބޭފުޅުންނަކީ ރައީސް ނަޝީދުގެ ސީދާ ކޮންޓްރޯލް އޮންނަ ބައެއް، މި ކޮންޓްރޯލްގައި ޝަރީއަތުގެ ހުރިހާ ކަމެއް ނިންމަ ނިންމަ ހުއްޓާ ފުލުހުންގެ ކޮންޓްރޯލް މި އަންނަނީ،" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ މި ކޮންޓްރޯލް މިގޮތަށް އޮތުމުން ދެން ރާއްޖޭގައި ހިނގާ އެއްވެސް ކަމެއްގައި ސަރުކާރާ ގުޅިފައިވާ މީހެއް ނަމަ އެ މީހެއްގެ މައްޗަކަށް އެއްވެސް މައްސަލައެއް ނުބަލާނެ ކަމަށެވެ. އެ މީހަކު ނުކުންނާނީ ސާފު ފޮތިކޮޅެއްގެ ގޮތުގައި ކަމަށާއި މިހާރު ފެންމަތިވެގެން ޖިންސީ ގޯނާގެ މައްސަލަ އަކީ ވެސް އޭގެ ހެއްކެއް ކަމަށް އޭނާ ސައީދު ވިދާޅުވި އެވެ.
ޖިންސީ ގޯނާގެ މައްސަލަ އަކީ ރޭޕްގެ މައްސަލައެއްގެ ގޮތުގައި މީޑިއާގައި ރިޕޯޓްކޮށްފައި ވިޔަސް ގޯނާގެ ޝިކާރައަކަށްވި މީހާ "މިހާރު" އަށް ދިން އިންޓަވިއުއެއްގައި ވަނީ އެ ވާހަކަ ދޮގުކޮށްފަ އެވެ. އޭނާ ބުނީ ސަފާރީގައި އޭނާގެ ގަޔަށް އަތްލި ކަމަށާއި އެއާ އެކު އޭނާ މޫދަށް ފުންމާލީ ކަމަށެވެ. މި މައްސަލާގައި ފުލުހުން އަމަލުލުރި ގޮތާ މެދު ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫސަންގު
30 June 2020
މިސޮރު ނޫން މީހަކުވެސް ޕިންކް ކުދިންނަށް ނުލިބުނު ދޯ. ދެރަ.
ބަސް
30 June 2020
އެމީހުން ނެތްތަނެއް އަހަރުމެންނަށް ނުފެނޭ. ދެންތިބި ތަންތަން ބޭނުން ނުހިފޭތަންތަނަށް ތިމީހުން ހަދައިފި. މިއީ މާ މަތިން އައިސް އުޅޭ ބައެއްތަ؟ ﷲ އަށް ދުއާކުރަން.
މަގުފުޅާޓިނު
29 June 2020
ހެވޭ ކަންބޮޑުވުން ފާޅުކުރިއަސް، އަދުރޭއަކަށް ނޭގޭނެ ކަންތައް ކުރަންވީ ގޮތެއް، މާއެނގޭ ހެދިގެން ނުތެޅިބަލަ، މީ ކުޑަކަތީބުގެ ދުވަސް ވަރެއް ނޫނޭ، ކިހިނެއް ވެގެން ތިހިރަ ތެޅި ބާލަނީ، މައިތިރިވެބަލަ.
ނިރު
29 June 2020
ތަހްޤީގުކުރާ ފުލުސް މީހާއަށް ކުއްލިޔަކަށް އައި ފޯނުކޯލެއްގެ ސަބަބުން ރާގާ ވާހަކަތަކައް އައި ބަދަލެއްގެ ސަބަބުން ވަރަށް ސާފްކޮއް އެއޮތީ އިގެން ކޮންމެވެސް ފަރާތަކުން ނުފޫޒެއް ފޯރުވާފިކަން އެހެންވެ މަޖިލީހުންނާ އެހެނިހެން މުވައްސަސާތަކުން ތަހްޤީގު ކުރަން އެފެށީ. ފުލުހުން ސިޔާސީވެގެން ދިޔަދިޔާނުން މިހާރު އަމިއްލަ މިނިވަން ކަމާއެކު މަސައްކަތް ކުރުމުގެ ގާބިލްކަމެއްނެތް. ސައިކަލް ދުއްވާ މީހުން ޖޫރިމަނާ ކުރުން ހައްދުން ނައްޓާގެން ގޮސްސަ އެވަނީ...
ކޮކްޓެއިލްރައީސް
29 June 2020
މިހާރުތަ ފުލުހުން ސިޔާސީވެގެން ދިޔަދިޔާނުން މިނިވަންކަން ނެތިގެން ތިޔާއުޅެނީ، ނޫނޭ ސާބަސް ހަމަ.
ނީރާ
29 June 2020
ޕީ ޕީ އެމް / ޕީ އެންސީ އަކީ ހަމަ އަލިފެއް