ޖެންޑާ މިނިސްޓަރު އައިޝާ ދީދީ: އޭނާ ވިދާޅުވަނީ ޖިންސީ ގޯނާގެ މައްސަލަތަކަށް އަވަސް ހައްލުތަކެއް އަންނަން ޖެހޭ ކަމަށް.
03 ޖުލައި 2020 - 22:03
ޖިންސީގޯނާ އާއި ރޭޕް ފަދަ ކުށުގައި އަންހެނުންނާއި ކުޑަކުދިންގެ ރައްކާތެރިކޮށް ހިމާޔަތްކޮށްދިނުމުގައި ދައުލަތުގެ ނިޒާމު ފެއިލްވެފައި އޮންނަތާ އެތައް ދުވަހެއް ވެއްޖެ ކަމަށް ވިދާޅުވެ، މުޒާހަރާ ކުރާ ފަރާތްތަކަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ހިތްވަރު ދެއްވައިފި އެވެ.
އަނިޔާ އަށް އިންސާފު ނުލިބުމަކީ އަޑު އުފުލަން ޖެހޭ ކަމެއްގެ ގޮތުގައި ސިފަކުރައްވައި، މިނިސްޓަރު ފޭސްބުކްގައި ލިއުއްވި ގޮތުގައި މައްސަލަ އަށް ހައްލު ހޯދުމަށް "އަޅުގަނޑު މިހުރީ ތިޔަ ބޭފުޅުންނާ އެކުގަ" އެވެ.
ހުޅުމާލެ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތުހުމަތު ކުރެވޭ ދެ މީހަކު ދޫވީ، ސިޔާސީ ނުފޫޒު ވަދެގެން ކަމުގެ ތުހުމަތާ އެކު އެކަމާ ދެކޮޅަށް މުޒާހަރާތަކެއް ދަނީ ކުރަމުންނެވެ. ރޭޕްގެ މައްސަލަތަކުގެ ތެރެއަށް ނުފޫޒު ވަދެ ތުހުމަތުވާ މީހުން ދޫވުމަކީ މިފަދަ މައްސަލަތަކުގައި އިންސާފު ނުލިބޭނެ ކަމުގެ ހެއްކެއް ކަމަށް ބުނެ މާލޭގައި މިއަދު ވެސް ވަނީ މުޒާހަރާކޮށްފަ އެވެ.
އެ މުޒާހަރާގައި، މި މައްސަލައިގައި ހައްލު ހޯދައިދޭން ސަރުކާރުގެ ކަމާބެހޭ އެކި އިދާރާތަކަށް ގޮވާލާފައިވެ އެވެ.
މި މުޒާހަރާ އަށް އިޝާރާތް ކުރައްވައި ޖެންޑާ މިނިސްޓަރު އައިޝާ ފޭސްބުކްގައި ވިދާޅުވީ މުޒާހަރާ ކުރާ މީހުންގެ އަޑު އިވިވަޑައިގަންނަވާ ކަމަށެވެ. ޒަމާނުއްސުރެން ހައްލު ނުވެފައި އޮތް މައްސަލަ އަށް އިސްލާހީ ބަދަލުތަކެއް އަންނަން ޖެހޭ ކަމަށް ދާދި ފަހުން މަގާމާ ހަވާލުވެވަޑައިގަތް މިނިސްޓަރު ވިދާޅުވި އެވެ.
އެއީ އަވަސް އިސްލާހުތަކެއް ކަމަށާއި އިޖުތިމާއީ އިސްލާހުން ފެށިގެން ތަހުގީގުކުރުމާއި ދައުވާ ކުރުމާ ހަމައަށް ހުރިހާ ކަމެއް އިސްލާހުވާން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
"މަގުމަތީގަައި ކަންބޮޑުންތައް އިއްވަމުންދާ ފަރާތްތަކަށް، އަޅުގަނޑުމެންނަށް ތިޔަ ބޭފުޅުންގެ އަޑު އިވިއްޖެ. ޖިންސީ ގޯނާއާއި ފުރައްސާރައިގެ ނުރައްކަލުން އަންހެނުންނާއި ކުދިން ހިމާޔަތްކުރުުމުގައި ނިޒާމު ފެއިލްވެފައިވާތާ މާ ގިނަ ދުވަސް ވެއްޖެ،" އައިޝާ ދީދީ ލިއުއްވާފައި ވެ އެވެ.
އިސްލާހު ކުރަން ޖެހެނީ ތަހުގީގު ކުރުމާއި ދައުވާ ކުރުން އަދި އެ ދެމެދުގައިވާ ހުރިހާ ކަމެއް ކަމަށް ވިދާޅުވުމަށް ފަހު ލިއުއްވުން ނިންމަވައިލައްވަމުން އައިޝާ ދީދީ ވިދާޅުވީ އަޑު އުފުލާ ފަރާތްތަކުގެ އޮތް ކަންބޮޑުވުން އޭނާ ވެސް ހިއްސާ ކުރަައްްވާ ކަމަށެވެ.
"ތިޔަ ބޭފުޅުންގެ ކަންބޮޑުވުން އަޅުގަނޑުވެސް ހިއްސާ ކުރަން. މިހިރީ ތިޔަބޭފުޅުންނާ އެކީ،" އޭނާ ވިދާޅުވި އެެވެ.
ކުޑަކުދިންނަށާއި އަންހެނުންނަށް ކުރާ ޖިންސީ އަނިޔާއާ ދެކޮޅަށް އަޑުއުފުލައި ޖެންޑާ މިނިސްޓްރީ ކައިރީގައި މިފަހަރުގެ ފުރަތަމަ މުޒާހަރާ ކުރީ މިދިޔަ ހޯމަ ދުވަހު އެވެ. ވޮއިސް އޮފް ޗިލްޑްރަން (ވީއޯސީ) ނަަމަކަށް ކިޔާ އެންޖީއޯއަކުން އިންތިޒާމްކުރި އެ މުޒާހަރާގައި އެދުވަހު 150 އެއްހާ މީހުން ބައިވެރިވި އެވެ.
ގެވެށި އަނިޔާ އާއި ޖިންސީ ގޯނާ އާއި ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތަކާ މެދު ކަންބޮޑުވުން ފާޅުކުރަމުން މުޒާހަރާ ކުރި މީހުން ގޮވާލީ މިފަދަ ކުށްތައް ކުރާ މީހުންނަށް އެކަށީގެންވާ އަދަބު ދިނުމަށެވެ. އަދި ނުފޫޒު ބޭނުންކޮށްގެން، މިފަދަ ކަންކަމުން ސަލާމަތް ވިޔަ ނުދީ އަނިޔާ ލިބޭ މީހުންނަށް އިންސާފު ހޯދައިދިނުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބުނިހަޖަރު
05 July 2020
@ އޮރިޖިނަލް މޮހޮނު. މުސްކުޅިން ބުނެއުޅޭ އެކަންވާރެއްގައި ހުންނަ ދިޔައިންނޭ އެކަންވާރަކުން ތިކި ޖަހާނީ. އަބޫޖަހުލު ކިޔަން ހައްގީ ކާކަށްތޯ ޗެކްކޮއްލަން މިޒަމާނުގައި ނެޓްގައި ގޫގުލް ސާރޗްވެސް ވަރަށް ފަސޭހައިންކޮށްލެވޭނެ. ތިހާ އަވަހަށް ތަންދޮރުނުބަލާ ހަމައިން ނެއްޓޭކަށްނުވާނެ. މީގެ އަހަރުތަކެއްކުރިން ޔޫއޭއީ ގައި އެލީސިއާ ގަލީ ކިޔާ އަންހެނަކު 3 ފިރިހެނުންވެގެން ރާބޯންދީގެން ރޭޕްކުރި. ރިޕޯޓުކުރުމުން އެއަންހެނާ ކުށްވެެރިވީ. ނުނިމޭ
ޖެކް
04 July 2020
ޒެނީޝާއަށް ވަރަށްރަނގަޅަށް އެނގޭނެ މުވައްޒަފުން އޭނަދެކެ ވަރަށްބޮޑަށް ލައިކްވާކަން!
ފިޔަވަޅު
04 July 2020
ހައްލަކީ ޒެނީޝާ. އެވަރު މިނިސްޓަރެއް އަދި ޖެންޑަރ އަކަށް ނާދެ !
މުބީނު މާރނީ
04 July 2020
ޒެނީޝާ އަކީ ޒުވާނެކޭ. މިބުނި އެއްޗެއްގެ މާނަ އިނގިއްޖެ އެއްނު. އަދި އެއީ ވަކި މީހެއްގެ ކްލާސް ޓީޗަރެއް ނޫނޭ. އޯކޭ.
ހުސެނ
04 July 2020
ގޮތެއްފޮތެއްނެއްމީހަކު ކުއްޖަކު ނޫނީ މީހަކު ރޭޕް ކުރާއިރަށް ޖެންޑަރ މިނިސްޓަރ އިސްތިއުފާ އޭ ތިގޮވާމީހުން ތީ އަޅެ ކޯޗެއް ހިތައްއަރައިގެން އުޅޭބައެއް؟ އެމީހަކާމެދު ފިޔަވަޅު އަޅަނީ ފުލުހުންނާ ކޯޓުތަކުން... އެތަންތަނުގެ ވެރިން ނެއްނު އިސްތިއުފާދެންޔާދޭންޖެހޭނީ؟
ބެނަރ
04 July 2020
ޖެންޑަރ މިނިސްޓަރ އިސްތިއުފާއޭ ގޮވީމަ މިގައުމުގަ ރޭޕެއް ވެގެން އުޅޭކަން ބަޔަކަށް ފުރަތަމަ އެނގެނީ. އެހިސާބަށް ނުޖައްސާނަމަ އެއްކަމެއްވެސް ވޭތަ؟ މުޒާހަރާގަ ރައީސަށް މުހާތަބުކޮށް ކުދިން ރޮއިރޮއިފަ ވާހަކަ ދައްކާއިރު ރައީސް މީހާއަށް އެއަޑު އިވޭކަމަކަށްވެސް ނުވޭ.
އިބިރިހިންބެއްޔާ
04 July 2020
އެންމެ ބޮޑަށް ފެއިލްވެފައޮތީ ދިވެހިންގެ އަޚްލާޤީ މިންގަޑު. ފަރުވާ ހޯދަންވީ މިކަމަށް. ރައީސަކަސް "މަސްކައްކާމީހަކަސް".
ގުރާގެފާނު
04 July 2020
ނިޒާމުގައި ކަންކުރަންވީ ހުރިހާ ގޮތެއްވަނީ ބަޔާން ކުރެވިފައި. މައްސަލައަކީ ނިޒާމު ހިންގަން ތިބޭ މީހުން ސިޔާސީ ނުފޫޒުން އެއްކިބާ ނުވެ އިންސާފާއި ހަމައިން ބިރުން ނަމަވެސް އެއްކިބާވާތީ. ރާއްޖެ އަށް ބޭނުންވަނީ ޢަޒުމުވަރުގަދަ ޢަދުލުވެރި މީހުން. ސިޔާސީ މީހުންނަށް ނުގުޑާ މީހުން. އަދުލު އިންސާފުވެރި މާޙައުލެއްގައި ޤާނޫނު ކުރިމަތީ އެންމެން ހަމަ ހަމަ. ވީ އަރ ވެރީ ޕަވަރފުލް ޕީޕަލް އޭ ކިޔަަސް.
ޖެކް
04 July 2020
ސިސްޓަ މެއް ނެތީއެއްނޫން، ސަފާރީ ރޭޕްގައި ކަންހިނގާފައޮތީ ރޯޔަލް ފެ މެލީ ވީ މަ ގަސްތުގަ ސިސްޓަ މް ފޭލްކޮށްލިތަން!
މުބީނު މާރނީ
04 July 2020
ތިޔަވީ އޮޓޯ އާދަންފުޅަށް! އަމިއްލަ އަށް އަމިއްލަ ސެލްފް ކުށްވެރި ކުރީ!
ބަނިއާދަން
04 July 2020
ސިދާތާ ހުރީ މުޒާހަރާގެ ކުރީ ސަފުގައި. އައިޝާއަށް ޓުވީޓުކޮށްލެވުނީ؟؟؟
ކުރަފި
04 July 2020
ފެއިލްވީކީ ނިޒާމެއްނޫނެވެ. ފެއިލްވީ ނިޒާމް ހިންގަން ތިބޭމީހުންނެވެ. މާއްދިއްޔަތަށް ގޮސްހުސްވީމައެވެ. މިއަދު މިއޮތީފައިސާއިން ކޮންމެ ކަމެއްކުރެވޭ މާޙަޢުލެކެވެ.